ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑް-19 އަށް ފައްސިިވާ މީހުންގެ އަދަދު އިތުރުވެ، ރޭގަނޑު 10 އިން ފަތިހު 5 އަށް ކާފިއު އިއުލާން ކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާލުމުން ރާއްޖޭގައި އެ ބަލި ކޮންޓްރޯލް ނުވެ ފެތުރެމުންދާކަން ހާމަވެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާ ނަމަ މިހާރުވެސް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ކުރާ 1996 މީހުން އެބަތިއްބެވެ. މިއީ މިހާތަނަށް މި ބައްޔަށް ފަރުވާދޭ މީހުންގެ އަދަދު މިވަރަށް މަތިވި ފުރަތަމަ ފަހަރު ކަމަށް ވާއިރު ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާ ވަރަކަށް ބަލިޖެހޭ މީހުންނާއި، އެ މީހުންނާއި ބައްދަލުވާ މީހުންނާއި މެދު އެޗްޕީއޭއިން އަމަލު ކުރާ ގޮތާއި މެދު ކުރާ ޝަކުވާތައް ވެސް ދަނީ އިތުރުވަމުންނެވެ.
އެގޮތުން ކޮވިޑް-19 ހުރި ކަމަށް ޝައްކު ކުރެވޭ މީހުންގެ ސުންކު (ސާމްޕަލް) ނެގުން ލަސްވުމާއި ސުންކުގެ ނަތީޖާ ލަސްވުމާއި، ކޮވިޑް-19 އަށް ފައްސިވާ މީހުންނާއިި ގާތުން އެއްތާ ވާ މީހުން އެކަހެރިކުން ލަސްވުން ފަދަ އެތައް ކަމެއް ދަނީ ދިމާވަމުނެވެ.
އެގޮތުން މާލޭގައި ކޮވިޑް-19 އަށް ފައްސިވި ދެބައި އުމުރުގެ ފިރިހެނަކަށް ކޮވިޑް-19 ޖެހުނުކަން އެނގުމުގެ ކުރިން އެޗްޕީއޭ އަށް އޭނާ ހުރީ ބައްޔަށް ފައްސިވި މީހަކާއި އެކުކަން އެންގި ނަމަވެސް، އޭނާ އެކަހެރި ނުކުރެވި ކޮވިޑް-19 އަށް ފައްސިވުމުން އާއިލާ ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.
އަހުމަދު މުނީރު (އަސްލު ނަމެއް ނޫން) އަކީ މީގެ 5 ވަރަކަށް އަހަރު ކުރިން ހާޓް އެޓޭކެއް ޖެހިގެން ބައިޕާސް ހަދާފައިވާ މީހެކެވެ. އޭނާ އަކީ ހިތުގެ ބައްޔަށް ދާއިމީ ބޭސް ބޭނުން ކުރާ މީހަކަށް ވުމާއި އެކު އޭނާ އަކީ ކޮވިޑް-19 ޖެހުމުން ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް (ހައި ރިސްކް) މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
އެހެންކަމުން ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށީއްސުރެން އަހުމަދު އުޅުނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލައިގެން ބަލި ނުޖެހޭނެ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓޭތޯ މަސައްކަތް ކުރަމުންނެވެ. ފަހަކަށް އައިސް އޭނާގެ ހިތުގެ ބައްޔާއި ގުޅުންހުރި އުނދަގޫތަކެއް މެދުވެރިވާތީ، އޭނާ ވަނީ ޑޮކްޓަރަށް ވެސް ދައްކާފައެވެ.
އަދި މާލޭގެ ހާލަތު އޮތްގޮތުން ރަށަށް ދިއުމަށް ނިންމާ އަހުމަދު އައީ އެކަމުގެ އިންތިޒާމްތައް ވެސް ހަމަޖައްސަމުންނެވެ. އެހެންނަމަވެސް އޭނާ އަށް ރަށަށް ނުދެވެނީސް އެނގުނީ އޭނާ އާއި އެއް ކޮޓަރިއެއްގައި އުޅޭ މީހަކަށް ކޮވިޑް-19 ޖެހުނުކަމެވެ.
އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާ އަހުމަދަކީ އިތުރު 4 މީހުންނާއި އެކު އެއް ކޮޓަރިއެއްގައި ދިރިއުޅޭ މީހެކެވެ. އެ ކޮޓަރީގައި ދިރިއުޅުނު މީހަކު ކޮވިޑް-19 އަށް ފައްސިކަން އެނގުނު ހިސާބުން އޭނާ އެހެން ތަނަކަށް ބަދަލުކޮށްދިނުމަށް އެޗްޕީއޭގައި ވަނީ އެދިފައެވެ.
