ރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑު ކުރަން މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހެލްތު މިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށް މިއަދު އިންޒާރު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ މަޖިލިސް ހިންގަންވީ ގޮތް ކަން ދޭހަވާ ގޮތަށް ހެލްތު މިނިސްޓްރީން ބަޔާނެއް ނެރެފައިވާ ކަމަށެވެ. ނަމަވެސް އެ ބަޔާނުގައި އޮތް ވާހަކަތަކުގެ ތަފްސީލަކަށް ނަޝީދު ވަޑައިގެންފައެއް ނުވެއެވެ.

ނަޝީދު އެ އިޝާރާތް ކުރެއްވި ބަޔާނަކީ ރާއްޖޭގެ ސިއްހީ ދާއިރާ ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ބަޔަކު ދެއްކި ވާހަކަތަކުގެ ދިފާއުގައި ހެލްތު މިނިސްޓްރީން ރޭ ނެރުނު ބަޔާނަށެވެ.

ނަމަވެސް ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި މަޖިލިހުގެ އެއްވެސް ކަމަކާ ބެހިފައެއް ނުވެއެވެ. އެ ބަޔާނުގައި ސާފުކޮށްދީފައި އޮތީ، ސިއްހީ ދާއިރާ ކުރިއަރުވަން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާއި ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ރާވާފައި ހުރި މަސައްކަތްތަކެވެ.

ނަޝީދު ހަމައެކަނި އެދިވަޑައިގެންނެވީ ހެލްތު މިނިސްޓްރީން ރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑު ނުކުރެއްވުމަށެވެ. އަދި މަޖިލިހުން ކުރާ ކަންތައްތަކާ ގުޅިގެން ވުޒާރާތަކުން އެ ބާވަތުގެ ބަޔާން ނެރުއްވައި ބެހިވަޑައިނުގަތުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.

"މިނިސްޓްރީއަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށާއި ވުޒާރާގެ ވަޒީރަށް ވަރަށް އިހްލާސްތެރިކަމާ އެކު ދަންނަވަން. ރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑު ނުކުރެއްވުމަށާއި މަޖިލިހުން ކުރާ ކަންތައްތަކާއި ވުޒާރާތަކުން އެ ބަވާތުގެ ނޫސް ބަޔާން ނެރުއްވައި ބެހިވަޑައިނުގަތުމަށް،" ނަޝީދު ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގެ ބަޔާނަކާ ގުޅިގެން ނަޝީދު ރައްދު ދެއްވި އިރު، މި ދުވަސްކޮޅަކީ ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން އަންނަ ދުވަސްކޮޅެކެވެ. ފުރަބަންދަށް ލުއިތައް ދިން ފަހުން ކޮވިޑް-19 ޖެހޭ ދިވެހިންގެ އަދަދު އާދަޔާ ހިލާފަށް އިތުރެވެ.

އެހެންވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގައި އުޅޭ އިރު މާސްކް އެޅުން މަޖުބޫރު ކުރުމާއި ބަންދު ތަންތަނުގައި މަސައްކަތް ކުރާ އިރު، މާސްކް އެޅުން ހިމެނެއެވެ.

މީގެއިތުރުން ފަސް މީހުންނަށް ވުރެ ގިނަ އިން އާންމު ތަންތަނުގައި އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.

މާސްކް ނާޅައި މީހުންނާއި މަނާ ވަގުތުތަކުގައި ބޭރުގައި އުޅޭ މީހުން ޖޫރިމަނާ ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ހަސަންބޭބެ

    މާލެތެރެއިން، 18 އަހަރުން އެމްބީބީއެސް ހެދި ތާކުން ތާކު ނުޖެހޭ، ރާއްޖޭގެ ހެލްތް ސެކްޓަރ އަށް ޚިދުމަތެއް އަދި ކޮށްނުދެވޭ ޑޮކްޓަރަކާއި، ތިމާގެ ނެތްފެންވަރަކުން މަސައްކަތްކުރަން ފޫގަޅާ ޑޮކްޓަރަކާ، އެވޭލާ ޒަމާނުގައި ޑޮކްޓަރަކަށް ހެދިގެން އުޅުނު ކޮމިއުނިޓީ ހެލްތް ވޯކަރަކާއި، ޕޮލިޓިކަލް ޑެންޓިސްޓެއް މަޖްލީހަށް ގެނަސް ފާޑުފާޑުގެ ހަމަނުޖެހޭ ވާހަކަ ދައްކުވާ މީޑިޔާގަ އެ އާއްމުކޮށް އެތަކެއް ޒަމާނުއްސުރެ ބަޔަކު ކުރި ބުރަމަސައްކަތުގެ އަގުވައްޓާލާ މުޅި ހެލްތް ކެއަރ ސިސްޓަމް ގެ އަގު ވައްޓާލީ ހަމަ ތި ރައީސް ނަޝީދު ރާވައިގެން،. ރައްޔިތެއްގެ ހައިސިއްޔަތުން މިކަން ހުއްޓާލަންނަޝީދަށް ގޮވާލަން. ތިމާގެ ޕޮލިޓިކަލް ޑާޓީ ގޭމްސް ކުޅެން ގައުމުގެ ހުރި ސިސްޓަމްސް ދުއްވާ ނުލާ!

    67
    3
  2. ކަނަމަނަ

    މަޖިލިހުންކޮއްމެގޮތަކައް ކޮއްމެކަމެއްކުރިޔަސް އަގައިންބުނެގެންނުވޭ ތިހާޙޮދުމުޙުތާރުތަނެއް ދުވަހަކުވެސް ބަޔަކައްނުފެންނާނެ ނަންވާނީ ރ ޔާމީންއާއި ރ މައުމޫން ރ ނަޝީދަކީ ޙޮދުމުޙުތާރުކަމުގެ ލާމަސީލު

    59
    2
  3. ހެލްތުގެ ރައްދު ރައީސް ނަޝީދަށް

    ގުދޯ ގުދޯ ވިދާޅުނުވޭ!

    53
    1
  4. މަބޭ

    މަނުކުފާނު މުޅިރާއްޖެ ގަޑުބަޑު ކޮއްފީމެންނޫންތޯ އެހެންބަޔަކު ކަމެއްކުރާކައްނުޖެހޭ ނޫންތޯ

    61
    1
  5. ހާތްތެރީ

    ގާނޫނީ ނިޒާމު ގަޑުބަޑު ކުރަނީ ހެލްތު ކުދިންތޯ ވަކަރުގޭ ކުދިންތޯ ނިންމާނީ ރަ އްޔަތުން. ކޮމެންޓުތަ އް ބަލާތި.

    62
    1
  6. އަސްލޭ

    ސަރުކާރުން ސަރުކާރައްތް އިންޒާރު މިދެނީ؟ ނޫނީ މިއީ ވަކި ދެ ސަރުކާރު ތަ؟

    56
    1
  7. ކަމަނަ

    ނަޝީދު ކާރީ ބުނެ ބަލަ ހެޔޮ ނުވާނޭ މި ޤައުމު ދޫ ކޮށްފައި ދާށޭ މީ ނަޝީދު ގެ މުދާ ގަޑެއް ނޫނޭ
    މި ޤައުމު ހަލާކު ނުކުރާށޭ ނަޝީދު ދާށޭ ބޭނުންް ތާކަށް

    63
    1
  8. ކޮަރޯނާ

    ކަލޭ ވަޅެއް ކޮނެފަ އެއަށް އެރި އަމިއްލައަށް ފަސް ލެވިބަލަ. ނޫނީ މި ޤައުމުން ދޭބަލަ.

    63
    1
  9. ޝްރޭ

    ރޯނު އެދުރު.. ހުރިހާ ކަމެއް ކުރަންވާ ގޮތްވެސް އިނގޭނީ މ.ޅ އަށް.މީ އެއް ނޫންތަ ޑިކްޓޭޓަރަކީ...މީ ހަމަ މުޅި ދިވެހި ޤައުމުގެ ހަލާކު..

