އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓްގެ މަޤާމަށް ކާނަލް މުޙައްމަދު މުޚުތާރު މިއަދު އައްޔަން ކޮށްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މުޚުތާރު އެ މަގާމަށް އައްޔަންކޮށްފައި ވަޏީ އެކަމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއް ކަމަށެވެ.

އޭނާއާ އެ މަގާމު ޙަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މުޚުތާރު ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓް ކަމަށް އައްޔަން ކުރައްވާފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ކާނަލް ޢަބްދުﷲ އިބްރާހީމް ދިގުމުއްދަތަކަށް ރާއްޖެއިން ބޭރު ކޯހަކަށް ފުރާވަޑައިގެންނެވުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒާ

    މަރުޙަބާ ބްރަދާ

  2. ނަައީމް

    އިންޑިއާގެ ނޭވީން ރާއްޖޭގާ މަސައްކަތްކުރަން ފަށައިފި މަލިކުރައްޔިތުންނަށްވީހެން ދިވެހިންނަށްވުންވަރަށްގާތް

  3. ނުވިސްނޭ ރައްޔިތުމީހާ

    މީ ހަމަ ބޮލެއް. ހަވާލުކުރާނެ މަޤާމެއް ނެތިފަ ހުރި ނާޤާބިލް މީހެއް. ކުރާނެ ކަމެއް ނެތިގެން މީނާގެ ކަމަކަށް އޮންނަނީ މީހުންނަށް މަލާމާތް ކުރުމާއި ފުރައްސާރަކުރުން.

    1
    2
  4. ލާސާނީ

    މަރުހަބާ މުހްތާރު.