މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ގެއްލުވާލިތާ އިއްޔެއަށް މި ވަނީ ހަ އަހަރު ވެފައެވެ. އޭނާ ގެއްލުވާލީ ވަގަށް ނަގައިގެން ގޮސް އެވެ. އޭނާ ގެއްލުވާލި ހާދިސާއަށް ހަ އަހަރު ވެފައިވާއިރު، އާއިލާއަށް އިންސާފު ނުލިބޭ ވާހަކަތައް ކޮންމެ އަހަރަކުވެސް އެ ދަނީ ދައްކަމުންނެވެ.

މި ސަރުކާރުން އުފައްދާފައިވާ މަރު ކޮމިޝަނުން ރިލްވާންގެ މައްސަލަ ބަލަމުން އަންނައިރު، އެ ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ އޭނާ ރަހީނުކޮށް ޑިންގީއަކަށް ލައިގެން ދޯންޏަކަށް އެރުވުމަށްފަހު އޭނާ މަރާލާފައިވާ ކަމަށެވެ.

ރިލްވާންގެ މަރާއި ގުޅިގެން އިންސާފަށް އެދިއެދި އާއިލާއިން އަދިވެސް ތިބީ ކެއްތެރިކަން ކޮޅުންލާ ހިސާބުގައެވެ. އެ މަރަށް އިންސާފު ލިބޭތޯ ކޮންމެ ދުވަހަކުވެސް އެތައް ވާހަކައެއް އެބަ ދައްކައެވެ. އެތައް ބަޔަކާއި ބައްދަލުކޮށް،ކަންތައް ކުރަންވީ ގޮތް އޮޅުން ފިލުވައެވެ.

އެ މަރާއި ގުޅިގެން ފާއިތުވާ ކޮންމެ އަހަރަކު އާއިލާއަށް ރިލްވާންގެ ދައްތަ ޝެހެނާޒް އަދްނާން މި ވަނީ ރިލްވާންގެ ހަނދާނުގައި ލަވައެއް ހަދާފައެވެ. އަދި އޭނާގެ ހަނދާނުގައި ބައޮގްރަފީއެއްވެސް މި ވަނީ ނެރެފައެވެ.

"ގެއްލުވާލީ މައުސޫމް ދިވެހި ދަރިއެއް"ގެ ނަމުގައި ޝަހިންދާ އިސްމާއީލް ލިޔެފައިވާ 48 ގަޑު ހިމެނޭ އެ ފޮތުގައި، ރިޟްވާންގެ ދައްތަ ލިޔެފައިވާ ދެ ޅެން ހިމަނާފައި ވެއެވެ.

ރިލްވާންގެ ހަނދާނުގައި އާއިލައިން ނެރުނު ފޮތުގެ ބޭރުގަނޑު

އެ ފޮތުގައި، ރިލްވާން ގެއްލުވާލި ގޮތާއި، އޭނާގެ ރަހުމަތްތެރިންގެ ވާހަކަތަކާއި އާއިލާ މީހުންގެ ވާަހަތަކާއި، މައްސަލަ ކުރިއަށް ގެންދާ ގޮތުގެ މައްޗަށާއި، އޭނާގެ ހަޔާތުގެ މައްޗަށް އަލި އަޅުވާލާފައި ވެއެވެ. އަދި އޭނާގެ ހިޔާލުވެސް އެ ފޮތުގައި ވެއެވެ.

ރިލްވާންގެ ދައްތަ ހެދި ލަވައަކީ "ވިންދު ދިޔައީ ގެއްލިގެން" އެެވެ.

ލަވަ ކިޔާފައި ވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ.

ރިލްވާންގެ ދައްތަ ހެދި އެ ލަވާގައި އޭނާގެ ހަނދާންތަކުގެ ވާހަކަ ގެނެސްފައި ވެއެވެ. އަބަދުވެސް ކައިރީގައި ވާހެން ހީވާ ކަމަށާއި، އެ ހަނދާނުގައި ދެ ލޮލުން ކަރުނަ ނުހިކޭ ވާހަކަ ލަވާގައި ހިމަނާފައި ވެއެވެ. މިއީ އަސަރުގަދަ ލަވައެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޒާ

    މީ ކަލޭމެން ލަވަލިޔެ ލަވަކިޔަން ގެނައި ސަރުކާރު. ތިލަވަ ވެރިމީހާ ގެ ކަންފަތްބުޑުގައި ޖަހާ. ގިސްލާ ކީރިތިކުރައްވާތަން ފެންނާނެ.

    10
  2. އަލިބެއްޔާ

    ރިޟްވާންގެ މަރަކީ ކުޅި މަޖާކަމަށް ޢާއިލާއިން ހެދީތަ؟ ލަވަ ހަދާ، ޅެން ހަދާ.. އަހަންނަށް ފެނޭ ބޮޑުބެރު ލަވައެއް ހަދަން..

    10
  3. ފަނީ

    މަ ދެރަނުވޭ

  4. Anonymous

    ޝަހިންދާ ލިޔުނު ފޮތެއްގައި ލާދީނީ ވާހަކައެއް ނެތިއެއް ނުދާނެ

  5. ދަރަނި ދަންތުރަ

    އާއިލާއިން ބާރަށް ސޯލިބޭ ކައިރީ އަތްޖަހާ

  6. ޥާލުސޮރު

    ލާދީނީގެ ވައްތަރެ ބަލަގަ ރިލްވާން ގެއްލުނީމާ ފެނޭތޯ ﷲ ގެ ހަޒުރަތުގަ ދުއާ ކޮށްބަލަ ލަވަ ނަހަދާ އޭނާޔަސްވެސް އިންސާފު ލިބެންޖެހޭ

  7. މޮޔަސޮރު

    މިއަދު އެސޮރު ކައްވަޅުގައި އޮވެދީވަބަ. މި ދުނިޔޭގައި އިންސާފް ނުލިބުނަސް އަންނަ އޮތް ދުނިޔޭގައި އިންސާފު ލިބޭނެ. ދުނިޔޭއަކީ އިމްތިހާނެއް. ހުރިހާ އެއްޗެއް ނުލިބޭނެ.