ދެ ގޯނި ހިކަނދިފަތުގެ ވެރިފަރާތް ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން މިއަދު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް އެހެން ތަކެތީގެ ވެރިފަރާތް ވެސް ހޯދަން އާއްމުންގެ އެހީއަށް އެދިފައެވެ.

ފުލުހުން ވިދާޅުވީ މިތަކެއްޗަކީ މި އޮގަސްްޓު މަހުގެ 5 ން 8 އަށް އެކި ދުވަސްމަތިން މާލޭގެ އެކި ސަރަހައްދުތަކުން، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗަކީ:

އޮގަސްޓް 5 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަރަންޓު ނަރު ގޯންޏެއް. އިންސިޑެންޓް ނަންބަރު 461956

އޮގަސްޓް 7 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ ގޯނި ހިކަނދިފަތް. އިންސިޑެންޓް ނަންބަރު 462110

އޮގަސްޓް 7 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ ފައިވާން. އިންސިޑެންޓް ނަންބަރު 462080

އޮގަސްޓް 8 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 462142

އޮގަސްޓް 8 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސޮނީ ބްރާވިއާ 50 އިންޗީގެ ޓީވީ އެއް. އިންސިޑެންޓް ނަންބަރު 462145

އޮގަސްޓް 8 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 13 ޖީންސް. އިންސިޑެންޓް ނަންބަރު 462173

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަލިބެއްޔާ

    މާލެ ތެރޭގައި ޕޭމަންޓް މަތީގައި އާއި ކަންކަން މަތީގައި ބޮންދުން ވިޔަފާރި ކުރުން ފުލުހުން ނުހުއްޓުވަނީ ކީއްވެ.. ސިޓީ ކައުންސިލަކަށް ހުއްޓުވުނީއެއް ނޫން.. ފުލުހުންނަށް ހުއްޓުވުނީއެއް ނޫން.. ޢާންމު ރައްޔިތުން ނިކުމެ ހުއްޓުވަން ވީތަ؟

    37
    1
  2. ޒުހޫ

    ތިކަހަލަ ކަންތަކަށް ސީޕީ ވަރަށް މޮޅުވާނެ

    31
  3. ފައްލަންބޭ

    ތިއީ ދެން ބޮޑުވަރު! މަރާލާފައިވާ މޙުންނާއި ގެއްލުވާލާފައިވާ މީހުން ހޯދުމުގެ ބަދަލުގައ ހިކަނދިފަތް ގޯންޏަ ކާއި ހެދި ތިއުޅެނީ

    27
  4. ބިލާލު

    އިސްލާމްދީނަށް ފުރައްސާރަކޮށް ﷲ ތަޢާލާގެ ޒާތުފުޅަށް ހަޖޫޖަހާ ކީރިތި ރަސޫލައަށް ހުތުރުގޮވާ ޤުރުއާނަށް މަލާމާތްކުރި މީހުން ހޯދަން ޢާއްމުންގެ އެހީއަށް އެދޭކަށް ނުވޭތަ؟

    37
  5. ގުއިދައިތަ

    މިހާރު ދިވެހި ފުލުހުންގެ މުއައްސަސާގެ ފެންވަރަކީ މިއީ. ޤާބިލްކަން ހުރީ މިކަހަލަ ކަންކަމުގައި އެކަނި.

    27
  6. ކާފަބޭ2020

    ހާދަބޮޑުއަމާނާތްތެރިއެކޭދޯ!

    21
  7. ޢަބޫ

    ކޮންކަހަލަ ތުހުމަތެއްގަ ބާ ހިކަނދިފަތް ގޯންޏެއް މީހެއްގެ އަތުން އަތުލަން ޖެހޭނީ.

    13
    • ޙަަލި

      ކޮންމެވެސް ކަހަލަ ފަތަކަަށް ވީމަކަންނޭގެ ދޯ .. ލޮލް

  8. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    ހިކަދިފަތް ސަރުކާރު ނާގާބިލުކަން

  9. ޖޯން

    ތިޔައީ ކަލޯމެންގެ ފެންވަރު. ދެން ނުކުމޭ މީދާމރަން.

  10. ނައްސި

    ތީ ފެންވަރު!