ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޝްވަރާ ދިނުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު ދާދިފަހުން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީ އަށް ވަޑައިގެން ރާއްޖޭގެ ސިއްހީ ނިޒާމުގައި އިމާރާތްތައް ކިތަންމެ ވަރަކަށް އިތުރުވި ނަމަވެސް ހިދުމަތާއި ވަސީލަތުގެ ގޮތުން ސިއްހީ ދާއިރާ ކުރި ނާރާ ކަމަށް ހެލްތު މިނިސްޓްރީގައި މީގެ ކުރިން މަސައްކަތް ކުރެއްވި ޑޮކްޓަރުންތަކަކާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންތަކެއް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކީ އަބަދު ސަރުކާރަށް ތާއީދުކުރާ ފަރާތްތައް ނޫން ކަމަށެވެ. އެކި ހިޔާލުގެ އެކި ބާވަތުގެ ބޭފުޅުން މަޖިލީހަށް ވަޑައިގެން މަޝްވަރާ ދެއްވުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ސިއްހީ ނިޒާމާއި މެދު ޑޮކްޓަރުންގެ ހުރި ކަންބޮޑުވުންތައް ވަނީ ބަންޑުން ކޮށްލާފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ޑޮކްޓަރުން ވަނީ މުޅި ސިއްހީ ނިޒާމާއި މެދު ވަރަށް ބޮޑަށް މާޔޫސްވާ ކަންތައްތައް ހުރިކަން ޑޮކްޓަރުން ވަނީ ފާހަގަކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ޑރ. އިސްހާގު ޝަފީގު ވިދާޅުވީ ސިއްހީ ދާއިރާގައި ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި، ސިއްހީ ދާއިރާ އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ފަހަތަށް ކަމަށެވެ.

"އާ ސަރުކާރެއް އައުމާއި އެކު މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރިން. ނަމަވެސް ފެންނަނީ އެއްދުވަހުން އަނެއް ދުވަހަށް ފަހަތަށް ދާތަން. އަޅުުގަނޑުމެންގެ މައިގަނޑު މަގްސަދަކީ އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްގެން ވެސް ރައްޔިތުންނަށް މިހާރަށް ވުރެ ރަނގަޅު ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުން." އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ޑރ. ހަފީޒާ އަލީ ވަނީ ސިއްހީ ދާއިރާ ރަނގަޅަށް މަސައްކަތް ކުރަން ބޭނުންވާ މަޤާމުތައް ނެތުމުން އެކަމާއި ކަންބޮޑުވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ފަދަ މަޤާމުތައް ނެތި އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ މަޤާމުތައް ނެތުމުން ސިއްހީ ދާއިރާ ފަންކްޝަން ކުރަން ދަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ލީޑަރޝިޕްގެ ގިނަ މަޤާމުތައް ހުރީ ހުސްކޮށް، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްގެ މަޤާމު، މި މަޤާމަކީ އިންޓަރނޭޝަލް ފެންވަރުގައި މިިނިސްޓަރަކު ހުރި ނަމަވެސް ހުންނަ މަޤާމެއް. މި ސަރުކާރުގައި އެ މަޤާމު ނެތްތަނުގައި އެ ފަންގްޝަންވެސް ނުވެ. އެ މަޤާމުގައި ހުންނަން ޖެހެނީ ސްޕެޝަލައިޒްޑް ޑޮކްޓަރެއް." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހެލްތް މިިނިސްޓަރ ސަރުކާރުގެ އެގްޒެކިއުޓިވް ބޭފުޅުންގެ ބައްދަލުވުންތައް ނުބާއްވާ ކަމަށާ ސިޔާސީ މަޤާމުތަކާއި 2 މަހުން އެއް މަހު ވެސް ބައްދަލު ނުކުރައްވާ ކަަމަށް އޭނާ ވިދާޅުވިއެވެ. މަޝްވަރާ ނުކޮށް ކަންކަން ނިންމުމާއި ނުފޫޒު ބޭނުންކޮށްގެން ސިއްހީ ވަސީލަތްތައް ހޯދުން ފަދަ މައްސަލަަތައް ވެސް ދިމާވާކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޑޮކްޓަރުން ވަނީ ސިއްހީ ގޮތުން ދިމާވާ މައްސަލަތައް އެކަށީގެންވާ ގޮތުގައި ތަހުގީގުވެސް ނުކުރާކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބަލާޔާހަމަ

    މިކަލޭގެ އަބަދުވެސް އިންނަނީ އެއްޗެއް ބޮއިގެންހެންވަރައްހީވޭ.....މިއީ ދިވެހިންނަށް ޖެހިފައި ހުރި ބޮޑުވެގެންވާ މުސީބާތެކެވެ. މިބަލާ ވެރި ކަމުން ދިވެހިން މިންޖުކުރައްވާށި. އާމީން

  2. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    ކޮންމެ އެއްޗެކޭ ކިޔަސް ރައްޔިތުން މި އަނިޔާވެރި ރައްޔިތުން ފެލާ ސަރުކާރަށްވުރެ ރައްޔިތުން ލޯބިވަނީ ރައީސް ޔާމީންދެކެ.. މި ސަރުކާރުގެ ނާގާބިލުކަން އެއީ ރައީސް ޔާމީން މައްސަލައެއް ނޫން

