ރާއްޖެ އިން ކޮވިޑް-19 އަށް 200 މީހުން ފައްސިވިޔަސް، ހަދާނެ ގޮތް ހުސްވެގެން އުޅެން ނުޖެހޭ ކަމަށާއި ރައްޔިތުން ހާސް ނުވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހިތްވަރު ދެއްވައިފިއެވެ.

ލޯ އިނިޝިއޭޓިވް ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ދުސްތޫރީ ހަޔާތުގެ ކުރިމަގު ފެނިވަޑައިގަންނަވަނީ ކިހިނެއްތޯ ސުވާލު ކުރުމުން ނަޝީދު އެންމެ ފުރަތަމަ ފެއްޓެވީ ޅެން ބައިތަކުންނެވެ. އެއީ "ގުލްޒާރުގައި ނަޔާ މަގޭ، ނޫރާނީ މާ ފޮޅޭނެއޭ،" މި ޅެން ބައިތެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މި ގާނޫނީ ދައުލަތަކީ "ގުލްޒާރަކަށް" ވާ އިރު، "ބުލްބުލްތަކާއި ކޮކާތަކާއި" ފަރިވާނެއެވެ. އަދި ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީއަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ "ބަގީޗާ" ކަމަށް ނަޝީދު ވިދާޅުވިއެވެ.

އޭގެ ފަހުގައި، ނަޝީދު ދިވެހި ރައްޔިތުންގެ ކިބައި އެދިވަޑައިގަތީ "ހާސް" ނުވުމަށެވެ. ރާއްޖޭގައި އޮތީ ވަރަށް ދޮށީ ދައުލަތެއް ކަމަށް ވިދާޅުވިއެވެ.

"މާދަމާ ގޮސް ވެ ނިމޭނެ ކަމެއް ނެތް. ކަންބޮޑުވެނުލައްވައްޗޭ. 200 މީހުން ޕޮޒިޓިވްވީމަ، އެއީކީ އަޅުގަނޑުގެ ނަޒަރުގައި ހަދާނެ ގޮތް ހުސްވެގެން އުޅެން ޖެހޭ ކަމެއް ނޫން. އަޅުގަނޑުގެ އެންމެ ބޮޑު އިލްތިމާސްއަކީ ހާސް ނުވައްޗޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ދިވެހިން ވަނީ ކަންކަމުން އަރައިގެންފައެވެ. އެގޮތުން ގާނޫނީ ހައްލު ހޯދާފައި ހުރި ކަން ފާހަގަ ކުރެއްވިއެވެ. އަދި އެހެން ވަސީލަތްތައް ވެސް ހޯދައިގެން މި "ގުލްޒާރު" ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 4،680 އަށް ވަނީ އަރައިފައެވެ. މީގެ ފަސް ދުވަސް ކުރިން 215 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. މިއީ މާޗް ހަތް ވަނަ ދުވަހު ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން، އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. އެކަމަކު، އިއްޔެ ރާއްޖެ އިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އިއްޔެ ކޮވިޑް-19 އަށް ފައްސިވީ 86 މީހެކެވެ.

މީގެކުރިން ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅު ވެފައި ވަނީ 2،725 މީހުންނެވެ. މި ބަލީގައި ނިޔާވެފައި ވަނީ 19 މީހުންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 1،936 މީހުންނަށެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 128 މީހުންނަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 ޖެހިގެން އެޑްމިޓް ކުރާ މީހުންގެ އަދަދު ވަނީ އާދަޔާ ހިލާފަށް އިތުރުވެފައެވެ. ފުރަބަންދަށް ލުއިތަކެއް ދިން ފަހުން، ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އާދަޔާ ހިލާފަށް ވަނީ އިތުރުވެފައެވެ. އެހެންވެ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަނެއްކާ ވެސް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

58 ކޮމެންޓް

 1. ދެބޯ ގެރި

  އިސްތިއުފާ!

  143
  3
 2. އެމަންޖެ

  ހަދާނެ ގޮތް ކަލޭމެނަށޭ ހުސްނުވަނީ މިހާރުވެސް ބަލިޖެހިފަ ހުރިމީހަކާ ކޮންޓެކުޓް ވެގެން ކަރަންޓީންވާން މިޖެހެނީ ދިރިއުޅޭގޭގަ އެގޭގަ ކަރަންޓީންވެވެންނެތަސް ، ދެންގޮތެއްނެއްވާހަކަ ބުނީމަ ނަން ނޯޓުކޮއްފަ ހަމަ ގެޔައް..

  230
  3
  • ގަޓުގަޓު

   އަހަރެމެންނަށްވެސް ވީ ހަމަ ތިހެން

   33
 3. ޢަލީ

  އާން. ހާސްވާނެ ކަމެއްނެތް. އެންމެނެއް ކޮންމެހެން މީނަހާ ފައިސާވެރިއެއްނޫން. އަދި އުޅެނީވެސް ތިހާ އިއްޒަތާއި ރައްކާތެރިކަމާ ތަނަވަސް ކަމާއެކީގައެއްނޫން. ބަލަގަ، މީނަގެ ސަރުކާރުންނޫންތަ މި ކަންތައްގަނޑު ހޭންޑްލްނުކުރެވިގެން މި އުޅެނީ. ދެން ހާސްނުވަންވީ ސަބަބެއް ބުނެބަލަ. ތިޔައީ ބަހުގެ އިތުބާރެއް އޮތް މީހެއްނޫން.

  253
  2
 4. ޖައްސަންވީއޭ

  ދުއިސައްތަ މީހުން ކޮވިޑް ބަލި ޖެހުނަސް އަދި އެބަލީގައި މަރުވެދިޔަ ނަމަވެސް އެއީ ހާސްވާން ޖެހޭ ކަމެއް ނޫނޭ ރާއްޖެ ލޮކްޑައުން ކޮށްގެން ވެސް ނުވާނެ ހޮޓާ ތައްވެސް ބަންދުކޮށްގެން ނުވާނެ ހަމަ ހޮޓާ ތަކަށް ވަދެ ލާރޖް ކޮށް ކައި ނަގަންވީއޭ އިނގޭތޭ...

  113
  4
 5. ސަންތިމަރިޔަބު

  މިސަރުކާރު ދެމިގެންދާ ކޮންމެ ދުވަހަކީ ކަށިކުބުރު ވަލަކާއި ކާއިރިޔަށް ދާ ދުވަހެއް ކަލޭ ތީހުރިހާ ދިވެހިންނަށް ކޮވިޑް19 ޖެހޭނެކަމަށް ބުނިމީހާ ކަލެޔަށް ހަލާކުހުރި
  ޔާﷲ މިނުލަފާމީހާ އިސްލާހުވެ އިނބަ އިލާހުގެ މަގަށް ރުޖޫއުވެ ތައުބާވުމުގެ ފުރުސަތު މިންވަރު ކޮށްދެއްވާފާދޭވެ! ޢިނބަ އިލާހުގެ އިލާހުގެ ހަސްރަތުގާއި މިނުލަފާ ކަށްޒާބު އިސްލާހުވުން ނުވާނަމަ މިލޮބުވެތި ވަތަންގެ އެންމެހާ މުސްލިމް ތަކުން ސަލާމަތް ކުރަށް ވާފާދޭވެ އާމީން!

  233
  1
  • ކެނެރީ ފާތުމަ

   އާމީން!

   32
 6. ފެންނަނީއޭ

  މަމެން ވަރަށް ބޮޑަށް ތާއީދު ކުރަން ބަރުލަމާނީ ނިޒާމަށް ރާއްޖޭގައި ވެރިކަން ކުރަން އެގޮތުން ވެރިކަން ކުރާއިރު ރާއްޖޭގައި ހުރި ސިޔާސީ ޕާރޓީ ތަކުގެ ލީޑަރުކަން ކުރާ ކޮންމެ ލީޑަރަކީ އެއީ އޮޓޮމެޓިކް އިން ރައްޔިތުންގެ އެއްވެސް ވޯޓަކާއި ނުލައި މަޖްލީހުގެ މެމްބަރު ކަން ލިބެން ޖެހޭނެ މީހެކޭ އެކަމަކު އެފަދަ މީހަކަށް އެއްވެސް ވޯޓެއްގައި ބައިވެރި އެއް ނުވެވޭނެއޭ އަދި މަޖްލީހުގެ ރައީސް އަދި ނައިބް ރައީސް ކަން ވެސް ނުކުރެވޭނެއޭ ކޮމެޓީގެ މުގައްރިރު ކަން ވެސް ނުކުރެވޭނެއޭ މަމެން ވަރަށް ތާއީދު ކުރަން ރާއްޖޭގައި ވެރިކަން ކުރަން ބަރުލަމާނީ ނިޒާމަށް އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކޭ ސަބަބަކީ ރިޔާސީ ނިޒާމް ގައި ވަރުގަދަ ދުރުވިސްނޭ ރައީސަކު ނެތް ނަމަ ގައުމު ބޭންކްރަޕްޓް ވާނެއޭ އެމަންޒަރޭ މިހާރު މިރާއްޖޭގެ ރިޔާސީ ވެރިކަމުން ރައީސް އިބޫގެ ކިބައިން ފެނިގެން މިދަނީ...

  12
  58
 7. މަރުމޯލް

  ވަރަށްއަވަހަށް ހާސް ނުވާ މީހުން ހާސްވާތަން ފެންނާނެ.

  80
  2
 8. ވާނެއޭ

  ރިޔާސީ ނިޒާމަށް ވެރިކަން ކުރާތާ ތިން ދައުރުވަނީ ނިމިފައި ވަޒީރު ކަމަށް ރައީސް އައްޔަން ކުރައްވަނީ ރައްޔިތުންގެ ރުހުން ވަރަށް ބޮޑަށް ނުހުންނަ ބޭފުޅުންނޭ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފަހުން ހޯމް މިނިސްޓަރަކަށް ހުންނެވި ވަޒީރަކީ އެއީ ސިޔާސީ ގޮތުން އެއްވެސް ބަރުދަނެއް ހުރި މީހެއް ނޫނޭ ރައްޔިތުންގެ ތާއީދެއް އޮތް މީހެއް ނޫނޭ އެހެން ނުވާނެއޭ ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރާއިރު ވަޒީރުން ނަކީ ރައްިޔތުންގެ ރުހުން އޮވެގެން އެކަން ކުރާ މީހުންނަށް ވާނެއޭ...

  4
  59
 9. ނުހާ

  މިކަލޭގެ އަނގަ ހައްދު ޖަހަންވެއްޖެ މިހާރު ރައްޔިތުން ނިކުމެ

  96
  2
 10. އަރީ

  ނަޝީދު ބުންޏަސް ރަނގަޅުވާހަކައެއް.. ފައްސި ނުވާނެ ކަމަކަށް ބަލައިގެން ދެނެއްނެތް އުޅެވޭކަށް.

  10
  91
 11. ޔޫއާބް

  އާނ ކަލޭމެންނަށް ވެރިންނަށާއި ވެރިންގެ އާއިލާތަކަށް ގޮތް ހުސްނުވާނެ. އާމްދަނީ ލިބޭނެ މަގު ބަނދުވެރިފައި އަތްމަތިދަތިވެފައި ތިބި އެތައް ހާސް ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިބި. ރިސޯޓްތަކާ ގުޅުންހުރި ވަޒީފާ އަދާކުރަމުންދިއަ އެތައް ހާސް ބައެއް މަހު އެއްޗެއް ނުލިބި ގޮތް ހުސްވެފައި އެބަތިބި. އެކަމު ނޫސްތަކުގެ ސުރުޚީ ޖަހާލަނީ ހުރިހާ ކަމެއްވެސް ރަނގަޅަށްދާ ކަމަށް.

  64
  2
 12. އޮޅުވާލި ވޯޓު

  ނަހަލާލު ނާގާބިލު ސަރުކާރު އިސްތިއުފާ ދިނުން ނޫން އިތުރުހައްލެނެތް

  96
  3
 13. އެޖެންޑާ-ކޮވިޑް-19

  މާގިނަދުވަހަކު ނުބަހައްޓާނަން ގޮޑި ރެޑީކޮށްފަ ފޮއްޓަށް އެޗެހިއަޅައި ތައްޔާ ރުވެގެން މަނިކުފާނު ރެޑީގައި ހުންނަވާތި އެދުވަހުން ވަ ރަށް ގިނައިން ގުލްޒާ ރުގައި ނަޔާމާތައް ފޮޅިފަހުންނަ މަންޒަ ރު މަނިކުފާނަށް ފެނިލައްވާނެ ހަޖަމްވާނެބާ ތިހެން މާގިނަދުވަހު ވައްކަންކު ރާކަށް ނުތިބެވޭނެ ހީކު ރާގޮތްދޯ
  ރަނުން ރަނަށް ވައްޓާލާނީ!

  27
  1
 14. ޖިހާދު

  ކޮންމެރެއަކު ގުލްޒާރު މިއޮތްފޮޅެނީނު ރައްޔިތުންމަރާފަވެސް ވެރިކަންލިބޭތޯ!؟

  35
  3
 15. އަހްމަދު

  ވަރައްބޮޑުތެދެއް މިހާރުއެކަމު ހުރިހާމަލެއްވެސް މިފޮޅެމުންދަނީ ޖޭއެސްސީތެރެއިންދޯ ތިޔަފޮޅުވާމަލުގެ ހިތިރަހަ ހިތިގޮތަކަށް ކަރުބުޑުގަލާދުވަސް ﷲއިރާދަފުޅުން މާދުރަކުނޫންއޮތީ

  24
  1
 16. ައަހަރެން

  މިއަދު ވެރިކަމުގަ ޔާމިނު ހުއްޓަސް ކިޔާނެ އެެއްްްްްްްްްޗިހިތި... ރައްޔިތުންގެ ވެރިކަމެއް އޮތަސް މިއަދު މާ ބޮޑުކަމެއްވެސް ކުރެވޭކައް ނެތް... މިހާރު ރައިސްކަމައް އަރާހުރި ސޯލިހު އަކީވެސް ޖާދޫގަރެއްނޫން ފުއްޓައްކެއްޖަހާލާފަ މިއޮތް ވަރުން ކަން ކަން ރަނގަޅު ކުރާކައް.. ރައްޔިތުންނައް ބުނެލަން އޮތީ ފުރަތަމަ އެއްބައިވަންތަ ވާށޭ.. ގައުމުގެވެެރިންނައް ބުނެލަން އޮތީ އިންސާފުން ކަން ކަން ކުރާށޭ. އެކަކު އަނެކަކު ބޮލައް ކަން ކަން ޖެހިޔަސް ކަމެއް ހައްލެއް ނުވާނެ.. އަންނި އައް ބުނެލަން އޮތީ އަނގަގަނޑު މައިތިރި ކޮއްގެން ގޭގަ އިނދެ ހެޔޮއެއްޗެއް ކިޔާށޭ..

