ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އެޖެންޑާއަކީ އަމިއްލަ މީހުން މުއްސަނދި ކުރުން ކަމަށާއި މިއީ ކޮންމެ ކަމެއްގައި ބަހަނާ ދައްކާ ސަރުކާރެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޗެނަލް 13 ގެ "ނިއުސްޓޯކް" ޕްރޮގްރާމްގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން އައީ އަމިއްލަ ވަކި އެޖެންޑާއެއް އޮވެގެން ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ ވަކިވަކި މީހުންނަށް ބަދަލު ދިނުން ނޫން ކަމެއް މި ސަރުކާރަށް ނުކުރެވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރުގައި ހަރުދަނާ އެއްވެސް ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅަކު ނެތެވެ. އަދި ކޮންމެ ކަމެއް ވުމުން އެކަމުގެ ޒިންމާ އަޅުވަމުން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ "ބޮލުގައި" ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމަށް އައީ ވުޖޫދުގައި ނެތް ކަންކަން ކުރުމުގެ ވައުދާއެކު ކަމަށާއި މި ސަރުކާރަށް އާ އެއްވެސް ކަމެއް ނުކުރެވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ކޮންމެ ކަމަކަށް ވެސް ދައްކަނީ ބަހަނާ ކަމަށް ވިދާޅުވެ، ސަރުކާރަށް މުއިއްޒު ފާޑު ވިދާޅުވިއެވެ.
"މިއީ ބަހަނާ ސަރުކާރު. ކޮންކަމަކަށްތޯ ބަހަނާ ނުދައްކާނީ؟ ކޮންމެ ކަމަކަށް ވެސް ބަހަނާ. ކޮންމެ ކަމަކަށް ވެސް ކުރީ ސަރުކާރު ކޮވިޑް ކަންތަކުގައި އެކަނި ނުބުނަނީ ކުރީ ސަރުކާރޭ. ކޮވިޑް ކަންތަކުގައި ވެސް ބުނާނެ ކަން ނޭނގެ" ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ޑރ.މުއިއްޒު ވިދާޅުވިއެެވެ.
މި ސަރުކާރު ގެންނަން އުންމީދާއެކު ގުރުބާންވި މީހުން މިއަދު މާޔޫސްވެފައިވާ ކަން ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން އަނބުރާ ނަން ގެންދާ އަދަދަށް ބަލާލުމުން އެނގިގެންދާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމަށް އައީ ދަރަނި އެއީ ނަގަން ޖެހޭ އެއްޗެއް ނޫން ކަމަށް ރައްޔިތުންނަށް ދައްކައިގެން ކަމަށްވީ ނަމަވެސް މިއަދު ސަރުކާރުގެ ވާހަކަތައް ވަނީ ބަދަލުވެފައެވެ.
"މި ސަރުކާރު ވެރިކަމަށް އައީ ދަރަނި އެއީ ނަގަން ވާނެ އެއްޗެއް ނޫން ކަމަށް ވިސްނައިގެން. މިހާރު މިފެންނަނީ ރައީސް ޔާމީން ސަރުކާރަށް ވުރެ ދަރަނި އެތައް ގުނައަކުން ބޮޑުވެފައި އޮތް ތަން. ރައީސް ޔާމީންގެ ސަރުކާރުގައި، އެމްޑީޕީ ރައީސް ނަޝީދުގެ ސަރުކާރުގެ ލޯނު ނެގުމަށް ފަހު ދެން ތަރައްގީގެ މަޝްރޫއުތަަކަށް ނެގި ދަރަނި ހުރީ. އެ ވެސް ދެއްކޭނެ ކެޕޭސިޓީ ހުރި،" ޑރ.މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ ޔާމީންގެ ސަރުކާރުގައި ބޭރުގެ ކްރެޑިޓް ރޭޓް ކުރާ ތަންތަނުން ރާއްޖެއަށް ދީފައި އޮތީ ބީޕްލަސް ކަމަށާއި ދަރަނި ހުރި ކަމުގައި ވީ ނަމަވެސް ރާއްޖެއަކީ ދަރަނި ދެއްކުމުގެ ގާބިލްކަން އޮތް ގައުމެއްކަން އެ ތަންތަނުން ފާހަގަކުރާ ކަމަށެވެ.
