ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މަސައްކަތް ކުރާ ފުލުހުންގެ ކޮއްތު ފައިސާ ކަނޑާލަން ނިންމި ކަން "ވަގުތަށް" އެނގިއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެއާޕޯޓުގައި ފުލުހުން މަސައްކަތް ކުރަން ފެށުނީއްސުރެ، ކޮންމެ މަހަކު ފުލުހުންނަށް ކޮއްތު ފައިސާގެ ގޮތުގައި 4،800ރ. ލިބެއެވެ. އެކަމަކު، އަންނަ މަހުން ފެށިގެން އެތަނުގައި މަސައްކަތް ކުރާ ފުލުހުންނަށް އެ ފައިސާ ނުލިބޭނެ ކަން މިހާރު ވަނީ އަންގައިފައެވެ.

ނަމަވެސް، މި މަހުގެ މުސާރަ ލިބޭ އިރު، ފުލުހުންނަށް ކޮއްތު ފައިސާ ލިބޭނެ ކަމަށްވެއެވެ.

އެއާޕޯޓުގައި މަސައްކަތް ކުރަމުން އަންނަ ފުލުހުންތަކެއް ޑިއުޓީގައި.

ކޮއްތު ފައިސާ ކަނޑާލާ ފުލުހުންގެ ތެރޭގައި އެއާޕޯޓުގައި މަސައްކަތް ކުރާ އިންޓެލިޖަންސް ޑިޕާޓްމަންޓްގެ ފުލުހުން ވެސް ހިމެނެއެވެ. އެ ފުލުހުން ސެޕްޓެމްބަރު މަހުގެ އެކަކުން ފެށިގެން ދާން ޖެހޭނީ ޑޯގް މެސް" އަށް ކަން އެނގިފައިވެއެވެ.

އެއީ، އެއާޕޯޓުގައި ކުއްތާތައް ބަލަހައްޓަމުން އަންނަ ފުލުހުން ކެއުމަށް ބޭނުން ކުރަމުން އަންނަ މެސްއެކެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، މާލެ ސަރަހައްދުގައި ބައެއް ތަންތަނުގައި މަސައްކަތް ކުރާ ފުލުހުންނަށް ކެއުމަށް މިހާރު ދެމުން އަންނަ އެލަވެންސް ދިނުމުގެ ބަދަލުގައި ހުރިހާ ފުލުހުންނަށް ހަމަހަމަ ކޮށް މެސް ރޫމް އިން ކެއެން ހަމަޖެއްސުމަށް ބޭނުންވާތީ، އެކަން ރިވިއު ކުރެވި ހަމަޖައްސަން ޖެހޭ ކަންކަމާއި މެދު ދަނީ މަޝްވަރާ ކުރަމުން ކަމަށެވެ.

ބައެއް ފުލުހުންގެ ކޮއްތު ފައިސާ ކަނޑާލަން ނިންމާފައިވާތީ، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ ޓުވިޓާގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

ޝުޖާއު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ފުލުހުންނާ ދޭތެރޭގައި މި ސަރުކާރުން އިހާނެތިކޮށް ހިތަމުންދާ ކަމަށެވެ. ފުލުހުންގެ ކޮއްތު ފައިސާ ކެނޑިޔަސް، ޕީޕީއެމްގެ ވެރިކަމެއްގައި އެ ފައިސާ އިއާދަކޮށްދެއްވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ކަނޑާލި ފުލުހުންނަށް މުސާރައާ އެކު ވަޒީފާ އިއާދަކޮށްދޭނަން. ކަނޑާލާ ފުލުހުންގެ ދަފްތަރު އެބަ ބަލަހައްޓަން،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އެގޮތަށް ވިދާޅުވި އިރު، މި އަހަރު މިހާތަނަށް 12 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ.

މި އަހަރު މިހާތަނަށް ކޭސް ކުރެވިފައި ވަނީ 97 މައްސަލައެވެ. މި މައްސަލަތަކާއި ގުޅިގެން 18 ފުލުހަކަށް ފިޔަވަޅު އަޅާފައި ވެއެވެ. މީގެ ތެރެއިން 12 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާއިރު، ގިނައީ ވަޒީފާއަށް ހާޒިރު ނުވެގެން ވަކިކޮށްލި ފުލުހުންނާއި، ބަދުއަހްލާގީ މައްސަލަތަކާއި، ގަވާއިދާއި ހިލާފުވެގެން ވަޒީފާއިން ވަކިކޮށްލި ފުލުހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މާމީ

    ތިޔައީ މިއޯގާތެރި ސުލޯސަރުކާރުން ޕޮލިހުންނައް ދިން ހިއްވަރެއް ދުވަސްކޮޅަކުން ބޯދިގު ބުނާ ކާކީސޯޓު ލައްވާފަ ނެރޭނެ......

    43
    1
    • އިންސާފަކީކޮބާ

      ކޮއްތު ގައިސާ އެ ވަކި ބަޔަކަށް ވާތީ ދޭންޖެހޭ އެއްޗެއްބާ.. ދައުލަތުގެ އެހެން މުވައްޒަފުންވެސް ހަމަ ސަރުކާރަށާ ދަޢުލަތަށް ޚިދުމަތްކުރަނީ.. ނުލިބޭ ކޮއްތު ފައިސާއެއް ކޮއްތެއްވެސް.. ފުލުހުންނަށް ކޮށްތު ފައިސާދީފަ މެސްރޫމުގަ ކާންހަދާފަ ފުލެޓުދީފަ މި ތަފާތުކުރުމުގެ މާނައަކީ ކޮބާ؟؟

  2. ވަގުތު

    އެއަރޕޯޓްގައި މަސައްކަތްކުރާ ދައުލަތުގެއެހެން މުވައްޒިފުންނަށް ކޮށްތުފައިސާގެ ގޮތުގައި މަހަކު 1400ރުފިޔާ ލިބޭއިރު ފުލުހުންނަށް 4800ރުފިޔާ ލިބެންޖެހޭ ސަބަބެއް ނުވިސްނޭ. އެންމެންވެސް ކަނީ އެއަރޕޯޓް ބުރުޒުން (މިހާރުގެ ބްރަދާސްއިން) ތަފާތުކުރުން ނައްތާލަންޖެހޭ

    23
    32
  3. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    39
    7
  4. ީފެކްޓް

    މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކޮށް އެތާތިބި މަހުޖަނުންގެ މުސާރަ ކަނޑާލަން މާރަނގަޅު ނޫންތޯ! އެތާގައި ޖިމާއި ރެސްޓޯރެންޓް ހަދަން އުޅޭ އިސްރާފާއި ވަޒީރުންގެ ކޮޓަރިކޮޅުތައް 7 ސްޓަރ ކުރަން ކުރާ ޙަރަދު ހުއްޓުވުން މާ އައުލާ ނޫންތޯ!

    61
  5. ޒާ

    ކޮއްތުފައިސާ އެކަނިތަ؟ މުސާރަދެވޭނެފަދަވެސް ދައުލަތުގެ މާލިއްޔާގައިނެތް. މީ ސިވިލް ސާވިސް މުވައްޒަފުންނަށް އޮތް ބިރުވެރރި ޚަބަރެއް. މިސަރުކާރު ގެނައުމުގެ ހިތިރަހަ ވަރަށް ގިނަބަޔަކަށް ލާނެ.

    51
    1
  6. އޮޅުވާލި ވޯޓު

    އަދިވެސްބާރައް ދުވާތި އެމްޑީއެމް ހަމީދުބުނާހާކަމެކުރަމުން ކަރުބުޑުގަ ރަހައެބަލައެއްނޫން

    19
    3
  7. ޢިންޖިނިއަރ އެޑިލް

    ޥެއްޓެނީ ވެއްޓެނީ

    20
    2
  8. ރަބް

    ސޯލިހޫ ކަލޭ ގައުމުގެ އަމަންއަމާންކަން ގާއިމުކޮށްދޭ ސުލްހަބަލަހަށްޓާ ފުލުހުންނަށް ތިހިންނުހަދާ ތިޔަށްވުރެ މާރަނގަޅުވާނެ މަޖިލީހުގެ މާރާމާރީ ހިންގާ މެންބަރުންއަތުން މުސާރަކެނޑިއްޔާ ވަގުތުން އިސްތިއުފާދިނުމަށް ސޯލިހުއަށްގޮވާލަން ބުއްދިވެރީ އެގޮތް.

