ލ. ގަމުން ކޮވިޑް-19 އަށް ދެ މީހަކު ފައްސިވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

"ވަގަުތު"އަށް އެނގިފައިވާގޮތުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އޭކޭ އެކްސްޕްރެސްގެ ބޯޓުގެ ފަޅުވެރިއެކެވެ.

ބައެއް މީޑިއާތަކުން ބުނެފައި ވަނީ ލ. ގަމުން ކޮވިޑް-19 އަށް ދެ މީހަކު ފައްސިވެފައި ކަމަށާއި، އެއީ އޭކޭ އެކްސްޕްރެސްގެ ބޯޓުގެ ދެ ފަޅުވެރިން ކަމަށެވެ.

އޭކޭ އެކްސްޕްރެސް އިން "ވަގުތު"އަށް މައުލޫމާތު ދެމުން ބުނީ، އެ ބޯޓުން ކޮވިޑް-19އަށް ފައްސިވީ އެންމެ މީހެއް ކަމަށާއި، ފައްސިވި މީހާ މިހާރު ވީ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައި ކަމަށެވެ.

"ތަރުތީބެއް ނެތި ނެގި ސުންކުތަކުން ބޯޓުގެ =މީހަކު ފައްސިވީ. ތިން މީހުންގެ ސުންކު ނެގި. ނައްސިވި ދެ މީހުންނަކީ ލ. ގަމު ދެ މީހުން". ބޯޓުން ބުންޏެވެ.

މި ބޯޓަކީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ބޯޓެކެވެ. ބޯޓު މިހާރު މާލޭގައި އޮންނަތާ ހަފްތާއެއްވާ ދުވަސް ވެއްޖެ އެވެ.

އެރަށު ކައުންސިލް ނައިބް ރައީސް އަހުމަދު ޝާހީން ވިދާޅުވީ، އެ ބޯޓުން ކޮވިޑް-19 އަށް މީހަކު ފައްސިވެފައިވާކަން އެނގުނީ މާލެ ބަނދަރު މަތިން ނެގި ސުންކުތަކުން ކަަމަށެވެ. އަދި މިހާރު ބޯޓުގެ އެންމެން އެ ބައްޔަށް ޓެސްޓު ކުރަން ބޭނުން ވެގެން ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގަމަކީ ވަރަށް ގިނަ މީހުން އަންނަ ތަނެއް. އަޅުގަނޑު ގަބޫލު ކުރަނީ އެއީ ބަޔަކު މީހުން ރައްޔިތުންގެހިތުގައި ބިރުވެރިކަން އުފައްދަން ފަތުރާ ވާހަކައެއް ކަމަށް". ޝާހީން ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ފައްސިވެފައި ވަނީ 5,041 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު