ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް މެމްބަރަކު އައްޔަން ކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވާފައިވާ ނަންތައް ދިރާސާ ކުރަން މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފައެވެ.

ރައީސް ނަން ފޮނުއްވި ދެ ބޭފުޅުންނަކީ:

1- މުހައްމަދު މުނައްވަރު އަލީ، ވެސްޓްބީޗް، އއ. މަތިވެރި

2- ޝީރީން ނާހިދާ ލަތީފް، ގ.ނޫމަރާވިލާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެމްބަރަކު އައްޔަން ކުރުމަށް ދަންނަވާފައިވާ ދެ ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައި ދެއްވައި މަޖިލިހުން ގޮތެއް ނިންމަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

މަޖިލިހުގެ ޖަލްސާގައި ވަނީ ޓޫރިޒަމް މިނިސްޓަރަކަށް މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް ސަރުކާރުު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވައިފައެވެ.

އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް ކުރިމަތިލި 41 މީހެއްގެ ނަން ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު