ހެލްތު މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަކަށް އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި އާއިޝަތު ސާމިޔާ އައްޔަންކޮށްފިއެވެ.

މިނިސްޓްރީގެ ސިވިލް ސާވަންޓުންގެ ކަންކަން ބަލަހައްޓާ އެންމެ އިސްވެރިއަކަށް ކުރިން ހުންނެވީ ޚަދީޖާ އަބްދުއްސަމަދެވެ. އެކަމަކު، ޕީއެސްގެ މަގާމުން ޚަދީޖާ ވަކިކުރީ މިދިޔަ ފެބްރުއަރީ 20 ވަނަ ދުވަހު ވަނީ ވަކިކޮށްފައެވެ.

ހެލްތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ހުޅުވައިލުމުން، ސާމިޔާގެ އިތުރުން، އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން ވެސް ކުރިމަތިލެއްވިއެވެ. އެތަނުން އެންމެ ގިނަ މާކްސް ލިބިފައިވަޑައިގަތީ ތަސްލީމާ އަށެވެ.

ސާމިޔާއަކީ 2017 ވަނަ އަހަރުގައި ކެނެޑާގެ ޑަލްހައުސީ ޔުނިވަސިޓީން މާސްޓާ އޮފް ހެލްތު ސާވިސަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޮސްޓްރޭލިޔާގެ ކާޓިން ޔުނިވަސިޓީއިން ބެޗެލަ އޮފް ހެލްތު އިންފޮމޭޝަން މެނޭޖްމަންޓްގެ ދާއިރާއިން ވެސް ތައުލީމް ހާސިލް ކުރެއްވިއެވެ.

ސާމިޔާ ސިއްހީ ދާއިރާގެ ކަންކަމުގައި އުޅުއްވާތާ މިހާރު 21 އަހަރުވެއްޖެއެވެ.

ސާމިޔާ އެންމެ ފުރަތަމަ އާދަކުރެއްވީ 1998 ވަނަ އަހަރު އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ މަގާމެވެ. އޭގެ ފަހުން އައިޖީއެމްއެޗް އަދި ހެލްތު މިނިސްޓްރީގެ އެކިއެކި ޑިޕާޓްމަންޓުތަކުގެ ސީނިއާ މަގާމުތައް ސާމިޔާ ފުރުއްވިއެވެ.

އެގޮތުން ހެލްތު މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްގެ އެސިސްޓަންޓް ޑިރެކްޓަރު ކަމާއި ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް ހެލްތު އިންފޮމޭޝަން ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމްގެ މަސްއޫލިއްޔަތުތައް އޭނާ ކުރެއްވިއެވެ.

މީގެ އިތުރުން 2010 ވަނަ އަހަރުން ފެށިގެން ނެޝަނަލް ހެލްތު ރިސާޗް ކޮމިޓީ އަދި ނެޝަނަލް ހެލްތު ކައުންސިލްގެ މެމްބަރެއްގެ މަސްއޫލިއްޔަތުތައް ވެސް އަދާކުރެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    މިސަރުކާރުން ކޮމްމެތަނަކައް މީހަކުއައްޔަންކުރިޔަސް ކުރާނީ އައުރަނިވާނުކުރާ ރަންޑިއެއްތޯ ދެންކިހާދެރަކަމެތޯ މީއިސްލާމީގައުމެއްގަ ތިޔަހާވާހަޑި ހުއްޓުމަކައް ގެންނަންއެބަޖެހޭ

    12
    8
    • ޢަލި

      އައުރަ ކޮންތާކުން ފެންނަނީ ޒާތީ ކަންތަކާނިބެހެމާ ކަލޭ އަމިއްލަޔައް ތިކިޔާ އައުރައެއް ފޮރުވާގެން ހުރެބަލަ. މިގައުމުގެ ގިނަ ބައިގަނޑު ހައްދު ފަހަނަޅާ ގޮއްސި މީ ވަރައްވިސްނަނއްވެއްޖެކަމެއް މީ ބޮޑުބަލއެއް އޮޅުވާލި ވޯޓައް ބުނަންއޮތީ ތީ ތާކުންތާކު ޖެހޭ މީހެއް ނޫނޭ. މަޝަކަި ވެސް މިސަތުކާރުގެ ސަޕޯޓަރެް ނޫނޭ އެކަމަކުވެސް މަ ތިޔަކަލަ ކަންތަކާ ބެހުމައް ވުރެ މާ ތަންދޮރު ދަންނަމޭ

      4
      1
  2. Anonymous

    ތިޔަމިނިސްޓަރުގެ ކަލާކު ކައިވަތަކައްވުރެންވެސް ގާތްވީ މިމަންޖެއައް ވަރައްވިސްނަންޖެހޭނެ.

    9
    2
  3. ރަޒީނާ

    މީހަކާ އިނދެބަކަ ފުރަތަމަ..

  4. އަންނި

    މިހާ ލޯބި މަންޖެއެއް ލިބުނީތީ ސުކުރުކޮއްބަލަ.

    3
    2
    • ރާކަނި

      ތަސްލީމާއަށް މިހާތު ހުުންނާނެ ރާކަނިމަސް ކެވިފަ. މަވަރެއް ނެތިގެން އުޅޭ އަންހެނެއްއެއީ.

  5. ފުއާދު

    ސަރ ގެ އެހީތެރިކަމާއިކު ލިބުނު މަގާމެއް