ދައުލަތުން ނަގާފައިވާ ލޯންތަކާއި ދައުލަތުގެ ނަމުގައި ދީފައިވާ ގެރެންޓީތައް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ރަނގަޅަށް މެނޭޖް ނުކުރެއްވޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ މަޖިލިހަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ.

މި މައްސަލަ އަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެމްބަރުން ވަނީ ކުރީގެ ސަރުކާރުގައި ނަގާފައިވާ ލޯންތަކާއި އެކި ފަރާތްތަކަށް ދިން ގެރެންޓީތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލިހަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެ، ކުރީގެ ސަރުކާރުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި، ދައުލަތުން ނަގާފައިވާ ލޯނުތަކާއި ގެރެންޓީތަކާއި ބޮންޑުތަކުގެ އަދަދުތަކާ ގުޅޭ ތަފްސީލު މަޖިލީހަށް ކުރިން ލިބިފައިވާ މައުލޫމާތުތަކާ ދިމާ ނުވާ ކަމަށެވެ. ކުރީގެ ސަރުކާރުން ނެގި ބައެއް ލޯނުތަކާއި އެކި ފަރާތްތަކަށް ދިން ގެރެންޓީތަކުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ފޮނުވި ލިޔުންތަކުގައި ވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް

ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ދަށުން ލޯނެއް ނަގާތާ ނުވަތަ ގެނެރެންޓީއެއް ދޭތާ ނުވަތަ ބޮންޑެއް ވިއްކާތާ 30 ދުވަހުގެ ތެރޭގައި މައުލޫމާތު ފޮނުވަން ޖެހެއެވެ. އެގޮތުން 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދުގައި އެކިއެކި ފިނޭންސް މިނިސްޓަރުން މަޖިލިހަށް އެ މައުލޫމާތު ފޮނުއްވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ދެންނެވި އެކްސްއެލް ޝީޓްގައި އެއްކޮށްފައި އެވަނީ އެ މައުލޫމާތު. އަޅުގަނޑުމެންނަށް ފާހަގަ ވަނީ މި އެއްކުރި މައުލޫމާތާއި ފިނޭންސް މިނިސްޓްރީން ދައުލަތުގެ ދަރަނީގެ ގޮތުގައި ފާހަގަ ކުރައްވާފައިވާ އަދަދުތަކާއި ތަފްސީލްތަކާ ފުށު އަރާކަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އެ ފުށުއެރުންތަކުގެ ސަބަބުން ދައުލަތުގެ ދަރަނީގެ އަދަދަކީ ސީދާ ކިހާވަރެއްކަން ސާފު ނުވާ ކަމަށެވެ. އަދި ކުރީގެ ސަރުކާރާއި މިހާރުގެ ފިނޭންސް މިނިސްޓަރު ވެސް އުސޫލާ އެއްގޮތަށް އަމަލު ނުކުރައްވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

"މާލިއްޔަތު ގާނޫނާއި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނާ އެއްގޮތަށް ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރުން އަމަލުކޮށްފައެއް ނުވޭ، މިހާރުގެ ފިނޭންސް މިނިސްޓަރު ވެސް އަމަލު ކުރައްވަމުން ނުގެންދަވާ،" ނަޝީދު ވިދާޅުވިއެވެ.

ބައެއް ލޯނުތަކާއި ގެރެންޓީތަކުގެ މައުލޫމާތު ނަޝީދު ވަނީ މަޖިލިހުގެ މެމްބަރުންނަށް ތަފްސީލްކޮށް ދެއްވައިފައެވެ.

