ކޯލިޝަނެއްގެ ތެރެއިން އެމްޑީޕީ ވެރިކަމަށް އައި ނަމަވެސް މަގާމުން ވަކިކުރާ ވަޒީރެއް ނުވަތަ ކުންފުންޏެއްގެ ވެރިއެއް ނަމަވެސް އަލުން އެ މަގާމުން ވަކި ޕާޓީއަކަށް ނުދެވޭނެ ގޮތަށް އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހެއް ހުށަހެޅުމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ނިންމައިފިއެވެ.

އެ އިސްލާހުގައި ވަނީ އެމްޑީޕީ ގެ ކެންޑިޑޭޓެއް ގެ ވެރިކަމެއްގައި އެކުލަވާލާ، ކޯލިސަން ސަރުކާރެއް ގެ ވަޒީރެއްގެ މައްޗަށް ކޮރަޕްސަނާއި ޖިންސީ ފުރައްސާރައިގެ އަދި މި ނޫން ތުހުމަތެއްގައި ވަޒީރަކު ވަކި ކޮއްފިނަމަ ކޯލިޝަންގެ ސްލޮޓު ގެއްލިގެން ދާނެ ކަމަށެވެ.

އެފަދަ ވުޒާރާއެއްގެ ވަޒީރަކަށް އައްޔަން ކުރަންވާނީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި މަދުވެގެން ފަންސާސް ހާސް މެމްބަރުން ހަމަވާ ޕާޓީ އަކަށް ނިސްބަތްވާ މެމްބަރެއްގެ ނަން ކަމަށްވެސް ބޮންޑޭގެ އިސްލާހުގައި ބުނެފައިވެއެވެ.

އިސްލާހު ހުށަހަޅާ ސަބަބެއް ކަމަށް ބޮންޑޭ ވިދާޅުވީ ކޯލިޝަން ޒިންމާދާރު ކުރުވުމާއި ކޮރަޕްޝަނާ ފަސާދަ އަދި ޖިންސީ ފުރައްސާރަ ހުއްޓުވުން ކަމަށެވެ. މީގެއިތުރުން މަދު މީހުން ހިމެނޭ ޕާޓީ ތަކުގެ ބަދަލުގައި ގިނަ މެމްބަރުން ހިމެނޭ ޕާޓީ ތަކުގެ ބައިވެރިވުން އިތުރުކޮށް ޑިމޮކްރަސީ ހަރުދަނާ ކުރުމަކީ ވެސް އިސްލާހު ހުށަހަޅާ ސަބަބެއް ކަމަށްވެސް ވިދާޅުވިއެވެ.

މި އިސްލާހާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް "ވަގުތު" އިން ބޮންޑޭ އަށް މިއަދު ގުޅާލުމުން ވިދާޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި އެއް އަހަރު ދުވަސް ވަންދެން އެއްވެސް މަސައްކަތެއް ނުކޮށް ހުރުމަށްފަހު ބައެއް ވަޒީރުން އިސްތިއުފާ ދެއްވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރާ ދިމާލަށް ރައްޔިތުން އިނގިލި ދިއްކުރަމުން އަންނަ ކަމަށާއި ބައެއް ހާލަތްތަކުގައި ކުރެވޭ ބޮޑެތި ތުހުމަތުތަކެއްގެ ސަބަބުން ވަޒީރަކު ނުވަތަ ކުންފުންޏެއްގެ ވެރިއަކު މަގާމުން ވަކިކުރާއިރު އަނެއްކާ އެ މަގާމަށް ކުރިންވެސް ދިން ޕާޓީއަށް އެ މަގާމު ދޭތަން ފެންނަ ކަމަށެވެ.

"އެހާ ހިސާބުން ރައްޔިތުން އެބަ މާޔޫސްވޭ. އެކަން އެގޮތަށް ހިނގަޔަ ނުދޭން މި އިސްލާހު ހުށަހަޅަނީ،" ބޮންޑޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަހައްމާބެ

    ރަނގަޅުވާނީ އެފަދަ މަޤާމެއް ދޭންވާނީ އެމް.ޑީ.ޕީ މެންބަރަކަށޭ ވެސް ތި އިސްލާހުގަ ލިޔުނިއްޔާ

    89
    1
  2. ބޮންޑު

    ތި އިސްލާހް 2018 ނޮވެމްބަރ 17 ގެ ކުރިން ފާސްކޮށްލިނަމަ ވަރަށް ސަޅިވީސް. އެހެންމީހުންގެ ތައްޕާހުން ވެރިކަމަށް އާދެވުނީމަ ކޯލިޝަން ރޫޅާލަން ތިޔަށްވުރެ މާ ހަޑިހުތުރު ކަންތައް ކޮށްފަހުރިތަން މާޒީން ފެންނަން އެބަހުރި.

    93
    3
    • ޙައްގުބަސް

      މައްސަލައެއްނެތޭ މިހާރު އިސްލާޙު ގެނައަސް!! ބޭނުން ގޮތަކަށް އެމްޑީޕީން ހަދަމުންދާނީ!! ދެން ތިބި ތިނެއްޗަކަށް ހަމަ ޗުއްޕުއޭވެސް ނުބުނެވޭނެ!! އެތިން މީހުން ރައިސް ޔާމީން ސަރުކާރު ވައްޓާލަން ކުރި ހަޑިމުޑުދާރު ޢަމަލުތައް ފަޅާއަރާ އެމީހުންގެ މައްޗަށް ކުށް ސާބިތުވެ ތިބީ އެކިއެކި ޙުކުމުގައާއި ތަޙްގީގީ މަރުޙަލާގައާއި އަދި ޝަރީޢަތުގައި މައްސަލަތައް ހިނގަހިނގާ އޮތް ޙާލުގައި!! މިހެން ތިއްބާ މިތިން މީހުން އެމްޑީޕީއާއެކު ބައިއަތު ހިފީ ޖަލުން ސަލާމަތްވުމަށާއި އަމިއްލަ އެދުންތަކެއް ފުއްދުމުގެ ބޭނުމުގައި!! ނިކަމެތިވެ ބިއްޖެހި މަގުމަތިވެފައި އޮތް ޕާޓީގެ ހާމުދުރު ނިކަން ރަގަނޅަށް ދަނޑިވަޅުގެ ބޭނުން ހިފާ ހިޔަޅު ވިސްނުން ކުރިއަށް ނެރެ މިތިން މީހުންގެ ބޭނުން ހިފާ ބުހުތާން ދޮގު މިމީހުން ލައްވާ ރައްޔިތުން ކުރިމަތީ ހައްދައިގެން ވެރިކަން ދަމައިގަނެގެން އެއުޅެނީ!! މި ތިން މީހުން (މައުމޫނު، ގާސިމް އަދި އިމްރާން) ނަށް ނެތް އެއްކަމެއްވެސް ކުރެވޭކަށް!! އެހެންވެސް މަރު މިހެންވެސް މަރު!! މަޑުން ތިބިއްޔާ ހުރެގެއަށް ނުގޮސް ގޭގައި ތިބެވިދާނެކަމަށް ފެންނާތީ މިތިން މީހުންނަށް އޮތީ ރީނދޫ މުއްލާ ބުނާގޮތަށް ހަދައިގެން އޭނާ ޖަހާހާ ބެރަކަށް ފައި ހަމަކޮށް ނަށާލަ ނަށާލަ ތިބުން! މިއީ ހަމަ ގައުމުގެ ޣައްދާރުންނޭ ބުނުމަކުން ދޮގަކަށް ނުވާނެ!! މުޅިންވެސް އަމިއްލަ އެދުން! ރައްޔިތުން ނިކަން ހޭލާތިބެ މިތިން މީހުނާ ރީނދޫ މުއްލާގެ ކިބައިން ސަލާމަތް ވާން އެބަޖެހޭ!! މި މީހުން ހަދާ ދޮގާ މަކަރަށް ހެއްލިގެން ދެން މި މީހުން ބުނާ ގޮތަށް ހަދައިގެންނުވާނެ!! އޭރުން ގައުމު ސަލާމަތްވާން އޮތީ!! މިތިބަ މީހުން ހަމަދާނީ މިމީހުންގެ ނުލަފާކަން ދައްކަމުން ކުރިއަށް! ރައްޔިތުންނަށް އޮތީ ގޮތް ނިންމުން! މިހެން ކުރިއަށްދާން ފުރުސަތުދޭނީތޯ؟ ނުވަތަ ރައްޔިތުން ނިކުމެ ރައްޔިތުންގެ ބާރު ދައްކާލާނީތޯ؟

