ހަތަރު އަހަރުގެ އަންހެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއްގައި ހައްޔަރުކުރި އެ ކުއްޖާގެ ބައްޕަގެ ވަނަވަރު އާއްމުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ، ގްރީންވާރޑް، ޝުޢާޢު ޝަރީފް (32އ) އެވެ.
މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުގެ ބަހައްޓަން އަމުރުކޮށްފައެވެ.
ޝުއާއު ހައްޔަރުކޮށްފައި ވަނީ އޮގަސްޓް ތިން ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އޮގަސްޓް ހަތަރު ވަނަ ދުވަހުއެވެ.
ޝުޢާޢު ޝަރީފް ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް އޯގަސްޓް 04 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އޭނާ ދޫކޮށްލިއެވެ.
ނަމަވެސް އޭނާ ދޫކޮށްލަން ނިންމައި ނެެރުނު އަމުރު މުރާޖާ ކޮށްދިނުމަށް އެދި އޯގަސްޓް ހަ ވަނަ ދުވަހު ބޭއްވި މުއްދަތު މަޖިލީހުގައި ނިންމާފައިވަނީ، މި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ކަންކަމަށް ބަލާ ހިނދު ޝުޢާޢު ޝަރީފް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެކަމެއް ކަމަށް ފުލުހުން ވިދާލުވިއެެވެ.
އަދި ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިގެންދާ ކަމަކަށްވާތީ އާއި ޝުޢާޢު މައްޗަށް ތުހުމަތު ކުރެވިފައިވާ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝުޢާޢު ފަރާތުން ހިނގާފައިވާކަމަށް ބެލެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހުށަހެޅި ހެކި ގަރީނާތަކުން ހެކި ގަރީނާ ލިބޭތީ ޝުއާއު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި އެ މައްސަލަ ތަހުގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ)އަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްްސަލަތައް ވަނީ އިތުރުވެފައެވެ.
އައްޗީޑި?
ނަންހާމަ ތިކުރީ ސަރުކާރުގަ ރައްޓެއްސެއް ނެތީމަ، މިކަހަލަ ބައިވަރު މައަސަލަ އެބަހުރި ނަންހާމަ ނޮކޮށް ސިއްރު ކޮށްފަ
ލަދު ކޮަަބަބަ
ސާބިތު ވުމުގެ ކުރިން ކުއްޖާގެ ބަޕަ ނަންހާމަ ކުރީ ތޯ ...
ދަރިފުޅާއި ޖިންސީ ގޯނާ ކުރަން ލަދެއް ވެސް ނުގަނޭތަ.... މިކަހަލަ މީހުން ދުނިޔޭގައި ނެތްނަމަ ކިހާ ރަގަޅު.....?????????
މީދެން ބޮޑުވެއްޖެ ކަމެއް. އެކުއްޖާ ކޮން ކަހަލަ ފޭރާމެއްގަ ހުރެގެން ބައްޕަ އެ ބެހުނީ؟ ހުންނަ ވަހުޝީ ކަން ހަމަ
ކަލެޔޯ؟
މިއަތޮޅުގަ މިކަން ހަމަ ބޮޑީއޭދޯ!!!
ގެރި ބަކަރީގެ އުސޫލު ?
ސަހަރޯ ހީވެ
ބުޅަލެއް ދިމާވިޔަސް
ގޭދޮށު ގޮލައެއްތަ
ކޮންކަމަ!??