އެދުނު ހުރިހާ ބާރެއް ރައްޔިތުން ދީފި ކަމަށާއި އިންސާފު ލަސްވުން ބަލައި ނުގަނެވޭނެ ކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ އަހްމަދު ރިލްވާން ގެންދުނުތާ ހައަހަރު ފުރުމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

އީވާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރިލްވާން ދިރިހުއްޓާ ހޯދަން ކުރި މަސައްކަތް ފެއިލްވެ، އަދި މިހާރު އޭނާ އަށް އިންސާފު ހޯދަން ކުރަމުން އަންނަ މަސައްކަތް ފެއިލްވި ނަމަވެސް ގޮތް ދޫނުކޮށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އީވާގެ ޓްވީޓާއި ގުޅިގެން ދިޔާނާ ވިދާޅުވީ އެދިފައިވާ ހުރިހާ ބާރެއް ރައްޔިތުން ވަނީ އަރުވާފައި ކަމަށެވެ. ބެލެވޭ ގޮތުގައި ދިޔާނާ އިޝާރާތް ކުރައްވާފައި ވަނީ އީވާ ނިސްބަތްވާ އެމްޑީޕީއަށް ރައްޔިތުން ދީފައިވާ ބާރުތަކަށެވެ. ވެރިކަމުގައި މިހާރު އެމްޑީޕީ އޮތް އިރު މަޖިލީހުގެ ސްޕަ މެޖޯރިޓީ ވެސް އޮތީ އެމްޑީޕީ އަށެވެ. އަދި ޝަރުޢީ ދާއިރާގެ ފަހުގެ ނިންމުންތައް ނިންމާ ޖޭއެސްސީ ގައި ވެސް އޮތީ އެމްޑީޕީގެ އަޣުލަބިއްޔެވެ.

ދިޔާނާ ވިދާޅުވީ އިންސާފު ހޯއްދަވައި ދެއްވުމުގައި ލަސްވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. "ފައިންޑް މޮޔަ މީހާއަކީ ހޭޝްޓެގެއް ނޫން. އެއީ ދައުލަތުގެ މައްޗަށް އޮތް އިލްތިޒާމެއް. އިންސާފު ކަށަވަރުކޮށްދެއްވާ." ދިޔާނާ ވިދާޅުވިއެވެ.

ރިލްވާންގެ މައްސަލައަށް އިންސާފު ހޯދައިދިނުން އެއީ ރައީސް ޞާލިހްގެ އެންމެ މުހިއްމު އެއްވައުދެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށް މިއަދު އެއް އަހަރާއި އަށް މަހާއި 22 ދުވަސް ވީއިރު ރިލްވާނަށް އިންސާފު ހޯދައި ދިނުމަށް ކުރެވުނު މާބޮޑު މަސައްކަތެއް ފެންނާކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަންމަ

    ހެޔޮކޮށް. ވެރިކަމަށް އަންނަން ވެގެން ޓޫލް އަކަށް އެދެކުދިންގެ ނަން ބޭނުން ކޮށްގެން އެކުދިންގެ މައިންބަފައިންގެ ޖަޒުބާތާ ކުޅުނީ. ދެންވެސް ކިޔާނީ ހިއުމަން ރައިޓްސް ޗެމްޕިއަނުންނޭ. ސަހަރޯ ހީވޭ.

    46
    1
    • ޖާބިރުޖާބިރާ

      ދެކަނބަލުން ނިކުމެ ސަރުކާރަށް ބަވާ ދުވަސްކޮޅެއް.. ރަށެއް ފަޅެއް މަޤާމެއް ބޭނުންވެގެން ތެޅޭހެން ހާދަ ހީވެއޭ.. ޖާބިރު ދެމަފިރިންނަކީ އެއްވެސް ބަޔަކަށް ވަފާތެރިވާނެ ބައެއް ނޫން އަބަދުވެސް މުދަލާ މަޤާމާ ޖާހުގެ ފަހަތުން ދުވާނި.. ސުޕުރީމު ކޯޓަށް ނުލީމަ މިކަމަނާވެސް ގަދަބަސްބުނަން ފެށީމި

      5
      2
  2. އުތުރުން

    ރާއްޖޭގެ އަދުލު އިންސާފަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ
    ސިޔާސީ މީހުން އޭގެ ތެ ރ ރެއަށް އަތްބާނައި އަމިއްލަ މަސްލަހަތުގައި ފަނޑިޔާ ރުގެ ބޭނުންކުރަމުން ދިއުމެވެ އެކަން
    ހުއްޓުވައިގެން ނޫނީ އިންސާފް ގާއިމު ނުކު ރެވޭނެއެވެ.