    42
  10. ދާރި

    މިހިރަ ނުލަފާ މޮޔަގަޑު ދޭބަލަ ވިލާތަށް، ވިލާތުސަރުބަތު ބޯހިތްވަންޏާ. ދިވެހިރަަ އްޖެ އަކީ ނަސީދުގެ ތަރިކަ މުދަލެ އްނޫން.

    42
  11. އެންދެރި

    މަޖްލީހުން ހުރިހާ ކަމަކާ ބެހޭ އިރު ރައްދު ގަ މިނިސްޓްރީ ތަކުން ވާހަކަ ދެއް ކޭނެ އެވެ.

    41
  12. އަހްމަދު

    ޤާނޫނި ނިޒާމް ގަޑުބަޑު ކުރަނީ ކާކު!

    40
  13. ޑެޑީ

    ޔަގީން ތީ ހެލްތު މިމިޝްޓަރް ބޭރުކޮއްލަންޖެހުނީ

    1
    1
  14. ދިސްވޭ

    ރައްޔިތުންގެ މަޖްލީސް ހިންގަންވާނެ ގޮތް އިނގޭނީ މަޖްލީހުގެ ރައީސް މަޖްލީހުގެ ބާރު ރާއްޖޭގައި މިހާރު އޮތް ފެހި ގާނޫނު އަސާސީގެ ދަށުން ގަދަވާނެ އަދި ގަދަވާން ޖެހޭނެއޭ މިސާލު މަމެން މިކިޔާ ދެނީއޭ މިހާރު ބައްލަވާ ރާއްޖޭގެ އިގްތިސާދު ފުނޑު ފުނޑުވެފައި އޮތް އިރު ވެސް ސަރުކާރުން އެކަމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން ބަލަނީ ނޫސް ތަކަށް ކޮމެންޓް ކުރާ ސަރުކާރާއި އިދިކޮޅު ފަރާތް ތަކަށް ރައްދުދެވޭތޯ ދެން މަޖްލީހުން މިކަން ބަލާ ރާއްޖޭގެ އިގްތިސާދު ރިކަވަރ ކުރާނެ ޕްލޭނެއް އެކުލަވާލަން މަޖްލީހުގެ ރައީސް އުޅުން ސަރުކާރުގެ ވަޒީރުންނަށް އެކަން ގޯސްވިނަމަވެސް އެއީ މަޖްލީހުގެ ރައީސަށް ލިބިގެންވާ ގާނޫނީ ހައްގެކޭ އެކަން ކުރެވޭނެއޭ..

  15. އިބޫ

    ބޭފުޅާ ނަޝީދު ތިބޭފުޅާގެ މަގުބޫލްކަން ނިކަން ރީތިކޮއްފެންނާނެ ދެންއޮންން އިންތިހާބެއްގަ ރައްޔިތުން ބޯހަލާކުވެއްޖެ ތިބޭފުޅާގެ މާތް އަނގަފުޅާހެދި ބެހޭކަމެއް ނުބެހޭކަމެއް އިގޭކަމެއް ނޭގޭކަމެއް އޮންނަނީކީނޫން! ގައުމުގަ ބަސްކިޔޭ ހަމައެކަނި އިންސާނަކީ ތިއީތޯ؟ ދެން ކީއްކުރާ ވުޒާރާ ތަކަކާ އިދާރާ ތަކެއްތޯ؟ ތިބޭފުޅާ އަކީ ހުރިހާ ވުޒާރާއެއް ކަމައް މަޖުލީހުން ނިންމަންވީނޫންތޯ؟މަޖުލީހަކީ ތިބޭފުޅާގެ ޕަޕެޓުން ތަކެއް ގެންގުޅޭތަނެއް ނޫންތޯ؟

    2
    1
    • އަލީ

      މައްސަލައަކީ އިންތިހާބު ކާރިވީމަ މީނަ ރީނދޫ ބީތާ ދައްކާ ހުރިހާ އެއްޗެއް މިއޮއް ރީނދޫ ހުންޖެހިފަ ތިބޭ އެއްޗެހިން ޤަބޫލު ކުރާތީ...

  16. އަބްދޫ

    ގާނޫނީ ނިޒާމް ގަޑުބަޑު ކޮށްގެން އުޅެނީ މަޖިލީހުންތަނުވަތަ ހެލްތު މިނިސްޓްރީންތާ؟ރިޔާސީ ނިޒާމް ގެ ދުސްތޫރު ބަރުލަމާނީއަކަށް ގާނޫނުއަސާސީ ގަޑުބަޑު ކޮށްގެން އުޅެނި ހެލްތުންތަ؟ގާނޫނީ ގޮތުން ބަލާއިރު ރައީސުލްޖުމްހޫރިއްޔާގެ މަސްޢޫލިެއްޔަތަށް ވެރިވެގެންފަ ވަނީ ހެލްތުންތަ؟ގާނޫނީ ގޮތުން ބަލާއިރު ޖުޑިސަރީގަ ނުވަދެވޭ ހިސާބަށް ވަދެވިގެން އުޅެނީ ހެލްތުންބާ؟ހެލްތުން އަދާ ކުރަންޖެހޭ ގާނޫނީ ޒިންމާ އަށް ހުރަސް އެޅިގެން ކޮވިޑް ކޮންޓްރޯލް ގެެްއްލުނީ ހެލްތުގެ ސަބަބުންބާ؟

  17. ބިންގޯ

    ބެހެވޭނެ. ބެހޭނަން. ރަޔިތުންގެ ލާރިކައިގެން ތިޔަތާ ތިބެވެންޔާ ބެހެވޭނެ. ކަލޭ ޖަހާހާ ބެރަކަށް އީސަ ނެށިއަކަސް އެންމެނެއް ނުނަށާނެ.

  18. އާބިދާ

    ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް މިނިސްޓްރީ ތަކަށާއި ސަރުކާރު މުވައްޒަފުންނަށް ބިރުދައްކާ ނުފޫޒު ނުފޯރުވަން ކެނެރީގެ އަންނި އަށް އިލްތިމާސް ކުރަން

  19. ބޮރޮ

    ގާނޫނުއަސާސީގަ ރައީސުލްޖުމްހޫރއްޔާއާއި ވަޒީރުންގެ މަޖިލީހުން ކުރަން ލާޒިމް ކޮށްފަިވާ ކަންކަން އެހެންބަޔަކު ކުރުމަކީ ގާނޫނީ ނިާޒާމް ގަޑުބަޑު ކުރުންކަމަށްނުވާނެބާ؟

  20. ތިއްތިބޭ

    ސިއްހީ ދާއިރާއަކީ ރައްޔިތުންގެ އުއްމީދުތަކާ އަރާ ހަމަކުރަން އެންމެ ބޮޑު ގޮންޖެހުން އޮތް ދާއިރާ އެވެ. ޢެނގޭކަމަކީ މި ޚިދުމަތް ކުރިއެރުވުމަށް މަސައްކަތް ތަކެއް ކުރެވެމުންދާކަމެވެ. ދެރައީ އޮފީސް އިދާރާތަކާ ކޮމިޝަންތަކާ މެމްބަރުންގެ އަދަދުތައް އިންތިހާއަށް ގިނަވެފައި ރަނގަޅަށް އެއްފަސް ނުކުރެވޭތީއެވެ.