  4
  12
 17. ސަރޭ

  ނަސީދުއަކީގޮތް ހުސްވާމިހެއްނުން ކަން އޭނަ ގެ ސިޔާސީ ހަޔާތުން އެނގޭ. އަހަރެން ވަރަށް ހަދާން ހުރޭ އޭނަގެ ޖެހިލުން ކުޑަކަން ދެކިފަ، އެހެންވީމަ އޭނަ ކިޔާއެއްޗެތި ބައެއްފަހަރު އަހަރުމެން ކަހަކަލަ ކަން ކަމާ ކުރިމަތި ނުލާ ފިލާތިބެގެން ފާޑު ކިޔާމީހުންނަށް ކަމުނުގޮސް ފާނެ. އޭނަ އަށް ކަންކަން ދެކެވޭގޮތް އަހަރުމެނާވަރަށްތަފާތު ވާނެ އެއީ އޭނަ ވާހަ ދަައްކަނީ ތަޖުރިބާޔާ އެކު އަދި އޭނަ ތަޖުރީބާކޮށްފަ ހުރި ގިނަކަންކަމާ. އެއާ ހިލާފަށްއަހަރުމެން ނަށްކުރެވޭކަމަކީ ހަމަ އެކަނި ފާޑު ކިޔުން.

  3
  26
  • ޢައިސް

   ހަމަ ހުރިގޮތަށް ހުރި ބީތާ އެއް. ނާޤާބިލް ގަމާރެއް.

   12
  • ބެންޑިތު

   ކަލޭ އައް ކިހިނެތް އިނގެނީ އެއީ ޖެހިލުން ކުޑަ މީހެއް ކަމެއް. މަށައް އޭނަ ހަޔާއްކުޑައީ. އޭނަ ޖެހިލުން ކުޑަ ނަމަ 2011 ވެރިކަން ދޫކޮއްލާފަ ނުފާބާނެ.. ވާހަކަ ނުދައްކާ މާ މޮޅު

   10
 18. ހަޖަމް

  ދިވެހީން މިއަދު ރޮއްވައިފިޔޭ ނެތުމުން ރައީސް ދިވެހީން މިއަދު ބޭނުންވަނީ ޔާމީން ރައީސް ދިވެހީންގެ ފަޚު ރާޝަ ރަފު ހޯއްދެވި ރައީސް ދިވޭހީންގެ މޭސްތި ރިޔަކީ ޔާމީން ރައީސް ނުހައްޤުން ޖަލުގައި ރައީސްޔާމީން ދޫކޮށްލާ!

  36
  3
 19. ހަސަނުގެ ފައި

  ކަލެޔާ ކޮންބެހޭ ކަމެއް 200 ކީއްކުރަން 2000 އެއް ހާ މީހުން މަރުވިޔަސް. އަމިއްލައަށް އައްމޮޅޯ ވެގަ.

  21
  2
 20. ގޫބެ

  ހަދާނެގޮތެއް އުޅޭނެގޮތެއް ވާނެގޮތެއް ނޭންގިގެންތާ އިސްތިއުފާދިނީ އަދިދީފަވެސް ބުނަނީބަޑިޖެއްސީއޭ މިވަރުމީހަކު މިހުރީ މަޖުލީހުގެ ރައީސްކަމު .

  31
  2
 21. ޑަބިޔާ

  ބޯޅަބޭ މިހާރުވެސް ތިހުރީ ހަދާނެގޮތް ހުސްވެ ދުއްވައިގަންނަ ހިސާބުގައި އެފަދަމީހެއްތީ ވެރިކަމުން އިސްތިއުފާދިންދުވަހުގެ ވީޑިއޯބެލުމުންވެސް އެނގޭ ބިރުންހުރެ އަނގަހުޅުވިފަ ހަދާނެގޮތް ހުސްވެފަހުރިކަން.

  29
  2
 22. ޖެހެއޭ

  ގާނޫނު އަސާސީ ގައި ވެރިކަން ކުރާ ނިޒާމަށް ބަދަލު ނުގެންނަނަމަ އެބަޖެހޭ އެއަށް ބައިތަކެއް އިތުރު ކުރަން މިވޭތުވެދިޔަ ތަޖްރިބާ އަށް ބަލާފައި އެގޮތުން އެބަޖެހޭ ރާއްޖޭގެ ބަޖެޓް 2030 ވަނަ އަހަރުން ފެށިގެން މަޖްލީހުން ފާސް ކުރާއިރު ފާސް ކުރަން ޖެހޭނީ އަރަނި ބަޖެޓެއް ކަމަށް ކަނޑައަޅަން އަދި ބަޖެޓް ފާސް ކުރާއިރު ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ އަކަށް ބަލާ ބަޖެޓް ފާސްކޮށްގެން ނުވާނެއޭ އަތުގައި ހުރި ފައިސާ އަކަށް ބަޖެޓް ފާސްކުރަން ޖެހޭނީ މީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކޭ...

