22:57

އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި، ފަރުވާ ދެމުން ގެންދަނީ ވެންޓިލޭޓަރުގައި ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފި.

 

22:16

އައިޖީއެމްއެޗްގެ ދެ ލެބޯޓްރީ ޓެކްނީޝަނުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

22:05

ރާއްޖެ އިން އިތުރު 116 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

17:23

އައްޑޫ ސިޓީ ހިތަދޫގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19 އަށް ފައްސިވެފައިވާ ބިދޭސީ މިހާއާއި މިހާތަނަށް 24 މީހަކު ކޮންޓެކްޓްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ.

16:43

ކ. ގިރިފުށީގައި ތިބި ސިފައިންތަކެއް ކޮވިޑް-19 އަށް ފައްސިވެ، އެރަށް ކަރަންޓީންކޮށްފި.

16:24

ނިމިގެން ދިޔަ ޖުލައި މަހުގެ ފަހު ދެ ހަފްތާގެ ތެރޭގައި އެމެރިކާއިން 97,000 އަށްވުރެ ގިނަ ކުޑަ ކުދިން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ރިޕޯޓަކުން ދައްކައިފި.

15:00

ސަރުކާރުގެ ފަރާތުން އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާއަށް، 1 ޑިސެންބަރު 2019 ގެ ފަހުން، ވަޒީފާއަށް އަސަރު ކޮށްފައިވާ ފަރާތްތަށް ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ.

14:59

ލ. ގަމުން ކޮވިޑް-19 އަށް ދެ މީހަކު ފައްސިވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި.

12:02

އައްޑޫ ސިޓީ ހިތަދޫ މޮނިޓަރިން އުވާލައިފި.

11:34

ރާއްޖޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުންދާތީ މާލެ ސަރަހައްދުގައި މާސްކް އެޅުން މަޖުބޫރުކޮށްފައި ވިޔަސް ބޭރު ތެރޭގައި މާސްކް ނާޅައި، އުޅޭ ނަމަ، ފުރަބަންދަކަށް އަލުން ދާން ޖެހިދާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ.

10:25

ޕާޕަރު ކެއުމުން ކޮވިޑް-19 އިން ސަލާމަތްވާ ކަމަށް ބުނި އިންޑިއާގެ މިނިސްޓަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

10:18

ކޮވިޑް-19 އަށް ވެކްސިނެއް ހޯދައި، ގިނަ ރައްޔިތުންނަށް ވެކްސިންދީ އަންނަ އަހަރު މުއްސަނދި ގައުމުތަކުން ކޮވިޑް-19 އިން ސަލާމަތްވެ، އިޤުތިޞާދީ ދަތިތަކުން އަރައިގަންނާނެ ކަމަށް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ދެމެހެއްޓި އެމެރިކާގެ ބިލިއަނަރު ބިލް ގޭޓްސް ވިދާޅުވެއްޖެ.

09:59

އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުން މިއަދު ކޮވިޑް-19 ޖެހިގެން ރެކޯޑް މިންވަރަކަށް މިއަދު މީހުން މަރުވެއްޖެ. މިއަދު ވިކްޓޯރިއާ އިން 19 މީހަކު ވަނީ މަރުވެފައި. މިއަދަކީ ކޮވިޑް-19 ޖެހިގެން ވިކްޓޯރިއާ އިން އެންމެ ގިނަ މީހުން މަރުވި ދުވަސް. މިއަދު ވިކްޓޯރިއާ އިން އިތުރު 322 މީހަކު ކޮވިޑް-19 އަށް ފައްސިވި ދުވަސް. މިއަދަކީ ޖުލައި މަހުގެ 29 ވަނަ ދުވަހަށް ފަހު ވިކްޓޯރިއާ އިން އެންމެ މަދުން މީހުން ފައްސިވި ދުވަސް.

މިހާތަނަށް ވިކްޓޯރިއާ އިން 14,981 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 229 މީހަކު ވަނީ މަރުވެފައި. އޮސްޓްރޭލިއާ އިން މިހާތަނަށް 21,000 މީހަކު ކޮވިޑް-19 އަށް ފައްސިވެ 313 މީހަކު މަރުވެފައިވޭ.

08:35

ކޮވިޑް-19 ކޮންޓްރޯލް ކުރަން އެމެރިކާ ސަރުކާރުން އިއުލާން ކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާއްމުންގެ ގިނަ މީހުން ސަމާލުކަން ނުދޭ ކަމަށާއި އެހެންކަމުން އަދިވެސް އެމެރިކާގެ ހާލަތު ވަރަށް ބޮޑަށް ނުރައްކާ ވެދާނެ ކަމަށް އިންފެކްޝަސް ޑިސީސްގެ ތަޖުރިބާކާރު އެންތަނީ ފައުޗީ ވިދާޅުވެއްޖެ.

06:23

05:33

05:01

04:57

އިންޑިއާ އިން އިތުރު 62117 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1013 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2214137 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 44466 މީހަކު ވަނީ މަރުވެފައި.

04:57

އެމެރިކާއިން އިތުރު 46727 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 493 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 5198322 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 165576 މީހަކު ވަނީ މަރުވެފައި.

04:57

ބްރެޒިލް އިން އިތުރު 22213 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 593 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 3035582 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 101136 މީހަކު ވަނީ މަރުވެފައި.