  3. މުރަނގަގަހުން މާލިމީ ބޭލި ހަސަންކޮއި

    ބޮނޑާ ތިހުންނެވީ ހިއްޕަވައިގެން ވާނުވާގައިތޯ؟ ކުދިޕާޓީގެ މޯހިރުން ތިޔަބޮޑުޕާޓީ އާދޭސްކުރަމުން ދުވިދުވަހު ތިޔައިސްލާހު ހުށަހެޅުމަށް ނާޤާބިލުވީ ކީއްވެތޯ؟ މޮޔަނުގޮވާ އެއްބަސްވުމާއި އެއްގޮތަށް ދައުރުނިމެންދެން އިންތިޒާރު ކޮށްލުން ބުއްދިވެރީ. ވ.ސަލާމް

  4. އަޙްމަދު

    ރަނގަޅު! ދެން ނިކަން ބްލެކްމޭލްކޮށް އެހެން ޕާޓީގެ މިނިސްޓަރުންނާއި އެހެނިހެން ބޭފުޅުންގެ މަޤާމުތައް ގެއްލިގެންދާތަން ފެންނާނީ، މީގެ ކުރިންވެސް ވެފައި އޮތީ އެހެންކަމަށް މީހުން ވާހަކަ ދައްކާ ހަދާ، އެހެން ޕާތީތަކުގެ ބޮޑުން އެމްޑީޕީއަށް ގެންދިއައީވެސް އެހެންނޭކިޔާ.

  5. ބޯގޯސް

    ބަލަ ކަލޭމެންނައް ހާދައެއްޗެއް ނުވިސްނެއޭ ކަލޭމެންގެ ތިޔައިސްލާހަކުން ކޯލިޝަން ޕާޓީއަކައް ކުރާނެ އެއްވެސް އަސަރެއްނޯންނާނެ ކޯލިޝަން ޕާޓީން އަމަލުކުރާނީ އެޕާޓީއެއްގެ ގަވާއިދައް އެމީހުންގެ އެއްބަސްވުމުގަ އޮންނާނެ އެމީހުން އަމަލުކުރާނެގޮތް ކޯލިޝަންހަދަންޏާ ޖެހޭނީ އެމީހުންގެ ހުށަހެޅުމައް އެއްބަސްވާން އެހެންނޫނީ ކޯލިޝަންއެއްނުހެދޭނެ މިކޮމެންޓް ޖަހާލަދެއްޗޭ

  6. ކަނަމަނަ

    ބޮންޑޭގެ ގޭގެބަދިގެއައް ތިއިސްލާހު ހުށައަޅަންފެނޭ ރޯނުއެދުރު

  7. ޗީޑި

    މިދެން ހަމަ ކޯލިޝަން ރޫޅާލުން ފަދަ ކަމެއްނު.. އަމިއްލަ އެދުން ބޮޑު މަކަރުވެރި ބައެއް އެމްޑީޕީ ގައި ތިބީ. ދެން ކޯލިޝަން ޕާޓްނަރު ން އަތްޖަހާ ބާރަށް.

