ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަރު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ މެންބަރުކަމުގެ މަޤާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރުން އައްޔަނު ކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 16، 17 އަދި 18 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓު www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރަސަތު ހުޅުވާލާފައިވާއިރު އެ ކޮމިޝަނުގައި ތިއްބެވި މެންބަރުން މަގާމުން ވަކި ކުރެއްވުމަށް މަޖިލީހުގެ ކޮމެޓީން ނިންމުމުން ބައެއް މެންބަރުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވީ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސްގެ މަގާމުން އައިމިނަތު އީނާސާއި ކޮމިޝަންގެ މެންބަރު އައިޝަތު އަފްރީން އަދި ކޮމިޝަނުގެ މެންބަރު މޫސާ އަލީ ކަލޭފާނެވެ.

އިސްތިއުފާ ނުދެއްވުމުން އެ ކޮމިޝަނުގެ ނާއިބު ރައީސް މުހައްމަދު ޒާހިދު ވަނީ މަގާމުން ވަކި ކުރައްވާފައެވެ. މަގާމުން ވަކި ނުކޮށް ނުވަތަ އިސްތިއުފާ ވެސް ނުދެއްވާ ހުންނެވީ ނައިވީން އަބްދުﷲއެވެ. އޭނާ ވެސް މަގާމުގެ މުއްދަތު ހަމަވަނީއެވެ.