ދިވެހި ދައުލަތު މިއަދު ވެއްޓިފައިވާ ހާލަތަށް ގޮސްގެން އުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަމަލުކޮށްފައި އޮތް ގޮތުން ކަމަށް ރައްޔިތުން މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ މަޖިލިހަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ.

އެ މައްސަލައަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ 2013ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރުގެ ނިޔަލަށް މުޅި ދައުލަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދަރުވާ ނިންމާލާފައިވާ ކަމަށެވެ. ސިނަމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލު އެޅި ވާހަކަ ދައްކާއިރު އެތަންތަން ހެދީ ކިހާ ފައިސާއެއް ހަރަދުކޮށްގެން ކަމަށާއި އަމިއްލަ ޖީބާ ތިމާގެ މީހުންގެ ޖީބަށް ވަން ފައިސާގެ އަދަދުތަކަކީ ކޮބައިކަން ބަލަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ ކުރީގެ ސަރުކާރުން ދައުލަތް ޒިންމާވާ ގޮތަށް އަމިއްލަ ފަރާތްތަކަށް ލޯނު ނަގައިދީފައިވާ ކަމަށް ބުނެ އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ. ވިދާޅުވީ އެފަދައިން ދައުލަތުން އަމަލުކުރާ ކަމަށްވާ ނަމަ ކޮންމެ މީހަކުވެސް މުއްސަނދިވާނެ ކަމަށެވެ.

މި މައްސަލަތައް އެބަ ބަލަން އެބަޖެހޭ. ކޮމެޓީއަކަށް ގެންގޮސްގެންވެސް ބަލަން އެބަޖެހޭ. މިއަދު ޑޮލަރެއް 20 ރުފިޔާއަށް އަރާފައިވާ ކަމަށް ދެކެވޭއިރު އިއްޒަތްތެރި ރައީސް މިއަދު އަޅުގަނޑުމެބްގެ ދައުލަތް މިހާ ހިސާބަށް ވެއްޓިގެން މިއުޅެނީ ކުރީ ސަރުކާރުން ކަންކޮށްފައި އޮތް ގޮތުން،" އަލީ އާޒިމް ވިދާޅުވިއެވެ.

މިއަދު ސަރުކާރުގެ ވަޒީރުންނަށް ވެސް ދައުލަތް ދަރާފައި އޮތް މިންވަރު އެނގެން ޖެހޭ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތުން މަޖިލީހަށް ބަޖެޓަށް ހުށަހަޅަން ޖެހޭ ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަމެއް ނުކުރާ ކަމަށާއި މަޖިލިސް ޗުއްޓީއަށް ދާން އުޅޭއިރުވެސް އެ ބަޖެޓު މަޖިލީހަށް ނާންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

  1. މުރުތަޟޯ

    ކަލޯ އަމޯ ކަންކޮތްފަ އޮތްގޮތުން ލަދުހަޔާތުގެ ކަންފުޅެއްވެސްނެތީ.

    141
    1
  2. މާމި

    ކަލޭމެނައް ވާނީ ތިވަރު އަބަދުވެސް ކުރީސަރުކާރު ކިއާލަކިއާލާ ތިބުން .ރާއްޖޭގެ ރިޒާވުގަ ހުރިލާރިކޮޅުވެސް ކައި ހުސްކޮއްފަ އަދި އިތުރައް އެއްޗެއް ނުލިބުނީމަ ކުރީސަރުކާރު

    151
    1
  3. އަހުމަދު

    އޯކޭ މިދިޔަ ސަރުކާރުގެ ގޯސްތައް ރަނގަޅު ކުރާކަށް ނޫންތަ އައިސް ތިތިބީ. އެކަން ރަނގަޅު ނުކުރެވޭނެނަމަ އިސްތުފާ ދީފަ ގޭގައި އޮތުން ރަނގަޅުވާނެ.

