އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަހުގީގުތަކާ ބެހޭ މައުލޫމާތު ހޯދުމަށް އެދުމުން އެ މައުލޫމާތު ދިނުމަށް އޭސީސީ އިން ދެކޮޅު ހަދާ ކަމަށް ވިދާޅުވެ ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ސިޓީއެއް ފޮނުވައިފިއެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ވާހަކަދައްކަވަމުން ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ކޮމިޓީގައި ވިދާޅުވީ އެ ސިޓީއަކީ އޭސީސީއިން ކުރަމުންދާ ތަހުގީގުތަކާ ގުޅޭ މައުލޫމާތު ފޮނުއްވައި ދެއްވުމަށް ދެކޮޅު ހައްދަވާ ކަމަށް ވިދާޅުވެ ޕީޖީ އޮފީހުން އެ ކޮމެޓިއަށް "ސިއްރު" ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ ސިޓީއަކީ ސިއްރު ސިޓީއަކަށް ވާތީ އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޮމެޓީ ވަނީ ސިއްރު ކޮށްފައެވެ. އެހެންކަމުން ސިޓީގައިވާ އިތުރު އެއްވެސް މައުލޫމާތެއް ނޭނގެއެވެ.

ގާނޫނު އަސާސީގެ 213ވަނަ މާއްދާގައި ޖިނާއީ ކުށްތަކުގެ ތަހުގީގުތައް ކުރިޔަށް ދަނީ ރަނގަޅަށްތޯ ބެލުމުގެ ބާރު ޕީޖީ އަށް ގާނޫނު އަސާސީ އިން ވަނީ ދީފައެވެ. މީގެއިތުރުން ޕީޖީއާ އޭސީސީގެ އިތުރުން ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނު ގުޅިގެން އަންނަނީ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އޭސީސީގައި މިވަގުތު ތިއްބެވި މެންބަރުންނަކީ 19ވަނަ މަޖިލީހުން ރުހުން ދީގެން އައްޔަން ކޮށްފައިވާ މެންބަރުންނެވެ. ނަމަވެސް މި ސަރުކާރުގެ މަޖިލިސް މެންބަރުންގެ ނުރުހުން އޭސީސީގެ މެންބަރުންނަށް އަންނަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަނަމަނަ

    ޕީޖީޝަމީމުއަކީވެސް ރ ނަޝީދުކަހަލަ ބަލޥެރިކަންބޮޑުމީހެއް ޝަމީމްއާއި ނަޝީދުވެސްވަނީ ބޭރުކޮއްލަން މާނުފޮރޮއްޕާންބޮޑުކުރާނަމަ

    14
    2
  2. މަންޖެ

    ޖިނާޢީ ތަހުޤީޤަކީ ކޯއްޗެއްކަން ނޭނގޭ މީހުން ލީމަ ވާންވީގޮތް ތިޔަ ވަނީ....ދެން އަވަހަށް ވަކި ކޮށްލާ

    12
  3. މަހުމޫދު

    އެތަހުޤީޤުގެ ލިޔުންތައް ސަރީއަތައް މައްސަލަ ހުށަހަޅާއިރު ޕީޖީއަށް ލިބޭނެއެއްނޫން އޭގެކުރިން ތަހުގީގުގެ ލިޔުންތައް ހޯދަންތިޔައުޅެނީ ކީއްކުރަންތަ؟ ވަގުޕީޖީ

    6
    1