  8. Mahujanu

    100 ގެ އިސްލާހެއް، އަވަސްކުރޭ، އޭރުން ތިޔަ ޕާޓީއާ ކޯލިޝަން ހަދާނެ ޕާޓީތައް މެކުހައްޖަހާފަ އަންނާނީ. ހަ މަގައި މުވެސް އެކަނި ޕާޓީއަކަށް މިވީތާކު އިންތިހާބު ކާ މިޔާބުނުކުރެވޭ. ވީ މާ ރީނދޫ ބައިގަނޑު އެއްކޮށް ވުޖޫދުން ގެއްލުނީ، ވެރިކަ މުގެ ހުވަފެން އު މުރުދުވަހަށް ގެއްލުނީ. މިކަހަލަ ބުރާންތިން އެ މްޑީޕީގަ މުޅިންވެސްތިބީ. މި މީހުން ހަލާކުވާނީ މި މީހުން އަ މިއްލައަށް، އިންޝާﷲ.

  9. ސުބުޚާނަﷲ

    ސާބަހޭ އައްސަ ރިރިބަސް އަތްޖަހާ ބަލަ ކޯލިޝަނު މީހުން ވޯޓު ހޯދަން ހި ގިއި ރު ތިވާހަކަތަކެއް ނުދައްކާ މިހާ ރުމިވީ ކި ކި ކިހިނެތް ބަލަ ކަލޭމެން ނޫންތަބުނީ ގިނަ ޕާޓީ ތަކެއް އެކުވެގެ ހަދާ ކޯލިޝަނަކުން ކުޑަދުވަސް ކޮޅެއްގެ ތެ ރޭގައި މާގިނަ ރައްޔިތުނަށް މާގިނަކަންތައް ތަކެއް މާއަވަމަށް ކޮށްދެވޭނެޔޭ ކިޔާފަ ރައްޔިޔުން ގުބޯހައްދާލީ ބަލަ މިހާ ރު ތިކިޔާ ލަވަޔާ ރާގަކާ އެއްވެސް ގުޅުމެއް ނެތެއްނު ތިވީގޮޓުން ތިއީކޮން ވައްތަ ރެއްގެ އުނދުޅި ޔެއްކަމެއް ނޭގުނު ކަލޯ ބޮންޑު ވެ ރިކަން ލިބުނީމަ ބޮންޑު ބޮޑާވީ ދޯ ޔާﷲ މިވެ ރިކަމުގެނިމުން އަވަސްކޮށްދެއްވާ އަނިޔާވެ ރީންގެ ނިމުން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއަނިޔާވެ ރި ންނަށް އަނިޔާވެ ރިގޮތަކަށް ދައްކަވާށި އާމީން

  10. މުޖޫ

    މިނިސްޓަރު ކަމަށް މައުސޫމް އާއި އައިޝާ ލީމަ ކަޑަވީދޯ؟ ކެބިނެޓަކީ ރައީސްގެ އެއްޗެއް. ކެބިނެޓަށް ލާންވި މީހުންނެއް އަސާސީ ގަވާއިދަކު ނުލިޔެވޭނެ.

    39
  11. ދުންތަރި

    މެމްބަރު ހަމަހޭގަތޯ ތިހުންނެވީ އެމްޑީޕީ އަސާސީ ޤަވާޢިދަކީ އެމްޑިޕީ އެތެރޭކަންކަން ހިންގުމަށް އޮންނަ ޤަވާޢިދެއް ލާދީނީ އެމްޑީޕީޕީ މެމްބަރުންނަށް ހީވަނީ އެމްޑީޕީ އަސާސީ ޤަވާޢިދަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީކަމަށްތަ ނޫނީ ދިވެހިރާއްޖޭގައި ޤަމަލްކުރަން ފާސްކޮށްފަވާ ޤާނޫނުތައްކަމަށްތަ؟ ނޫނީ ޤައުމު ހިންގަންވާނީ އެމްޑީޕީގެ އަސާސީ ޤަވާއިދާއެއްގޮތައްކަމަށްތަ؟ އެމްޑީޕީ މީހަކު ދިވެހިރާއްޖޭގެ ވެރިކަމަށްއަޔަސް ވެރިކަމަށްއަންނަނީ ރައްޔިތުން ވޯޓުލައިގެން ރައްޔިތުންނަށް ވެރިކަންކޮށްދޭން ހުވާކުރަނީވެސް ރައްޔިތުންނަށްވެރިކަންކޮށްދޭން އެމްޑީޕީއަށް ވެރިކަންކޮށްދޭކަށްނޫން ޤައުމުގެ ވެރިޔަކު އައްޔަންކުރަނީކީ އެމްޑީޕީގެ ރައީސަކުއެމްޑީޕީމެމްބަރުން ވޯޓުލައިގެން ހޮވާފަހުރޭ އެމީހަކު ކަންކަންކުރާނީ އެމްޑީޕީގެ އަސާސީޤަވާޢިދާ އެއްގޮތަށް ޤަމާރުވިޔަސް ތިވަރު ބޮޑު ކޯލިޝަން ވެރިކަމުގަ ބައި ބަހަން އެއްބަސްވެފައިވަނީ ލިޔުމަކުން އެލިޔުމަށް ބަދަލްގެންނަންވީނު ޤަނޫނު ހަދާ މަޖިލީހަށް މިކަހަލަ ޤަމާރުން ލައިގެން ހަދާ ޤާނޫނުތައް ހުންނާޏެ ގޮތް ނިކަން ވިސްނަބަލަ

