ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާ ހިލާފުވި އިތުރު 15 ތަނެއް ބަންދުކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް ތަންތަން ހިންގަމުންދޭތޯ ބެލުމަށްޓަކައި ކުރިއަށްގެންދާ އިންސްޕެކްޝަންގައި އިއްޔެ 111 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އުސޫލުތަކާ ހިލާފަށް ހިންގަމުން ދިޔަ ހަ ސެލޫނާއި ހަ ފިހާރަ އާއި ހަ ކެފޭ/ރެސްޓޯރަންޓް ބަންދުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އުސޫލާ ހިލާފުވާ ތަންތަން ބަންދު ކުރުމަށް ފަހު، އެ ތަންތަން ރަނގަޅުކޮށްފައި އެންގުމުން ކަމާބެހޭ ފަރާތްތަކުން ބަލާފައި އަލުން ހިންގުމުގެ ހުއްދަ ދޭނެއެވެ. އެގޮތުން، މިހާތަނަށް އައިއިރު ގިނަ ތަންތަނުން ކަންކަން ރަނގަޅުކޮށް ހިދުމަތް ދޭން ވަނީ ފަށައިފައެވެ.

މި ތަންތަން ބަންދުކުރުމަށްފަހު ހަރުކޮށްފައިވާ ނޯޓިސްގައި ބުނެފައި ވަނީ، ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އެޗްޕީއޭ އިން ގާއިމްކޮށްފައިވާ އުސޫލުތަކާއި ހިލާފަށް އެތަނުން ހިދުމަތް ދެމުންގެންދާތީ އެތަން ބަންދުކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭގެ އުސޫލުތަކުގައިވާ ގޮތުން ފިހާރަތަކާއި ކެޕޭ ރެސްޓޯރަންޓްތަކާއި ޖިމާއި މާރުކޭޓް ފަދަ ތަންތަނަށް މީހުން އެއް ފަހަރާއި ވެދެވޭނެ އަދަދުތައް ވަނީ ކަނޑައަޅައިފައެވެ. އެ ތަންތަނުން ގހިދުމަތް ހޯދާ މީހުން މާސްކް ނާޅައި ތިބޭނަމަ އެތެރެއަަށް ނުވެއްދުމާއި ހޭންޑް ސެނިޓައިޒަރ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަނާ

    ބިދޭސީން ގޭންގުތަކުގެ މީހުނާ ގުޅިގެން ހޮޓާ. ފިހާރަ. ގެސްޓުހައުސް އެބަހިންގާ އެބިދޭސީންތިބެނީވެސް ވަރައްފުއްޕާފަ މިތަންތަނުން ގޭންގުތަކައް ބޮޑު ކުއްޔެއްދައްކަމުންދަނީ...

  2. H͎a͎s͎e͎e͎n͎a͎a͎g͎e͎ b͎a͎n͎b͎o͎j͎e͎t͎I

    ??????? ??????? ??????? ?????????? ????