ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ "އިދިކޮޅަށް" ލިޔުނު ލިޔުމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯ އިނިޝިއޭޓިވް ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މިހާރުގެ ގާނޫނުއަސާސީއަކީ ރައްޔިތުންގެ މަޖިލިހުގެ ބާރުވެރިކަން އިންތިހާ އަށް އޮތް ގާނޫނުއަސާސީއެއް ކަމަށެވެ. އަދި މިއީ މައުމޫނާ ދެކޮޅަށް އައި "ރިއަކްޝަނެއް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މައުމޫންގެ ހުދުމުހުތާރު ވެރިކަން، އަނިޔާވެރިކަމަށް އައި ރިއަކްޝަނެއް،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ގާނޫނުއަސާސީ ވަރަށް ބޮޑަށް ބިނާވެފައި އޮތީ ބަރުލަމާނީ ނިޒާމަކަށެވެ. ވެރިކަމުގެ ނިޒާމު އޮންނަ ގޮތަކާ މެދުގައި ރާއްޖޭގައި އެންމެ ފަހުން ނެގުނު ވޯޓު އެމްޑީޕީން ބަލައިގެންފައި ނުވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މައުމޫން އަދި ނަޝީދު މަޝްވަރާއެއްގައި.

ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އޭރު ވެސް އެމްޑީޕީން ބޭނުންވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ހިންގާށެވެ. އެކަމަކު، ދިވެހި ރައްޔިތުންގެ މެޖޯރިޓީ ތާއީދު ކުރީ ރިޔާސީ ނިޒާމަކަށެވެ.

"މި ގާނޫނުއަސާސީ ތަންފީޒު ކުރުމަށް ރިޔާސީ ނިޒާމެއްގައި އަޅުގަނޑަށް ލިބުނީމަ، ދިމާވި ހުރިހާ ދައްޗެއް ދިމާވި،" މައުމޫން ބަލި ކުރައްވައި ރާއްޖޭގެ ވެރިކަމަށް 2008 ވަނަ އަހަރު ވަޑައިގެން، ވެރިކަމުގައި ތިން އަހަރެއްހާ ދުވަސް ފުރިހަމަ ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުޥީ އެގޮތަށް ދަތިވީ މިހާރުގެ ގާނޫނުއަސާސީއަކީ ތަބީއީ ގޮތުން ބަރުލަމާނީ ސިފަތަކަކަށް ފައްކާވެފައި އޮތް ގާނޫނުއަސާސީއަކަށް ވީމަ ކަމަށެވެ.

މައުމޫން އަދި ނަޝީދު

މައުމޫންގެ ވެރިކަމުގައި ރާއްޖޭގެ އިސްލާހީ މަސައްކަތްތައް ފެއްޓެވި އެއް ލީޑަރަކީ ނަޝީދެވެ. ފެހި ގާނޫނުއަސާސީއެއް ގެނައުމަށް އެންމެ ބޮޑު މަސައްކަތްޕުޅެއް ކުރެއްވި އެއް ލީޑަރަކީ ވެސް ނަޝީދެވެ. އޭރުގައި ނަޝީދާއި މައުމޫނަކީ ސިޔާސީ ދެ "ހަތުރުން"ނެވެ.

އެކަމަކު، މިހާރު ރާއްޖޭގެ ހާލަތު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރާއްޖޭގެ ވެރިކަމަށް ވަޑައިގެންފައި ވަނީ ކޯލިޝަނެއްގެ ތެރެއިންނެވެ. އެ ކޯލިޝަންގައި ހިމެނޭ ލީޑަރުންގެ ތެރޭގައި މައުމޫނާއި ނަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ.