  21. ބަލާބަލަ

    ހެލްތު މިނިސްޓްރީ ދިފާއުވުން ވެސް ނަޝީދަށް އެކަނި ނޫން ގޯހީ މަމެން ނަށް ވެސް ގޯސް ވަރަށް ބޮޑެތި ވައްކަމާ ކޮރަޕްޝަނާއި ފަސާދަ އެބަހިނގާ ހެލްތް މިނިސްޓްރީ ތެރޭގައި ބަލާބަލަ މިނިސްޓަރު އިންނަވާ ކޮޓަރި ހަދާފައި ހުރި ފެންވަރު ހާދަހާ ބޮޑެތި ބޭކާރު ޚަރަދޭ އެހެރީ ކޮށްފައި ޔަގީނުންވެސް 3 މިލިއަން ރުފިޔާ އަށް ވުރެން މައްޗަށް ޚަރަދުދާނެއޭ މީކުރަން ހެޔޮވާ ޒާތުގެ ޚަރަދު ތަކެއް ނޫނޭ އަދި އެއް ނެތޭ ސަރުކާރުގެ ހުރިހާ މިނިސްޓްރީ ތަކަށް ވަކިން ބިލްޑިންގް އެއް އަދި އެއް ނެތް ދެން ކިއެއްވެތޭ އެހާ ބޮޑު ޚަރަދެއް ކޮށްގެން އުޅެނީ...

  22. ނެތޭނެތޭނެތޭ

    ހެލްތް މިނިސްޓަރު އަމީންގެ އިތުބާރު އޮތްތޯ ބަލަން އެބަޖެހޭ އެމްޑީޕީން ސަބަބަކީ ޖޭޕީން ނުބަލާ ޖޭޕީ ސްލޮޓް ގައި ވަޒީރު ކަން ކުރާ ބޭފުޅުން ރަނގަޅަށް ޕާރފޯމް ކުރޭތޯ ދެން އަނެއް ކޮޅުން ޖޭޕީގެ ނަމުގައި ވަޒީރު ކަން ކުރާ ބޭފުޅުންގެ ފަރާތުން ޖޭޕީ އަށް ކުރާ މާ ބޮޑު ފައިދާ އެއްވެސް ނެތޭ ކަން މިހެން ހުރުމުން ހެލްތް މިނިސްޓަރު އަމީންގެ އިތުބާރު އޮތް ތޯ ބަލަން މަޖްލީހުގައި ތިބި އެމްޑީޕީ މެމްބަރުން މަސައްކަތް ކުރުމަކީ އެއީ ރާއްޖޭގެ އިގްތިސާދު އިތުރަށް ނުފުނޑި ހިފެހެއްޓޭނީ މަމެން ގޮވާލަން މަޖްލީހުގެ ރައީސަށް މިކަން ވަގުތު އޮތްވާ ކުރަން ކުރިން ވެސް މަމެން ބުނީމޭ ޖޭޕީގެ ސްލޮޓް ގައި ނެތޭ ވަޒީރުންގެ މަޖްލީހަށް ރަނގަޅު ކުފޫ ހަމަވާ މީހަކު ލާފައި...

  23. އަޙްމަދު

    ދެން މަޖިލީހުން ކޮންމެ އެއްޗެއް ކިޔަސް އަނގައިން ނުބުނެ ތިބެންވީދޯ؟ ކޮބާ ޑިމޮކްރަސީ؟ ދެފަރާތުން ވާހަކަދައްްކައިގެން ކަންކަން ސާފުވާނީ ދޯ

  24. ނުލިބެއޭ

    އަމީރަށް ދަރަނި ވެސް މެނޭޖް ނުކުރެވުނު އަދި ގައުމުގެ އިގްތިސާދު ވެސް ހިފަހައްޓާ ނުލެވުނު މިއިން އެގިގެންދާ އެއްޗަކީ ފިނޭންސް މިނިސްޓަރު އަމީރު ގެ ކިބައިގައި އެވަރުގެ ގާބިލް ކަމެއް ނެތް ކަން އަދި އެސްޓީއޯގެ އެމްޑީގެ ކިބައިގައި ވެސް އެސްޓީއޯ އިން ވިޔަފާރި ޑައިވަރސިފައި ކުރަން ކުރެވުނު ކަމެއްވެސް ނެތް ކަން މުޅި އެތިން އިނގެން އޮތް އެއްޗަކީ ފިނޭންސް މިނިސްޓަރަށް ރަނގަޅަށް ޕާރފޯމް ނުކުރެވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުނޑު ފުނޑުވެއްޖެކަން ޑޮލަރު ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ ނުލިބެއޭ

