ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރަގައި ޅ.ކުރެންދޫގެ ހަ ގެއަކަށް ފެންވަދެ ގެއްލުންތަކެއް ލިބިއްޖެއެވެ.

ރާއްޖޭގައި ބޮޑު ސަރަހައްދަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. ހާއްސަކޮށް އުތުރުގެ ރަށްތަަކަށް ދަނީ ބޯކޮށް ވާރޭ ފެންބޮޑުވުން ފަދަ ކަންކަން ދިމާވަމުންނެވެ.

އެމްއެންޑީއެފް އިން މިއަދު ހަވީރު ވިދާޅުވީ، ބޯކޮށް ވާރޭވެހި ކުރެންދޫގެ ބައެއް ސަރަހައްދުތަކުގެ ފެން ބޮޑު ހަ ގެއަކަށް ފެން ވަނުމާއި ގުޅިގެން އެމްއެންޑީއެފް އިން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 16:17 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ހަތް އަތޮޅަކަށް ހުދު ސަމާލް ނެރެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު