މާލޭގެ ބޭސް ފިހާރައަކަށް ދިޔަ ދިވެހި އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި، މިކަން ހިނގާފައި ވަނީ ޖަނަވަރީ މަގުގައި ހުންނަ ފާމަސީއެއްގައެވެ. އަދި އަންހެން މީހާ އަށް ޖިންސީ ގޯނާ ކުރި ކަމަށް ވަނީ އެ ފިހާރައިގެ ސޭޓަކަށް އިން އިންޑިއާ ފިރިހެނެކެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެ މައްސަލައާ ގުޅިގެން ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 50 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށްގެންދިއުމަށް 10 ދުވަސް ޖަހާފައި ވާ ކަމަށެވެ.

ރާއްޖޭގައި ފަހަކަށް އައިސް، ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އެޖެންޑާ ހޯރަ

    އެޖެންޑާ 19 ފުރާފުރިހަމަވަނީ

    19
    2
  2. ޑިޔާ އިސްމާއިލް

    ދުވަހަކު ސާބިތެއް ނުކުރެވެ ދޯ ، ކީއްކުރާ ޕޮލިހުން ނެތް ، މީހަކު މާސްކް ނާޅާ އުޅޭތަން ފެނުނީމަ ޖޫރިމަނާ ކުރެވޭނީ

    19
    1
    • Anonymous

      ސާބިތުވުމާއި ނުވުމަކީ ފުލުހުން ކުރާ ކަމެއްނޫން.
      ވަރަށް ފޯރިހުންނާނެ މައްސަލަ ރިޕޯރޓް ކުރުމަށް. ދެން ކުރާނީ މުޒާހަރާ. އޭގެ ފަހުން ކުއްވެރިވާ މީހާ ސަލާމަތްވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރާނީވެސް މުޒާހަރާ ކުރާ މީހުން. ދެން ސާބިތެއް ނުވާނެދޯ

  3. އެލެކްސ

    މި ގައުމަކީ މިހާރު އިންޑިޔާގެ ތަރިކަ ގަނޑެއް، ވީމާ ތިޔަ ޕާމަސީގެ ސޭޓުގެ އެއްވެސް މައްސަލައެއް ނޯންނާނެ، މައްސަލައަކީ އެ ޕާމަސީއަށް ދިވެހި މީހާ ދިއުން، ވަގުތުން ސޭޓު ދޫކޮއްލަން ގޮވާލަން، އަދި ސޭޓު ހައްޔަރުކުރުމުގާ ބައިވެރިވި އެމެންނަށް ހަރުކަށި އަދަބު ދިނުމައް ގޮވާލަން،

    18
    1
  4. ހާމުދުރު

    އިންޑިއާ މީހުންނަށް އަދަބެއް ނުދެވޭނެ.

    24
    1
  5. ރިހި ރާންބާގަސް

    ޔާމީނުގެ ސަރުކާރުގަ ރޭޕްތައް ހިނގާފަ ގަތުލުގިނަވެފަވަނީ އެޖެންޑާ 500ގެ ދަށުންތަ؟ ބައެއް މީހުންނަށް ވެފަތިބޭގޮތަކީ ވައިރޯޅިއަކާ ރުކަކުން އަންނަ ފަންވަތަކުން ގައިގަޖެހުނަސް އޭރަކުއޮންނަ ސަރުކާރަކަށް ކޮންމެސްއެއްޗެއް ކިޔާލަން ޖެހެނީ! ސަބަބަކީ ތިމާގެ ހިތުގައޮންނަ ހަސަދަވެރިކަމެއްގެ ފިލުވާލަން ބޭނުންވުން!

    8
    19
    • އަބްދުއްލަޠީފު

      ޙަސަދަވެރިންނައް ޙަސަދަ އޮންނާނެ. އަދި ބާއްވަންޖެހޭނެ. އަހަރުމެން ގެ ވޯޓުހޯދައިގެން ﷲ ގަންދީ ހުވާކޮށްގެން މަގާމާ ޙަވާލުވެފަ ދޯކާ ދިނީމަ އަހަރުމެން ވެސް ރުޅިއަންނާނެ.

  6. ހަމަ

    ހަމަ ދާއިރައް ނުކުރާނެ

  7. ހުސެން

    އެޖެންޑާ 11 ފައްކާވާތަން މިފެންންނަނީ !!!!! ދެންފެންނާނީ ކުޑަކުދީންވެސް ގެއްލޭތަން !!!!

  8. ގުދޯގުދޯ

    ތިގޮވެނީ ގުދޯގުދޯ އެހެންބަޔަކުތަ ކަމެއްވާއިރައް މިގޮވާނަގަނީ ކުރީސަރުކާރު ކުރީސަރުކާރު

  9. އާސިދާ

    ތެދުދޮގު ބަލަންޖެހޭނެ ފުޓޭޖް ބެލުން ވަރައް މުހިންމު..ނޫނީ ތެދުދޮގު ދިމާނުވެދާނެ..