ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ނިސްބަތްބާ ހަތަރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.
ނަން އަބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ގދ. ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލި ފާތިމަތު އީނާސްއާ ހަމަ އެ ރަށުން އެ މަގާމަށް ކުރިމަތިލާފައިވާ މަރްޔަމް މުޙައްމަދާއި ގއ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ސަލްމާގެ އިތުރުން ށ. ކަނޑިތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ފާޠިމަތު ޝާމިލާއެވެ.
ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިއުލާން ކުރާނެ ކަމަށް އީސީން ބުނެއެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން މިއަހަރު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ފަސްކޮށްފައިވާއިރު، މި ދެ އިންތިހާބު ބޭއްވުމަށް މިހާރު މަސައްކަތް ކުރަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުއެވެ.
މީގެކުރިންވެސް އެމްޑީޕީ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވަނީ އިންތިހާބުން ނަން އަނބުރާ ގެންގޮސްފައެވެ. އޭގެތެރެއިން ބައެއް ކެންޑިޑޭޓުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ސަރުކާރު ގެނައުމަށް މަސައްކަތް ކުރީ ވަރަށް ފޮނި އުއްމީދަކާއި އެކުގައި ކަމަށެވެ. ނަމަވެސް ސަރުކާރު ގެނައި މައިގަނޑު މަގްސަދު ފުދިގެން ނުދާ ކަމަށް ބުނެ ބައެއް ކެންޑިޑޭޓުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.
އެމްޑީޕީގެ ހެޔޮވިސްނޭ އެންމެހާ ބޭފުޅުންނަށް ދަންނަވަން . އަވަހަށް މިބައިމީހުންގެ ކިބައިން ސަލާމަތްވެ ޤައުމު ހަމަމަގަށް ގެނައުމަށް މަސައްކަތް ކުރާފަރާތްތަކާއި ބައިއަތުހިފައި ދެއްވާ! މިއީ ތިޔަބޭފުޅުންގެ ޤައުމު މިހާރު އެމްޑީޕީގެ މަކަރާ ހީލަތް އެގެންވެއްޖެ އަވަހަށް ސަލާމަތްވޭ!
ޢެއްމެން ވަކިވާންވީ.
ސާބަސް.ހެޔޮވިސްނޭބަޔަކު މިސަރުކާރާ އެއްބައިވެގެން ނުތިބޭނެ.
ތިވާނީ ޕީޕީއެމްގެ ބަޔެއް އަޑީތިބެގެން ކުރުވަމުންދާ ކަމަަށް.
މިރާއްޖޭގައި އުޅޭބަޔަކަށް ދެލޯ ސަލާމަތުން ހުރިއްޔާ ފެންނާނެ ވާނުވާ. ޕީޕީއެމްގެ މީހުން އިތުރަށް ކިޔައިދޭކަށް ނުޖެހޭނެ ހަދާނަހާދާ އެއްޗެއް. ޒީރޯ ޓޮލަރެންސް އޮތީ ދޫފުޅުގައި. ޢަމަލުފުޅަކު ނޫން. ސާބަހޭ ޤައުމު ދެކެ ލޯބިވާ ދަރިންނޭ . ދީނާއި މިނިވަންކަން ހިތަށްއެރިޔަސް އެމްޑީޕީގައި ނުތިބޭވޭނެ.
ބޮލާލޮލާ ހުރިއްޔާ މިހާރު ގައުމަށް މިވާގޮތް އެގޭނެ ނިކަން ބުނެބަލަ ގައުމު މިދަނީ ރަނގަޅުމަގުންތަ ނުބައިމަގުންތަ
ހީވޭ ކަމެއްހެން އިންތިހާބާޖެހޭއިރު އެމްޑީޕީގެ އެކަކުވެސް ނުހުންނާނެ އައްނި ބޮޑިބަންނަވަރުން އެޕާޓީން ކުރިމަތިލު ހުރިހާ ކެންޑިޑޭޓުން ނަން އަބުރާ ގެންދާނެ