އޮލިމްޕަސް ސަރަހައްދަށް އެއްވި ގިނަ އަދަދެއްގެ ބިދޭސީންތަކެއް އެ ސަރަހައްދުން ފޮނުވާލައިފިއެވެ.

އެ ސަރަހައްދަށް މިއަދު ހެނދުނު ބިދޭސީން އެއްވީ، އެމީހުން ރަށަށް ފޮނުވައި ދިނުމަށް އެދިއެވެ. އެ ބިދޭސީން އެތަނުން ފޮނުވާލީ އެސްއޯ ފުލުހުން އެ ސަރަހައްދަށް ގޮސްގެންނެވެ. ބިދޭސީން ފޮނުވާލުމުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.

ރާއްޖޭގައި 179،954 ބިދޭސީން ރަޖިސްޓަރީ ވެގެން އުޅޭ ކަމަށާއި 66،000 އަށް ވުރެ ގިނަ ބިދޭސީން ގަވާއިދާ ހިލާފަށް އުޅޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، އަބްދުﷲ ޝަމާލް ކުރިން ވަނީ ވިދާޅުވެފައެވެ. މުޅި ޖުމްލަ ގާތްގަނޑަކަށް 250،000 އެއްހާ ބިދޭސީން ރާއްޖޭގައި އުޅޭ ކަމަށްވެއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާއި ރާއްޖެ ދޫކޮށް ދާން ބޭނުންވެ ނުދެވިފައި ތިބި މީހުން ގައުމަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ބިދޭސީން ގައުމަށް ފޮނުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ހަތަރު ހާހަށްވުރެ ގިނަ މީހުން ވަނީ ގައުމަށް ފޮނުވާލާފައެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު ގިނަ ބިދޭސީން އުޅެނީ ދަތި ހާލުގައެވެ.

ބިދޭސީންނަށް މުސާރަ ނުދޭތާ އެތައް ދުވަހެއް ވުމުން މީގެ ދުވަސްތަކެއް ކުރިން ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީން މުޒާހަރާ ވެސް ކުރިއެވެ. ބައެއް މުޒާހަރާތަކުގައި ފުލުހުންނާއި ކުރިމަތިލުމާއި އާއްމުންގެ މުދަލަށް ގެއްލުން ދިނުން ފަދަ ކަންކަން ހިނގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑެރަ

    ޢެސްޓީއޯ ބޯޓްގައި އެމީހުންގެންގޮސް ބަންގާޅާ ހަވާލުކޮށްބަލަ

  2. ހަނިި

    އެޖެޑާާ19 ތަފާތުވާނެ ޣާދާގެ މީހުންއެތްވެސްކޮމެތްނުކޮށްދޭނެ ބިރުދަށްކާނި

  3. އަސްލު

    ދެން އެމީހުންނަށް ކިޔައިދީބަލަ ރަށަށްދާން ހަދަންވީގޮތެއް....

  4. އާދޭސް

    އާދޭސް ކޮށްފައި ބުނަން ގަވާޢިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ފޮނުވާލަދެއްވާ.

  5. ...

    ދެން ތިއެންމެން ރަށަށް ފޮނުވާލިނަމަ. އެއީ ޤަވާޢިދާ އެއްގޮތަށް ރާއްޖޭގައި އުޅޭ ބަޔެއްތޯވެސް ނުބަލަ ހަމަ ފަހާލީތަ.

  6. މީޒްލީ

    ދަތިޙާލެއް އަނެއް ޙާލެއް ކިޔާނެކަމެއް ނެތް، ތިޔަބުނާ ދަތިލާލުން ތިމީން ސަލާމަތް ކުރަން ހަދައިގެން މިޤައުމުގެ ރައްޔަތުންނަށް ޙަރަދުކުރަން ހުރި ފައިސާކޮޅު މިއޮތްގެން ހުސްވަނީ! ތިޔަމީހުން ދިވެހި ރައްޔަތުންގެ ފައިސާއި ހުރިހާކަމެއް ކޮއްގެން އުޅޭނެ ގޮތަކަށް އުޅެފަ ނުވި ތާކަށް މިޤައުމުގެ ސަލާމަތީ ބާރުތަކާއި ވެސް މިއޮތްގެން ކުރިމަތިލަނީ، ތިޔަ ބުނާ ބިދޭސީންނަކީ މިޤައުމުގެ ރައްޔަތުންނާއި ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް، އެކަން ވަރަށް ސާފް!