04:56

ކޮލަމްބިއާ އިން އިތުރު 10611 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 302 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 387481 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 12842 މީހަކު ވަނީ މަރުވެފައި.

04:56

ދެކުނު އެފްރިކާ އިން އިތުރު 6671 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 198 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 559859 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10408 މީހަކު ވަނީ މަރުވެފައި.

04:56

މެކްސިކޯ އިން އިތުރު 6495 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 695 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 475902 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 52006 މީހަކު ވަނީ މަރުވެފައި.

04:55

ރަޝިޔާ އިން އިތުރު 5189 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 77 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 887536 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 14931 މީހަކު ވަނީ މަރުވެފައި.

04:55

އާޖެންޓީނާ އިން އިތުރު 4688 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 83 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 246499 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4606 މީހަކު ވަނީ މަރުވެފައި.

04:55

ފިލިޕީންސުން އިތުރު 3028 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 61 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 129913 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2270 މީހަކު ވަނީ މަރުވެފައި.

04:55

އިރާގުން އިތުރު 2726 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 82 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 150115 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5392 މީހަކު ވަނީ މަރުވެފައި.

04:55

ބަންގްލަދޭޝް އިން އިތުރު 2487 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 34 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 257600 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3399 މީހަކު ވަނީ މަރުވެފައި.

04:54

ޗިލީން އިތުރު 2033 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 66 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 373056 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10077 މީހަކު ވަނީ މަރުވެފައި.

04:54

އީރާނުން އިތުރު 2020 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 163 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 326712 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 18427 މީހަކު ވަނީ މަރުވެފައި.

04:54

އިންޑޮނީޝިއާ އިން އިތުރު 1893 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 65 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 125396 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5723 މީހަކު ވަނީ މަރުވެފައި.

04:54

ސައުދީ އަރަބިއްޔާ އިން އިތުރު 1428 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 37 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 288690 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3167 މީހަކު ވަނީ މަރުވެފައި.

04:54

ޖަޕާނުން އިތުރު 1344 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 46783 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1040 މީހަކު ވަނީ މަރުވެފައި.

04:53

މޮރޮކޯ އިން އިތުރު 1230 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 18 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 33237 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 498 މީހަކު ވަނީ މަރުވެފައި.

04:53

ޔޫކްރޭނުން އިތުރު 1199 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 18 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 80949 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1897 މީހަކު ވަނީ މަރުވެފައި.

04:53

ތުރުކީން އިތުރު 1182 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 15 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 240804 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5844 މީހަކު ވަނީ މަރުވެފައި.

04:53

ބޮލީވިއާ އިން އިތުރު 1164 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 63 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 89055 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3587 މީހަކު ވަނީ މަރުވެފައި.

04:53

ރޯމޭނިއާ އިން އިތުރު 1145 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 41 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 61768 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2700 މީހަކު ވަނީ މަރުވެފައި.

04:52

އިނގިރޭސިވިލާތުން އިތުރު 1062 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 8 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 310825 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 46574 މީހަކު ވަނީ މަރުވެފައި.

04:25

03:37


މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު އަތޮޅު ކަމަށްވާ އައްޑޫ ސިޓީ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ތިން މީހުން ފައްސިވެ، މިއަދު ވަނީ ބިރުވެރިކަން އުފެދިފައެވެ. އަދި ބިރުވެރިކަން އިތުރުވެފައި ވަނީ ފައްސިވި ދެމީހަކު އިތުރު ގިނަ ބަޔަކާއި ބައްދަލު ވެފައިވާ ކަމަށް އަޑުތައް ފެތުރިފައި ވާތީއެވެ. މިބިރުވެރިކަމާއި އެކު މިހާރު ހިތަދޫ ވަނީ މޮނިޓަރިންގެ ހާލަތައް ވެސް ގެނެސްފައެވެ. އެހެންކަމުން ހިތަދުއަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.

ހިތަދުއަކީ އައްޑޫގެ އެންމެ މުހިއްމު ރަށެވެ. ގިނަ ބޭނުންތަކެއްގައި އެހެން ރަށްތަކުގެ މީހުން ކޮންމެ ދުވަހަކު އެންމެ ގިނައިން އަރައި ފައިބާ ހަދާ ރަށަކީ ވެސް އެއީއެވެ. އައްޑޫ އިން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު ފުރަބަންދުގެ އުސޫލުތައް ތަންފީޒު ކުރަމުން ގެންދާ ގޮތާއި މެދު ވެސް ވަނީ ސުވާލު އުފެެދިފައެވެ.

މިއަދު ލިބުނު އިތުރު ޚަބަރުތަކަށް ބަލާއިރު މިމަހުގެ 05 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވީ މިއަދު އެވެ. އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 2018 އަށް އަރާފައެވެ. ނަމަވެސް މިއަދު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 140 އަށް މަދުވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަރީ

    މީހުނެއް ނުއުޅޭ ބިރަކުނެއް. ބިރުވެރިކަން އުފައްދަން މަސައްކަތް ކުރަނީ އެޗްޕީއޭއިން. އާކޮޅުގަ ކޮންމެވެސް ވަރަކަށް ވާނުވާ ނޭގުނު އިރު މީހުން ޖެހިލުންވި. މިހާރަކު ކެހެރިވަކެކޭވެސް ހިތަކަށް ނާރާ. މިހާރު މައްސަލަ އަކަށް ވަނީ އެޗްޕީއޭގެ މުސީބާތް.