    169
  4. ސަންފައްތަ

    މަސް ނުބެވުމުން ކަނޑު ނުބައިކުރުމުގެ ސިޔާސަތު ދެއްތޯ. ބަލަ އޭރު ކަންކަން ގޯސްކޮށް ހުރީމަ އެކަންކަން ރަނގަޅުކުރުމުގެ ޒިންމާ ނަގައިގެން ނޫންތޯ ވެރިކަމަށް ވަޑައިގަތީ. ދެން ބަހަނާ ނުދައްކަވާ. ރައްޔިތުން ބަލައެއް ނުގަންނާނެ.

    152
    1
  5. ހުސެން

    ކަލޯ ކޮވިޑް އައީވެސް ކުރީގެ ސަރުކާރަކާ ހެދީ ދޯ

    142
  6. Mahujanu

    ސަރު ކާރު ފެއިލްވެއްޖެ ކަމަށް އެމްޑީޕީ އިސް ސަފުން އެއްބަސްވުން. އަވަހަށް އިސްތިއުފާދީ.

    139
    2
  7. ކިޔާމީހާގެ އެހީތެރިޔާ

    ހިސާބުތައް ބަލައިގެން އެއްޗެއް ސާފުނުވާ ފެންވަރުގެ މީހުން މަޖިލީހަށް ވަނުމަކީ ކުރީ ސަރުކާރުގެ މައްސަލައެއްތޯ؟ ހިސާބުތައް ބަލައި ދިމާވޭތޯ ނުވޭތޯ ބަލައި ޗެކްކޮށް ގޮތްގޮތް ކިޔައިދެވޭ ވަރު މީހުން އެބަތިބި. އެ މީހުންނާ ހަވާލުކުރައްވަންވީނޫންތޯ؟

    120
  8. ޢަލީކޮއި

    ސަރު ކާރު ފެއިލްވެއްޖެ ކަމަށް އެމްޑީޕީ އިސް ސަފުން އެއްބަސްވުން. އަވަހަށް އިސްތިއުފާދީ.

    115
  9. ސުވާލު

    ލާދީނީ މިހުން ތެދެއްނަހަދާނެ، ވައުދާއި ޚިލާފުވާނެ، ހިޔާނާތް ތެރިވާނެ. އެމީހުންގެ ގައިގައި ހުންނާނީ މުނާފިގުންގެ ސިފަ. މަތްﷲގެ ބަރަކާތް ނުލިބުމުގެ ސަބަބުން އެމީހުންނަށް ނަސްރެއް ނުލިބޭނެ އަދި ކަމެއްވެސް ނުކުރެވޭނެ. ދެން މިކަހަލަ ކަނޑު ކޮސް ގޮވާނީ.

    ޔާމީނުއަކީ ދުނިޔޭގެ ނިސްބަތުންވެސް ތަފާތު ހިންގުންތެރިއެއް. ލިބުނުހާލާރި ގައުމުގެ ރައްޔިތުންނަށް ދާގޮތަށް ކަންކޮށްގައި ޑޮލަރުރޭޓު ވައްޓާލައިފައި ނުވީތަނަކަށް ޗައިނާފަދަ ޑާކު ގައުމަކުން މިފަސްގަނޑު ވިއްކާނުލާ 100 މިލިއަން ޑޮލަރުގެ އެހީ ހޯދާ ބްރިޖުއެޅި މާހިރެއް.

    115
    1
  10. އަލީ

    ތިޔަބަހަނާ ދައްކަނީ ކޮބާތަ އެމްއެމްޕީއާރުސީގެ ލާރިގަނޑުން ކަލެއައްލިބުނު ފައިސާ ސަރުކާރާ ހަވާލުކުރޭ އިތުރު ބަހަނާ ނުދައްކާ މީހުނައް ވަގައް ނުގޮވާ ތިމަންނައަކިވެސް ބޮޑުވަގެއްކަން ގަބޫލުކުރޭ؟

    108
    2
  11. ޙަސަނު

    ބޯގޯސް ކާޅުތަކެއްތަ މީ އަޅެ ފަހެ

    104
  12. އީޖީ

    ތިނޫން އެއްޗެއް ކިޔާކަށް ނޭގޭނެ ކަލޭމެންނަކަށް. ކުރިން އައި އެމްޑީޕީ ސަރުކާރުގެ އަނގަ ނުހުއްޓޭ މައުމޫނޭ ކިޔާކިޔާ. މިހާރު އައި ސަރުކާރަށް އުޅެނީ ޔާމީނޭ ކިޔުން ނުހުއްޓިގެން.