އޭގެތެރޭގައި ހިމެނެނީ ސިނަމާލެ ބްރިޖު ހެދުމަށް ގާފައިވާ 450 މިލިއަން ޔުއާންގެ ލޯނާއި ސަނީ ސައިޑް ބޮންޑްގެ ގޮތުގައި ނެގި 250 މިލިއަން ޑޮލަރުގެ ލޯނާއި ޕްރިޖެކްޓް އިސްރަގާ އަށް އަބޫދާބީ ބޭންކުން ނެގި 100 މިލިއަން ޑޮލަރުގެ ލޯނާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް ސިލޯން ބޭންކް އިން ނެގި 16.1 ޑޮލަރުގެ ލޯނާއި ހުޅުމާލޭގެ 5000 ހައުސިން ޔުނިޓްގެ މަޝްރޫއަކަށް އޮގްޒާކްއަށް ދޫކުރި 327.8 މިލިއަން ޑޮލަރުގެ ގެރެންޓީ އާއި ހުޅުމާލޭގެ 1000 ހައުސިން ޔުނިޓްގެ މަޝްރޫއަކަށް ޖީވިތް ނޭޗާ ލަންކާ އިންވަސްޓްމަންޓްއަށް ދޫކުރި 65.2 މިލިއަން ޑޮލަރެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައަށް މަޖިލީހުގެ މެންބަރުން ބަހުސް ކުރެއްވުމަށް އެއް ގަޑިއިރުގެ ވަގުތެއް ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ވަކިކުރޭ

    ފިނޭންސް މިނިސްޓަރު އަމީރު އަކީ ފުރަތަމަ ފިނޭންސް މިނިސްޓަރު ކަން ދޭން ޖެހޭ ވަރުގެ ތަޖްރިބާ އެއް ހުރި މީހެއް ނޫނޭ މަމެން ހަމަ ކޮސްވި ފިނޭންސް މިނިސްޓްރީ ފަދަ ވަރުގަދަ މިނިސްޓްރީ އެއް އޭނާ އަށް ދިނުމުން އޭނާގެ ތަޖްރިބާ މަދުކަމުންނޭ ދައުލަތުގެ ބަޖެޓުން ނަގުދު ފައިސާ ޑޮލަރުން ނަގާފައި ބަދަލު ދިނީ ބަދަލު ދިން އިރު ފައިސާ ނުދީ އެމެންނަށް މާލެ ސަރަހައްްދުން ފަޅެއް ދިން ނަމަވެސް އެއަށް ވުރެން ރަނގަޅުވީސް ކަން ކަށަވަރޭ މިއަދު ނެތް ދައުލަތުގެ ޚަޒާނާގައި ޑޮލަރެއް ނެތޭ ފިނޭންސް މިނިސްޓަރު ކަމުން އަމީރު ވަކިކުރޭ ވަކިކުރޭވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ

    20
    4
    • ހެޔޮނުވާނެ ހުއްޓާލާ

      ބޮޑު ދުއްޕާނެއް ކަހަލަ މީހެއް ހުރިހާ އެއްޗަކައް ކޮމެންޓް ކުރަމުން ދުވާ!

      11
      19
  2. ކޮއިމަލާ

    މިނިސްޓަރު އޮބި އެޅިޔަސް ނެތް އެއްޗެއް ނުދެއްކޭނެތާ

    38
  3. ޚިޔާލު 3

    ގައުމު ހިންގާނި ކިހިނެތް ވާއެއްޗެއް ނުވާއެއްޗެއް އެގެނީ ކީނޫން ވެރި ކަން ހިންގޭ ވަރުގެ ގާބިލުބަޔަ ކު މިގައުމުގަނެތީތަ،؟

    32
  4. އިސްތިއުފާ

    ދަރަނި ވެސް މެނޭޖް ނުކުރެވުނު އިގްތިސާދު ވެސް މެނޭޖް ނުކުރެވުނު ދައުލަތަށް ޓޫރިޒަމް ނޫން ދާއިރާ އަކުން ބަޖެޓަށް ފައިސާ ވަންނާނެ ގޮތެއް 5 މަސް ދުވަސް ވީއިރު ނޭގުނު ފިނޭންސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރަށް ވެސް ދެން ކިއެއްކުރާ ފިނޭންސް މިނިސްޓަރެއްތޭ ކިއެއްކުރާ އިކޮނޮމިކް މިނިސްޓަރެއްތޭ އެ ދެމިނިސްޓަރުން ވެސް ފެއިލްވީ ކަމަށް ބަލާ އިސްތިއުފާ ދިނުން އެއީ ދެން ރާއްޖޭގެ އިގްތިސާދު ކޮށްޅަށް ޖެހޭނެ ގޮތަކީ އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    23
    2
  5. ތަމެންދޯ

    މަމެން ދެކޭ ގޮތުގައި ހެލްތް މިނިސްޓްރީ ވެސް ވަނީ ފެއިލް ވެފައި މިކަން ސަރުކާރުގެ ފަރާތުން ބަލަން ޖެހޭނެ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ވެސް ވަނީ ފެއިލް ވެފައި ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓަށް ލާންވީ ތަޖްރިބާ ހުރި މީހަކު އިސްމީހަކަށް އެއިރަށް ދެން މިކަން ކަން ރަނގަޅުވާނެ ކަމަށް މަމެންނަށް މިފެނިގެން ދަނީ...