  2
  6
 23. ދުސްތޫރު

  ނަޝީދަކީ ވަރަށް އަވަހަށް ހަނދާން ނެތޭ ބޭފުޅެއް
  ސުވާލުކުރީ ރާއްޖޭގެ ދުސްތޫރީ ޙަޔާތުގެ ކުރިމަގާ
  ބެހޭގޮތުން. ޖަވާބިދެއްވީ ކޮވިޑް19 އާގުޅޭ ގޮތުން
  މިފަދަ ގަމާރު މީހަކަށް ރާއްޖޭގެ ރައްޔިތުން ސަޕޯޓް ކުރުމުން އެނގެނީ ރާއްޖޭގެ ގިނަ ރައްޔިތުން އޭައަށްވުރެ ވެސް ގަމާރުކަން

  23
  1
 24. ދުސްތޫރު

  ނަޝީދަކީ ވަރަށް އަވަހަށް ހަނދާން ނެތޭ ބޭފުޅެއް
  ސުވާލުކުރީ ރާއްޖޭގެ ދުސްތޫރީ ޙަޔާތުގެ ކުރިމަގާ
  ބެހޭގޮތުން. ޖަވާބިދެއްވީ ކޮވިޑް19 އާގުޅޭ ގޮތުން
  މިފަދަ ގަމާރު މީހަކަށް ރާއްޖޭގެ ރައްޔިތުން ސަޕޯޓް ކުރުމުން އެނގެނީ ރާއްޖޭގެ ގިނަ ރައްޔިތުން އޭަނައަށް ވުރެ ވެސް ގަމާރުކަން

  18
  1
 25. ވަޒީރު މަނިކުފާނު

  ވަރަށް ރަގަޅު ވާހަކައެެއް. ހާސްވާކަށް ނުޖެހޭ. މާލެއިން ޕޮޒިޓިވްވާ މީހުންވެސް ފ. އަތޮޅު ފިލިތެޔޮ ރިސޯޓަށް. ރައީސް އިބޫގެ ޅިޔަނު މިނިސްޓަރު 3 އޭ އަލީ ޝިޔާމްގެ ރިސޯޓްތަކާއި އީވާ ބައްޕަގެ ރިސޯޓްތަކަށް ބަހާރު މޫސުން. އެހެން ރިސޯޓްތަކަށް ހަރީފު މޫސުމް.. ދެން ބާރަށް ވީކެންޑްގައި މަނިކުފާނު މެން ވެސް ރާބޮއިލަން ދިޔައީމަ ކަރަންޓީން ފެސިލިޓީ ތައް ކުރިއަށްދާނެތާ. އެބޭބޭ ފުޅުންގެ ޖީބްތައް ވެސް ބައިތުލްމާލުން ސީދާ ހޮޅި ގުޅާލާގެން ފުފޭނެތާ.

  17
  1
 26. އަޙްމަދު

  ބޮޑީގާރޑު ވިޔަސް މީހަކު ހާސްނުވާކަށް އެއީވަރަށް ސާފް ކަމެއް!

  12
 27. ކުރަންޖެހޭނެއޭ

  ގާނޫނު އަސާސީގެ އަސާސީ ހައްގުތަކުގެ ބާބަށް އެބަޖެހޭ ބަދަލު ގެންނަން ގެންނަން ޖެހޭނެ ބަދަލަކީ އެ ބާބަށް އިތުރުކުރަންވީ ރާއްޖެ އެއްފަސް ކުރުމާއި ބެހޭ ބައެއް އެބައިގައި ހިމަނަންވީ ރާއްޖެތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ އާބާދީގައި 10 ހާހަށް ވުރެން ދަށް އާބާދީ ހިމެނޭ ރަށްރަށުގެ މީހުން މާލެ ސަރަހައްދަށް ބަދަލު ކުރުމަށް ޓަކައި މާލެ ސަރަހައްދުން 5 ހާސް އަކަފޫޓްގެ 25 ހާސް ގޯތި އަހަރަކު މިފަދަ ރަށްރަށު މީހުންނަށް ހިލޭ ދީގެން އެމެން މާލެ ސަަރަހައްދަށް ބަދަލުކުރާނެ ގޮތް އެބާބުގައި ހިމެނުން އެއީ ރާއްޖެ މިނިވަން ކަން މަތީ ދެމި އޮންނަން ވެއްޖެނަމަ ކުރަން މަޖްބޫރު ކަމެކޭ..

 28. ގާދިރު

  މީނަ މިހެންބުނާއިރި މީނަ އަށް ނޭގެނީބާ އަމިއްލަ ވިޔަފާރިވެރިން ގޮތްހުސްވެ ކުންފުނިތައް ބަންދުކުރާ ހިސާބުގަ ތިބިކަން ..... މީނައާ ނުބެހޭކަމެއްނެއް ހުރިހައި ކަމެއްގެ ތެރެެޔަށް އަތްބާނާ އަނެއްކޮޅުން މުޅި ދުނިޔޭގެ މަލާމައި ސަރުކާރަށް ލިބި އާބާތީގެ ފައްސިވާ % ލިސްޓްގެ ކުރީގަ އޮތީ ރާއްޖެ

