މާލޭގެ ބޭސް ފިހާރައަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މާލޭގެ ބޭސްފިހާރައަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިހާތަނަށް އައި އިރު، މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި، މިކަން ހިނގާފައި ވަނީ ޖަނަވަރީ މަގުގައި ހުންނަ ފާމަސީއެއްގައެވެ. އަދި ދިވެހި އަންހެން މީހާ އަށް ޖިންސީ ގޯނާ ކުރި ކަމަށް ވަނީ އެ ފިހާރައިގެ ސޭޓަކަށް އިން އިންޑިއާ ފިރިހެނެކެވެ.

ރާއްޖޭގައި ފަހަކަށް އައިސް، ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. ހާއްސަކޮށް، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާ ކުރުން އިތުރުވެފައިވާތީ، މާލޭގައި ދާދި ފަހުން އެކަމާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރިއެވެ.

މިފަދަ މައްސަލަތައް ފަހަކަށް އައިސް ފުލުހުން ތަހުގީގު ކުރަމުން ދަނީ ހާއްސަ ސަމާލުކަމެއް ދީގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ބަކުރުބޭ

    ދައްތާ.. މަގޭ ރަށުގަވެސް މިކަންކުރަނީދޯ؟؟ ކޮބާ މައްސަލަ؟؟

    • އަލީ

      ދައްތަ ކުރުވި ކަމެކޭ

      2
      3
  2. ޑެނީ

    ކިހިނެއްތަ ހެދީ. ކުރިކަމެއް ބުނެބަލަ

    • ޞާރި

      ޖިންސު ލީ މަ ވާގޮތް ވީ

      3
      2
  3. ޏަވިޔަނި

    ޢިންޑިއާގަ ތީ ބޮޑުކަ މެއް ނޫން

  4. ހަސަނުބެ2334

    މިޒަމާނުގައި ކިތަންމެ ކުޑަމިންވަރަކަށްވެސް 'ޖިންސީ ކުށެއް'ގެ ތުހުމަތެއް ކުރެވިއްޖެނަމަ އެ ތުހުމަތު ކުރެވުނު މީހާގެ އަބުރާއި، އިއްޒަތާއި، ކަރާމާތް ފުނޑާލާ އޭނާގެ ދުވަސް ދުއްވާލުން ހުއްދަވީ. މިއީ އަސްލު ފާހިޝްކަމުގެ ދަންމަރު ކަމުގައިވާ ހޮލީވުޑުން އުފެދުނު ސަގާފަތެއް. އެ ވަރިހަމަ އެއީ ދުވަހަކު ކުށެއް ނުކުރާ މީހަކަށް ވިޔަސް. އަސްލު މިފަދަ ކުށް ކުރާ ކުށްވެރިން ހިފާ ހައްޔަރުކޮށް ޖަލަށް އަޅާކަށް އެއްވެސް ބަޔަކު ބޭނުމެއް ނޫން.

    3
    2
  5. ޖާނު

    މީ އިންޑިޔާއެއްނޫން ސައިޒުއޮޅިގެންނޫޅޭތި

    15
    1
    • ޜާޖު

      ރަނގަޅު މީ ކުޑަ ސައިޒު ރާއްޖެ ހުންނަނީ

      1
      3
  6. ސަދަސދ

    އައްޑޫ ކުރީގެ ހޮސްޕިޓަލް ކުރިމަތީގައި ހުންނަ ފާމަސީގައި ދިޗެއްސަކު މަސައްކަތެއް ނުކުރޭ.
    ކޭޝިއަރުންނަކީވެސް އިންޑިއާ މީހުން.
    ސަރުކާރުން ކަންކަން ބެލެހެއްޓޭ މިންވަރު މިހިރީ .

    10
  7. ބޯހަލާކު

    ކީއްކުރާނި މީ އެ މީހުންގެ ގައު މު އެހެންވީ މަ އެ މީހުން ބޭނުން ގޮތަކައްތާ އުޅޭނި

  8. ޙަސަނު

    ތި އަންހެންމީހާ ކުށްވެރިކޮށްލާފަ މައްސަލަ ނިންމާލާ ޝިރްކް އިންޑިއާ މީހަކު މި ވެރިކަމުގަ ކުށްވެރި ވާނެތަ

    18
  9. އަލީ

    އިތުރު ގުޅުމެއް ނެތި؟ ހަމަ ފިހާރަޔަށް ދިޔަ ތަނުން ބެހިގަތީ؟ އާންމު އުސޫލުން ހާދަ ހީނުވެޔޭ ތިފަދަ ކަމެއް ހިނގާނެހެން. ތި އަންހެނަކު ސޭޓު ކައިރީ ވާހަކައެއް ދެއްކީ ކަމަށް ލަފާކުރެވެނީ. ނިކަން އަވަހަށް ވިކްޓިމް ރޯލު ކުޅޭނެ.

    1
    8
  10. ޙަބީބު.

    ފލުހުން ތަހުގީގު ކުރަންޖެހޭ މައްސަލަ އެބަހުރި ތިނޫނަސް ފުލުހުންނަކީ ސަރުކާރު ބުނީ މަ ބުނާގޮތަކައް އުޅެންޖެހޭބައެއްގެ ގޮތުގައޮތީ މަ ނިޒާ މު ފުނޑެނީ ވެންޓިލޭޓަރ އެތެރެކުރަން ސަރުކާރުން ކަންތައްކުރީ ވައްކަމުގެ ތެރެއިން

  11. ފެކްޓް

    އޮރިޔާމުން އުޅުން ރޭޕްއަށް ވުރެން ކަޑައޭ..

    5
    4
  12. ނަންބަލާ

    ޖިންސީ ގޯނާތޯ، ނޫނީ ޖިންސީ ފުރައްސާރަތޯ؟

  13. މުރީދު

    އިންޑިއާ މީހެއްނު. އެއް ކަމެއްވެސް ނުކުރެވޭނެ. ޕާކިސްތާން ނުވަތަ އިސްލާމީ އެެހެން ގައުމެއްގެ މީހެއް ނަމަ ވަގުތުން ހައްޔަރުކޮށް ބަންދުކޮށްގެން ގެންގުޅޭނެ. މި ސަރުކާރުގެ އިންޑިއާ މީހުންނަށް ދިވެހިންނަށް ނުލިބޭ ޚާއްޞަ އިމްތިޔާޒުތަކެއް އޮންނާނެ.

  14. ޖަނަވަރީމަގު

    ޖަނަވަރީމަގުގައި ފާރމަސީއެއް ހުރޭތަ މިހާރު؟؟؟

  15. ޅީނަ

    ޢަނެއްކާ ދައްތަބޭނުން ބޭސް ނުލިބުނީމަބާ؟ ދެކޮޅު ބަލާފަ ކޮމެންޓް ކުރޭ

    1
    5
  16. ބަކުވާސް

    ދައްތަ އުޅުނީ ވައްގަނޑުން ފައިސާ ނަގަން. ސޭޓު އަތުން ހޫރާލީ ހަޅޭއްލަވާފަ ބުނީ ބުކުގަ ހިފައިގެން ނޭ. ހުސް ދޮގު