    100
  13. ފާއިޒު

    ކުރަސަރުކާރުން ކަންކުރަމުން ދިޔައީ ގޯސްގޮތަކަށް ކަމަށްބުނެ ރައްޔިތުން ގުނބޯ ހައްދާ އެކަންކަން ރަނގަޅު ކުރާނެ ކަމަށް ބުނެ އޮޅުވާލައިގެން ވެރިކަން ލިބުނީމާ، ކުރީސަރުކާރަށްވުރެ މާ ގޯސްކޮށް ކަންތައް ކުރަމުން މިހެން މިވަނީ ކުރީސަރުކާރުން ކަންތައް ކޮށްފައިވާ ގޮތުންނޭ ކިޔާފަ ވާހަކަ ދައްކާނެ ކަމެއް ނެތް. ހަމަ މިހާރުން މިހާރަށް އިސްތިޢުފާ ދީފަ އިނގިރޭސިވިލާތަށް ދޭ. އެހެންނޫނީ ރައްޔިތުން ނުކުމެ ކަލޭމެން ގޮޅިޔަކަށް ލާން ޖެހިދާނެ.

    94
  14. Anonymous

    ގައިމު ޔާމީނު ވެރި ކަމަށް އައިސް ނުބުނޭ ކަލޭމެންނާ ހެދީ ސަރު ކާރު ނުހިންގިގެންނޭ މިއުޅެނީ، ކަލޭމެން ނުހޮރޮއްޕާން ކުރަމުންގެންދެވި އިރުވެސް އެމަނި ކުފާން ގެންދެވީ ގައުމު އާރާސްތު ކކުރައްވަމުން، މިފަސްއަހަރު އެމަނި ކުފާނަށް ނުލިބުނީ ދިރިތިބި ބަޔަ ކަށް ޢިބްރަތެއްގެ ގޮތުގަ، މިހާރު ޢިބުރަތް ރައްޔިތުންނަށް ހުންނާނީ ޙާސިލުވެފަ ކަމަށް އުއްމީދު ކުރަން.

    73
  15. ރާފިޢު

    ދައުލަތް މިހާލަތަށް ވެއްޓުނީ ކަލޯމެންކަހަލަ ޖާހިލު މީހުން ތިތާންގަ ތިބޭތީ

    61
  16. ސޮފްވާން

    އާޒިމު ތިވާހަކަ ދައްކަން ރީތިދޯ. ތަސްމީނު އާއި ދެމީހުން ބީ އެމް އެލް ދޮވެލިއިރު ގައުމު ކޮބާ. ރުއްސަން ދައްކާ ވާހަކައިގެވެސް އުރައްޕަތެއް ހުންނަނަްވާނެ. ދެން ދައުރު ނިންމާލަނީ ތިޔަ ކުރީސަރުކާރު ކިޔަކިޔާ.

    57
  17. ޙަސަނާ

    މީ ކޮންކަހަލަބައެއް...ވެރިކަމައް އަރާ 2 އަހަރު ވަނިކޮއް އަދިކިރިޔާ މި އިގުނީ ކުރީސަރުކާރުން ކަންކުރިގޮތުންކަން ގައުމު މިހިސާބައްމިދިޔައީ ކޮންހިސާބަކައްތަ ގައުމުދިޔައީ ސޯސަލްމީޑިއާގަ ދައުރުވާ ފޮޓޯތަކުން ފެނޭ ޔާމިނު 5 އަހަރު ނުގެނެވުނު ތަރައްގީ ގެންނަމުންދާ ފޮޓޯތައް އެހެންވީމަ ތިބުނަނީ މިވަރައްތަރައްގީ މިގެނެވެނީ ކުރީސަރުކާރުން ކޮއްދީފަހުރި ކަންކަމުންނޭ ތޯ؟؟؟؟

    39
  18. ޙަސަނާ

    ކަލޯމެން ތިޔަތެޅެނީ މާލެސަރަހައްދުގަ އެޅިފަހުރިފުލެޓުތައްފެނިގެންބިރުން ކަލޯމެންގެ އަމިއްލައުސްއިމާރަތްތަކުގެ ޑިމާންޑުކުޑަވެދާނެތީ ކަލޯ އާ އަދުން ކޫރޭއާ ނަސީދުބޮލައްއެރިގެން ހުރިހާނުބައިނުލަފާ ކަމެއްކުރަނީ....