ގާނޫނުއަސާސީ އަށް ގެންނަން ޖެހޭ އިސްލާހެއް އެބައޮތްތޯ ސުވާލު ކުރުމުން، ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އަށް އަވަސް، އިސްލާހުތަކެއް ގެނައުމަކީ ރަނގަޅު ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި ގާނޫނުއަސާސީ އަށް އިސްލާހު ނުގެނެސް، އެ ހިންގުމުގެ ތެރޭގައި އޭތި ފުރިހަމަ ކުރަމުން އަންނަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ނަމަވެސް މިހާރުން މިހާރަށް ގެންނަން ޖެހޭ އިސްލާހެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މި އިންޓަވިއުގައި ވެސް ވިދާޅުވީ ރާއްޖޭގައި އޮންނަން ފެންނަ އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ޕާލަމެންޓްރީ ސިސްޓަމް ނުވަތަ ބަރުލަމާނީ ނިޒާމެއް ކަމަށެވެ. އަދި އެ ވާހަކަ އެގޮތަށް ވިދާޅުވީމަ، އެކަން ނޫސްތަކުގެ ހެޑްލައިންގައި ނުޖެހުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"ދެން ވަރަށް ފޫހިވާ ވާހަކައަކަށް ވެސް ވެއްޖެ. ވަރަށް އާދައިގެ ވާހަކައެއް އެއީ. ބައެއް ފަހަރު ބައެއް ނޫސްވެރިންނަށް ހީވަނީ އެއީ ޕޮލިޓިކަލް ކޮންފްލިކްޓެއްގެ ޕިޗެކޭ. ނޫން. ވަރަށް ފޫހި އާދައިގެ ވާހަކައެއް އެއީ،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ދުސްތޫރީ ހަޔާތުގެ ކުރިމަގު ފެނިވަޑައިގަންނަވަނީ ކިހިނެއްތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި އޮތީ ވަރަށް ދޮށީ ދައުލަތެއް ކަމަށެވެ. ރައްޔިތުން އެއްވެސް ބޮޑަކަށް ހާސް ނުވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ދިސްވޭ

  ރާއްޖޭގައި ވެރިކަން ކުރަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމެއް ސަބަބަކީ ކެބިނެޓް މިނިސްޓަރުން ނަކީ އެއީ އެއްވެސް ޒިންމާ އެއް ނަގާ ބަޔެއް ނޫނޭ...

  93
 2. ބުއްދިންބޯތަށި

  ގާނޫނުއަސާސީއަކީ ރައީސް މައުމޫނާ ދެކޮޅަށް ލިޔުނު ލިޔުމެއް: ރައީސް ނަޝީދު. މިދައުރުގައި ހެދި ފުރަތަމަ ތެދު. މަރުހަބާ މަރުހަބާ.

  75
  5
 3. އެމަންޖެ

  ގާނޫނުއަސާސީއަކީ ނަސީދުގެ އަމިއްލަ މިލުކިއްޔާތެއް.

  38
  6
 4. ނަބީހް

  ކީ ރިތި ޤު ރުއާނާއި ރަސޫލާ ސައްލަﷲޢަލައިހި ވަސައްލަމްގެ ސުންނަތާ ޚިލާފަށް ޤާނޫނު އަސާސީ ލިޔެފައި ވެސް އިސްލާހު ކު ރަން ފެންނަ އެއްޗެއް ނެތޭ ކަލޯ ތިޔަ ބުނަނީ..... އެހެންވެއްޖެއްޔާ ﷲ ޢަޒާބަށް ތައްޔާ ރުވޭ....

  ދީނުގެ އަސްލެއް ނޭނގި އުސޫލެއް އީމާންވާނޭ ނޭނގި ރަސޫލެއް
  ސީދާ މަގު ނުމެކޮއްމެ ޤަބޫލެއް ދެންވެސް ކިޔަނީ އިސްލާމުންނޭ

  60
 5. ޏެހެރާޒު / ޒެންނާރު

  މައުމޫނު ގެ ވެރިކަން ނަސީދުގެ ވެރިކަމަށް ވުރެ މާބޮޑަށްވެސް ރަނގަޅު

  104
 6. ސިމް

  ރައީސް މައުމޫންގެ މެޖޯރިޓީއޮތް މަޖިލީހަކުންހަދާ
  ރައީސް މައުމޫން ތަސްދީޤްކުރެއްވީ. ދެންކޮން-
  ސޮންޏެއް ބާލާކައްތަ؟؟؟

  76
  2
 7. އައިޝަތު

  ދިވެހި ރާއްޖެ އަކީ ކަލޭގެ ތަރިކަ މުދަލެއްތަ؟ ކަލެ އަކީ މިހާރު އެންމެ ގިނަ ދިވެހިން ނަފުރަތު ކުރާމީހާ އަކީ.