ހިތުގެ ބަލި ތަހައްމަލު ކުރަމުންދާ މީހެއްގެ ހައިސިއްތަޔަތުން އޭނާ އަށް ދިމާވި ތަކުލީފުތައް އަހުމަދުގެ ކުދިންވެސް ވަނީ އެޗްޕީއޭ އާއި ހިއްސާކޮށްފައެވެ. ތަކުރާރުކޮށް އެޗްޕީއޭއަށް އެމައުލޫމާތު ދީ، ފިޔަވަޅެއް ނޭޅި ވަނިކޮށް ބައްޕަ ކޮވިޑް-19އިގެ ޝިކާރައަކަށް ވުމުން އަހުމަދުގެ މުޅި އާއިލާ ވަނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. އެ އާއިލާ މީހަކު "ވަގުތަށް" ކިޔާދިން ގޮތުގައި ބައްޕަގެ ހާލަތު ހުރިގޮތުން ނުރައްކާ ބޮޑު ވާހަކަ ތަކުރާރުކޮށް އެޗްޕީއޭއާ ހިއްސާކޮށްފައިވާ ކަމަށެވެ..
"އެޗްޕީއޭއިން ނުބުނޭ ވަކި އެއްޗެކޭ. ބައްޕަވެސް ގުޅި. ހުރިހާ ކުދިން ވެސް ގުޅި. އެކަމަކު ވަކިނުކުރޭ. މިއަދު އެންގީ ބައްޕަ ޕޮޒިޓިވްކަން. އަދި ނުގެންދޭ ބައްޕަ ޕޮޒިޓިވް ވި މީހުން ތިބޭ ތަނަކަށް. " އޭނާ ބުންޏެވެ.
މީގެ ކުރިން އެޗްޕީއޭއިން ވަނީ ފައްސިވި މީހަކާއި އެއްތަނެއްގައި އުޅޭ މީހުންނަށް ފުރަތަމަ ފައްސިވި މީހާ އަށް ބަލި ޖެހުނު ކަން އެނގޭ އިރުވެސް ބަލި ޖެހިފައި ވުން އެކަށީގެންވާ ކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ބަލި ނުޖެހޭ މީހަކު ބަލި ޖެހުނު މީހަކާއި އެކުގައި ހުރި ނަމަ އެކަހެރި ކުރާކަން އެޗްޕީއޭއިން ފާހަަކުރައްވައެވެ.
ފާއިތުވެ ދުވަސްތަކުގައި ބަކި ޖެހުނު މީހުންގެ އަދަދު ގިނަ ވުމާއި، މޫސުމީ ބަދަލުތަކާއި ހުރެ ބައްޔަށް ފައްސިވާ މީހުންނާއި އެމީހުންނާއި ބައްދަލުވި މީހުން އެކަހެރިކުރުމުގައި ދަތިތައް ދިމާވި ކަމަށާ، އެކަން ހައްލު ކުރުމަށް މަސައްކަތް ކުރާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ކުރާނެކަމެއްނެތް ލިބެންހުރި ލާރިތަކާ މާސްކުތައް ފޮރުވުނީމާ މިވެރިން މިހާރު އަޅައެއްނުލައި
ސިސްޓަމަށް ނުކަތާ ވަރަށް ބަލި މީހުން ގިނަވީމަ ވާނީ ތިހެން. ދުވާލަކު 100 މީހުން ޕޮޒިޓިވް ވަމުން ދާއިރު ތިޔަ ބޭނުންވާހާ އަވަހަކަށް އެޗްޕީއޭ އަކަށް ޚިދުމަތެއް ނުދެވޭނެ. ޢެއް ކޮޓަރީ އުޅުން މީހާ އުޅުނީ ފަރުދީ ޒިންމާ އަދާ ކޮންގެންބާ؟
އަމިއްލަ އާއިލާ މީހަކަށް އެވަރުކަމެއް ވިއްޔާ ކަލޭ ތިހެންތަ ބުނާނީ؟ ވާނުވާ ނޭންގި ވާހަކަ ނުދައްކާ!