    11
  3. ނަނާ

    ތީ ހަމަ އެއް ގޭންގެއް.ރެޑްބެލޫން

  4. މޯޓިވޭޝަނަލް ސްޕީކާރ

    ދޮންކަނބުލޯ. އެހެންމީހުންގެ ކަންތަކާ ބެހުމުގައި އަވަދިނެތިވެ ރައްޔިތުން ތަމްސީލުކޮށް އެ މީހުންގެ ހައްޤުތައް ހޯދައިދޭށޭ ކިޔާ ކޮންމެސް ކުލައެކަށް ތަބާވެ އަޑުގަދަ ކު ރުމުގެ ކު ރިން ފު ރަތަމަ ތިމަ ތިމާމެންގެ އަމިއްލަ ނަފްސުތަށް އިސްލާޙްކޮށް ﷲ ތައާލާގެ އެންގެވުންތަކަށް ތަބާވާށެވެ. ތިމާގެ ހަވާ ނަފްސާއި ޕާޓީގެ ޒަޢީމުގެ ބަހަކީ އެއްވެސް ހައްޤު ނޫން ބަސް ވިޔަސް އެއީ އެންމެ ތެދު ސީދާ ބަސް ކަމުގައި ނުބަލާށެވެ. ތިމާގެ އަމިއްލަ ހައްޤުތަކަށް ވު ރެ ތިމާ ވެސް ހައްދަވާ ނިޢުމަތްތަށް ދެއްވާ ﷲ ތައާލާ ތިމާގެ މައްޗަށް ވާޖިބު ކު ރައްވާފައިވާ ކަންތައްތަކަށް އިސްކަން ދޭށެވެ. ބައިވަ ރު ވާހަކަ ދޯ....

  5. ޢަހުމަދު

    އެމްޑީޕީގެ އެންމެ ބޮޑު ވައުދު. ހު ރިހައި ބާ ރެއް އަތް މަތީ ކު ރެވުނު ކަމެއްް ހަ ރާން

  6. ޢަލީ

    ކަނބުލޯ ކިހިނެތްވީ؟ އިދިކޮޅަށް ކަމެއް ނިމުނީތަ؟ އެއޮތީ ބޮޑުމޮހޮރާވެސް ދީފައެއްނު، ދެން އެއޮތީ އިންސްއަރެންސްން ބޮޑު ލާރިގަނޑެއްދޭން ނިންމާފައެއްނު، އެވެސް ލިބޭނެ، ޖާބިރުކާއިރީބުނޭ ބޮޑުވަޒީރާ ދެކޮޅުނުވެ ހުންނާށޭ، އޭރުން އަވަހަށް އެލާރިކޮޅު ލިބޭނީ، ނުވަތަ ލިބޭ އެއްޗެއްގެ ޕަސެންޓެއް ބޮޑުވަޒީރަށް ދޭން އެއްބަސްވާށޭ، އޭރުންހަމަޖެހޭނެ.

  7. ޕޭމް

    އޯ ޕްލީޒް . ގިވް އިޓް އަޕް. ފަސްޓް ލޭޑީ އެއްގެ ހުވަފެން ދުށުން ހުއްޓާލާ. އަހަރުންނަށް ލިބުނު ލަނޑު ދެރައެއް ނޫން މިހާރު މިތިބަ މީހުންނަށް ވޯޓު ދީގެން. ޖާބިރު ރައީސަކައް ހަދަން ދެން އަންނަ ދައުރެއްގަ ވޯޓިދިނުން އެއީ ދެން ކުރެވޭނެ އެންމެ ބޮޑު ޖޯކު.

  8. ކާފަބޭ2020

    ދެއާއިލާ ގުއިރޯނުގަޖައްސާފަ ދިގަށާވަގަށްވޯޓުކޮޅު ހޯދިއްޖެ އަނެއްކާވެސްވޯޓާޖެހެންކައިރިވީމަ ރޮއިހޭރެމުންއާއިލާވެގެން ހުރިހާމީހުންދާއިރަށް ބާރަށްކަރުގަނެއްވަރަށްހަޅެއްލަވަމުން ދެއާއިލާއިންނުކުންނާނެ! އެމްޑީޕީއަށްދުވަހަކުވެސް ތިޔައިންސާފެއްހޯދައެއްނުދެވޭނެ!