    23
  9. ސުވާލެއް

    މަހަކު ކިތައް ރުފިޔާ ފުލުހުންނަށް ލިބޭ؟؟

    3
    12
  10. Anonymous

    އެހެންވީމަ ހުރިހާތަނެއްގެ މުސާރަ އެއްވަރު ކުރަންވީނު ވަގުތު1 . ފުލުހުންނާ ސިފައިންނަށް ޖެހޭ ރަނގަޅު މުސާރައަކާއި ރަނގަޅު އެލަވަންސެއް ދޭން. އެއީ ކޮންމެ ކަމެއްގައިވެސް ކޮންމެ ހާލަތެއްގައިވެސް ރައްޔިތުންގެ ދިފާއަށް ނިކުމެ ކެރިގެން އުޅެނީ އެބޭފުލުން. އެބޭފުޅުންގެވެސް އަނބިދަރިން ތިބޭ، އާއިލާވެސް އޮވޭ، ބޮޑުކުލި ދައްކައިގެން އާއިލާ ގޮވައިގެން ދަރިންނަށް ކިޔަވައިދޭން ޖާނާ މާލުން ގުރުބާން ވެގެން މިތާ އުޅެނީ. އެހެން މުއައްސަސާ ތަކާއި ތަފާތުވާނެ. ކޮއްތުފައިސާ ކޮޅު މިދަނޑިވަޅުގަ ކަނޑާލުމަކީ އެހާ ރަނގަޅު ކަމެއްކަމަކަށް ނުފެނޭ. ކާން ބަޔަކާ ހަވާލު ކުރިއަސް ހިލޭ ކާންދޭ ކަމަށް ވާނެބާ.

    22
  11. ޑައެލޯގް

    މިސަރުކާރަކީ ފުލުހުންނާއި ސިފައިންގެ ދުޝްމަނުސަރުކާރެކެވެ. އެގޮތުން އެމްޑީޕީގެ މެމްބަރެއްވަނީ ފުލުހުން ސޯޓުލައްވައި ދިގުއިސްޓާކީނަށް އަރުވާނެރުމަށް ގޮވާފައެވެ. ބޭނުމަކީ ފުލުހުންގެ އަގުވައްޓާލުމެވެ.

    18
    1
  12. Anonymous

    ތިކަމަށް ތާއީދު...

    5
    15
  13. ޖޭޖޭ

    އެމްސީ ހަމީދާއި ޔޫނުސް ސޮބާހު ނިމިދިޔަ ސަރުކާރުގައި ބައެއް ފުލުހުންނަށް ފޮނި ހުވަފެންތައް ދައްކާ ފުލުހުންގެ ތެރެއިން ބައެއް ފުލުހުންނަށް ރިޝްވަތު ދީގެން ކަންކަން ކުރުވާގެން ވެރިކަމަށް އައިސް މަގާމްތަކަށް އާދެވި ކޯޓުން ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ނެގުމަށް ފަހު ބަދަލުގައި ފުލުހުންނަށްދޭ ގިފްޓުތައް މިހުންނަނީ. އަތްޖަހާ މީހުން ބާރަަށް އަތްޖަހާ. ރިޝްވަތަކުން ހެވެއް ނުނިކުންނާނެ. އޭރުޖެހި ކުޅުގަނޑު އަނބުރާ އައިސް ތިމާ މީހާގެ މޫނަށް ވެއްޓޭނެކަން ނުދަންނަނީބާ

  14. ރަން

    ފުލުހުންނަށް އެކަނި ކީއްކުރަން ތިހާ ބައިވަރު ދޭކަށް. ޢަހަރެން 12 އަހަރަށް ވުރެނަ ގިނަ ދުވަސްވެއްޖެ އެކަމް ދުވާލަކަށް ލިބެނީ 60ރ ކޮއްތަށް

  15. އަޙްމަދު

    ވަރަށް ބޮލުގެ ނިންމުމެއް! ދިފެހި ފުލުހުން އެޔާރޕޯޓުން ބޭލުންމަށް ޖާހާ ވަރަށް މޮޅު މަޅިއެއް! ދެން ސިކިއުރިޓީ ޙަވާލު ކުރާނީ އިންޑިޔާ ފުލުހުންނާ! އެގެފަހުން ޖީއެމްއާރ އަށް އެޔާރޕޯޓް ދިނުމުގެ ޢަމަލީ މަސައްކަތް ފެށޭނެހެން ހީވެނީ!!!!!!!!