ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވަނީ ޖުޑީޝަރީ ހިސޯރުކޮށްފައި ކަމަށާއި އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހޭ ކަަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ޑީއާރުޕީގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ޖާބިރާ ހަވާލާ ދެއްވައި ކުރި ޓުވީޓެއްގައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ރައްޔިތުން ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް ވޯޓު ދިނީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ވައުދު ތަންފީޒު ކުރުމަށް ކަމަށެވެ.

ނަމަވެސް މިއަދު ފެންނަނީ ނަޝީދު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވައިގެން ޖުޑީޝަރީ ހިސޯރުކޮށްފައިވާ މަންޒަރު ކަމަށް އެ ޓްވީޓުގައިވެއެވެ.

މިއީ ޑީއާރުޕީ އިން ބަލައިގަންނަނާނެ ކަމެއް ނޫން ކަމަށާއި، ޖޭއެސްސީ އިން ނަޝީދު އިސްތިއުފާ ދެއްވައި އެ ކޮމިޝަނުގައި އެއްވެސް ސިޔާސީ ބޭފުޅަކަށް ނީދެވޭނެހެން ގާނޫނު އިސްލާހު ކުރުމަށް ޖާބިރު ގޮވާލައްވާ ކަމަށް އެ ޓުވީޓުގައިވެއެވެ.

އަދި އެގޮތަށް އެކަން ނުކުރާ ނަމަ، މަޖިލިސް ތަމްސީލް ކުރާ ހުރިހާ ސިޔާސީ ޕާޓީއެއްގެ ލީޑަރުން ޖޭއެސްސީގައި ތިއްބަވާ ގޮތަށް ހަމަޖައްސައިދިނުމަށް ޓުވީޓުގައި ގޮވާލިއެވެ.

"ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ވަޑައިގަތީ ޖޭއެސްސީ މިނިވަން ކުރުމުގެ ބޭނުމުގައި ކަމަށެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަން މިނިވަންވާ ތަނެއް ނުފެނޭ. އަބަދުވެސް ފެންނަނީ ހުތުރު މުޑުދާރުކޮށް އެތަނުގެ އެތެރޭގައި އަމަލުތައް ހިނގަމުންދާ ތަން. ރާއްޖޭގެ ފަނޑިޔާރުގޭގައި ހުކުމެއް ކޮށްފި މީހެއް ވެއްޖިއްޔާ ނިޒާމުން ގެއްލުވާލާ މަންޒަރު" ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖޭއެސްސީ އަކީ މިނިވަންތަނަކަށް ވާން ޖެހޭ ތަނެއް ކަމަށާއި ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވައިގެން ނުވާނޭ ކަމަށެވެ.

އަދި އެމްޑީޕީއަކީ ޖޭއެސްސީ މިނިވަން ވާން ޖެހޭނެ ކަމަށް އެންމެ ބޮޑަށް ވަކާލާތުކުރި ޕާޓީއަށް ވާއިރު، އެމްޑީޕީއަށް ޖޭއެސްސީ މިނިވަން ކުރެވޭ ވަރަށް މަޖިލިހުގެ މެޖޯރިޓީ ދިނުމުން ވެސް އެކަން ނުވި ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ވީމާ އޮޓަމެޓިކުން އެ ކޮމިޝަނަށް ދެވޭގޮތް ވީމާ އެ ގާނޫނު ބަދަލު ނުކުރަން ހިފާ އަދި ރައްޔިތުންގެ މަޖިލީހުން ގާތް ބޭފުޅަކު އެތަނަށްލާ އެގޮތަށް އަމަލުކުރަމުން މިދަނީ" ޖާބިރު ވިދާޅުވިއެވެ.

ޖޭއެސްސީއާ މެދު ގިނަ ބަޔަކު ކުރާ އެންމެ ބޮޑު އެއް ތުހުމަތަކީ އޭރުގައި އޮންނަ ސަރުކާރެއްގެ ބާރުގެ ދަށުގައި ކޮމިޝަން އޮތުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފަހުން، ޖޭއެސްސީގައި ތިއްބެވި މެމްބަރުން ބަދަލުވި އިރު، ސަރުކާރު ކޯލިޝަންގެ ގިނަ ބޭފުޅުން އިއްތިފާގުވެވަޑައިގަންނަވާ އެއް ކަމަކީ ފަނޑިޔާރުގެ އިސްލާހު ކުރެވެން އޮތީ ޖޭއެސްސީގެ ތެރެއަށް އެބޭފުޅުން ވަނުމުގެ ފުރުސަތު ލިބިގެން ކަމެވެ. އަދި ޖޭއެސްސީ ސިޔާސީ ބޭފުޅުންގެ ނުފޫޒުން ސަލާމަތް ކުރުމަކީ ވެސް އެ ބޭފުޅުންގެ އަމާޒެވެ. އެކަމަކު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ މި ސަރުކާރުން ކުރިން ދެއްކި ވާހަކައެކެވެ.

ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބަލައި، ފިޔަވަޅު އެޅުމާއި ފަނޑިޔާރުން ރެގިއުލޭޓް ކުރުން ގާނޫނު އަސާސީން ހަވާލުކުރީ ޖޭއެސްސީއާ އެވެ. އެހެންވެ، ޝަރުއީ ނިޒާމާ ގުޅޭ އެންމެ މުހިންމު އަދި އެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމުގެ އެންމެ ބޮޑު ޒިންމާ ވެސް ގާނޫނު އަސާސީން ހަވާލު ކޮށްފައި އޮތީ އެ ކޮމިޝަނާއެވެ.

ޖޭއެސްސީގައި ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކާއި ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުން އިންތިހާބުކުރާ މެމްބަރަކާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ އިތުރުން ރައީސް ކަނޑައަޅުއްވާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން ހޮވާ މެމްބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ދޮގުދޯ

    ރާއްޖޭގެ އިގްތިސާދު ބިންދައިގެން ހިނގައްޖެ ކަމާއި އަދި ރާއްޖޭގެ އިގްތިސާދުގެ ހިތް ކަމަށްވާ މާލެ ސަރަހައްދުން ފަޅު ތައް ކުއްޔަށް ދީ އަދި ފަޅު ތައް ހިއްކާ ބިންތައް ވިއްކައިގެން ސަރުކާރުގެ ބަޖެޓަށް އާމްދަނީ އިތުރު ކުރަން ސަރުކާރުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މަސައްކަތް ކުރިނަމަ މިއަދު ރާއްޖޭގެ އިގްތިސާދު ފުނޑިގެން ނުދިޔައީސް ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދަން ވެގެން އިކޮންމިނިސްޓަރު ކުރީ ހެދީ ރޯ ބުހުތާނު ދޮގޭ ދޮގޭ ދޮގޭ...

    47
    1
    • ބ9

      ތިޖާބިރު ދައްކާ ވާހަކަ ޔަކީ އެބޯޅެ މިބޯޅޭ ވަހަކޔަކާ އެއްވެސް ތަފާތެއް ނޯންނަނެ ސަރުކާރުތެރޭން ކޮންމެވެސް ކަމެއްބެ ނުންވީމަ ކޮންމެ ސަރުކާރެއްގަވެސް މިގޮލާ އުޅޭނީ މިހެން ތީ އުޅެން ފަސޭހަޔަށް އުޅޭ ތާވަޅެއް މޮޅު އެއްޗެއް ބުނެލަނީ މީނަދައްކާ ވަހަކަ ގަބޫލް ކުރާމީނުންނަކީ މީނަޔަށްވުރެ ބޯގަޅި މޮޔައިން މީނަގެ ނުހުންނާނެ އެއްވެސް އިޚްލާސްތެރިކަމެއް

      5
      6
  2. އަހްމަދު

    ސާބަހޭ ޖޭ! ތީނާ ބޭރުކުރޭ!

    64
    1
  3. ޙހހހ

    މާދަމާ ޖާބިރު ލިޔާނީ ނަޝީދާއެއްކޮޅަށް ބަލަންތިބެ ، ފިކުރީ ހަނގުރާމަ ، ހުރިހާކަމެއްގެ އަޑީގައި ތިބުނާ ނަޝީދު

    55
  4. ޙުޅުކޮޅު

    ފަޑިޔާރުންގެ މުސާރަ ކުދަކުރަންވީ،ކައުންސިލަރުން މަދުކަރަންވީ.ރައްޔަތުންމަޖިލީހު މެންބަރުންގެ ޢަދަދު މަދުކުރަންވީ.އޭރުން ދައުލަތް ކޮޅައް އޮނނާނީ.