އެހެންކަމުން އޭރު ރާއްޖޭގެ އިގްތިސާދަށް ބަލާއިރު ދަރަނި ދެއްކުމުގެ ފަންވަރާއި ބުންވަރު ރާއްޖޭގައި ހުރިކަން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރު ވެރިކަމަށް އައީސުރެ ރާއްޖޭގެ ދީނާއި އެއްބައިވަންތަކަމާއި، މިނިވަންކަމާ މެދު ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ހުޅަނގުގެ ސަގާފަތް ފެތުރުމާއި، އެހެން ދީންތަކަށް ފުރުސަތުދީ އިސްލާމް ދީނަށް ފާޅުގައި ފާޑު ކިއުމާއި، ފަސޭހައިން ބިދޭސީންނަށް ރާއްޖޭގައި ރަށްވެހިވުން ފަދަ ކަންކަމަކީ އޮޅިގެން ހިނގާ ކަންކަން ނޫން ކަަމަށާއި އެއީ ރާވައިގެން ހިންގާ ކަމެއް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.
ގައުމުގެ ދީނާއި އެއްބައިވަންތަަކަން ގެއްލުމުގެ ބިރު ބޮޑުވެފައިވާ އިރު އެކަން ހުއްޓުވަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ އެންމެން އެކައްޗެއް ކިޔައިގެން މަސައްކަތް ކުރެވިގެން ކަމަށް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އަދި މި ސަރުކާރު އައި ފަހުން ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަކުރާ ފަރާތްތައް ގިނަވި އިރު، އެކަމަށް މި ސަރުކާރުުން ފިޔަވަޅު ނޭޅޭ ކަމަށާއި އެކަންކަން ހިނގަނީ މި ސަރުކާރުގެ ތެރެއިން ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.
ލުކް ހޫ އިޒް ޓޯކިންގް.
ރީނދޫ ގުރޫޕު ވެރިކަމަށް އައްނަ ކޮށްމެފަހަރަކު ގައުމު ފަހަތަށް ސޮއްސާލާ ޑޮލަރ އަގުބޮޑުވެ ދިވެހި ރުފިޔާގެ އަގުވެއްޓޭ ރައްޔިތުން ނިކަމެތިވެ ގައުމުގެ ދަރަނި އިތުރުވޭ ރީނދޫ މީހުންގެ ޖީބުތަށް ފުރޭ ގައުމު ލޫޓުވާލައިފި އިބޫ އިސްތޮއުފާ
ހަހަހަ އިލްޒާމުވެސް އަޅުވަންވާނީ ހަމަ ހަމަކޮށް... ރީނދޫ މީހުން ކަޑައީއަ ފިޔާތޮށި މީހުންވެސް ވަކި ދެރައެއް ނޫން އެކަމުގެ ހެކި އެހުރީ ގޮޅީގަ މިޤައުމުގަވެސް ހުރި އެންމެ ބޮޑު ވަގު.
ބަހަނާ ސަރުކާރުމީ. ބަހާއި ޢަމަލު ދިމާނުވާ ސަރުކާރުމީ . މިމީހުންގެ މަކަރުތައް ފޮރުވަން ކޮވިޑްދެން މިއޮތީ. ކޮވިޑް އޮތަސް މަޖްލިސް ހުޅުވޭ ގަވާޢިދުން. ފުލެޓް ލިސްޓް ޢާއްމުނުކުރެވޭ. ފުލެޓް ގަނޑެއް ނުމޭ އެޅޭމެ. ވަޢްދު ފުންޏާގެން އައި ސަރުކާރު ކިޔާ ބަލަ ކޮށްދެވުނު ކަމެއް.
ރައްޔިތުން ނަށް ބޭނުންވާ އެއްކަމެއް މަޖްލީހުގައި ސްޕަރމެޖޯރިޓީ އޮވެގެން ނުކުރެވޭ. އިސްތިއުފާ ދޭންޖެހޭ މިހާލަތަށް ދިޔައީމަ.
ޕީޕީއެމް ސަރުކާރު ކުރަނީ ވައްކަން !!
ރަނގަޅު ވާހަކައެއް އައްނިއަށް 3އަހަރުވީއިރުވެސް ގައުމުގެ ދަރަައްޏާއި އަރަނިނޭގުނު މިވަރުންވެސް ވެރިހަންކުރާނަމޯ ރައްޔިތުން މަޖިލިސްބާރުއޮތީމާ ހިތުހުރި އެއޗެއްއެހަދަނީ އެވެސް ހުސްގަމާރުންވީމާނޫންތޯ ސަރުކާރުން އެދޭ ކޮންމެކަމެއް އެފާސްކުރަނީ މިއަދުގެ ހާލަތު މިވެސް ވެރިކަމެއް ކޮންމެގޮތަކުންހޯދިނަމަވެސް
ޑޮލާރު 20ރ ޖެހެނީ ...
ސަރުކާރުގެ މައްސަލައެއް ނެތް. މައްސަލައަކީ ސަރުކާރު ހޮވަން ވޯޓުދިން ދިވެހިން.
ބަހަނާ ބަރުލަމާނީ
އިބުރޭ އަންނި
ކިހާ ގުޅޭ...