  13
  1
 29. އެހަނދާން

  ފައްސި ނައްސި އައްސި ވިޔަސް ކޮވިޑާއި އެކު އުޅެވޭތޯ މަސައްކަތް ކުރަންވީ

  4
  3
 30. އެބަޖެހޭ

  ގާނޫނު އަސާސީ އަށް އެބަޖެހޭ ބަދަލު ތަކެއް ގެންނަން ގެންނަ ބަދަލު ތަކުގެ ތެރޭގައި އުމުރުން 50 އަހަރު ވެފައި ނުވާ އެއްވެސް ދިވެއްސަކަށް ރާއްޖޭގެ ރައީސް ކަމާއި އަދި ނައިބް ރައީސް ކަމަށް ކުރިމަތި ނުލެވޭނެ ކަމަށް އަދި ރައީސުލް ޖުމްހޫރިއްޔާ ކަމަށް އަންނަ މީހަކީ އެއީ އަމިއްލަ ވިޔަފާރި އެއް ކާމިޔާބު ކަމާއި އެކު ކޮށްފައިވާ މީހަކަށް ވެފައި އެފަދަ މީހަކީ އުމުރުގެ ބޮޑު ބައިގައި ރާއްޖޭގައި ދިރިއުޅެ ދިވެއްސަކާއި އިނދެގެން ދިވެހި ދަރިން ލިބިފައިވާ މުސްލިމަކަށް ވާން ޖެހޭނެ ކަމަށް މިގޮތަށް އެބަޖެހޭ ގާނޫނު އަސާސީ ގައި ލިޔަން...

  7
  1
 31. ރަނގަޅޭ

  މަޖްލީހުގެ މެމްބަރުންގެ އަދަދުވެސް އެބަޖެހޭ މަދުކުރަން ވަރަށް ބޮޑު ތަން މިކަން ކުރެވޭނީ ގާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން ކޮންމެ 5 ހާސް މީހަކަށް މެމްބަރެއް އެއީ މާބޮޑަށް މަދު އަދަދެއްގެ ވޯޓްގެ ވާހަކަ މިދައްކަނީ ކޮންމެ 50 ހާހަކަށް މަޖްލީހުގެ މެމްބަރެއް ހުންނަން 50 ހާސް ހަމަނުވާ އަތޮޅު ތައް ޖެހޭނީ އެހެން އަތޮޅު ތަކާއި އެއްކޮށްލަން މަޖްލީހުގެ މެމްބަރުން ގިނަވިނަމަވެސް އެއިން ނިކުންނަ މާ ރަނގަޅު ނަތީޖާ އެއް ނެތޭ މަޖްލީހުަގައި 7 މެމްބަރުން ތިބުން އެއީ ހަމަ ރަނގަޅު އަދަދެކޭ...

 32. އާއްމު މީހާ

  މީކޮންތައްތަރު މީހާ؟ ގައުމުތަކުގެ މީހުންގެ ނިސްބަތުން ކޮވިޑު ޖެހޭ މީހުން އަދަދު އިހައްދުވަހުވެސް އެންމެ މަތީގައި އޮތީ މިރާއްޖެ. ހުރިހާ އެންމެން ޚަބަރު ކިޔައި ބަލާއިރު މިވައްތަރު މީހާ ކަބަރުވެސް ނުބަލަނީތަ. މީހުންނަށް ވާނެގޮތް އެޚަބަރު ކީމިހުންނަށް ވެއްޖެ. ތަސައްރަފު ކެނޑިފައި ތިބޭ މީހުން ދައްކާ ޒާތުވާހަކަ ނުދައްކަބަލަ.

  8
  1
 33. ކުރަންވީއޭ

  ވެރިކަމުގެ ނިޒާމް ވާހަކަ މަޖްލީހުގެ ރައީސް ނުދައްކަވާ ފުރަތަމަ ކުުރައްވަން ޖެހޭ ކަމަކީ މަޖްލީހުން ފާރަވެރި ވެގެން އެމްޑީޕީގެ ދެ ވެރިކަން ވެސް މިދަނީ ނާކާމިޔާބު ވަމުން ކަމަށްވާތީވެ އެކަން އެގޮތަށް ވިޔަ ނުދިނުމަށް ޓަކައި އެމްޑީޕީގެ މެނިފެސްޓޯގެ 16 ވަނަ ސޮފްހާ ގައިވާ މާލެ ސަރަހައްދުން ފްލެޓްސް ތައް ބޭނުންވާ މީހުންނަށް ބަދަލުގައި މާލެ ސަރަހައްދުން ގޯތި ދޭނެ ކަމަށް ވެފައި އޮތް އެންމެ ބޮޑު ވައުދު ފުރަތަމަ ފުއްދޭތޯ ބަލަންވީ ނޫންތޭ މަޖްލީހުގެ ރައީސް އިސްނަގަންވީއޭ މީއޭ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ...

  4
  1
 34. ސަފަރު ކައްދަގެ ތިއްތިބެ

  ސުބުޙާނައްﷲ. މިއީ ދެވަނަ ބްރެޒިލްގެ ރައީސްތޯ؟ މިވިސްނުން މިކަލޭގެ ގެންގުޅެންޏާ އ.ދ.އަށް މީނާގެ މައްސަލަވެސް ހުށަހަޅަން ޖެހޭކަމަށް ފެނެއެވެ. އިންސާނީ ދަރިފަސްކޮޅު ހިމާޔަތް ކުރުމަށްޓަކައިވެސް މީނާ ހުއްޓުވަން އެބަޖެހެއެވެ.

