ރާއްޖޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުންދާތީ މާލެ ސަރަހައްދުގައި މާސްކް އެޅުން މަޖުބޫރުކޮށްފައި ވިޔަސް ބޭރު ތެރޭގައި މާސްކް ނާޅައި، އުޅޭ ނަމަ، ފުރަބަންދަކަށް އަލުން ދާން ޖެހިދާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާސްކް ނާޅައި އުޅުމަކީ މާލެ ސަރަހައްދު އަނެއްކާވެސް ފުރަބަންދަކަށް ދާން ޖެހިދާނެ ކަމެކެވެ. ބައެއް ކޮފީ ޝޮޕްތަކާއި ކަންކަމަތީ "ބޮނޑި ބޮނޑި"އަށް މަޑު ނުކުރައްވައި ގައިދުރުކަމަށް ސަމާލުކަން ދިނުމަށް ޝިފާ އެދިވަޑައިގެންނެވިއެވެ.

ޝިފާގެ ޓުވީޓުގައި އެކަކު އަނެކަކާ ގައިދުރުކަން ބަހައްޓައި މާސްކް އަޅައިގެން ބޭރުތެރޭގައި އުޅުމަށް ވެސް އެދިވަޑައިގަތެވެ.

ޝިފާގެ ޓުވީޓަށް ރައްދު ދިން ބައެއް މީހުން ބުނީ ކޮފީ ޝޮޕްތަކާއި ކަންކަންމަތީގައި އެއްވެގެން ކޮފީ ބޯންވެގެން ތިބޭ އިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެ މީހުން ތަބާވޭތޯ މޮނިޓަ ކުރަމުން ނުދެއެވެ.

މި ދުވަސްކޮޅަކީ ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން އަންނަ ދުވަސްކޮޅެކެވެ. ފުރަބަންދަށް ލުއިތައް ދިން ފަހުން ކޮވިޑް-19 ޖެހޭ ދިވެހިންގެ އަދަދު އާދަޔާ ހިލާފަށް އިތުރެވެ. ހާލަތު ގޯސްވެ ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި ޑޮކްޓަރުން ދަނީ ދެއްވަމުންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގައި އުޅޭ އިރު މާސްކް އެޅުން މަޖުބޫރު ކުރުމާއި ބަންދު ތަންތަނުގައި މަސައްކަތް ކުރާ އިރު، މާސްކް އެޅުން ހިމެނެއެވެ.

މީގެއިތުރުން ފަސް މީހުންނަށް ވުރެ ގިނަ އިން އާންމު ތަންތަނުގައި އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.

މާސްކް ނާޅައި މީހުންނާއި މަނާ ވަގުތުތަކުގައި ބޭރުގައި އުޅޭ މީހުން ޖޫރިމަނާ ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ރާއްޖެ އިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 5،000 އަށް ވުރެ މައްޗަށް އަރައިފައެވެ. ކޮވިޑް-19 ޖެހިގެން ގިނަ ބަޔަކު ފައްސިވާ އިރު، ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ބައްޔަށް ފައްސިވަނީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ??? ފުރަބަންދަށް ގޮސްގެން އަނެއްކާ ވަޒީފާ ގެއްލޭތަން ބަލާކަށް ކެތެއް ނުވާނެ ޝިފާ އާދޭ މަމެން ގެއަށް ކައްކާ ދޭން އަމިއްލަ ޙަރަދުގަ

  2. ލަބީބު

    ހާދަ ސަޅި މަގެކޭ މި ފެންނަނީ؟ އަނެއްކާ މިއީ ޕެރިސްގެ މަގެއްތަ؟

    • Anonymous

      ޕެރިސް ކަމުން ގޮސް ބުރިޖުކެ ކަނާތް ފަރާތް ހިނގަން އޮންނަ ބައިގެ ބިން ހަދާފަ އޮތީ އަރިޔަކަށް. އެތަނަށް ޖޮގިންގް އަށް ދާނެ ފެށީމަ އިނގުނީ. ވާތް ފަރާތް ސީދާ

  3. އަބުޑުއްﷲ އައްޑޫ ސިޓީ

    ލޮކު ޑޮއުން ނުކޮށް ފެނަވަރަން ޝިފާ ދޭބަލަ.............

    5
    1
  4. ހަޑިގިއްލާ

    މިހާރު ފުރަ ބަންދު ކުރަނީ ސިޓީ ކައުންސިލުންތޯ؟

  5. މާމީ

    ދާންސުކުރާ ހެލްތު މިނިސްޓަރު

  6. އަރީ

    ކޮސްވާހަކަ ނުދައްކާ މާސްކު އަޅައިގެން އިސްތިއުފާދީފަ ގޭގަ އޮވެބަލަ. ތިއުޅެނީ ރައްޔިތުން އަޅުންނަށް ހަދަންތަ. ޝިފާތީ ރައްޔިތުން ކުރިމަތީ ފެއިލްވެފަ ހުރި މީހެއް. ހީވާކަހަލަ މީނަ ހިލޭ މާސަކު ބަހަނީޔޭ.

  7. އަލީ

    މޭޔަރާ ކަލެއައް ސަރުކާރުން އޮންނާނެ ކާރެއްދީފަ ނިކަން ވާރޭވެހޭއިރު ގެއިން ނިކުމެލާ މާލޭ މަޖީދީމަގުގެ އެއްކޮޅުން އަނެއްކޮޅައްގޮއްސަ ވާރޭ ވެހިނިމުމުން މަޖީދީ މަގުއެއްކޮޅުން އަނެއްކޮޅައް ނިކަން ލޯހުޅުވާގެން ބަލާވިސްނާބަލަ ކަލޭކިތައްމެ ކުރީސަރުކާރު ދެކެރުޅިއަޔަސް މަޖީދީމަގުގަ ތަންތަންގަޑައް ފެންބޮޑުވެ ނުހިނދި އޮންނަނީ ކަލޭމެން ގެ ނާގާބިލް ކަމުން މަގުގަ ކާނުތަކުން ގުޅާފަހުން ހަ ހޮޅިތައް ބެދިގެން ވީމާ ލޮކުޑައުން އަކީ މޭޔަރާ ބެހޭ ކަމެއްނޫން ތިމާޔާ ނުބެހޭކަންތަކާ ނުބެހި މަގުތަކުގަ ހުރި މިކަހަލަ މައްސަލަތއް ހައްލު ކޮއްދެއްވާ...