ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ރޯވެފައި ވަނީ ސީޕްލޭން ޓާމިނަލްގައި އޮތް ތެޔޮ ބައުޒަރެއްގައެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 6:00 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން އެއާޕޯޓްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ އެ ސަރަައްދަށް ގޮސް އަލިފާންގަނޑު ނިއްވާލާފައެވެ. ނަމަވެސް މި ހާދިސާގައި އެކަކު ފިހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

 

އެމްއޭސީލްއެލް އިން ވެސް ވަނީ މިއަދު އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަން ކަށަވަރު ކޮށްދީފައެވެ. އަދި އެ ހާދިސާގައި ކުންފުނީގެ މުވައްޒަފަކަށް އަނިޔާވެފައިވަ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އެމްއޭސީއެލް އިން ބުނީ، އެ ހާދިސާ ހިނގާދި ގޮތާއި ގުޅޭގޮތުން ތަހުގީތައް ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމީހާ

    އެމް ޑީ ޕީ ވެރިކަމަށް އަންނަކޮންމެ ފަހަރަކު އަލިފާނާ މިހާގުޅުންމިއޮންނަ ސަބަބާމެދު ހަމަގައިމުވެސް އަޅުގަޑު ބިރުގަންނަމެވެ.

  2. Anonymous

    ސާބަހޭ ސާބަހެ އިބޫ ސޯލިހު

    3
    2