  11
  1
 35. ހަލީމް

  ރައީސުލް ޖުމްހޫރިއްޔާގެ އިހުތިސޯސްގެ ތެެރެއައް މަޖިލީހުގެ ތަޅުމުގެ ރައީސްވަދެ ޖަގުލަރީ ކައްކަމުންދާއިރު ރައީސުލް ޖުމްހޫރިއްޔާ މިކަމާއިމެދު ފިޔަވަޅެއް ނާޅާ ހުންނަހުރުމައް އޭނާގެ މައްޗައް ދައުވާކުރަން ޖެހޭ. އިބޫ ސޯލިހު މިހާރު އެހެރީ ޒިންމާއިން އެއްކިބާވެ ރަޖާލައިގެން.. އެގޮތައް ހުންނާކަށެއް ނޫން ރައްޔިތުން ވޯޓު ދިނީ. ރައްޔިތުން ވޯޓު ދިނީ ނަޝީދަކަށެއްވެސް ނޫން.. ވީމާ މިކަމާއި މެދު ފިޔަވަޅު ނޭޅޭވަރުގެ މީހަކު ވެރިކަނުގައި ބަހައްޓާކަށެއް ނުޖެހޭ..އެފަދަ މީހަކީ ވެރިކަމުގައި އެހެން މީހަކައްޓަކާ ގޮނޑި ހޫނުކުރަން ހުންނަ ފިނޑިއެއް. އެފަދަ މީހަކު ރާއްޖޭގެ ވެރިކަމުގައި ބަހައްޓައިގެން ތިބުމަކީ ގައުމާއި ދައުލަތުގެ އަގުވެއްޓޭކަމެއް..

  10
 36. ހިސާނުހުސްނު

  މަޖްލިސްގެ އިދާ ރާ ދޭންވީނު މީހުން ކަ ރަންޓީނު ކު ރަން ރައްޔި ތުންގެމަޖްލިސް ވިއްޔަ ރައްޔިތުން ނަށް ޚިދުމަތް ދޭން ރަގަޅުވާނެ ކަމަށް ފެންނަނީ

  9
  1
 37. ރައިސް

  ބުރީގަ ރޯވިޔަސް ހާސްވާނެ ކަމެއްނެތް. ކީޕް ކާމް އެންޑް ހޭވް ފަން.

  10
  1
 38. އަހްމަދު

  ކިހާދެރަކަމެއް!

  4
  1
 39. ގޮވާލަމޭ

  ގާނޫނު އަސާސީ އަށް ބަަދަލު ގެންނަންވީ ގާނޫނު އަސާސީގެ އުމުރުން 10 އަހަރު ވާ ކޮންމެ ފަހަރަކު އެގޮތުން އެބަޖެހޭ ގާނޫނު އަސާސީ އަށް ގެންނަން މުހިއްމު ބަދަލެއް އެއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަންކުރާ މުއްދަތު 5 އަހަރުގެ ބަދަލުގައި 15 އަހަރުގެ އެއް ދައުރަށް ބަދަލު ކޮށް ހަދާ އަދި މަޖްލީހުގެ މެމްބަރުންގެ ދައުރަކީ ވެސް 15 އަހަރުގެ އެއް ދައުރު އަދި ލޯކަލް ކައުންސިލަރުންގެ ދައުރަކީ ވެސް 15 އަހަރުގެ އެއް ދައުރު ކަމަށް ހަދަންވީ އެއިރުން ކުރާ ޕްލޭންސް ތައް ރަނގަޅަށް ތަންފީޒު ކުރެވޭނީ މިކަން މިގޮތަށް ކުރަން މަމެން ގޮވާލަން މަޖްލީހުގެ ރައީސަށް...

 40. ޢާޔާ

  މަނިކުފާނު ބޭކާރު އަނގަ ނުތަޅާ މޯދީ ގޮވާގެން އާރަށައް ގޮސް އޮވެބަލަ?

  16
  1
 41. Anonymous

  ތިހެން ކޮމެންޓް ކޮށްލާ ކޮށްލާ ތިބެންޖެހޭނީ!! އެއްކަމެއްވެސް ނުވާނެ! ސާފުވެއްޖެކަމަށް ހީކުރަން!! ދެނެއް ލާހިކެއްނޫން މުޒާހަރާ ކުރާކަށްވެސް! ބޮޑުތަނުން ފޭލް ކޮށްލާނަން!!! ސާފުވެއްޖެތަ މިހާރު!!

  1
  9
 42. ބަސީރާ

  މީނައާ ނުބެހޭކަމެއްވެސްނެތް މީ މި ގައުމަށް ޖެހިފަހުރި ބަލާވެރިކަމެއް މީނަގެ މުބާ ނުލަކާކަން މާތްﷲ ދާދި އަވަހަން މީނަ ސައިޒުކުރައްވާނެ އާމީން

 43. ލަދު

  އެހެންވީއިރު ރާއްޖޭގެ ރައްޔިތުންގެ ރައްކަލަށް މަސައްކަތް ކޮށްދެއްވުމަށް އިސް ސަފަށް ނުކުމެބަލަ.