    56
  5. ޒީޝަ

    އަނެއްކާ ދަޢުލަތުން ރަށެއް ނޫނީ ފަޅެއް ކާލަންވީދޯ؟؟ކަމެއް ނުވެގެން އުޅޭހެން ހާދަ ހީވެއޭ ފަހަރު ދެކަމބަލުން އެކިގަ ނިކުމެއް ޖައްސައިފަ. ޖާބިރު ބޭރުވާންވީ މިޤައުމުންވެސް ދަޢުލަތަށް އެތަށް ފައިސާއެއް ދަރާފަ ތިއޮތީ

    23
    1
  6. ޑަރޭ

    ކަލޭމެން ދޯކީއެއީ ޑިމަކް ރަސީގެ އައްޕަޔޭވެސް......އޭ ރުވެސް އަހަ ރެމެންނަށްއެނގޭ އެއީ ގައްދާ ރެއްކަން އަދި ޑިކުޓޭޓަ ރެއްކަންވެސް.....ބާ ރުތައްހޯދަން ފާޑުފާޑުގެ އުކުޅު ބޭނުންކު ރާ "ދައްޖާލެއްކަން" ވެސް. ދިވެހިން މިފަދަ ނުބައި މީހުންގެ ކުބައިން ސަލާމަތް ކު ރައްވާށި. އާމީން

    33
  7. އިސްތިއުފާ

    މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އިސްތިއުފާ ދޭންވީއޭ މިހާރުން މިހާރަށް ތަމެން އިސްތިއުފާދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    31
  8. ވަރަށްގުޅޭ

    ދެބޭފުޅުންވެސް ހަމައިގަ ދެއްތޮ؟

    24
  9. ޙަސަނާ

    2008 ވެރިކަންލިބިގެން އޭރު އިދިކޮޅައް ކައުންސިލް މެޖޯރިޓީ އޮތް އިރު ނަސީދު ބޭނުންވީ 5 ކުން 3 ކައް މެމްބަރުން ކުޑަކުރަން ޔާމިނު ވެރިކަމައް އައިސް 3 ކައް މަދުކޮއް އެމްޑީޕީ އައް މެޖޯރެޓީ ލިބި މިހާރު މޑޕ ވެރިކަން އޮވެ މަޖިލިސް ލިބުނީމަ ކައުންސިލްގެ އަދަދު 3 5 ކައްބޮޑުކޮއްފީ ބޭނުމަކީ ނަސީދުގެ ބާރުގަދަކޮއް ދައުލަތް ނިކަމެތިކުރުން 72 ބިލިއަން ދަރަނި ވީއިރުވެސް ވެރިކަމައް އެރީއްސުރެ ނަގަނީ ދަރަނި ނުވާތާކައް މިތާއޮތް އިސްލަމްދީން އެދީނައްވެސް ކުރަނީ ފުރައްސާރަ މަކަރުވެރިންގެ އަތްދަށުން ﷲ މިގައުމު ސަލާމަތްކުރައްވާނެ ކަމީ ޝައްކެއް އޮތްކަމެއްނޫން..އިންޝާﷲ...

    33
  10. ލޮލީ

    މިހާރު ބުއްޅަ ވެސް ކަމުނުދިޔައީ ސޯލިހު ވެސް ކަމުނުދިޔައީ
    ???? އެކަމު ހިޔެއްނުވޭ ޖާބެ ބުއްޅައާ ދެކޮޅަށް ހުންނާނެހެނެށް

    27
  11. ރައްޔިތުމީހާ

    މި ގައުމަކަށް ބޭނުމެއް ނޫން ނުފޯރާފޮތިން ފޫގަޅަންޖެހޭ ޚަރަދުބޮޑު ވެރިކަމުގެ ނިޒާމެއް ... ކައުންސިލްތައް އުފެއްދުމުން ދައުލަތުން މުސާރަދޭ ކަމެއްނުކުރެވޭ ބަޔަކު ތިބުމާއި ޚަރަދުބޮޑުވުން ފިޔަވާ ހާސިލުވި އެއްކަމެއްވެސް ނެތް.