ބަލަ؟ އެންމެ ނުރައްކާތެރި ހާލަތަށްވެސް ތައްޔާރޭ ކިޔައިގެން އުޅުނީމެއްނުން؟ދެން ކޮން ނުތަކާ (ނުކަތާއެއްނޫން!) ވަރަށް ބަލިމީހުން ގިނަވިއްޔެކޭ ތިކިޔަނީ؟ އަހަރުމެންގެ މުސާރައިން ކުޑަކުރި ބައި ޚަރަދުކުރީ ކޮން ކަމަކަށް؟ ކޮބާ ގެންނަން ބުނި ފްލޯޓިންގ ހޮސްޕިޓަލް؟ ނުގެނެވިގެން އުޅެނީވެސް ފަރުދީ ޒިންމާ އަދާނުކޮށްގެންތަ؟
އައްމަޑޭ، ރާއްޖެއިން ޕޮޒިޓިވް ވި އެންމެންވެސް ޕޮޒިޓިވް މި ވީ ފަރުދީ ޒިންމާ އަދާ ނުކުރެވިގެންބާ! ޑައެލެސިސް ހަދަމުންދާ ދައްތައެއް ޕޮޒިޓިވް ވެއްޖެ އޭ ކިޔާފަ ގެންގޮސް ޕޮޒިޓިވް ވި އެންމެންގެ ތެރޭގަ ބާއްވާފަ 14 ދުވަސް ފަހުން ޓެސްޓް ނަހަދާ ދޫކޮއްލި ، އޭގެ 2 ވަނަ އަށްވީ ދުވަހު އަލާމާތް ތައް ފެނިގެން ޓެސްޓް ހަދާފަ އަނެއްކާވެސް ޕޮޒިޓިވް ވެއްޖެއޭ ކިޔާފަ ގެންދިޔައީ ، މިހާރު އޮތީ އައިސީޔޫ ގަ އުންމީދު ކަނޑަލާފަ.... ގޭގަ ބާކީ ތިބި އެންމެންވެސް މިހާރު ޕޮޒިޓިވް ... މިވެސް ފަރުދީ ޒިންމާ އަދާ ނުކޮށްގެން ތަ؟؟ އެޗްޕީއޭ މީހުން ގެ ފަރުވާ ކުޑަ ކަމުން ނޫންބާ މިހެން ވާން މި ޖެހުނީ!! ޑައެލެސިސް ޕޭޝަންޓް އިންނަކީ ހައި ރިސްކް ބައެއް ކަމަށް އެޗްޕީއޭއިން ނުދެކެނީ ތަ؟؟
މިހާރު އެޗުޕީއޭގެ ނަންވެސް ވަނީ ބަދަލުކުރަންޖެހިފަ ތިނަނަށް މިހާރުވަނީ ސަރުކާރުގެ ނުފޫޒު ފޯރާފަ ރަށްޔަތުންނަށް ދޮގުމައުލޫމާތު ދިނުމާއި ރަށްޔަތުންނަށް އަޅާނުލުން ވަނީ ފާހަގަކުރެވިފަ އަދި ބަލިޖެހުނުމީހުން ނުގެންގޮސް 5 ދުވަސްވަންދެން ގޭގަވަނީ ތިބެންޖެހިފަ.
ކާފިއު ގަޑިއަކީ ކުޑަކުދިންނާއި މުސްކުޅިން އަދި ވަޒިފާތަކުގައި އުޅޭމީހުންވެސް ގެއަށްވަދެ ހިނައިތާހިރުވެގެން ނިދަން ތައްޔާރުވާ ގަޑިއެވެ. ތިނޫންގަޑިއެއް ނުވަތަ އެހެންކަމެއް މިސާލަކަށް ހޮޓާ ރެސްޓޯރެންޓްތަކަށް ގޮސް ތިބޭ ތިބުން ހުއްޓުވާލަބަލަ، ދުމެއްޖެހި ހެން އެނގިގެންދާނެ، އެތިބެނީ 2 ފޫޓު ހުންނަ މޭޒުގެ ހަތަރުފަރާތުގަ ހަތަރުމީހުން މާސްކް ތުނބުޅީގައި އަޅައިގެން. އެތައްއިރެއްވަންދެން.
އަދި މާދަން ހަދުވާ އެއިރުން ނައްސި ވާނެ، ތި އީ ބަޔަކައް ގަބޫލުކުރެވޭ ގޮތައް ހަދާޓެސްޓު ތަކެއްނޫން، ކަންބޮޑުވާނެ ކަމެއްނެތް، ހެއްދެވިފަރާތައް ރަހުމަތައް އެދި ދުއާ ކުރައްވާ، މި މީހުން ޖަހާސަކަރާތައް ބަލާނެ ކަމެއްނެތް، އެކަހެރިތަނަކައް ގެންދިޔަޔަސް ރަނގަޅައް ކާންދީ ބަލަހައްޓާތި
ކަންބޮޑުވާނެކްމެއްނެތް އިންޝާﷲ ހުރިހާކަމެއްވެސް ރަނގަޅުވާނެ.
އެޗްޕީއޭ އޮތީ އަންނިގެ މުށުތެރޭ އެޗްޕީއޭ އުވާލާ އަދި ކެނެރީ އަންނި މިގައުމުން ބޭރުކުރޭ މިގައުމު މިކަމުން އަވަސް ސިފާޔަކާ ހަމަޔައް ދާން ބޭނުމިއްޔާ.
އަހަރުނނަށް ކޮން ކަމެއް!