މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގުކުރާ ޓީމަށް ބޭރުގެ އިންވެސްޓިގޭޓަރެއް އަންނަ މަހުގެ އައްޔަންކުރާނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

މަރު ކޮމިޝަނުން މިފަދައިން ބުނެފައިވާއިރު ރިލްވާން ގެއްލުނުތާ މިއަދަށް 6 އަހަރު ވެފައިވުމާއި ގުޅިގެން ޓްވީޓާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހިއްސާ ކުރެއްވި ނޯޓެއްގައި ވިދާޅުވީ ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތި ކަމެއް ކަމަށެވެ.

"ހުރަސްތަކާއި ދަތިތަކާއި އެކުގައިވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއިއެކު ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓާނުލާ މި ސަރުކާރުން ކުރިޔަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ.

އެ ނޯޓު ނިންމާލައްވަމުން ރައީސް ވަނީ ރިލްވާންގެ އާއިލާއިން އެދުނު ގޮތަށް އެ މައްސަލައިގެ ތަހުގީގު ޓީމުގައި ބޭރުގެ އިންވެސްޓިގޭޓަރެއް ބައިވެރި ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

މަރު ކޮމިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ އެ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ، ޖުލައި މަހުގެ 02 ވަނަ ދުވަހު ރިލްވާން އާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ އާއިލާތަކާއި އެމަނިކުފާނާއި ބައްދަލު ކުރެއްވުމަށްފަހު ކަމަށް ވަނީ ބުނެފައެވެ.

ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އެ ކޮމިޝަނަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާއި ގުޅިގެން، ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ތެރޭގައި އެފަދަ މާހިރެއް ޢައްޔަނުކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ސޯލިހުގެ އަރިހުން އެ މައްސަލާގައި ބޭރުގެ އިންވެސްޓިގޭޓަރެއް ހިމެނުމަށް ރިލްވާންގެ އާއިލާއިން އެދިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 19ވަނަ ދުވަހު ރައީސް ސޯލިހަށް ފޮނުވި ސިޓީއެއްގައެވެ.

"މީގެ ކުރިންވެސް ސަރުކާރުގައި އަޅުގަނޑުމެން ދަންނަވަމުން އައި ވާހަކަ މަނިކުފާނުގެ އަރިހުގައި ވެސް ދަންނަވަން. ރިލްވާން އާއި ޔާމީން ރަޝީދުގެ މައްސަލަ ވަކިފަރާތަކަށް ނުޖެހި ތަހުގީގު ކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރުންނާއި އެހެނިހެން ވަސީލަތްތައް ބޭނުން ކުރައްވާ. މީގެ ކުރިން ވެސް އެހީ ފޯރު ކޮށްދިނުމަށް ތައްޔާރަށް ތިބި އެތައް ފަރާތްތަކެއް އެބަތިބި، ސަރުކާރަކަށް މިކަމެއް ނުވި ނޫންތޯ އެވެ؟" ރައީސަށް ފޮނުވި ސިޓީގައިވެއެވެ.

ރިލްވާން ގެއްލުނުތާ ހަ އަހަރު ފުރުމާ ގުޅިގެން "ރާއްޖެޓީވީ"ގެ ޕްރޮގްރާމެއްގައި ރިޟްވާންގެ ދައްތަ ޝެހެނާޒް އަދްނާން ބުނީ މިހާތަނަށް އައިއިރު، ރިލްވާނަށް އިންސާފް ލިބުނު ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ވޭތުވެދިޔަ ސަރުކާރަކީ ރިލްވާންގެ އާއިލާއަށް އަނިޔާވެރި ސަރުކާރެއް ކަމަށާއި މި ސަރުކާރުން ވެރިކަމަށް އައުމުން ރިލްވާނަށް ވީ ގޮތެއް އެނގޭނެ ކަމާމެދު ހިތުގައި އުންމީދު އާވެގެން ދިޔަ ކަމަށް އޭނާ ބުންޏެވެ. އަދި އެންމެ ބޮޑު އުންމީދެއް ކުރީ ރައީސް ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނާ އެކު ކަމަށް ޝެހެނާޒް ބުންޏެވެ.

"އެ ކުދިންގެ ނަން ބޭނުން ކުރައްވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ" ޝެހެނާޒް ބުންޏެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ރިލްވާންގެ މަންމަ އައިމިނަތު އީސާ ވަނީ ރައީސް ސޯލިހަށް ވޯޓު ދިނުމަށް މީހުން ކައިރީގައި އާދޭސް ކުރީ ރިލްވާނަށް އިންސާފު ލިބޭނެ ކަމަށް އުންމީދު ކޮށްގެން ކަމަށެވެ. އަދި ވެރިއަކަށް ވޯޓު ދިނުމަށް މީގެކުރިން ދުވަހަކުވެސް އެދިފައި ނުވާނޭ ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ??????

    1
    1
  2. ޑޯޒް

    ޢަދި އަވަސް ... 2023 ކެމްޕޭނަ މަޑު ކުރިނަމަ ދޯ؟

    10
  3. ބޯހަލާކު

    ނޮޓްއިންޓަރަސްޓަޑް (ސައުގުވެރިކަމެއްނެއް) ތީ އެންޑީޕީ ވެރިކަން ކުރުވަން އުޅޭ އާއިލާއެއް (ހަމަލާދީނީ ބައަގަނޑު)

    12
    1
    • ކަހުރަބު

      ތެދުފުޅެއް ހަމަ ލާދީނީ ބައިގަނޑެއް

  4. އަލިބެ

    ފެނުނީތަ ހެހެހެހެ

  5. އަލި

    ފެނުނީތަ ހެހެހެހެހެ

  6. ބޮރޮ

    މީހަކު ރިޒްވާނަށް ދިން ލާދީނީ އިންޓަވިޔު ހޯދާ އިންޓަވިޔު ދިން މީހާ ހައްޔަރު ކުރޭ.