ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓުތަކުގައި ވިޔަފާރިވެރިންނަށް ހާއްސަކޮށް ހަދާފައިވާ ޖާގާތައް ވަރޗުއަލްކޮށް ބެލުމުގެ އިންތިޒާމް ހަމަޖައްސަން ނިންމާފައިވާ ކަަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެެވެ.

އެ ފްލެޓްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ގާތްގަނޑަކަށް ވަނީ ނިމިފައެވެ. 25 ބުރީގެ އެ ފްލެޓްތައް ހަވާލު ކުރާނެ ދުވަހެއް އަދި މި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މި މަޝްހޫރުގެ ދަށުން 25 ބުރީގެ 16 ޓަވަރެއް ވަނީ އިމާރަތްކޮށްފައެވެ.

އެ ފްލެޓްތަކަކީ މީހުންނަށް އުޅެވޭވަރަށްވުރެ ކުޑަ ފެލްޓްތަކެއް ކަމަށާއި، އެއީ ބޭކާރު ފްލެޓްތަކެއް ކަމަށް މިހާރު ސަރުކާރުގެ ބައެއް އިސްވެރިން ދަނީ ވިދާޅުވަމުންނެވެ. އެގޮތަށް ވާހަކަދައްކަވަމުންދާއިރު، އެ ފްލެޓްތައް އާއްމުންނަށް ދައްކާލުމަށް ހާއްސަ އޮޕެން ޑޭއެއް ބޭެއްވުމަށް ނިންމާފައިވާކަން އެޗްޑީސީން ހާމަކުރީ މިދިޔަ ހަފްތާ ތެރޭގައެވެ.

އެހެން ނަމަވެސް އެޗްޑީސީން ފަހުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މިހާރު މާލޭގައި ފަތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ހިޔާ ފްލެޓްތަކުގެ ވިޔަފާރި ޖާގަތައް ދައްކާލުމަށް ބާއްވަން އުޅުނު އޮޕެން ޑާ ނުބާއްވާ ގޮތަށް ނިންމާަފައިވާ ކަމަށެވެ.

އެހެން ނަމަވެސް މި ފްލެޓްތަކުގެ ވިޔަފާރި ޖާގަތައް އެޗްޑީސީ ވެބްސައިޓް މެދުވެރިކޮށް ވަރޗުއަލްކޮށް ބެލުމުގެ އިންތިޒާމް ހަމަޖައްސައި، ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ހިޔާ ފްލެޓްތައް އިމާރާތްކޮށްފައި ވަނީ، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެންނެވެ.

އެއީ 25 ބުރީގެ ހައުސިން ޔުނިޓުތަކެކެވެ. އަދި އެއީ ހުޅުމާލޭގައި މިވަގުތު ހުރި އެންމެ އުސް އިމާރާތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ދިސްވޭ

    އެޗްޑީސީ އަކީ އެއީ ބޭނުން ކުންފުންނެއް ކަމަށް މަމެންނަށް ނުފެނެއޭ އެމެން ހުޅުމާލެ ބޭނުން ކުރަނީ އެއީ އެމެން އަމިއްލަ އަށް ކަޓް ޖައްސަން ވެގެންނޭ އެމެން އަތުން އެޗްޑީސީ ނަގާ އެޗްޑީސީ އުވާލާ ހުޅުމާލެ ގެންނަންވީ ފިނޭންސް މިނިސްޓްރީ ދަށަށް އަދި ހުޅުމާލޭން މިހާރުވެސް 2 ހާސް އަކަފޫޓްގެ އެއް ލައްކަ ގޯތި ދެވޭނެތީވެ އެތަނުން 2 ހާސް އަކަފޫޓްގެ އެއްލައްކަ ގޯތި ވިއްކާލަންވީ 2 ހާސް އަކަފޫޓްގެ ގޯއްޗެއް ވިއްކާލާނީ 2 ލައްކަ ރުފިޔާ އަށޭ އެއިރުން އެނިމުނީއޭ މީ މިކަން ކުރަން ޖެހޭނެ ގޮތަކީ...

    9
    4
  2. ތުނިޔަ

    ބައްޔެއްނު! ތިދޭންއުޅެބަލަ !

