ގެއްލުވާލައިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލާގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައިވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އޮގަސްޓް، 2014 ގައި ރިލްވާން ގެއްލުވާލިތާ އިއްޔެ ވަނީ ހަ އަހަރުވެފައެވެ. ރިލްވާނަށް ވީގޮތެއް އަދިވެސް ސާފުވެފައި ނެތުމުން އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން މިހާތަނަށް ކުރި ތަހުގީގަށް ފަހު ބުނެފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރިލްވާން ވަގަށް ނަގައި މަރާލާފައިވާ ކަމަށެވެ.

ރިލްވާންގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް ރިލްވާންގެ އާއިލާއިން އެދުނު ގޮތަށް ރާއްޖެއިން ބޭރުން އިންވެސްޓިގޭޓަރު ގެނެސް ތަހުގީގު ޓީމުގައި ހިމެނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޓުވިޓާގައި އެމަނިކުފާނު އާންމު ކުރެއްވި ނޯޓެއްގައި ވަނީ ހުރަސްތަކާއި ދަތިތަކާއި އެކުގައި ރިލްވާން ގެއްލުނު މައްސަލައަށް އިންސާފު ހޯދައި ދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

ރައީސް އިއްޔެ ކުރެއްވި ޓްވީޓްގެ ސްކްރީންޝޮޓަކާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ފޭސްބުކްގައި ލިޔުއްވާފައިވަނީ ރިލްވާންގެ މައްސަލައިގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއްވި ކަމަށެވެ. ނަމަވެސް ދޮގާއި އޮޅުވާލުން އެއީ ސިޔާސީ ހަތިޔާރަކަށް ހެދުމުން އިތުބާރު ގެއްލުން ނޫން ކަމެއްނުވި ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

ރިލްވާން މައްސަލަ އާއި ގުޅިގެން މި ސަރުކާރުން އުފެއްދި މަރުކޮމިޝަނުން، އެތައް ތަހުގީގުތަކެއް ކުރިއަށް ގެންދިއުމަށް ފަހު އެކުލަވާލި ރިޕޯޓުގަ ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ވަގަށް ނަގައިގެން ކަނޑު އުޅަނދަކަށް އަރުވައިގެން ގެންގޮސް ކަނޑު ފައްތާފައިވާކަމަށެވެ. އޭނާގެ އާއިލާ އިން ވަނީ މިހެން މިކަން ވެފައި އޮތް ނަމަވެސް އެކަން ކުރި ބަޔަކުވެސް ހޯދަން އެބަޖެހޭ ކަމަށް ބުނެފައެވެ.

މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ރިލްވާން އަދި ބްލޮގަރ ޔާމީން ރަޝީދަށް އިންސާފު ހޯދައިދޭނެ ކަމަށް ވަނީ ވައުދު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙަސަން

    މިރާއްޖޭގައި އަނިޔާވެރިކޮށް މަރާލީ ރިލްވާނާ ޔާމީން ރަޝީދު އެކަނިހެއްޔެވެ؟ ރޭގަނޑު އިރާކޮޅު މާލޭގައި އެންމެ ކާރޫބާރޫބޮޑުގަޑީގައި ލިޓަސް ގަރާޖުގައި ސީސީ ކެމެރާ ކުރިމަތީގައި އެތައްތަނަކަށް ވަޅިހަރައި މަރާލި އަނަސްގެ ވާހަކަ ކަމާބެހޭ ފަރާތްތަކުން ނުދައްކަނީ އެއީ ރާއްޖެތެރޭ ނިކަމެތި މީހެއްގެ ދަރިއެއްވީމަ ހެއްޔެވެ؟ ފާޅުގައި އެފަދަ ބޮޑު ޖަރީމާ ހިންގި މީހުންނަށް އަދަބު ލިބެންޖެހޭނެނޫންހެއްޔެވ؟

    34
  2. ބޭކާރު

    ރިޒްވާނު މިނިވަންނޫހުގަ ޖެހި ކަމަށް ބުނާ ލިއުމާއި،އެލިއުން އައިރިސްޓައިމް ގަޖެހުމުން އެލިއުމާދެކޮޅަށް ނަސީދު ނެރުނު ނޫސްބަޔާނާ މިތަކެތި މަރުކޮމިސަނުން ހޯދީމަ ކުރިޔަށްދާނެ ރިޒްވާން ގެއްލުނީވެސް ނަސީދު ބަޔާން ނެރުނީވެސް 2014 އޯގަސްޓް މަހު18 ގެ ކުރީ ތާރީހެއްގަ

    18
  3. މާދަން، އިންސާފުލިބޭނެ

    ކޮންމެ މަރަކީ އޭގެ ޙަޤީޤަށް ހޯދޭނެ މަރެއްވެސް ނޫނެވެ. އަދި ކިއެއްތަ، އެކަން ކުރިބަޔަކަށް ޢަދަބުވެސް ނުލިބި ހިނގައިދާނެއެވެ. ދެން އެހެންކިޔާ، ދައުލަތުގެ ލާރިތައް އެކަމަށް ހުސްކުރުމެއް ނެތެވެ.