  91
  1
 8. ގައިދުރު

  މާކުރިންވެސް އިނގޭކަމެއްތީ!

  12
  1
 9. ކާފަ

  އެބަ ރަނގަޅުވޭ!

  13
  1
 10. ގުއިދައިތަ

  ކަލޭ ނޫނަސް ތިޔަ ޤާނޫނު އަސާސީގެ ދަށުން ބަޔަކު ވެރިކަން ކޮށްފި. ނޫޅޭ އުނދަގޫ ވެގެނެއް. ކޮންމެ ޤާނޫނު އަސާސީއެއް އޮތަސް ކަލެއަކަށް ވެރިކަން ކުރާކަށް ނޭނގޭނެ. ތީ މިޤައުމަށް ހުރި ބޮޑު ވަބާއެއް.

  30
 11. އަޙްމަދު

  ކަރަންޓީނުވެގެން ގޭގައި ހުރޭ!!!

  27
 12. ހަސަދު

  ފުރަތަމަ އިންވެސް ގޯސް. ގާނޫނު ހަދާނީ މީހަކަސް ޖެއްސުން ކުރަންވެގެނެއްނޫން. މެންބަރުންނަށް ފެންނަ އެންމެ ރަނގަޅު ގޮތަށް ގާނޫނު ހަދާނީ. ތިޔަހެން ކަމަށް ވަންޔާ މިހާރު ސިޔާސީ ދާއިރާ ގައި ތިބި ގާނޫނު ހެދި އެންމެން އިސްތިއުފާ ދީފާ ގެއަށް ވަޑައިގަންނަވާ.

  21
 13. ފާއިޒު

  ވެރިކަމުގެ ނިޒާމު އޮންނަ ގޮތަކާ މެދުގައި ރާއްޖޭގައި އެންމެ ފަހުން ނެގުނު ވޯޓު އެމްޑީޕީން ބަލައިގެންފައި ނުވާނަމަ ކީއްވެބާ އޭގައި އޮތް ވެރިކަމަކަށް ނަޝީދު ނުވަތަ އެމް ޑީ ޕީން ކުރިމަތިލީ. ދެން ތި ބުނީ "މި ގާނޫނުއަސާސީ ތަންފީޒު ކުރުމަށް ރިޔާސީ ނިޒާމެއްގައި އަޅުގަނޑަށް ލިބުނީމަ، ދިމާވި ހުރިހާ ދައްޗެއް ދިމާވި،" ކަމަށް. ކަލޯ ނަޝީދު ބޭބެ ބުނަން ވާހަކައެއް. ކަލޯއަށް ވެރިކަމުގައި އެފަހަރު 3އަހަރެއްހައި ދުވަހު ހުރެވުނީވެސް ރިޔާސީ ނިޒާމެއް އޮތީމަ. އެހެން ނޫންނަމަ ކަލޯގެ ވެރިކަމަށް އަހަރުދުވަސް ނުވީސް. އެއީ ކަލޯގެ ވެރިކަމަށް އަހަރު ދުވަސް ނުވަނީސް މައުމޫނުގެ ޑީ އާރު ޕީ ގެ އަޣްލަބިއްޔަތު އޮތް ރއްޔިތުންގެ މަޖުލީހެއް އައްޔަންކުރެވުނީމާ. އޭރު ބަރުލަމާނީ ނިޒާމެއް އޮތްނަމަ ކަލޯގެ ވެރިކަން އެހިސާބުން ޚަތިމުވެ ޢަބްދުﷲ ޝާހިދު ނުވަތަ ޢަބްދުﷲ ޔާމީނު ވެރިކަމަށް އެރީސް. ކަލޯ ހީކުރަނީ ދޯ ކަލޮއަށޭ ހުރިހާ ކަމެއް އެނގޭނީ. ކަލޯ ބުނާ ކޮންމެ ވާހަކައަކީ ސިޔާސީ ގޮތުން އެންމެ މޮޅު ވާހަކައޭ. އެހެނެއް ކަމަކު އެއްވެސް އުރައްޕެއް ނެތް ވާހަކައެއް ތި ދެއްކުނީ. ފަހަރެއްގައި ކަހާލާފައި ތިބޭ ބަޔަކަށް ކަލޯގެ ތިވާހަކަ ޤަބޫލުކުރެވުނަސް....