    14
    2
  6. ދިސްވޭ

    މަމެން ދެކޭ ގޮތުގައި ހެލްތް މިނިސްޓްރީ ވެސް ވަނީ ފެއިލް ވެފައި މިކަން ސަރުކާރުގެ ފަރާތުން ބަލަން ޖެހޭނެ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ވެސް ވަނީ ފެއިލް ވެފައި ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓަށް ލާންވީ ތަޖްރިބާ ހުރި މީހަކު އިސްމީހަކަށް އެއިރަށް ދެން މިކަން ކަން ރަނގަޅުވާނެ ކަމަށް މަމެންނަށް މިފެނިގެން ދަނީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އޯވަރހޯލް ނުކޮށް ރާއްޖޭގެ އިގްތިސާދު ކުރިނާރާނެއޭ މިކަން މަޖްލީހުގެ ރައީސް ވެސް ގަބޫލުކުރަން ޖެހޭ މަޖްލީހުގެ ރައީސްގެ އިދާރީ ކަންކަން ބަލަހައްޓަން ހުރި އަންހެނަކަށް ކޮންމެހެން ނުޖެހޭ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ހަވާލުކުރަން އެމެންނަށް ހަވާލުކުރަން ޖެހޭނީ ކަންކަން ކޯރޑިނޭޓް ކުރަން ޕޮލިސީސް ހަދަން އިނގޭނީ އުމުރުން ދުވަސްވެ ތަޖްރިބާ ލިބިފައިވާ މާލެ ސަެރަހައްދަށް ނިސްބަތްވާ މާލޭ މީހުންނަށް ކަން އެއީ ޓްރެކްރިކޯރޑްސް ތަކުން ފެންނާން ހުރި ހަގީގަތަކީ...

    8
    1
  7. ޖެހޭނެއޭ

    ހެޔޮނުވާނެއޭ މަޖްލީހުގެ ރައީސް ހަގީގަތް ޤަބޫލުކުރާށޭ ރާއްޖޭގެ އިގްތިސާދު ފުނޑު ފުނޑުވެއްޖެއޭ ދައުލަތުގެ ބަޖެޓަށް އެބަޖެހޭ މަހަކު މަދުވެގެން އެއް ބިލިއަން ޑޮލަރު ވައްދަން ކުރިއަށް އޮތް 5 އަހަރު ނިމެން ދެން އެކަން ކުރަން ޖެހޭ ގޮތަކީ މާލެ ސަރަހައްދުގައި ހުރި އެތައް ހާސް ފަޅު ތަކުގެ ތެރޭން ކުއްޔަށް ނުދީ ހުރި ހުރިހާ ފަޅު ތައް ފަޅެއް 10 މިލިއަން ޑޮލަރަށް 100 އަހަރަށް ކުއްޔަށް ދޭން ނިންމަންވީ މަޖްލީހުގެ ގަރާރަކުން މަހަކު 100 ފަޅު މަދުވެގެން ކުއްޔަށް ދޭން މިކަން ސަރުކާރުން ނުކުރާނެއޭ މަޖްލީހުގެ ރައީސް މިކަމުގައި އިސްނަގަން ޖެހޭނީ އެނޫން ގޮތަށް މިކަން މިހާރު މިއޮތް ކަންނެތް އަދި ގަމާރުން ތިބި ރައީސް އޮފީހުން ނުކުރާނެއޭ އެކަން ދަންނަން ޖެހޭނެއޭ...

    9
    3
    • ރާކަނި

      މީދެން ކާކު މަޖިލީހުގެ ދުއްޕާނާހުރެ މިހާރުވެސް ޤަވްމު ނުހިންގިގެން މިއުޅެނީ. އެތަނުގައި އިންކަލޭގެ އަކީ މިޤަވްމާ މިދީނަށް ހުރި ނުރައްކަލެއް.