 44. ލޫނާ

  ޢެހެއްވާނެ މި އަދުވެސް މި ގޭގެ ޕާރޓްމަންޓްގަ އުޅޭމީހެއް ބަލި ޖެހިގެން އުޅޭކަން އެގުމުން ކީންވެތޯ ގޭގަ ތިހުރީ ބުނީމަ ބުނީ އެޗްޕީއޭއިން ބުނިކަމަށްވާނީ ގެންގޮސްގެން ބަހައްޓާނެ ތަނެއް ނެތޭ އެމީހުން ބުނިވާހަކަ ގަބޫލު ނުކުރެވިގެން ސީދާ އަހަރެން އެޗްޕީއޭ ގުޅީމަވެސް ބުނީ ހަމަ އެހެއް މީދަ މި ނަސީދު ބޭނުންވާ ގޮތަކީ އެއެޕާރޓް މަންޓްގައި އެބައުޅޭ ވިހާގެން މަސްދުވަސް ނުވާ މީހެއް 80 އަހަރުވެފަ ހުރި މާމައެއް މީދެއް ކިހާ ދެރަކަމެއް ކޮބާތަ ޑަބުލިޔުއެޗޯއިން ރައުރީފު ލިބުނު ފެސެލެޓީތަން އަނެއްކާ އެތަންތަން ހުރީ ރޯޔަލް ފެމެލީއަށް ރިޒާއު ކުރެވިފަތަ

 45. އެންދެރި

  ބާރުގަދަ ފަރާތެއް ވެ އެވެ. ޗެލެންޖް ނުކުރާށެވެ.

 46. ޢިކުރާމު..

  ކެ ރަފާ19 ދައްކާ ވާހަކަ ހާސްވާނެ ރައްޔިތުން އަތަކު ލާ ރިއެއްނެތް ކުލިދެއްކޭނެ ފަދަނެތް ކޮބާ އިންޓް ރަސްޓްކުޑަލޯނު

 47. ޣަންޖާބިންތުސޮނިރުމާ

  ހަދާނެ ގޮތް ކަލޭމެނައް ހުސްނުވާނެ ބައިތުލްމާލު ދަވާލަ ދަވާލަ ކޮވިޑުން ވައްކަންކޮއްކޮއް ހާސްނުވާށޭ ބުނާއި ރު ލަދުކޮބާ ކަލޯ

  10
 48. ޢައިސް

  ކަލޭގެ ސަބަބުން އަހަރެމެން މިތިބެނީ ކަންޔައްބޮޑުވެފައި... އިސްތިއުފާ ދީފައި ދޭބަލަ އެހެން ޤައުމަކަށް ދިރިއުޅެން.

 49. ޤާދިރު

  އަބަދު ވެސް އަންނި ބުނާ ވާހަކައިގެ އިނދިކޮޅު އެއީ ޙަޤީޤަތަކީ. ޢަޞްލު ގޮތް ހުސްވީ..

 50. ޤާސިމް

  އަހަންނައް އަންނިވޭ ކޮވިޑްއައް ވުރެ ބޮޑު މުސީބާތަކައް

 51. އޮޅުވާލި ވޯޓު

  މިލޮބުވެތިވަތަން އަންނިގެ ކިބައިންސަލާމަތް ކުރައްވާފާދޭވެ އާމީނަ

 52. ސައިތާން

  ކަލޭ އައް ތިހެންބުނެލަން ވަރައް ފަސޭހާވާނެ. ކަލޭތިއިންނަނި ވަދެ ގަނގުވަރުތެރޭގަ
  (ރައްޔިތުން ހަނާވާއިރުވެސް ގަނގުވަރުތެރޭގަ ތިހެން ކޮސްގޮވަން. މުސްކުޅިން ބުނާތި އަޑު އަން ބުޅަލަކައް ދުވަހެއް އައްޔާ ހިކަންޖަކައްވެސް ދުވަހެއް އަންނާނޭ.
  ރައްފުށު މީހާ ދުވަސްތައް ގުނުމުގާ މިދަނީ. ފެންނަ ފެނުމުގަަ ދެން އޮތީ 3 އަހުވަރު. މިމުއްދަތުގާ ހާދާނެ ގޮތެއް ރައްޔިތު މީހާއައް ހަދާ.)
  މިކަހަލަ ދިއުޅި އެއްނުވާ މީހުން ލައިގެން 300000 ހަމަކުރަން ބޯހިމަންވެސް ކަމަކުނުދޭ.

 53. ޅިޔަނު

  މިއޮތް ކުޑަކުޑަ ޤައުމުން ދުވާލަކަށް 200މީހުންނަށް ބަލިޖެހުނަސް ހެޔޮކަމަށް ބުނުމުން ކަލޭ އިސްތިއުފާދިނުންއެދެން .

 54. ޢީން

  ޝުކުރިއްޔާ ރައިސް ނަށިީދު ތި ދެއްވި ހިތްވަރަށް

  2
  4