    43
  19. ސީގަލް އޮން އެއަރ

    މަސް ނުބޭނުމުން ކަނޑު ގޯސް ވަނީ. ... "މިއަދު ޑޮލަރެއް 20 ރުފިޔާއަށް އަރާފައިވާ ކަމަށް ދެކެވޭއިރު ...." ނަޝީދު ސަރުކާރުގެ ދުވަސްވަރު ޑޮލަރުގެ އަގު 30 ރުފިޔާއަށް އަރައިގެން ދިޔައީ ޔާމީން އާއި ހެދިތޯ؟ ޔާމީން ސަރުކާރުގެ ދުވަސްވަރު 13 ރުފިޔާ އަށް ލިބުނު.

    އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަން މި އެގުނީ މި ސަރުކާރަށް 2 އަހަރު ވަނިކޮށް.
    ހިތާމަހުރި ތިމާމެންނަގެ ފޯލްޓް އަނެކުންގެ ބޮލުގައި އެޅުވުންނޫން ކަމެއްނެތް.

    43
  20. ޝަމީން

    ތިއީ އަބަދުވެސް އަހަރެމެން އަޑުއަހާ އެކުސްކިއުޒެއް.. ތިޔަ އެކުސްކިޔުޒު އެންމެ ގިނައިން އިވެންފަށަނީ ތިމާމެންގެ އަތްދަށުން ކަންކަން ވީއްލި ހަދާނެގޮތް ހުސްވެ ސަރުކާރު ފެއިލްވާންފެށީމަ.

    39
  21. އަތީދު

    ކުރި ސަރުކާރޭކިޔައިގެން ދެކޮޅުޖައްސަން ތިޔައުޅެނީ ދަރުމަވަންތަ ހޮސްޕިޓައް، އެއަރޕޯޓް ދަވަނަ ރަންވޭ. މާލޭވަށައިމަގު، ހުޅުމާލޭ ދެވަނަ ފޭސް ހިއްކައި 16 ޓަވަރު، އައިޖީއެމްއެޗްގައި ސީޓީސްކޭން މެސިނެއް ބަހައޓައި، ކިންގު ސަލްމާނު މިސްކިތް، ރަސްރަނީ ބަގީޗާ، ރަސްފަންނު ޕާކު، ނޮއަތް ހާބަރުގެ ކަޑަތައް ޒަމާނާއެއްގޮތައް އަޅައި،،އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވުނު މާލޭގެ ކުނީގެ މައްސަލަ އެތައްބަޔަކަށް ވަޒީފާލިބޭގޮތައްހައްލުކޮށް،މާލޭގެ ދެކުފަރާތުން ބޮޑު ސަރަހައްދުއެއް ހިއްކައި، ރާއްޖޭގެ އެތަކެއްރަށެއް ހިއްކައި ބަދަރުތަކާ ނަރުދާތައް އެޅީމައިތަ! މިހިރަ ބޯގަޅި އާޒިމާ މި ސަރުކާރުންކުރިކަމެއް ބުނެދީބަލަ! ވައްކަންކަންކުރުން އެހެންކަމެއް ނުކުރެވޭ! އެހެންނޫންތޯ؟

    47
    1
  22. ކަނަމަނަ

    ޢާޒިމްމެން އަދިސަރުކާރުންވެސް ކުރީގެސަރުކާރޭ ބިތުފަންގިއޭ މިނިސްޓަރޭ ކިޔަކިޔާތިބޭނީ ކުރެވޭ ކަމެއް ހަރާން ރައްޔަތުން އަތުންލިބޭ ޓެކުސްފައިސާއިން މުސާރަނަގައިގެން ރައްޔަތުންނައްޓަކާ މިހާތަނައްނެއް އެއްކަމެއްވެސް ކޮއްދެވިފަ

    41
  23. ނަސީބު

    ވަގުފައިސާއިން ގެހެދި އާޒިމު

    32
  24. ޢަލި

    ތިޔަބެފުލުންނަ ކަމެއ ކުރަން ނެންގެނިި. ޢެމް ދި ޕި ވެރިކަމަށް އައުމައެކު ދިވެހިރައްޔިތުންނަށް ޖެހެނީ މުސީބާތް. ޢިންދިޔާ މީހުން ހެވިފައި. ޥެރިކަނއ ދޫކޮށއ ދާންއުޅޭ.

    29
  25. ޞުހޫ

    ސަރުކާރު ފެއިލްވެއްޖެ ކަމަށް އެމްޑީޕީ އިސްްް ސަފުން އެއްބަސްވުން. އަވަހަށް އިސްތިއުފާދީ. ނުވާނެ ކަން ކުރިންވެސްް އެނގޭތީ މިބައިގަނޑަށް ވޯޓެއްނުދެން. ދެންވެސް ނުދޭނަން

    33
  26. Anonymous

    ބޭފުޅާ ލަދުޙަޔާތް ކޮބާތޯ؟ ކަމެއް ނުކުރެވޭތާ ހަނުހުއްނެވިއްޔާ މާތާހިރުވާނެ. ކުރީ ސަރުކާރާއި ޤައުމު ޙަވާލުކުރޭ. މަޖްލިސް ހިތަކަށް ދިނީމަ ވެސް އެބައުޅޭތަ ރައްޔިތުންނަށް ކަމެއްކޮށްދެން. ނާޤާބިލް ސަރުކާރުމީ. މިހާރު ދިވެހި ރައްޔިތުންނަށް އިތުބާރު ގެއްލިއްޖެ. ހައްތާވެސް ކުރީ ސަރުކާރާއި މުޢިއްޒު އާއި ކޮވިޑް ބޮލުގައި ހުރިހާ ކަމެއް އަޅުވައިގެން ލާދީނިއްޔަތު ފެތުރުމަށް ރިޕޯޓް ނެރުމާއި ޤައުމުގެ މިނިވަންކަން މަގަކުން.

    28
  27. ބޯހަލާކު

    ލަދުން ބޯހަލާކު. ވެރިކަން ހިންގަން ނޭގުނަސް ތީ ދެން ބޮޑުވަރު. މީގެކުރިން ކޮވިޑު ކިޔަކިޔާ ތިބެފައި އަނެއްކާވެސް އެއްކަލަ ކުރީ ސަރުކާރު ކިޔަންފެށުނީ. އެހެންބަޔަކަށް ފޫޅުނުކަނޑާ ނިކަން ގަޓެއްހުރިއްޔާ ބުނެބަލަ ތިމަންމެންނަށް މި އުޅެނީ ވެރިކަން ހިންގަން ނޭނގިގެންނޭ. އަދިވެސް ތަނެއް އޮތިއްޔާ ބޯކޮއްޕާލާތި. އިސްތިއުފާ ދީބަލަ.

    38
  28. މަބޭ

    މައިތިރިޕާލާ އަދި ރަަނިލްގެ ވެރިލަމުގަ ސްރީލަންކާއިން ގޮވަމުންފިޔައީ ހަމަތިޔަގޮވެލިފަތި އިންޑިޔާގެއަވޤގެޖެގި މުޅިއިގްތިސޯދު ފުންޑުނީ މިރާއްޖެޔައްވެސް ދިމާވެފަ މިއޮތީހަމަ އެމުސީބާތް

    37
  29. ޢަލީ

    ކުރީ ސަރު ކާރުން ހޯދާފަހުރި ލާރި ކޮޅު މިއޮއްހާ ދުވަހު ތި ކެއީ އެ އެތި ކޮޅު ހުސްވީމަ އެމީހުން ފަހައި ދުވިއަ ކަސް ދެން ކުރާނެ ކަމެއް ނޯންނާނެ.