      16
  8. މާމީ

    އިބޫ ސަރުކާރައް އެއްވެސް ކަމެއްނުވީ ކުރީސަރުކާރުން ރާއްޖެ ދުވަހަކު ނުދެކޭފަދަ ތަރައްގީގެނެސް އޮތްތަން މިފެނުނީ ނަހަލާލު ވެރިކަމެއް ލިބި ތަންތަނައްދިއުން އެއިގެކުރިން ނޭގެ ބަޔަކު ކުރި އެއްވެސްކަމެއް މިހާރު ކަމެއް ނުވީމަ ކުރީސަރުކާރު ކިއާލަކިއާލާ ތިބެނީ އެއްވެސް އެއްޗެއްލިބެނީ އެއްނޫން ލިބޭއެއްޗެއްވެސް ކާލަނި... 3އަހަރާ ދުވަސް ކޮޅެއްބާކީ ....

    24
  9. ކިއެއްވެތޭ

    އަމީރަށް ދަރަންޏެއް ވެސް މެނޭޖެއް ނުކުރެވުނު އިގްތިސާދެއް ވެސް މެނޭޖެއް ނުކުރެވުނު އާ ގޮތްތަކެއް ހޯދައިގެން އެމްޓީސީސީ މެދުވެރިކޮށް ހުޅުމާލޭގައި ފްލެޓްސް ތައް ބީއެމްއެލް އިން ލޯން ނަގައިގެން އިމާރާތް ކުރަން ވެސް ނޭގުނު ދައުލަތުގެ ބަޖެޓަށް ޓޫރިޒަމް ސެކްޓަރ ނޫން ސެކްޓަރ އަކުން ގިނަ އަދަދެެއްގެ ފައިސާ މެދުނުކެނޑި ވަންނާނެ ގޮތެއް ހޯދަން ވެސް ނޭގުނު ދެން އެމްޑީޕީ އަށް ބަދަލު އަރައިގެންތޭ އުޅެނީ ކޮންމެހެން އަމީރު ފިނޭންސް މިނިސްޓަރު ކަމުގައި ބަހައްޓަން މިހާތަނަށް ފިނޭންސް މިނިސްޓަރު ކަން ކޮށްފައި ނުވާ އަދި އެމްޑީޕީ އަށް މަރުދޭ ކޮލިފައިޑް ތަޖްރިބާ ހުރި އިނޮވޭޓިވް ބައި ވާރކް އަދި މާލެ ސަރަހައްދުގެ އިގްތިސާދު ރަނގަޅަށް ދަންނަ އެތައް ސަތޭކަ މާލޭ މީހުން އެބަތިއްބޭ އެމްޑީޕީ އަށް ތާއީދު ކުރާ އެމެންނަށް ފިނޭންސް މިނިސްޓަރު ކަން ނުދޭންވީ އެއީ ކިއެއްވެތޭ ކޮންމެހެން މިނިސްޓަރުންނަށް ރާއްޖެތެރޭ މީހުން ތިބެން ޖެހޭތޭ އެއީ މަމެން ނުދަންނަ ކަމެކޭ އަދި...

