ކ. ގިރިފުށީގައި ތިބި ސިފައިންތަކެއް ކޮވިޑް-19 އަށް ފައްސިވެ، އެރަށް ކަރަންޓީންކޮށްފި އެވެ.

އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ހަތަރު ސިފައިން ކަމަށް "ވަގުތު"އަށް ވަނީ ކަށަވަރުވެފައެވެ. މިހާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އާއްމު އުސޫލުގެ ދަށުން އެރަށަށް އަރާ ފޭބުން މަނާ ކުރިއެވެ.

އަދި މިހާރު އެރަށުގައި އެޗްޕީއޭގެ އުސޫލުގެ ދަށުން އަމަލު ކުރަމުންދާކަމުގެ މައުލޫމާތު "ވަގުތު"އަށް ވަނީ ލިބިފައެވެ.

މީގެ ކުރިންވެސް ސިފައިންތަކެއް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި އެންމެ ކުރީސަފުގައި މަސައްކަތް ކުރަމުންދާ އެއް ބައެއްގެ ގޮތުގައި ސިފައިންނާއި ފުލުހުން ހިމެނެއެވެ.

މީގެ ކުރިންވެސް ސިފައިންތަކެއް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރޭގައި 30 ވަރަކަށް ސިފައިން ހިމެނޭއިރު، ގިނަ ސިފައިން ވަނީ ބަލިން ރަނގަޅުވެ އެނބުރި ވަޒީފާއަށް ނުކުމެފައެވެ.

ރާއްޖޭގެ ކޮވިޑް-19 އާދެކޮޅަށް މަސައްކަތް ކުރާ ކުރީ ސަފުގެ މުވައްޒަފުން ކޮވިޑް-19 އަށް ފައްސިވަމުން ދާތީ ސިއްހީ ހިދުމަތްތެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 5،041 މީހެކެވެ. މީގެ ތެރެއިން 2,774 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިބަލިމަޑު ކަމުގައި ކޮން ޓްރެއިނިންގ އެއްހަދާ ކަށް،

    5
    5
  2. މުހައްމަދު

    ޢެތަން ބަންދުކ ކޮށްފަ ކާޅުތަ ކާއި ހަވާލު ކޮށްފަ މާލޭގަތަ ތިބެންވީ