    29
  3. ލުޓޭރުންގެ ސަރުކާރު

    ތިތަން ދޭނެ ހިއްވަރެނެތްދޯ މިސަރުކާރުގަ...ކިތައް މެ ވަރަކަށް ދެއްކިއަސް ފްލެޓް ބޮޑެވެސް ނުކުރެވޭނެ ކުޑަވެސްނުކުރެވޭނެ ލިބުނު މީހުން ބޭނު މެނޫނޭވެސް ނުބުނާނެ...ތިތަން ލިބުނު މީހުންނަ ތިތަންތަން ހަވާލުކޮއްލަން ބޭނުންވަނީ މޑޕގެ މާލެ އެކްޓްވިސްޓުންގެ ގެދޮރު ކުއްޔަށް ހިފާނެބަޔަކު ނުވެދާނެތީ..

    23
  4. Anonymous

    ތިވަރުން ފުއްދާލަންވީދޯ؟ މިހާރު ދިރިއުޅެތަނުގެ ކުލިވެސް ދައްކާކަށް ދެން ނުޖެހޭނެ.

    18
    1
  5. އަބްދޫ

    ތިޔަތަނުގަ ހިފަހައްޓާ ނުދޭންއުޅެނީ ކީއްވެ ތިޔަ ކޮންމެ ތަނަކީ 5 މިހުން ގެ އާއިލާ ތަކަށް 100 ގެ ތަންތަން.ނުދޭނ މިރާވަނި މިހާރު ދިންނަމަ މާލޭގެ ކުޅީ ގެތަެއް ހުސްވެ އެމްޑީޕީ އަށް އިންތިހާބު ގެއްލިދާނެތީ މި 5 އަހަރު ތެރޭ ތިޔަތަންތަން ދޭން މިސަރުކާރުން ބޭނުމެއްނުވޭ

    16
  6. އަބްދޫ

    ތިޔަތަނުގަ ހިފަހައްޓާ ނުދޭންއުޅެނީ ކީއްވެ ތިޔަ ކޮންމެ ތަނަކީ 5 މިހުން ގެ އާއިލާ ތަކަށް 100 ގެ ތަންތަން.ނުދޭނ މިރާވަނި މިހާރު ދިންނަމަ މާލޭގެ ކުޅީ ގެތަެއް ހުސްވެ އެމްޑީޕީ އަށް އިންތިހާބު ގެއްލިދާނެތީ މި 5 އަހަރު ތެރޭ ތިޔަތަންތަން ދޭން މިސަރުކާރުން ބޭނުމެއްނުވޭހެން ހީޥަނީ

    13
    1
  7. މާމީ

    މި ސުލޯސަރުކާރައް ހަޖަމެއް ނުވާނެ ތިތަން ފެނުނަސް ހޭބަލިތަކާ އަހަރުމެން ނައް ރައިސްޔާމީން އަޅުއްވާ ދެއްވި ފުލެޓުތައް މިހާރުން މިހާރައް ދިނުމައް މިސުލޯސަރުކާރުގަ ބުނަން.......

    20
  8. ހާލަތު

    އެޕާޓްމަންޓް ތައް އަވަހަށް ނިންމަންވެސް އަދި ހަވާލުކުރަންވެސް ނޫޅެނީ އެޗްޑީސީގެ މާލީ ހާލަތު ހުރިގޮތުން އެ ސަރަހައްދުގައި ގާއިމްކުރަންޖެހޭ މުނިސިޕަލް ސަރވިސްތައް ގާއިމް ނުކުރެވިގެންނެވެ. ދެން ސުވާލަކީ އެޗްޑީސީ މިހާލަތަށް އައީ ކީއްވެހޭ ހާލަތުން އަރައިގަތުމަށް ކުރަނީ ކޮންކަމެއްހޭ؟

  9. ރޯނުއެދުރު

    ހިޔާފުލެޓްތަކުގައި ވަރޗުއަލްކޮށް އުޅެވޭނެގޮތް ހަދައިނުދެވޭނެތޯ؟

  10. ނަކް

    ފުލެޓުތަކެއް ނޫން ދައްކަނީ.. ފުލެޓުތަކުގެ ތިރީގަ ހުރި ކޮމާޝިއަލް ޕޮލޮޓްތައް ދައްކާލަނީ

  11. ޠުސް

    ކޮބާތޯ ސިވިލްސާވަންތުންނައް ދެއްކި ފޮލެޓް ކޮޅު.... ހާދަ އަޑު މަޑޭ އެވާހަކަ... ހޭލަބަލަ އިބޫވެސް

  12. ޠުސް

    ކޮބާތޯ ސިވިލްސާވަންތުންނައް ދެއްކި ފޮލެޓް ކޮޅު.... ހާދަ އަޑު މަޑޭ އެވާހަކަ... ހޭލަބަލަ އިބޫވެސް ޖަވާބެއް ނެއްތޯ