ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އުވާލަން ނިންމާފައިވަ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) ދޮގުކުރައްވައިފިއެވެ.

އޭނާ "ވަގުތަ"އަށް ވިދާޅުވީ ޖީއެމްއައިޒެޑްއެލްގެ މަސައްކަތްތައް ހައުސިން ޑިވެލޮޕްމެންޓާއި (އެޗްޑީސީ)އާ އެއްކޮށްލުމަށް މަޝްްވަރާ ކުރުމަށް ފިނޭންސުން މިއަދު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.އެ މަޝްވަރާތައް ކުރުމަށް ފަށަން ހަމަޖެހިފައި ވަނީ މާދަމާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ދެ ކުންފުނި މާރޖް ކުރާ ސަބަބު އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ

"އުވާލާކަށް ނޫން އިނގޭތޯ މަޝްވަރާކުރެވެނީ. މިއަދު ފިނޭންސުން ސިޓީ އައީ. މާދަމާ ބޯޑު މީޓިން އޮތީ. އަޅުގަނޑަށް ހީވަނީ އެޗްޑީސީއަށް މާރޖް ކުރީމަ އެސެޓް ވެލިއު މަތިވާނެތާ. އޭރުން ލޯނު ނަގަން ފުރުސަތަކަށް ވެގެންދާނެތާ އެކަހަލަ ކަމަކާ އަޅުގަނޑަށް ބޮޑަށް ވައްތަރީ. ތަފްސީލެއް އަޅުގަނޑަަކަށް ވެސް ނޭނގެ." އިބޫ ވިދާޅުވިއެވެ.

އެޗްޑީސީ އިން ބައެއް މީޑިއާތަކަށް ވިދާޅުވީ އެ ދެ ކުންފުނި އެއްކޮށްލުމާ ގުޅޭ ގޮތުން މުއާމަލާތްތަކެއް ކުރިއަށް ދާ ކަމަށާއި އެ ކަމުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ހާމަ ކުރައްވާނެ ކަމަށެވެ. ޖީއެމްއައިޒެޑްއެލް އަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ތިލަފުއްޓާއި ގުޅީފަޅާއި ގުޅުން ހުރި މަސައްކަތްތައް މެނޭޖްކުރުމަށް އުފެއްދި ކުންފުންނެކެވެ. އަދި އެޗްޑީސީން ކުރަނީ ހުޅުމާލެ ތަރައްގީ ކުރުމުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތެވެ.

މި ދެކުންފުނީގެ މަސައްކަތްތައް އެއްކޮށްލުމަށް މަޝްވަރާ ކުރަން ނިންމާފައި މިވަނީ މާލެ ސަރަހައްދުގެ ނިންމަން އެއް ކުންފުންޏަށް ވުރެ ގިނަ ކުންފުނި އޮންނާތީ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ ބައެއް މީހުން ފާޑުކިޔަމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖާބެ

    ނާގާބިލް ވިމަ ވާނި ތިޔަހެން

  2. އާދަނު

    އާ އޭރުންތާ މިހާރަށް އިތުރަށް ދައުލަތު މާލިއްޔަތުން އިތުރު އެތަށް މިލިއަނެއް ކާލެވޭނީ..ދިވެިރައްޔިތުންނަށް ތިަޔ އެމް.ޑީ ގެ ހަގީގަތް ވަރަށް ރަގަޅަށް އެގޭ..އާގުު ބޯޓެއް ކޮށާ ކުދި ކޮއް އެ މަސައްކަތުން ކާލީ ކިހާ ވަރެއްކަންވެސް އެގޭ...ތިގަންނަ ގަޑު ވަރަށް ސާފު...!!!!