  10. ހެޔޮނުވާނެއޭ

    ހެލްތް މިނިސްޓަރު އަމީންގެ ކިބައިގައި ވަށާޖެހޭ ތަޖްރިބާ ނެތުމުގެ ސަބަބުންނޭ ރާއްޖޭގެ އިގްތިސާދު ފުނޑިގެން ގޮސްފައި މިވަނީ ސަބަބަކީ އެމްޑީޕީ ނިސްބަތްވާ މަޖްލީހުގެ މެމްބަރުން ރާއްޖެ ލޮކް ޑައުން އަކަށް ނުގޮސް ރީއްޗަށް ކޮވިޑް މެނޭޖް ކުރުމާއި ގުޅޭ ގޮތުން ކޮވިޑް ރާއްޖެ އަށް ނާންނަނީސް އެކަން ކުރާނެ ގޮތުގެ ފްރޭމްވާރކެއްގެ ވާހަކަ މަޖްލީހުގައި ދެއްކި އެކަމަކު ހެލްތް މިނިސްޓަރު ރާއްޖެ ލޮކްޑައުން ކުރީ އެއީ މަޖްލީހުގެ ރުހުމެއް އެކަމަށް ނުހޯދާ މިނިސްޓަރު ބަދަލުކުރޭ މަމެން ޕްރޮޕޯސް ކުރަނީ އޭޑީކޭ ނާޝިދަށް ހެލްތް މިނިސްޓަރު ކަން ދޭން އޭނާގެ ތަޖްރިބާ ހުންނާނެ ކަން އެއީ ޔަގީންވެ ކަށަވަރުވާނެ ކަމެކޭ މަސައްކަތުގައި ހީވާގި ކޮށް އުޅޭނެ އަދި ކެރޭނެ މަޖްލީހުގެ މެމްބަރުންނާއި ގުޅިގެން މަސައްކަތް ކުރަން ހެޔޮނުވާނެ މަޖްލީހުގެ ރައީސް ހެލްތް މިނިސްޓަރު ބަދަލުކުރޭ ބުރުމާ ބުނާ އާލާތުންނަށް ހެޔޮނުވާނެ މިނިސްޓަރު ކަން ދޭން އެޅާ ނަގާ ޒިންމާ އެއް އޭގައި އޮންނަނީ އެއް ނޫންދޯ...

  11. އަވަސްކުރޭ

    އެމްޑީޕީ ގައި ހަމަ ނެތީތޭ އެމްޑީޕީ އަށް މަރުދޭ އަދި ތަޖްރިބާ ލިބިފައި ހުރި ހިންގުންތެރި އިޚްލާސް ތެރި އަދި މުޅި ރާއްޖެ ރީއްޗަށް ދަންނަ މީހަކު ފިނޭންސް މިނިސްޓަރު ކަމަށް ލާން ޔަގީނުންވެސް މާލެ ސަރަހައްދަށް ނިސްބަތްވާ ކޮލިޓީ ގިނަ މީހުންނަކީ އެއީ އެމްޑީޕީ މެމްބަރުން ދެން ހަމަ ގައްދޫ މީހަކު ފިނޭންސް މިނިސްޓަރަކަށް ލައިގެން އޭނާ އަށް އެކަން ނުވާއިރު ވެސް އޭނާ އަށް ބަލަދު އަރައިގެން އުޅޭ ގޮތަށް އޭނާ ފިނޭންސް މިނިސްޓަރަކަށް ބަހައްޓައިގެން އެމްޑީޕީގެ ވެރިކަން ނާކާމިޔާބު ވާ ތަން ބަލަން މަޖްލީހުގެ ރައީސް ހަމަ ހުންނަނީތޭ އެމްޑީޕީގެ ވެރިކަން މިފަހަރު ނާކާމިޔާބު ވާނީ އިގްތިސާދު ފުނޑުފުނޑު ވުމުގެ ސަބަބުން މިކަން އެބަޖެހޭ ރަނގަޅު ކުރަން ވަކިކުރޭ ފިނޭންސް މިނިސްޓަރު އަމީރު މިހާރުން މިހާރަށް އޭނާ ވަކި ކޮށްފައި އޭނާ އަށް ރައީސް އޮފީހުގެ މިނިސްޓަރު ކަން ދިނީމާ ނިމުނީއޭ...