  12. އިބްރާހިމް

    އެ މްޑީޕީއަށް ނިސްބަތްވާ ވަޒީރަކު ނުބައި ތުހުމަތެއްގައި ވަޒީފާއިން ވަކިކޮށްފިނަ މަ ދެންވާނީ ކިހިނެތްތޯ؟

  13. ފާއިޒު

    ޢިޒުރޭލުންވެސް ފާސްކުރޭ މިކަހަލަ ގަރާރު. ޢިޒުރޭލުން ފާސްކުރި ޣައްޒާއަކީ އިޒްރޭލުގެ ވެރިރަށް ކަމަށް. ހެހހެ
    ތިރީގައިވާ ގޮތަށް ކަންތައް ވެެއްޖެނަމަ ބޮންޑޭ މެން ނުވަތަ އެމް ޑީ ޕީ އަށް ޤަބޫލުކުރެވޭނެބާ؟

    ޕީ ޕީ އެމް ފިޔަވައި އެހެން އެއްވެސް ބައެއްގެ ވެރިކަމެއްގައި ރާއްޖޭގެ އިޤްތިޞޯދު ދަށްވާތާ 30 ދުވަހުތެރޭ އެބައެއްގެ ވެރިކަން ޕީޕީއެމް އަށް ބަދަލުވާނެ ކަމަށާއި އެ ހިސާބުން އެ ދައުރުގެ މުއްދަތުގެ ބާކީ އޮތްބަޔާއި މަދުވެގެން އިތުރު ދެ ދައުރު ވެރިކަންކުރާނީ ޕީޕީއެމް ކަމަށް ޕީ.ޕީ.އެމް ކައުންސިލުން ފާސްކުރުން.

  14. ފައިރޫޒު

    އަދި ނިންމަންވީ ނޫންތަ. އެމް ޑީ ޕީ ހިމެނޭ ކޯލިޝަނަކަށް ވެރިކަން ލިބިއްޖެނަމަ، 2 އަހަރު ތެރޭ އެ ކޯލިޝަނުން އެހެން ޕާޓީތައް ވަކިވާން ޖެހޭނެކަަމަށް،.

  15. އަލިމަނިކު

    ދެން ކޮބާ އެމް ޑީ ޕީ ސް؛ލޮޓް ތަކުގައި ތިބެގެން ހަޑިކަންކަން ކުރާ މީހުންގެ ސްލޮޓްތައް ކުދި ޕާޓިތަކަށް ދޭންވެސް ނިންމަން ވީނު. އެއީ މައިޕާޓޯ ޒިންމާ ކުރުވަން ކުރާކަމެއްގެ ގޮތުން،

  16. މިއަދު

    ކޯލިސަނޭ ކުދިޕާޓީއޭ 50 ހާހޭ ނުކިޔާ އެމްޑީޕީއޭ ބުނެފިނަމަ މާބޮޑަށް ސާފްވާނެ