ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ތިއްބެވި ފަސް ބޭފުޅަކު މިއަދު ޖޮއިންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަން ކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، މިއަދު ޖޮއިންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރެވުނު ބޭފުޅުންނަކީ ފޮރިން މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރައްވާފައިވާ، އުސޫލުތަކާ އެއްގޮތަށް މަޤާމުގެ ކުރިއެރުން ހޯއްދަވާފައިވާ ބޭފުޅުން ކަމަށެވެ.
އަދި މި ފަސް ބޭފުޅުންނަކީވެސް މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅުން ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ޖޮއިންޓް ސެކްރެޓަރީ ކަމަށް އައްޔަން ކުރެވުނު ފަސް ބޭފުޅުންގެ ތެރޭގައި ތިއްބެވީ 10 އަހަށްވުރެ ގިނަ ދުވަހު ޚާރިޖިއްޔާގައި ވަޒީފާ އަދާކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ. އަދި ބައެއް ބޭފުޅޔން 20 އަހަރަށްވުރެ ގިނަ ދުވަހު ފޮރިން މިނިސްޓްރީގައި، ސިވިލް ސަރވަންޓުންގެ ގޮތުގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވެއެވެ.
ޖޮއިންޓް ސެކްރެޓަރީންގެ ގޮތުގައި މިއަދު ހަމަޖެހުނު 5 ބޭފުޅުންގެ ތެރޭގައި 3 އަންހެން ބޭކަނބަލުން ހިމެނެއެވެ. މިއާއެކު މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީންގެ 62 އިންސައްތައަކީ އަންހެން ބޭކަނބަލުންނަށް ވަނީ ވެފައެވެ. އެ މިނިސްޓްރީގެ ދަަށުން އަންނަ ޑިޕްލޮމެޓިކް މިޝަންތަކުގައި ތިއްބެވި އިސްވެރިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ މިހާރު އަންހެން ބޭކަނބަލުންނެވެ.
އެ މިނިސްޓްރީން ވިދާޅުވީ، މަޤާމުގެ ކުރިއެރުން ދީ، ޖޮއިންޓް ސެކްރެޓަރީކަމަށް އެބޭފުޅުން އައްޔަންކުރެއްވުމުން ކުރިން އެބޭފުޅުން ތިއްބެވި ޑިރެކްޓަރ ޖެނެރަލްގެ މަޤާމުތައް އުވާލެވިފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީގެ އޮނިގަނޑު ހަމަޖެހިފައި އޮންނަ ގޮތުން ޑިރެކްޓަރ ޖެނެރަލްއަށްވުރެ މަތީ ރޭންކެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ޖޮއިންޓް ސެކްރެޓަރީ ރޭންކެވެ. ޖޮއިންޓް ސެކްރެޓަރީގެ މަޤާމަކީ ސިވިލް ސަރވިސްގެ އުސޫލުތަކުގެ ތެރެއިން ލިބޭ އެލަވަންސްތައް (އިތުރު ގަޑީގެ ފައިސާ، ސެޓްފިކެޓް އެލަވަންސް ފަދަ އެހެނިހެން އެލަވަންސްތައް) ލިބޭ މަޤާމެއް ނޫނެވެ. އެހެންކަމުން ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ތިއްބަވާއިރު، އެބޭފުޅުންނަށް ކޮންމެ މަހެއް ނިމިގެން ގެއަށް ގެންދަން ލިބިވަޑައިގެންނެވި މުސާރައަށްވުރެ މިހާރު ލިބިވަޑައިގަންނަވާ އަދަދު މަދުވާނެ އެވެ.
ދައުލަތަށް ވަންނަ އާމްދަނީ ގިނަވެގެންތަ ތިޔަ އުޅެނީ؟
ކޮމެންޓް ކުރުމުގެ ކުރިން ހަބަރު އެއްކޮށް ކިޔާލުން ބުއްދިވެރި
ޚަރަދު ކުޑަކުރަނީ.
ޢެއީ އޮޅުވާލުމެއް....މިހާރު އިތުރު ގަޑީގައި ނުނިކުތަސް
މުސާރަ މާބޮޑުވާނެ...
ޢޮޅުވާލަންވެސް ވަކިވަރެއް ނޯވޭ...މިހާރު އޮފަިސް ތަކުގެ އިތުރު ގަޑި ވަނީ ކަނޑާލާފަ
ޑަނުގައި ހުންނަ ޝާހިދުގެ ދަރިއަށްވެސް
7ހާސް ޕައުންޑު މުސާރައަށް ލިބޭ
ޕާޓއަށް ވެރިކަން ލިބުނީމަ ޕާޓީމީހުންނަށް ވަޒީފާ ނުދެންޏާ ޕާޓީގައި މީހުންނެއް ނޫތިބޭނެނު.
ކޮންމެ މީހަކީ ޕާޓީއަށް ގުރުބާންވާ މީހުން. ދެރައީ ރަށްރަށުގައި ވެސް މަސްތުވާތަކެތި ބޭނުންކުރާ އޭގެވިޔަފާރި ކުރާމީހުން ރަށްރަށުގެ ކައުންސިލް ތަކުގައިވެސް. އެރަށްރަށުގެ ހުރިހާ އެންމެންނަށް އެނގޭ ްްެްްެްްެްްެްްެްްެްްެްްްްެްްްްެްްެްްެްްެްްެްްެްްެްްްްެ