ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި މަރާލާފައި އޮއްވައި ފެނުނު މަޝްހޫރު ބްލޮގަ ޔާމީން ރަޝީދުގެ ނަން ބޭނުންކޮށްގެން ކަމަށް ރިލްވާންގެ އާއިލާއިން ބުނެފިއެވެ.

ރިލްވާން ގެއްލުނުތާ ހަ އަހަރު ފުރުމާ ގުޅިގެން "ރާއްޖެޓީވީ"ގެ ޕްރޮގްރާމެއްގައި ރިޟްވާންގެ ދައްތަ ޝެހެނާޒް އަދްނާން ބުނީ މިހާތަނަށް އައިއިރު، ރިލްވާނަށް އިންސާފް ލިބުނު ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ވޭތުވެދިޔަ ސަރުކާރަކީ ރިލްވާންގެ އާއިލާއަށް އަނިޔާވެރި ސަރުކާރެއް ކަމަށާއި މި ސަރުކާރުން ވެރިކަމަށް އައުމުން ރިލްވާނަށް ވީ ގޮތެއް އެނގޭނެ ކަމާމެދު ހިތުގައި އުންމީދު އާވެގެން ދިޔަ ކަމަށް އޭނާ ބުންޏެވެ. އަދި އެންމެ ބޮޑު އުންމީދެއް ކުރީ ރައީސް ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނާ އެކު ކަމަށް ޝެހެނާޒް ބުންޏެވެ.

"އެ ކުދިންގެ ނަން ބޭނުން ކުރައްވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ" ޝެހެނާޒް ބުންޏެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ރިލްވާންގެ މަންމަ އައިމިނަތު އީސާ ވަނީ ރައީސް ސޯލިހަށް ވޯޓު ދިނުމަށް މީހުން ކައިރީގައި އާދޭސް ކުރީ ރިލްވާނަށް އިންސާފު ލިބޭނެ ކަމަށް އުންމީދު ކޮށްގެން ކަމަށެވެ. އަދި ވެރިއަކަށް ވޯޓު ދިނުމަށް މީގެކުރިން ދުވަހަކުވެސް އެދިފައި ނުވާނޭ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ބުނިން ހެޔޮ ނުވާނެއޭ ވޯޓެއް ދެއްވާށޭ ދައްތައަށް، ހަމަ މި ކުއްޖާއަށްޓަކާއޭ" އޭނާ ބުންޏެވެ.

ޝެހެނާޒް ވަނީ އަދިވެސް ރިލްވާނަށް އިންސާފެއް ނުލިބި މިއޮތީ މުއައްސަސާތައް ފެއިލްވެފައި އޮތުމުން ކަމަށް ބުނެފައެވެ. އަދި އެއްވެސް ވަރަކަށް މިހާރު ފުލުހުންގެ މުއައްސަސާއަށް އިތުބާރު ނުކުރާ ކަމަށް އޭނާ ބުންޏެވެ.

ރިލްވާން ގެއްލުނުތާ އެތައް ދުވަހަކަށް ފަހު މަރު ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމިއްޔާއަކުން ރިލްވާން ރަހީނުކޮށްގެން ގެންގޮސް ކަނޑު އުޅަނދެއްގައި އޭނާ މަރާލާ ކަނޑުފެއްތި ކަމަށް ބުނެފައެވެ.

ރައީސް ސޯލިހް ވެރިކަމަށް އައުމުގެ ކުރިން ވަނީ ރިލްވާން އަދި ޔާމީނަށް އިންސާފު ހޯދައިދޭނެ ކަމަށް ވައުދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    ސޯލިޙް ގެ ބަހާއި ޢަމަލު ދިމާނުވޭ. ރައްޔިތުންނަށް ހެއްލެވުނީ ފޮނި ވާހަކަތަކަށް.
    ހަނދާން އާކޮށް ލާން ވާހަކަ ފުޅުތައް އަޑު އައްސަވާލައްވާ. ހުވާކުރުމަށްފަހު ނިންމަން ވިދާޅުވި ކިތައްކަންތައްތޯ ފަނުފުލުން. މަރު ކޮމިޝަނޭ އަމައޭ ބަފައޭ ކިޔަކިޔާފައި އިންސާފް ލިބިއްޖެ ތޯ އެންމެ މަރަކަށް ވެސް. ގެއްލުން އެކަކުވެސް ފެނިއްޖެ ތޯ. ކުރެވުނީ އެންމެކަމެއް. ތަރައްޤީ މެކުހަށް ޖަހަމުން އައި ރައީސް ޔާމީން ހައްޔަރު ކުރުން. ދިވެހި ޤައުމު ތަރައްޤީ ކޮށްފާނެތީ ހުއްޓުވީ. މަޖްލީހުގައި މެޖޯރިޓީ އޮވެގެން ކޮށްދެވުނު ކަމެއް ވިދާޅުވޭ. ރ. ޔާމީން ރައްޔިތުންގެ ބޯހިޔާ ވަހިކަން ޙައްލުކުރުމަށް އެޅުއްވި ފްލެޓް ކޮޅުވެސް ދެވޭވަރުނުވި. ނުވިތާކަށް ލިސްޓް ގަނޑުވެސް އިޢްލާނު ކޮށްނުލެވުނު. ކޮވިޑް ބޮލުގަޔާގައި މުޢިއްޒު ބޮލުގައި ހުރިހާކަމެއް. ކޮންމެ ކަމެއްވާއިރަށް މުޢިއްޒު މަޖްލީހަށް. އިސްތިއުފާ ދެއްވާ ރައްޔިތުން ނަށް ހެޔޮއެދެންޏާ. ރައްޔިތުންނަށް ކޮތަރުކޮށި ވެސް އޯކޭ

    56
    1
  2. ކަޅޭ

    ÷އަނހާ..... މިވީ ކިހިނެއް؟ ކޮބައިތޯ މަރުކޮމިސަން؟؟؟؟

    47
    2
    • ކެކެކެ

      މަރުވެއްޖެ! އެކަމަކު އަދި ކަފުން ނުކުރޭ. ކެވުނުވަރު މަދުވީމަ އަދި އެބަޖެހޭ ކާންދޭން.

      21
  3. ސާމިޔާ

    މިހާރުވިސްނިއްޖެދޯ؟؟؟؟ވޯޓުވެސްދިން އަދި ވޯޓުހޯދަންވެސްދުވި !! އެމްޑީޕީ މީހުންނަކީ ވަރަށްމަކަރުގަދަބައެއް !! ރައީސް މައުމޫނުގެނަންފުޅުވެސް ބޭނުންކޮށްގެންދުވިއިރު ހީވީއެހެންފަދަ ކަމެންހެން !! އެންމެފަހުން މިހާރު އެއާދިމާއިދިކޮޅު !! ރައީސް މައުމޫނަކީ އެމީހުންދަންނަބޭފުޅަކަށްވެސްނުވި!!

    52
  4. ޙހހހ

    ވެރިކަމަށް އައިސް އެމީހުން ބޭނުން ވާ ކަންކަން އެކުރަނީ ، ކޯޓުތައް އަޅު ވެތިކޮށް ، ބަރުލަމާނީ ނިޒާމަކަށް ޤައުމު އަނބުރާލަނީ ، އަދި ވެރިކަމަށް އަންނަން ޚަރަދުކޮށްދިން މީހުންނަށް ދައުލަތުގެ ޚަޒާނާ ބަހާލަނީ ، އަދި ރައްޔިތުންގެ އަތްޖެހޭކަހަލަ ތަނެއްގައި ވިއްޔާ ތަޅުއަޅު ވަނީ ، އެމް. ޑީ.ޕީ ދަސްކޮށްބަލަ

    46
  5. އަހްމަދު

    ވެރިކަމަށް އައީ މާރާލާފައި އަދި ދެއްލިފައިވާ މީހުންގެ ޙައްޤު ހޯދާދިނުމާއި ވާއްކަމާއި ހިޔާނާތުގެ ނަމުގައި! ޑރ. ޢަފްރާޝީމް، ރިލްވާނު އަދި ޔާމީނު ރަޝީދު ޙާއްސަކޮށް ފާނހަގަކޮށް! ރައީސް ޔާމީނު ފިޔަވައި ދެންތިބީ ހުސް ހުދު ކާފޫރު! ކިހުނެއްތޯ މައްސަލަބަލަނީ އެމްޑީޕީ އިސްސަފުގައި ތިބި ގިނަމީހުންނަކީ އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިފައި ތިބި ބައެއްކަމަށް ނޫސްތަކުން ނާއި ތަފާތި އެކި މީޑިޔާތަކުން ފެންނަނީ! ޖުޑިޝަރީ މިނަން ކުރުމުގެ ނަމުގައި ތިމާ އިސްވެ ހުރެގެން ހިންގަނީ ހުސްޖަރީމާ! މިހުރިހާ މީހުން ބޭރުކޮށްގެންނޫނި އެއްވެސް ދިވެހި ރައްޔިތަކަށް އިންސާފެއްނެތް!

    20
  6. ކިނބޫ

    އެމީހުންގެ ޔަހޫދީ ވާހަކަތައް ގަބޫލުކުރާ ބަޔަކު ކުރަނީ ބުއްދި ހަމަނޫން ވީމަ. އެއީ އެމީހުންގެ މައްސަލައެއް ނޫން. ޝަކުވާ ކުރުމުގެ ހައްގު އެމީހުނަށް ވޯޓު ދިން އެކަކަށްވެސް ލިބިގެން ނުވޭ.

    24
  7. ނަޖުދާ

    ދެން އެހެންވީއިރު ކުރީގަވެސް އުޅުނުހެން މަގުމައްޗަށް ނުކުމެ ހަޅޭއްފަޅޭއް ޖަހަންވީނު! ކެރޭނެ؟ ލާހިކުކުޅަދާނައެއް ނޫނެއްނު!

    21
  8. ކެކެކެ

    މަރުވެއްޖެ! އެކަމަކު އަދި ކަފުން ނުކުރޭ. ކެވުނުވަރު މަދުވީމަ އަދި އެބަޖެހޭ ކާންދޭން.

    12
  9. މުހައްމަދު ޝާހް، ރ.ވާދޫ

    ކަލޭމެނަށް ކެނެރީގޭ ނަޝީދުގެ ސަރުކާރަށް އިތުބާރު ކުރީތީ މަދެން ބުނާނެ އެއްޗެއްނެތް! ރީންދޫކުލަ ޖެހިގެން މިގައުމުގަ މިއުޅޭމީހުންނަކީ އެމީހުން އެބުނާ އެއްޗެއް ދިމާއިދިކޮޅަށް އެކަންކުރާނެ، ކޮށްފައޮތް ޔަހޫދީ ފިކުރުގެ ބައިގަނޑެއް! މީހުން ކަމެއް ބޭނުންވީމަ އޭރުގައޮތް ވަކިވަކި ރައްޔިތުންނަށް ބޭނުންޖެހިފައޮތް ހުރިހާކަމެއް ތިލަކޮށް ބޮލަށްލައިގެން އެމީހުންގެ ސިކުނޑިދޮވެލައިގެން އެކަމެއް ހާސިލްކުރަން ޕްލޭންކުރުން މީކީ އާކަމެއްނޫން! ރައްޔިތުން ގުނބޯހެއްދެނީ، ރައްޔިތުން ހިސާބަށްވުރެ ގަޅިވީމަ! އެމްޑީޕީއަކީ ޝައިތާނީ މަކަރުން ފުރިގެންވާ ޔަހޫދީ ފިކުރެެއްކަން އެންމެ ކުޑަކުއްޖާވެސް އަބަދުވެސް ދަނޭ!

    24
  10. 100-ދުވަސްނުވަނީ ދޯ

    އިންސާފު ހޯދުމުގެ ނަމުގައި ވޯޓުހޯދަން ނިކުމެތިތިބީ ރިލްވާނު ގެއްލުވާލިމީހުނާއި ގުޅުންހު ރިމީހުން ނޫންކަމެއް ކިހިނެއްއެނގެނީ!

    19
  11. މާމީ

    ތިޔަ އާއިލާގެ މީހުންގެ އަނގައިން ތިވާހަކަ ތިހެން ބުނުމުން އަހަރެން ވަރައް އުފާކޮއްފިން ސަބަބަކީ ތިމީހުން އަނގައިން ކިއާލި އެއްޗެހި އަޑު އިވިފަ ތިބިމީހުން ވީމަ ބުނެލީ

    22
  12. ޅިކޭ

    ވެރިކަމަށް މީހަކުގެންނަން މަސައްކަތް ކުރަންވާނީ އަމިއްލަ އެދުމެއްނެތި...ގައުމެއްފައިދާ އެއް ވެއްޖެއްޔާ އެނިމުނީ

    22
  13. ރާއްޖެ

    މިދިޔަ ސަރުކާރުން ރިލްވާންގެ އާއިލާއަށް ކުރި އަނިޔާއަކީ ކޮބާ؟ ޢެކަން ފުރަތަމަ ދުވަހު ވެސް ސިޔާސީ ކުރީ ތި އާއިލާ އިން. އިބޫ ބުނީ 24 ގަޑި އިރު ތެރޭ އިންސާފު ހޯދައިދޭނެ ކަމަށް. އިންސާފު ލިބިއްޖެތޯ؟ ރައީސް މީހާވެސް ވެރިކަމުގަ ހުރެ ނިކުތީ މުޒާހަރާއަށް އިންސާފު ހޯދަން.

  14. ނިޔު

    ޝަކުވާ ކުރުމުގެ ހައްގު އެމީހުނަށް ވޯޓު ދިން އެކަކަށްވެސް ލިބިގެން ނުވޭ.

    12
  15. ނަސީދު

    ތީއެއްވެސް ވާހަކައެއް ނުން މައުމޫންޖަލައްލީމާ ޔާމިން ވަކިބަޔަކައް ވަކިގޮތެއް ހަދާތީވެ

  16. ޢަލިބެ

    ގުނބޯހެދިގެން ވޯޓްދީގެންނު ތިތިބީ.