ސަރުކާރުން ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ނުހިންގާ ކަމަށް ބުނެ ދެކެވޭ ވާހަކައަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ރައްދު ދެއްވައިފިއެވެ.

މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ އަސަރު ދުނިޔެއަށް ކުރިމަތިވެ، އިގްތިސާދީ މި ތަދު ވަގުތުގައި ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެކި ދާއިރާތަކުން ހިންގަމުންދާ ކަމަށެވެ. އެގޮތުން މިހާރުވެސް 32 ރަށެއްގެ ބަނދަރާއި 24 ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި އެ އަދަދުތަކުން އެކަނިވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫންކަން ސާފުވެގެން ދާނެ ކަމަށް މަހްލޫފު ވިދާޅުވިއެވެ.

ޓހަ

މަހްލޫފު މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އިދިކޮޅުން އަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖެއަށް ގެނެސްދީފައިވާ ތަރައްގީއާ އަޅާ ނުކިޔޭނެ ކަމަށް ބުނަމުންނެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް ލިބިގެން ގޮސްފައެވެ. އަދި ރާއްޖެއަށް ކުރިޔަށް އޮތް ހައެއްކަ މަހަކީ ދަތި ހައެއްކަ މަސް ކަމަށް ދާދިފަހުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވީ 60 ރަށުގައި ރަނގަޅު ނަރުދަމާގެ ނިޒާމެއް ނެތް ކަމަށާއި، ސާފު ބޯފެން ނުލިބޭ ރަށްތަކުގެ އަދަދު އެއަށް ވުރެ ގިނަ ކަމަށެވެ. ކުރީ ސަރުކާރުތަކަށް ވުރެ އެފަދަ ޚިދުމަތްތައް ދިނުން ރަނގަޅުކުރަން ވަރުގަދަ އަޒުމަކާއި އެކު މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދަރަނި ބޮޑުވެއޭ ކިޔާފައި އަސާސީ ހިދުމަތް ނުދީ ތިބެވޭކަށް ނެތް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ިބޯކިބާ

  މީގެކުރިން މާލެނޫން ރަށްރަށުމީހުން ކުޅުން މަނަލީ ޓެނިސް. ރައްޔިތުންގެ ފައިސާއިން "ގައުމީ" ޓެނިސްމުބާރާތް ބާއްވާތާ 50 އަހަރު ވީއިރު މާލެއިންބޭރުގަ ޓެނިސްކޯޓުގަނޑެއްނެތް އަދިއަދަށްވެސް. މިހާރު "ދިވެހި" ފުޓުބޯޅަ މުބާރާތުގަ މާލެނޫން ރަށްރަށު ޓީމުތައް ބައިވެރިވުން މަނާ އެކުރަނީ. މިހުންނަނީ ޖަޒީރާ ނިޒާމު.

  41
  1
 2. Anonymous

  ބޮޑާކަމުން އިންތިހާއަށް ގޮސްހު ރިމީހެއް، ލާހިކަ ކުޅަދާނައެއްނުން މީނަގެ އަނގަޔަކުން އަ ރައިގަންނާކަށް.

  57
  1
 3. ކެޔޮޅު

  ތިޔަހުރިހާ ރަށަކީވެސް ރައީސްޔާމީން ކުންފުނިތަކަށް ލާރިދީ ހަލާސްކޮށްފަ ހުރި މަސައްކަތް މަހުލޫފުމެންގެ ސަރުކާރުން މަޖުބޫރުވާނެދޯ ތިކަންކުރަން މިހާރުވެސް ސަރުކާރުގެ މުއަށްޒަފުންނަށް މުސާރަދެވެނީވެސް ރައީސްޔާމީން ހޯދިލާރިން ތިބޭފުޅުންނަށް އެނގެނީ ވަށްކަންކުރަން އެކަނި.

  66
  3
 4. އަލްޖިބްރާ

  ތަރައްޤީ އަށް ވަނީ މާލޭގެ ވަކިހިސާބެއްގައި ތާރުއެޅި މަގު ހެދީމަތަ ؟ ނުވަތަ ދެރަށެއް ގުޅުވަން ބްރިޖެއް އެޅީމަތަ ؟

  2
  66
  • Anonymous

   ތަރައްގީއަކީ ރައްޔިތުންގެ ފޯރުންތެރިކަން އިތުރުވުން. ޑޮލަރުގެ ރޭޓް 20 އަށް އެރުވުމެއްނޫން. ސަލާންޖަހައިގެން ކާނާ ހޯދުމެއްނޫން. ވަޒީފާތަށް އިތުރުކުރުން، ގައުމުގެ ފައިސާގެ ބައިންޕަވަރ މައްޗަށްގޮސް އިންފްލޭޝަން ދަށްވުން. މިއިން ކަމެއް މިސަރުކާރަށްވެއްޖެތަ؟ ބްރިޖޭ ކިޔޭނީވެސް އަނގައާ އަތާދިމާވެގެން. މިސަރުކާރުއައިފަހުން ދުވަހެއްދުވަހަށް ގައުމުގެ ހާލަތުދަނީ ނުބައިވަމުން. އެހެންތާވާނީ ﷲ ގެ ދީނުގެ އަދުންވުންގެ ފަހަތަށް އަރާ ސަނާކިޔައިގެން އުޅޭބަޔަކަށް ދިވެހިންވެއްޖެ.

   35
 5. Anonymous

  ކީކޭ އެބުނީ.... ހަގީގަތް ނޫންކަމޭ... ???