  12. ވިސްނާތި

    އެމްޑީޕީގެ ކޮންމެ ވެރިކަމެއް ވެސް ނާކާމިޔާބު ވަނީ ކެބިނެޓް މިނިސްޓަރުން ނާއި ހެދިއޭ އެގޮތުން ބަލާއިރު މަސައްކަތުގެ ފެންވަރު ދަށް މިނިސްޓްރީ ތަކަކީ 1. ފިނޭންސް މިނިސްޓްރީ 2. ހެލްތް މިނިސްޓްރީ 3. ހައުސިންގް މިނިސްޓްރީ 4. އިކޮނޮމިކް މިނިސްޓްރީ 5. ފޮރިންގް މިނިސްޓްރީ 6. ފިޝަރީޒް މިނިސްޓްރީ 7. ކޮމިއުނިކޭޝަން މިނިސްޓްރީ މި މިނިސްޓްރީ ތައް ހިންގަން ޖެހޭ ވަރާއި ގާތަށް ވެސް ހިންގިފައި ނެތް އެމްޑީޕީގެ މިނިސްޓަރުންނަށް ވި ނަމަވެސް މަސައްކަތް ނުކުރެވޭނަމަ ބަދަލުކުރެވޭނެއޭ ބަދަލުކުރޭ މިހުރިހާ މިނިސްޓްރީ ތައް ހުރިހާ މިނިސްޓަރުން ވާން ޖެހޭނީ އެމްޑީޕީ މިނިސްޓަރުންނަށް އާންމުންނަށް މައުލޫމާތު ދޭން ޓީވީ ޕްރޮގްރާމް ތަކަށް ވެސް އަރަން ޖެހޭނީ މިނިސްޓަރުން ސިވިލް ސާރވެންޓުންނެއް ނޫން މިނިސްޓަރުން މިކަން ކުރަން ޖެހޭނީ އެގްރިމެންޓް ތަކުގައި ވެސް ސޮއި ކުރަން ޖެހޭނީ މިނިސްޓަރުން މިކަން ނުވާ މިނިސްޓަރުން ގޭގައި މަޑުކޮށްލާ ކެރިގެން ޒިންމާ އަދާ ކުރާ މިނިސްޓަރުން ލައިގެން ނޫން ގޮތަށް އެމްޑީޕީގެ ވެރިކަން އެމްޑީޕީ އަށް ކާމިޔާބު ނުވާނެ ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ މިކަން ދަންނަން ޖެހޭނީ މަޖްލީހުގެ ރައީސް އެކަނި ވަގުތު އޮތްވާ މިކަން ކުރަންވީ މަޖްލީހުގެ ރައީސް ވަގުތު ފާއިތުވެ ދިއުމުން ދެން މިކަން ކުރި ނަމަވެސް ނަތީޖާ ނެރެނުދެވޭނެއޭ...

  13. ހުސެން

    ކަލޭމެން އެންމެން ފެއިލްވެއްޖެ.ދެން ފައިބާ .ކަލެއަށް ވަކި މެނޭޖުއެބަ ކުރެވޭތ.ހިޟާނު އަށް ސަލާމް ބުނި ލައިލާ

  14. އިބާދު

    އެމްޑީޕީގެ ފައިނޭންސް ގޮފީގައި މަސައްކަތް ކުރަމުން ދެއްކި ވާނުވާ ވާހަކަތަކަށް ހެއްލިގެން މިސަރުކާރުގެ މާލީ ވުޒާރާ އަމީރު އާއި ހަވާލުކުރުމުން ސަރުކާރަށް ލިބުނީ ފޫނުބެއްދޭވްރުގެ ބޮޑު ގެއްލުން ތަކެއް. ފައިދާވީ މިނިސްޓަރަށާއި އޭނަގެ އާއިލާއަށް އަދި އޭނަގެ ދަރިންގެ ދަރީންނަށް . މިއީ ލައްކަ ވާހަކަ. މުޅިންވެސް އޭނަޔަށް ހަލާލު ނުވާ ރަށްޔިތުންގެ ފައިސާގެ ބޮޑެތި އަދަދުތަކެއް. މިދައްކަނީ އިތުރު ދަރުމަވަންތަ ހޮސްޕިޓަލެއް އެޅޭވަރުގެ ފައިސާގެ މުއާމަލާތްތަކެއްގެ ވާހަކަ....

  15. ރާކަނި

    މީދެން ކިހާބޮޑުވެއްޖެ ކަމެއް މިކަލޭގެ ކިބައިން ﷲ އަވަސް ގޮތަކުން މިޤަވްމާއި ރައްޔިތުން ސަލާމަތް ކޮށް ދެއްވާށި. އާމީން

    11
  16. ސުންކު

    ކުރީސަރުކާރުން ލޯނުނެގިނަމަތާ ލޯނެއްއޮތްކަންވެސް އަމީރަށްފެންނާނީ ނެއްއެއްޗެއްހޯދަން ބޭނުންނަމަ ޕަބުޖީ ޑައުންލޯޑުކުރަށްވައިގެން ނަޝީދު ހޯއްދަވަންވީނޫންތޯ ..

