އދ. މަހިބަދޫން މާލެ ގެނައި މީހެއްގެ ފުރަތަަމަ ސުންކު (ސާމްޕަލް) ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެރަށުން މާލެ ގެންދިޔަ އުމުރުން 65 އަހަރުން މަތީގެ މީހެކެވެ

މަހިބަދޫ ހޮސްޕިޓަލްގެ މެނޭޖަރ ބުންޔާމީން ހަސަން "ވަގުތު"އަށް ވިދާޅުވީ، އެ މީހާ ގެންދިޔައީ އޭޑިކޭއަށް ކަމަށާއި، އޭޑިކޭއިން ހެދި ފުރަތަމަ ކޮވިޑް-19 ޓެސްޓުން އޭނާ އެ ބައްޔަށް ފައްސިވެފައިވާ ކަމަށެވެ. އަދި އެ މީހާގެ ދެވަނަ ސުންކު މިއަދު ފަތިހު ނަގާފައިވާއިރު، އެ ސުންކުގެ ނަތީޖާ އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މީހާއަކީ އެއްވެސް ޓްރެވެލް ހިސްޓްރީއެެއް އޮތް މީހެއް ނޫނެވެ. އެހެން ކަމުން އެ މީހާ ކޮވިޑް-19 އަށް ފައްސިކަން ކަށަވަރު ކުރުމަށް ދެވަނަ ސުންކު ނަގާނެއެވެ. އަދި ކޮވިޑް-19 ބަލި ޖެހިފައިވާ މީހެއް ކަަމަށް ކަނޑައަޅާނީ އެ ޓެސްޓުގެ ނަތީޖާ ފައްސިވުމުންނެވެ.

ރާއްޖެއިން މިހާަތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، 4,898 މީހެކެވެ. މީގެ ތެރެއިން 2,112 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން 129 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

ކިޔުންތެރިންގެ ހިޔާލު