  16
 6. Anonymous

  ބަލާބަލަ ތިހިސާބުގައި ހިމެނޭ ޕްރޮޖެކްޓްތައް ފެށީ ކޮން އިރަކުތޯ! ރައީސް ޔާމީން ދިވެހިންނަށް ކޮށްދެއްވިކަންކަން ތިއީ. މިނުބައި ދިވެހި ގައުމުގެ ދުޝްމަން ބާޣީ ސަރުކާރުން ދިވެހި ގައުމަށް ދެރައެއްނޫނީ ނުދޭނެ. 12 ބިލިއަން ރުފިޔާ މާކެޓަށް ނެރއ ދިވެހި ފައިސާގެ އަގުވައްޓާލައިފި. ޑޮލަެެއް ގަންނަން ލިބޭ އަގު 20 ރުފިޔާއަށް އަރައިފި. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެއްޖެ. ބޭނުމަކީ ގައުމު އިނދަޖައްސާލުން. މަހުލޫފުމެންކަހަލަ ހަޔާތް އަރުއްވައިގެންފަ ތިބޭމީހުން އަނގަ ފުޅާކުރާކަށް ލަދެްްނުގަންނާނެ.

  48
  1
 7. ފާތުމަ.

  ހއ އިހަވަންދޫގައި ބޮޑު ބަނދަރެއް އޮއްވާ ބަނދަރު ބޮދުކުރުމުގެ ބޭނުމަކީ ކޮބާ.؟ ޜަށު ފަޅުގައި މަސްދޯނި ގަނޑެއްހާހިސާބުވެސްނޯވޭ .މުޅިފަޅު އޮންނަނީ ހުހައް. މީ މސަރުކާރުން ކުރާ އިސްރާފު.

  24
  1
 8. ކަނަމަނަ

  މަޙުލޫފް ހިސާބުކިޔެވީ ހޭޅިއްޔާއިން ވީމަތިކަލަހިސާބަމަޙުލޫފްމޮޅުވާނެ ޙާއްސަކޮއް ރިލޯޑުކޮއްލެވޭހިސާބައް މޮޅުވާނެ

  20
 9. ޓ

  ޢަލްޖިބުރާ ރަނގަޅަށް ލޯހުޅުވައި ގެންބަލާބަލަ
  ކިތައްރަށުގައި މަގުހެދިތޯ..ޔާމިން
  ޚިތައްރަށުގައި ބަނދަރު ހެދިތޯ
  ޢެމް އާރު އައި މެސިން ބެހެއްޓި ކިތައް ރަށް
  ފާޚާނާ ހޮޅި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
  ޢެޅިތޯ

  25
 10. ޒޫނާ

  ރައިސް ޔާމިން ދައުރުގަ ފަށާފަހުރި ގިނަ މަސްޢޫތައް ރާއްޖެގެ އެކި ހިސާބުގަ މިހާރުވެސް ކުރިއަށްދަނީ. ރިލޯޑުމެން އަނގަޔެއް އޮތީމަ ތަޅުވަނީ..

  36
 11. ދަރަނި ދަންތުރަ

  ކަލޯ މަހޭ 32 ބިލިޔަން ރުފިޔާގެ ބަޖެޓު ދަވާލި ވާހަކަވެސް ހިސާބު އަދަދުން ބަޔާން ކޮށްދީބަލަ 2 އަހަރުނުވަނީސް ގައުމު ދަރަނިވެރި ވީވަރުވެސް ހިސާބު ޖަހާލަބަލަ ހަޔާތްކުޑަވިޔަސް ތިޔައީ ބޮޑުވަރު ...

 12. އިބްރާހިމް

  މިސައުކާރުން ތަރައްގީގެ މަޝްރޫއުތަށް ހިންގަނީ ބި މުގެ އަޑީގައެވެ. ފެންނާނީ މަދުބަޔަކަށެވެ

 13. ގާބޯ

  ކަލޭނޭ މާބާރަށް ހަޅޭނުލައްޗޭ މަހޭ މަހޭނައްތާފަ ގެނަސްސައޮތީ މަހޭ އަރާއިރަށްދާނެ

 14. މިއަދު

  ރަގަޅު ނަރުދަމާނިޒާމެއްނެތް ރަގަޅު ރައީސެއްނެތް ރަގަޅު މުއައްސަސާއެއްނެތް ރަގަޅަށް ހިންގާ ޕްރަޖެކުޓެއްނެތް ރަގަޅު މިޏިސއޓްރީއެެްނެތް ރަގަޅު މިނިސްޓަރެއްވެސްނެތް

 15. ނަޒުލާ

  ޢެހެއްވާނެ ކަލޭތީނީ އަނެއްކާ ހިދުކޮޅުގަތަ ނޫނީ ހަމާގަތަ ތިޔަންވުރެ މާރަގަޅުވާނެ ބޭލާރު އަގަނުތަޅާ މާދަންވެސް މަރުވެދާނެ ކަމަށްބަލާ މަރަން ތައްޔާރުވިއްޔާ ހެދިހާ ދޮގުތަކާ އެޅިހާރީލޯޑާ އަދިވެސް މަދީތަ ރީލޯޑު ވަގު

 16. އައްޔު

  ހިސާބުންނޭ ބުނާވަރު ނުވޭ ތިވަރު ކުރިއިރު މުޅި ދައުލަތުގެ ބަޖެޓް 2018ގައި ވަހާލުވިއިރު ހުރިވަރުން މައިނަސް ވަމުން ގޮސް މިހާރު ނޭނގެ ކިހާވަރެއްކަމެއް ހުރީކީ ހިސާބެއް ހަދާފަ ޓްވީޓެއްކޮށްލަބަލަ ކެރެންޏާ ޕާސަނަލީ ބައްދަލުކޮށްފަ ސާބަހޭ ބުނާނަން މިނިސްޓަރަށް