    7
    1
    • ކަލޭޔާ

      ތިޔަ ހީވާ ގޮތް މިއަދު ޔާމިނު ހުއްޓަސް ކިޔާނެ އެއްޗިހި މަދެއް ނުވާނެ.. ރައްޔިތުން ހިތެއް ނުފުރޭނެ ބަހާފަ ނުދެންޏަކާ އެއިރެއްގަ ހުންނަ ރައިސަކު.. ފަހަރުވަ ލާބަލަ

    • ކަލޭޔާ

      އޭ ގޭދޮށު ފަހަރުވަ ފެކުޓުރީ ކޮންމެ ސަރުކާރަކުން ވެސް ހަމަ ރައްޔިތުން ފެލާ ކަމައް ބުނަނީ. ތިޔަ ކަލޭމެން އެންމެން ހިތް އުފާވާ ސަރުކާރެއް ނިކަން ގެނެސް ބަލަ ތަން ފަސާދަ ނުކޮއް.. މީގެން އިނގެނީ ރައްޔިތުން ގެ ހިތް ނުފުރޭކަން. މަ ހުންނާނީ ކައިގެން އިރާދަ ކުރެއްވިއްޔާ ކޮންމެ މީހަކު ވެރިކަން ކުރިޔަސް. ވިސްނާލާފަ ސިޔާސީ ވުން ދޫކޮއްލާފަ އަމާން ކަން ގެނެސްދީބަލަ މި ދިވެހި ރާއްޖެއައް.. މި ވަކި ދިވެއްސެއްގެ ފަސްގަނޑެއް ނޫނޭ.

  3. ޙަސަނާ

    ކޮބާ ބޮޑުތަނުން ބޮޑުމަންޒަރު ފެންނަމުންދަނީ ވެރިކަމައް އައީ އެންނެ ބޭނުމަކު އެއީ ބަދަލުހިފުން އެކަންކިތަންމެހާވެސްފުރިހަމަ އަކައް އެބަކުރޭ އަރުންފައިންކަމެއްނުކޮއް 7 އަހަރު މަގުމަތީ އުޅެފަ އެއާ ވާވަރައްބަދަލުގެގޮތުގެ ފައިސާ ދަމަެިގަނެގެން މަގުމަތީ އުޅުނު ސޮރުތަކާ މަންޖެތަކައް މަތީ މަގާމު ދީގެން މުސާރަ ދެމެން ދަނީ 2008 ގަ ވެސް ވެރިކަމައް އައިސް ސިއްހީ ހިދުމަތުގެ ފެންވަރު ދައްކޮއްލިސަރުކާރު ކުންފުނިތައް އިދަޖައްސާލި ބައެއް ދެންބޭނުންވަނީ ދިވެހިން ބިކަކޮއްލަން ދިވެހިން ހޭވަރިކަންވާއިރު ހުންނާނީ ވާނެ ހައެތިވެ ނިމިފަ..

  4. ކަނަމަނަ

    ތިތާގަ މިހާރުއެނުންކަމެއްކުރޭތަ ސަރުކާރުޖަވާބުދާރީ ކުރާނަމުގަ ސަރުކާރައްޖެއްސުންކުރުން ތިތާއޮތީ

  5. ބޭޗާރާ

    މަޖިލީހަކީ މަޖިލީހުގައި ތިބި ބަޔަކު ހިތަށް އަރާއިރަށް ހިތުހުރި ކަމެއް ކުރަން ގާނޫނުއަސާސީ މަތިކޮށްފައި އޮތް ތަނެއް ނޫން. މަޖިލީހުގެ ރައީސަކަށްވެސް ހިތުހުރި ކަމެއް ނުކުރެވޭނެ. މިހާރު މަޖިލިސް ތިހިންގަނީ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ބޭރުން.

  6. ޙހހހ

    ހެެހެ ވާންއުޅެ ނުވި ބުއްޅަ ، ތިޔަހީކުރަނީ ހަމަ މީ ބަރުލަމާނީ ކަމަށްތޯ ، މަނިކުފާނު ހީނުކުރައްވައްޗޭ ، މަނިކުފާނާ މަސްވަރާކުރަން ބަޔަކު އުޅުއްވާކަމަށް ، މިޤައުމުގެ ރައީސެއް އެބަހުންނެވިއޭ ރައްޔިތުން ހޮވާފަހުރި ، ތީ ހަމައެކަނި ވަކި ދާއިރާއެއް ތަމްސީލް ކުރައްވާ މެމްބަރެއް

  7. އަބުދުބޭ ކާށިދޫ

    އަންސަން ސޫކީ ްއބިދާޅުބަނީ ހަމަރަގނޅުވާހަކައެއް ސަރުކާރު ޖަވާބްދާރީ ކުރެވެންޖެހޭނެ

    3
    1
  8. އަބްދޫ

    މަސްވަރާގެ ވާޙަކަ ނުދަްކާ ނޭގުނީމަ އެގޭބަޔަކާ ހަވާލުކޮށް އިސްތިއުފާދީ މިހާޜު މިގައުމުގާތިބި އެންމެ ތަންދޮރު ނޭގޭ މީހުންގެ ސަބަބުން ގައުމު ހަލާކުވެްޖެ