ވެރިކަމަށް އައުމަށް ކޯލިޝަން ޕާޓްނަރުންނާއި އެކުގައިވެވޭ އެއްބަސްވުމަކާއި ސިޔާސީ ޕާޓީއެއްގެ އަސާސީ ގަވާއިދަކީ މުޅިން ދެ އެއްޗެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނާއިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.
ސައުދު މިފަދައިން ވިދާޅުވެފައި މިވަނީ ކޯލިޝަނެއްގެ ތެރެއިން އެމްޑީޕީ ވެރިކަމަށް އައި ނަމަވެސް މަގާމުން ވަކިކުރާ ވަޒީރެއް ނުވަތަ ކުންފުންޏެއްގެ ވެރިއެއް ނަމަވެސް އަލުން އެ މަގާމުން ވަކި ޕާޓީއަކަށް ނުދެވޭނެ ގޮތަށް އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހެއް ހުށަހެޅުމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ނިންމާފައި ވަނިކޮށެވެ.
ސައުދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ވެރިކަމަށް އަންނަ ޕާޓީތަކުން ހަދާ ކޯލިޝަން އެއްބަސްވުމާއި ޕާޓީތަކުގެ އަސާސީ ގަވާއިދަކީ ގުޅުމެއް ނެތް ދެ ކަމެއް ކަމަށެވެ. ޕާޓީއެއްގެ އަސާސީ ގަވާއިދަށް ގެންނަ ބަދަލަކުން ކޯލިޝަނެއްގެ އެއްބަސްވުމަށް ބަދަލެއް ނާންނާނެ ކަމަށް ސައުދު ވިދާޅުވިއެވެ.
Verikamah annan party thakun hadhaa coalition ehbasvumaa party thakuge asaasy gavaaidhaa ey mulhin dhe ehchehkan Neyngeymeehun ulheybaa? pic.twitter.com/FjIzaZqKEp
— Ahmed Saud (@ammadaysaud) August 9, 2020
އެ އިސްލާހުގައި ވަނީ އެމްޑީޕީ ގެ ކެންޑިޑޭޓެއް ގެ ވެރިކަމެއްގައި އެކުލަވާލާ، ކޯލިސަން ސަރުކާރެއް ގެ ވަޒީރެއްގެ މައްޗަށް ކޮރަޕްސަނާއި ޖިންސީ ފުރައްސާރައިގެ އަދި މި ނޫން ތުހުމަތެއްގައި ވަޒީރަކު ވަކި ކޮއްފިނަމަ ކޯލިޝަންގެ ސްލޮޓު ގެއްލިގެން ދާނެ ކަމަށެވެ.
އެފަދަ ވުޒާރާއެއްގެ ވަޒީރަކަށް އައްޔަން ކުރަންވާނީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި މަދުވެގެން ފަންސާސް ހާސް މެމްބަރުން ހަމަވާ ޕާޓީ އަކަށް ނިސްބަތްވާ މެމްބަރެއްގެ ނަން ކަމަށްވެސް ބޮންޑޭގެ އިސްލާހުގައި ބުނެފައިވެއެވެ.
އިސްލާހު ހުށަހަޅާ ސަބަބެއް ކަމަށް ބޮންޑޭ ވިދާޅުވީ ކޯލިޝަން ޒިންމާދާރު ކުރުވުމާއި ކޮރަޕްޝަނާ ފަސާދަ އަދި ޖިންސީ ފުރައްސާރަ ހުއްޓުވުން ކަމަށެވެ. މީގެއިތުރުން މަދު މީހުން ހިމެނޭ ޕާޓީ ތަކުގެ ބަދަލުގައި ގިނަ މެމްބަރުން ހިމެނޭ ޕާޓީ ތަކުގެ ބައިވެރިވުން އިތުރުކޮށް ޑިމޮކްރަސީ ހަރުދަނާ ކުރުމަކީ ވެސް އިސްލާހު ހުށަހަޅާ ސަބަބެއް ކަމަށްވެސް ވިދާޅުވިއެވެ.
މި އިސްލާހާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް "ވަގުތު" އިން ބޮންޑޭ އަށް އިއްޔެ ގުޅާލުމުން ވިދާޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި އެއް އަހަރު ދުވަސް ވަންދެން އެއްވެސް މަސައްކަތެއް ނުކޮށް ހުރުމަށްފަހު ބައެއް ވަޒީރުން އިސްތިއުފާ ދެއްވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރާ ދިމާލަށް ރައްޔިތުން އިނގިލި ދިއްކުރަމުން އަންނަ ކަމަށާއި ބައެއް ހާލަތްތަކުގައި ކުރެވޭ ބޮޑެތި ތުހުމަތުތަކެއްގެ ސަބަބުން ވަޒީރަކު ނުވަތަ ކުންފުންޏެއްގެ ވެރިއަކު މަގާމުން ވަކިކުރާއިރު އަނެއްކާ އެ މަގާމަށް ކުރިންވެސް ދިން ޕާޓީއަށް އެ މަގާމު ދޭތަން ފެންނަ ކަމަށެވެ.
ވަގުންގެ ކިއްލާއިން އަސާސީ ގަވައިދު ބަދަލުކުރިއަސް
ކޯލިޝަން އެއްބަސްވުން ދަމހައްޓަން މަޖުބޫރެވެ.
ސަައުދު ތިއީ ބޮޑު ގޭމެއް. ޖޭޕީއަށް މިނިސްޓަރު ކަމެއް ނުދޭނެ. ކަނާތުންދީފައި ވާއަތުން ވަގަށް ނަގާނެ. މީ އެކަހަލަ ބައެއް. މައުސޫމަށް އެމްބެސެޑަރކަން ވެސް ދެން ނުލިބޭނެ
މިޢީ ބައިބަހާލައިގެން ކުރާ ވިޔަފާރިއެއް ، ވެރިކަ މެއް ނޫން
ސިޔާސީ ޕާޓީއެއްގެ އަސާސީ ޤަވާޢިދަށް އިސްލާޙެއް ގެންނަން ހުށަހެޅުމުން ތެޅިފޮޅިގަންނަނީޔޯ؟ ކޯޅޭޝަނަކީ ރާއްޖޭގައި މިއޮތް ރިޔާސީ ނިޒާމް ދަންނަކަމެއްތަ؟