    13
  17. އެމަންޖެ

    އަމީރޫ ތިޔަ ދަރަނިކޮޅުވެސް ނަސީދައް ހަދިޔާ ކޮއްބަލަ.

    13
  18. ޢެދުރުބެ

    މި މިނިސްތަޓްރު ކުރާކަމަކުން ކައުންސިލްތައް އިނދަޖެހި ހިންގުން ހުއްޓިއްޖެ ކަރަންޓްބިލްތައް ނުދެއްކި މަގުމަތި އަނދިރިވެއްޖެ.ކީކޭބުނާނީ..އެކަމަކު އެއިންނަނީ އަތްޖަހާލަ ޖަހާލާ ބާރަށް އަތްޖަހާ

  19. މޫސަ

    ނަޝީދު ވިދާޅުވިޔަސް ތެދެއް ދޮގެއް ނުވާނެ. އަމީރު ގެންދަވަނީ ވައްކަން ކުރައްވަމުން. ރޯމާ ދުވާލު ދައުލަތުގެ ހަޒާނާއިން ފާޅުގައި ވައްކަން ކޮށް ވަގަށް ނަގާ ފައިސާ އެކީގައި އުޅޭ މީހުންނަށް ބައިއަޅަމުން. އަމީރު ވައްކަން ކުރާކަން އެގިގެން ވެސް ބައެއް މީހުން އެބަތިބި ދަހިވެތި ކަމުގައި އަމީރާއެކު އުޅެން ފަށާފައި.

  20. ޙހހހ

    ބަލަ ނަޝީދުމެން މައްސަލަ އުފައްދާގެން ، ކުރީގެ ސަރުކާރު ބޮލުގައި ކަންކަން އަޅުވަން އުޅުނަސް ތިކަމެއް ނުވާނެ ، އެމީހުން ކަންކަން ކޮށްފައިހުރި ފަހުން ބަޔަކު ފާޑުނުކިޔާވަރަށް ، ނަޝީދުމެން ސިޔާސީ ހަޔާތް ތި ނިންމާލަނީ މައުމޫނާ ޤާސިމް އާއި ޔާމީން ފަދަ މީހުން ކޮންވެސް މަޅިއެއްގައި ބައްދާ ޖަލަށް ލުމަށް މަސައްކަތްކޮށްކޮަށް. ޢެކަމަކު އެމީހުން ކަލެއަށްވުރެ މާ އިހްލާސްތެރި

  21. މުންޑު

    ދެންކީކޭ މިކިޔަނީ.މިހާރު ނޭފަތާހަމަޔަށް ފެން އެރީމަ ތެޅިގަތީ.ހިންގުމުގެ އެއްވެސް ތަޖުރިބާއެއްހުރި ބަޔަކާނުން ވެރިކަން މިހަވާލު ކުރެވުނީ.އެހެންތާ ވާނީ.އެމްޑީޕީގަ ހުރިހާކަމެއް އެންމެ މޮޅަށް އިންގޭ އެންމެ މީހަކު ހުރީ.އެކަމަކު އޭނަޔަކަށްވެސް ހުރިހާކަމެއް ނުވާނެތާ.

  22. އަހްމަދު

    ވެރިކަން ނުލިބިގެން މީނާވެސް ތެޅިފައި ހުރި އިރު ހީވެވުނު މިވަރުގެ މީހަކު ނެތްހެން! މީހާރު މިއެގެނީ މީހުސް އަނގަތަކެއްކަން! ވަރަށް ހިތާމަކުރަން މިމީހުންނަށް އަވާގައި ޖެހުނީތީ! މިހާރު އަޅުގަނޑު އެންމެ ބޭނުމީ ނާގާބިލް ޕާޓީ ދޫކޮށްލަން! އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އެކަން ކުރާނަން

  23. ފިލާވަޅު

    ސުމެއްސުން ކެއްސުން ދެމީހުން ދޭތެރެ ޖެއްސުން މިއެދަދު އެއްކުރީމާ އެއަންނަނީ ރަނގަޅު ތިޔަކުދިން ނައްވެސް އެނގޭނެ ރަނގަޅަކީ ދެން ރަނގަޅުކަން