އިންޑިއާގެ ސްޓޭޓް ފޯ އެގްރިކަލްޗަރގެ ޔުނިއަން މިނިސްޓަރ ކައިލާޝް ޗައުދަރީ ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ. އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހާމަކޮށްފައި ވަނީ މިއަދު ކުރި ޓްވީޓެއްގައެވެ.

އޭނާއަށް ފަރުވާދެމުން ދަނީ ރަޖަސްތާނުގެ ޖޮދްޕޫރްގެ ހޮސްޕިޓަލެއްގައެވެ.

"ރޭ ބަލީގެ އަލާމަތްތައް ފެނި ހެދި ޓެސްޓުން އަހަރެން ވަނީ ކޮވިޑް-19 އަށް ފައްސިވެފައި.". އޭނާ ކުރި ޓްވީޓުގައި ވެއެވެ.

އޭނާ އެ ޓްވީޓުގައި އިތުރަށް ވަނީ، ފާއިތުވި ދުވަސްތަކުގައި އޭނާއާ ގާތްކޮށް އުޅުނު އެންމެން އާއިލާ އާއި ދުރުގައި ތިބެ، އަދި އަމިއްލައަށް ބައްޔަށް ޓެސްޓު ކުުރުމަށް ނަސޭހަތްތެރިވެފައެވެ.

މީގެ ކުރިން އިންޑިއާގެ ހޯމް މިނިސްޓަރ އަމިތު ޝާހް ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ.

މިނިސްޓަރ ކައިލާޝް ޗައުދަރީ ބުނެފައި ވަނީ، އޭނާ ކުޑަކޮށް ހުންވައްތަރު ވެފައިވާ ކަމަށާއި، ނޭވާލުމުގައިވެސް މައްސަލަތަކެއް އެބަ ހުރި ކަމަށެވެ. އަދި އޭނާ ވަނީ ހޮސްޕިޓަލްގައި ޑޮކްޓަރުންގެ ލަފާގެ މަތިން ބޭސް ފަރުވާގެ ކަންކަން ކުރަމުން އަންނަ ކަން ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޮމެޮނެ

    މޯޑީ ސޭފް؟ އޯކޭ!

  2. އޮޅުވާލި ވޯޓު

    އަލްހަމްދުލިއްލާހި އިންޑިޔާގެ ޔަހޫދީބައިގަޑު އެއްކޮދިއައިއްޔާކިހާރަގަޅު

  3. އަލިބެއްޔާ

    އަލް ޙަމްދުލިއްލާޙި.. އުފާވެރި އިތުރު ޚަބަރުތަކެއް ދެއްވާށިއެވެ..