    36
  12. އަހަރެން

    ނަސީދު ފުނޑާލަބަލަ

    38
  13. ފެއްސޭދެން

    ކޮން ގޮތަކަށް ޤަވާއިދާއި ޚިލާފުވެގެންތޭ ތަމެން ތިޔާ ތަންތަން ފީނި ފީންނަށް ބަންދު ކުރަނީ ވިޔަފާރީގައިވާ ގެއްލުމަށް އެޗްޕީއޭ ޒިންމާ ވާނެތޭ ކޮބާތޭ މަޖްލީހުގެ ރައީސް އެޗްޕީއޭ އާއި ހެދި މާލޭގައި ނެތެއް ނޫން ކާން ބޯން ކުރާ މަސައްކަތެއް ވެސް ކުރެވެން ކާން ބޯން ލިބެނީ އެއް ނޫން އޮރިޔާން ނިވާ ކުރާނެ ހެދުން ގަނޑެއް ލިބެނީ އެއް ނޫން ވަންނާނެ ތަނެއް ލިބެނީ އެއް ނޫން ދެން ކިހިނެއް ހަދަންވީ މަމެން ހޭއަރުވާލަނީއޭ މިއެޗްޕީއޭ ގަނޑާ އިނގޭތޭ

  14. ނުދުވާތި

    ތަމެންގެ ހެޔޮ ވެރިކަމުގައި ރާއްޖޭގެ ޓޫރިޒަމް ވެސް ފުނޑުނީ މަސްވެރިކަން ވެސް ފުނޑުނީ ދަނޑުވެރިކަން ވެސް ފުނޑުނީ ދެން ފުނޑޭނީ ތަމެންގެ ވެރިކަމޭ މަމެން ބުނަން ނެތީމޭ ދެން ރައްޔިތުން ނިކުމެ ހޯބޯ ލަވާ ހަޅޭއް ލަވަން ފެށުމުން ތަމެން އަލިފާނޯއިއޭ ކިޔާ ނުދުވާތި ފިލަން އިނގޭތޭ...

  15. ރަދީފު

    ޖާބިރުގެ އަނބިކަނބަލުން ދީވާނާއަށް ސްޕްރީމްކޯޓުގެ ޖަޖުކަން ނުދީގެންދޯ ތިޔައުޅެނީ...

    5
    1
  16. ބުއްޅަކޮސް

    ރައްޔިތުންނަށް އިނގޭތަ މިވާގޮތް!
    މިސަރުކާރުން އެއްވެސް ކަމެއް ބޭނުން ވެއްޖެއްޔާ ކަންތައް ކުރަންޖެހޭ ގޮތަކީ...
    1- ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްނަމަ، ރައީސް ނަޝީދައް ބެވުނަ.
    2- އާންމު ރައްޔިތެއްނަމަ، މުލިޔާގެ ގޭޓުގައި އެލިގެން ސަލާންޖެހުން.

  17. އިސްތިއުފާ

    ޓޫރިޒަމް ހީކުރި ގޮތަކަށް ނޫން، ހުރަސްތައް ގިނަ ކަމަށްވާނަމަ އެމްއެމްޕީއާރުސީގެ އެމްޑީ މިހާރުން މިހާރަށް އިސްތިއުފާ ދޭން ޖެހޭނެއޭ ތޮއްޔިބު އިސްތިއުފާ ދޭންވީއޭ ތަމެން އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  18. އަލީރާޖާ

    ރައީސް ނަޝީދު ޖުޑީޝަލް ސާވިސް ކޮމެޓީގައި އިންނަނީ އެއީ ނަޝީދުވެގެންނެއް ނޫން. އެއީ ގާނޫނު އަސާސީއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެތާ އިނުން ލާޒިމު ކުރާތީ! އެކަން ބަދަލު ނުކޮށް އޮތްހާ ދުވަހަކު ނަޝީދަކަސް ކާސިކަކަސް ޔައުގޫބަކަސް މަސީހަކަސް އެތާ އިންނާނެ!

    1
    6
  19. ޙހހހ

    ޕާޓީއެއްގެ ރަސްމީ އެކައުންޓްއަކުން ތިއޮތީ ދޮގު މަޢުލޫމާތެއް ލިޔެފަ ، އަހަރެްމެން ހަނދާނެއް ނުވޭ 2019 ގަ ރިޔާސީ އިންތިހާބެއް ބޭއްވިކަމެއް

    1
    4
  20. ދަރނި

    ޖުޑިސަރީއަށް މި ނުފޯރާފޮތިން ފޫގެޅިބެ އަތްކޮށޕާ ހަލާކުކޮށްފި ވަގުތުން އިސްތިއުފާދީފަ ރާއްޖެއިން ބޭރަށްދޭ!!

  21. ލޮލީ-----

    ބޭފުޅާ އާއި ނަޝީދަކީ އެކައްޗެއް ހިއްޕަވާ 2 ބޭފުޅުން ކަމަށްވާތީ ހިސޯރުކޮށްފައި އޮންނަ ކަމަށް ދޯ ފެންނަނީ