    36
  30. މުންޑު

    ކަލޭމެން ކިތެންމެ ދޮނގުތަކެއް ހެދިޔަސް ރައްޔިތުންނަށް އެބައިނގޭ އެމްޑީޕިގެ ނުބައި ރޭވުން.ޔާމީން ސަރުކާރު ވަރެއްނެތް.އަދި ކިރިޔާ މިއެނގުނީ.ކެޔަސް ބުޔަސް ރައްޔިތުންނަށް ކަންތައް ކޮށްދިން.މިހާރުކައިގެން ބޮއެގެން އެއްވެސް ކަމެއްނުވޭ.ދައުލަތް ފެނާނުލާ ދިރުވަނީ.

    32
  31. ނ

    ބަލަ ކާކުތަބުނީ ސަރުކާރާ ހަވާލު ވާށޭ
    ކަލޯމެން...2012ގައި ސަރުކާރު ދޫކޮށްލިއިރު
    ޢޮތީ މާހާލުގާ...2018 ގައި ރިޒާވުގައި ހުރި..800 މިލިއަން
    ޑޮލަރު ކޮބާ...އަދި ވެސް ސަރުކާރު ހިންގަން އަންނާތި

    22
  32. އުތުރުން

    ހިންގުމުގެ ވައްޓަފާޅިއެއް ނެތްބަޔަ ކު ސަރު ކކ ކާރުހިނގަން
    ހަވާލްވާން ދިވެހިން ދޫ ކޮށްލުމަ ކީ ހެދުނު ވަރަށްބޮޑު ގޯހެ ކެވެ
    މިސަރުކކާރު ވެރިކަމާހާވާލްވިއިރު ރާއްޖެ އޮތްހާލަތާއި މިހާރުގެ
    ހާލަތު އޮތްގޮތް ވަޒަން ކޮށްލުމުން މި ކަން ޔަގީވެއެވެ.
    ދެން ފެންނާނީ ދައުލަތް ބަނގުރޫވެ ވަގުންތައް ފިލަފލައިގެން ރައް ކަވާތަނެވެ. އެތައް އަހަރަކަށް ޖަލަށް ޙު ކުމް
    ކޮށްފައި ތިބިމީހުންނަ ކީ ގައުމުދެކެ ލޯބިވާނެ ބައެއް ނޫނެވެ

    17
  33. މަމީ

    އޭ މިހިރަ އާޒިމާ ކަލެއެއްނޫންތަބުނީ މިސަރުކާރުން ބަދަލުދިނުމުގެ ނަމުގައި ވަށްކަން ކުރާކަމަށް ނުހިތުގައިވެސް ހަޤީޤަތް ހާމަކުރެވޭނެ އެން ނޫންތޯ

    21
  34. Anonymous

    މީގެން މިދޭހަވަނީ ވަކަރުގޭގައި އާޒިމް ކިޔާ މީހަކު އަޅުނުކަން ، ކިއަވެތޯ ނުބުނީ ނާސިރޭ

    25
  35. ނަސީދު

    މީގެން މިދޭހަވަނީ ވަކަރުގޭގައި އާޒިމް ކިޔާ މީހަކު އަޅުނުކަން ، ކިއަވެތޯ ނުބުނީ ނާސިރޭ

    20
    1
  36. ސަންގޯރު

    މިނޫންއެއްޗެއް ކިޔާން ނޭގެތޯއްޗެ. ކުރީގެ ސަރުކާރު ކިޔާލަކިޔާލާ ދައުރު ނިއްމާލީ.

    21
  37. ބޯގަޅި

    ސައިތާނު މިހާރުފައިބާ

    20
  38. ދުންތަރި

    މިކަލޭގެޔަކީ ވަރަށް ލަދުހަޔާޓްކުޑަ އިންސާނެއް ލާދީނީ އެމްޑިޕީގަ ނޫޅޭނެ ސަހަލު އެކަތިވެސް މިކަލޭގެޔަކީ އަރާހުރި މުޖުރިމެއް ކުރީސަރުކާރޭ ފޭއްޔޭ ކިޔާއިރު ކީއްކުރަން ބޮލުގަ އަޅައިގެން ތި އުޅެނީ ތިމާމެނަށްނުވާވަރުގެ ކަންކަމާ ނޫޅެބަލަ ނުވީމާ ނޭނގުނީމަ ބޮއްސުންލީމާ ދެން ކޮންމެހެން ކުރީސަރުކާރޭ ބަނބުކޭލޭ އަލައެކޭ ކިޔާނެކަމެއްނެތް

  39. ހުސެން

    ކަލޯ ގަޔާ ދެން ރަނގަޅުކޮށްބަލަ އަދިވެސް ކެވޭތޯ ތިބަލަނީ.. ކޮޅި

  40. ެިއިޙުސާސް

    މީ ވިކިފަ އޮތްގަޢުމެން. މިހާލަތުގަ ގަޢުމު އޮތްއިރުވެސް މިހާރުވެސް އަލަށް ހެލްތުމިނިސްޓުރީ އިން އިންޑިޔާ އިން ނަރުހުން ވަޒީފާ އަށް ގެންނަނީ. ގައިމު ލާރި ހުރީމަ ދޯ ވަޒީފާ ބަޔަކަށް

  41. އިޙުސާސް

    ދައުލަތް ހާލަތަކަށް ވެއްޓިފަ އޮތް ކަމެންނޭގެ.މިހާލަތުގަވެސް ހެލްތުމިނިސްޓުރިިީ އިން އަލަށް ވަޒީފާ ދީގެން އެތައް ނަރުހުންނެން އިންޑިޔާ އިން ިގެންނަނީ.އެކަމަކު ސަރުކާރުން މިކިޔަނީ ފައިސާ އެއްނެތޭ.ހެއްވާ ދޯ.

  42. ސަންގުމަރުމަރު

    ދެން ބުނޭ ކޮވިޑް ފެތުރުނީވެސް ކުރީ ސަރުކާރުން ކަންކުރި ގޮތުންނޭ. އަދި ފާއިތުވި 2 މަހު އުދަ އެރީވެސް ހަމަ ކުރީ ސަރުކާރުން ކަން ކުރި ގޮތުންނޭ.

    ނޫނޭ މިއޮތީ ވާ ސަރުކާރެއް. ބޯ ހަލާކު.

  43. ސަމިި

    ކުރީ ސަރުކާރު ދިޔައީ ވަރަށް ބާރަށް ކުރިއަށް . ތިކަން ނުވިއެންނު ބަހަނާ ނުދައްކާ ކުރީ ސަރުކާރާ ވެރިކަން ހިންނަގަން ހަވާލު ކުރޭ. ލަދު ކުޑަ

  44. ޢަލީ

    އެހެނެއް ނޫން... ދަޢުލަތް މިހާލަތަށް ދިޔައީ އާ އުދަރެހަކަށް ރާއްޖެ ގެންގޮސްދިން ކުރީ ސަރުކާރު ވެރިކަމުން ބޭލުމަށް ކަލޭމެނަށް ވޯޓް ދިނުމުގެ ސަބަބުން..

  45. ނަސްރީނާ

    އެހެއްވީރު ކަލޭ ތިހާ ނުބާ ނުލަފާ މީހަކަށް ވީވެސް ކަލޭގެ މައިން ބަފައިންގެ ސަނަބުންނޭތަ ތި ބުނަނީ އެކަ މު ކަލޭގެ ބަފަޔަކީ ހެޔޮލަފާ މީހެއް

  46. ރޯފުޅު

    ކޮރޯނާ ގެނައީ ކުރީ ސަރުކާރުގެ ހިލޭ އެހީގަ، ވެންޓިލޭޓަރ ލާރިގަނޑު ދިރުވާލީ ކުރީ ސަރުކާާރުގެ ފުރަތަމަ 100 ދުވަހު ތެރޭގަ، ޔާމީނު ޖަލަށްލީ ކުރީ ސަރުކާރު ހުވާ ކުރި ދުވަހު ފަތިހު