  17
 14. ރޯނުއެދުރު

  ކަލޯ ދެން ފޮނި ތި ކަނޑަނީ މާބޮޑަށް އެއީ ތިޔަ ބައިމީހުން ލިޔުނު އެއްޗެއް ނޫން މައުމޫނުގެ ވެެ ރިކަމުގަ ބޭ ރުގެ މީހަކު ގެނެސް ގެން ލިޔުއްވި އެއްޗެއް އެއަށް އިސްލާހް ގެނައީ ތިޔަބައިމީހުން ގާނޫނުއަސާސީއެއް ލިޔެވޭހާ ފެންވަ ރެއް ހު ރި ބަޔެއް ނޫން ތިޔައީކީ

  14
 15. ކަނަމަނަ

  ރ މައުމޫނުގެ ޙޮދުމުޙުތާރުކަމައްވުރެ ނަޝީދުގެ ޙޮދުމުޙުތާރުކަން މާއިތުރު ރ މައުމޫނު ފަޑިޔާރަކުވެ ވަގައް ނުނަގާ އެހެންވީމަ ގުދޯގުދޯތިގޮވަނީ

  25
 16. ސޮމެޮނެ

  ތިޔަބޭފުޅުން ބޭނުންގޮތަކަށް މޮޑެންއޮތް ފުއްގަޑެއް. ކޮޅުފައިންވެސް އެރުއްވި..

  19
 17. ދުންތަރި

  ތިޔަ ބުނާ މޮޅު ޤާނޫނު އަސާސީއަށް ތިޔަ ބައިގަނޑުވަނީ ފައިންއަރާ އޭގެ ހުރުމަތް ކަނޑާލާފަ ތިޔަ ޤާނޫނު އަސާސީނެތި މައުމޫނު ވެރިކަން ކުރިއިރަށްވުރެ ޤާނޫނު އަސާސީ އޮވެ ހުރިހާބާރެއް މުށަށް ޖަމާކޮށްގެން ތިޔަ ޙުދު މުޚުތާރުވެރިކަން މިހާރުތިޔަ ހިންގަނީ މާގޯސް ކޮންމެ ދިމާއަކަށްބެލުމުންވެސް ފެންނަނީ ޚުދު މުޚުތާޜު ސިފަ ނިކަން ދެކެބަލަ ޛުޑިސަރީ ތިޔަ ހިލާހިލުން ރޯމާ ދުވާލު އެންމެނަށް އެބަ އެނގޭ ވާނުވާ ހުރިހާ މިނިވަން މުއައްސަސާތަށް އަންބޮޑީގަ ފަނޑިޔާރުންނަށް އެތިބެނީ ބިރުދައްކާ އިންސާފަކީ ލާދީނީ އެމްޑީޕީ ރުހޭ ޙުކުމް ދެން ކިހާ ޑިމޮކްރެޓިވްވެފަ ދޯ މި އޮތީ ތިންބާރު ވަކިކުރިކުރީނުން އެއްބާރަށް އަނެއްބާރު ވީތަން ނޭނގޭ މިހާވަރަށް ބާރުތައް ވަކި ކުރެވޭނީ މައުމޫނާ ދިމާޔަށް ޚުދުމުޚުތާރޭ ބުނަން ކެނެރީގޭ ލާދީނީ ނަޝީދު ލަދެއްނުގަނޭ ދޯ؟

  19
 18. މުޖޫ

  ދެން އެހެންވީމާ އެއަށް ކޮން ހުރުމަތެއް އޮންނާނީ؟

 19. ކަމަނަ

  ކުރާނޭހާކަމެއްކޮށް ބުނަން ބޭނުން އެއްޗެއްބުނަން ފުރުސަތު ލިބުނަސް ދުރާގާތަށް ނުވިސްނާ އުޅުމަކީ މީހާގެ އުނިކަމެއް ބުއްޅަބޭ ޤައުމުގެ ހަލާކު