  25. އޮޅުވާލި ވޯޓު

    ކަލޭ މުޅިގައުމު ހަލަބޮލިކޮއް ގައުމުފަނާކުރަމުން ދާއިރު ބަޔަކުނުކިޔާއެއްޗެކޭ ކަލެޔައްކޮންބާރެތިކުރަނީ މިޔަކީކަލޭގެ އެކަނިގައުމެނޫން ހިދުކޮޅުއައިސްގެންތިއުޅެނީ

  26. ހަޖަމް

    މި އަންނިއަކީ މުޅި ޤައުމުގެހަލާކު! މީނައާހެދި މިޤައުމުގައި އެމް.ޑީ.ޕީއަކަށްވެސް ވެރިކަމެއް ނުކުރެވޭނެ. މިއީ މި ޤައުމުގެ ފިރިއައުނު

  27. ވަކިކުރޭ

    ފިނޭންސް މިނިސްޓަރު އަމީރު އަކީ އެއީ އެއްވެސް ތަޖްރިބާ އެއް ނެތި އެމަގާމާއި ހަވާލުވި މީހަކަށްވާތީވެ އޭނާ އަށް ފިނޭންސް މިނިސްޓަރު ކަން ކުރަން ޖެހޭ ގޮތަށް ކުރަން ނޭގުމުގެ ސަބަބުން އޭނާ ބަދަލުގައި ފިނޭންސް މިނިސްޓަރު ކަމަށް މާލެ ސަރަހައްދަށް ނިސްބަތްވާ ތަޖްރިބާ ހުރި އުމުރުން ވެސް ދޮށީ މީހަކު ރާއްޖޭގެ ފިނޭންސް މިނިސްޓަރު ކަމަށް ލާން މަމެން މަޖްލީހުގެ ރައީސް އަދި ރައީސް އިބޫ އަށް ގޮވާލަމޭ ފިނޭންސް މިނިސްޓަރަކީ އެއީ ރައްޔިތުން ވޯޓްދީގެން ހޮވާފައިވާ މީހެއް ނޫނޭ އޭނާ ވަކިކުރަންވީއޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ

  28. މެޑަމް ފާތު

    ނަޝީދަށް ނޭންގިގެން ތިއުޅެނީ އަމީނުގެ ބާރު. އަމީން އައްޔަނުކޮށްފަ ހުރީ ސީދާ ނައިބުރައީސް ފައިސަލް. އެހެންވީމަ ނަޝީދު ސައިޒުންއުޅޭ.

  29. އަހުމަދު

    މިނިސްޓްރީ ހިންގާނެ ގޮތް ކަނޑަ އަޅާނީ ނަޝީދު ތޯ ؟ އެއީ ރައިސުލް ޖުމްހޫރިއްޔާގެ ޒިންމާ އެއް. އެމަނިކުފާނު ޒިންމާގެ ތެރެއަށް އަތްބާނާ ވެރިކަން ޚަރާބު ނުކުރެއްވުމަށް ދަންނަވަން. ސުވާލެއް އޮތިއްޔާ ނިޒާމްގެ ތެރެއިން ގެނެސް ޖަވާބު ދާރީ ކުރުވާ. ބިރުދައްކަން އުލޭނެ ކަމެއް ނެތް. ހެލްތެއް ނުސިހޭނެކަން ހަނދާން ކުރޭ. އެމީހުންނާ ނުލާ މަޖިލިހެއްވެސް ނޯންނާނެ. ކޮންމެ ކަމަކީ މަނިކުފާނު އަތްބާނާ ބުނާހާ ގޮތެއް ހަދާ ތަނަކަށް ނުހެދޭނެ.