    16
    2
  4. ނ

    އުމަރު އެވިދާޅުވީ ތެދު ދައުވާވެސް ކުރި މިސަރުކާރުން އިސްތިއުނާފު ނުކުރީ ކީއްވެ؟
    މި ސަރުކާރު އައިފަހުން ކިތައްމީހުންގެއްލިއްޖެ
    މިދިޔަ މަހުވެސް ދެމީހުން ގެއްލުނު
    ޢެވެސް ދިވެހިރައްޔިތުން. ނޫސްވެރިންނަށް
    ނުވާތީ އަޑު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އުފުލާނެ މީހަކުނެތް
    މިކަންބަލާނީ ކޮންބައެއް...

    21
    1
  5. ޑިމްކޮރަޓިކްޕާތީޖަގަހައިން

    ސާބަހެ އުމަރު، ޑރ. އަފުރާޝީމް އަވަހާރަކޮށްލަން ރާވާ ޚަރަދު ކުރިމީހުންވެސް ހޯދަންޖެހޭ

    25
    2
  6. ހިތާމަ ވެރިއެއް

    ކަނޑު ފެއްތިކަން ތަހުގީގުން ކޮމިޓީއަށް އެގެންޏާ ފެއްތި ހިސާބު ވެސް އެނގޭނެ.

  7. އަބުދުބޭ ކާށިދޫ

    އަނެއްކާ އިންތިހާބް ކައިރިވީވަރަކައް ތިޔަ ކަހަލަގެ ވައުދް ތައް ފެންމަތިވާނެ މިހާރުވެސް އެބުނަނީނު ކެންޕޭން ތަކުގައި ދައްކާ ވާހަކަ ނުޖެނޭނޭ ފުއްދާކައް ވީމާ މިހާރު އެންމެންނައްވެސް އެބަ އެނގޭ ޖަމަލް ފޮޑިއޭ މީހުން ބުނެއުޅޭބީދައިން ކުރާ ޓުވީތެއްކަން މުޅިސަރުކާރ ހިންގަނީ ޓުވިޓާ އެކައުންޓުން މީބޮޑުވަރު ހުރިހާ ފައިދާއެއް ޓުވިޓާއައް ރައްޔަތުން ބަޑައް ވެރިން ރައްޔިތުން އަޅުވެތިކޮއް ނަގާ ނަމުގަ ޖީއެސްޓީ އަސްލް ޖިޒީ ގެ ރުފިޔާއިން ފިނިކުރިކާރުތަކުގައި ފިނިކުރި ކޮޓަރިތަކުގައި ފިނިކުރި ސިޓިންރޫމް ގައި ސިހާބް ވިދާޅުވާހެން އައިސްކުރިމް ހިއްޕަވަން

  8. ކަމަނަ

    ޑރ އަފްރާޝިމް، އެހަށްދުވަހު އަލިފުއަތޮޅަށް ދަތުރުކުރި ދޯންޏެއްގައިއިން ޒުވަން ސޮރަކު އަދިވެސް ނުފެނެއި އޭނަނުފެނޭތީ ޢާއިލާކުރާހިތާމަ، ކޮވިޑޭކިޔައިގެން މަރުވެދިޔަ މާބަނޑުމީހުންގެ ޙަޤީގަތް ހޯދަންވީނު

  9. ޭއެދުރުބެ

    ޜިޟްވާނަކީ އާދަޔާ ހިލާފް މީހަކީތަ؟
    ރިޟްވާނަކީ މާލޭގެ މުންސަންޖެއްގެ ދަރިއެއްތަ؟
    ޜިޟްވާން ގެއްލިުނު ގޮތައް ގެއްލުނު ކިތައް މީހުންވެއްޖެ؟ކީއްވެ އެމީހުންގެ ވާހަކަ ނުދައްކަނީ؟
    ޤާނޫނު އަސާސީ ކުރިމަތީގައި ރިޟްވާނެކޭ ކާސިމެކޭ ޔޫސުޕުކޭ ތޯހިރާއެކޭ ވާނީ ހަމަހަމަ؟
    ޜިޟްވާނުގެ ނަން ނޫސްތސކުގެ ފަލަ ސުރުހީއަށް އެރަނީ ކީއްވެ؟
    މުންސަންޖެކޭ ފަގީރެކޭ ވާނީ ހަމަހަމަ؟
    ރައްޔިތުންނަށް. ތިލަފަތް ހަމަހަމަ ވާނެކަމަށް ދައްކަނީ ކީއްވެ.