މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 116 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 77 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 27 މީހަކާއި ސްރީލަންކާގެ ހަމީހަކާއި އިންޑިއާގެ ފަސް މީހަކާއި ނޭޕާލް މީހެކެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5157 އަށް އަރާފައެވެ.

މިއަދު 31 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 2835 އަށް އަރާފައެވެ.

އެޗްއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ، މިބަލީގެ ނުރައްކާ އޮތީ ޢުމުރުން ދުވަސްވީ މީހުންނަށް އެކަނި ނޫންކަމަށާއި، ޒުވާނުންނަށްވެސް ނުރައްކާ އޮތްކަމަށެވެ. ރާއްޖޭގައި ބަލިޖެހޭ ޒުވާނުންގެ ޢަދަދު އިތުރުވަމުން އަންނަކަމަށާއި، އެހެންކަމުން ޒުވާނުންގެ ދިރިއުޅުމުގެ ވަށްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަަމަށް ޑޮކްޓަރ އަފްޒަލް ވިދަޅުވިއެވެ.

"ބަލިޖެހޭ ޒުވާނުންވެސް މިދަނީ އިތުރުވަމުން. ޕޮޒިޓިވްވި މިކޭސްތަކުން އެންމެ ގިނައީ 18 އަހަރާ 40 ދެމެދު ޒުވާނުން. މިކަން ވަރަށް ރަނގަޅަށް ދެނެގަނެ އެމަޢުލޫމާތުގެ އަލީގައި ދިރިއުޅުމުގެ ވަށްޓަފާޅިއަށް ބަދަލުގެނެސް މި އުމުރުފުޅާއަށް ބަދަލު ގެންނަންޖެހޭ." ޑރ.އަފްޒަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މާމިގިލީ މީހާ

  ޓެސްޓްކުރި މީހުންގެ ތެރެއިން ޕޮސިޓިވް ވީ މީހުން ތީ. އަދި ޓެސްޓް ނުކުރާ ބަލި ޖެހިފަ ތިބި ކިތައް މީހުން ތިބޭނެ. ރާއްޖޭގެ އެންމެން ޓެސްޓް ކުރާން ޖެހޭ.

  27
  3
 2. އަރީ

  މިހާރު ހާދަ ރީތި އަދަދުންނޭ މީހުން ފައްސިވަމުން ދަނީ. މިއެނި އަދަދެއް ފައްސިއޭ ބުނާކަން އެގޭ. އެކަމަކު އޭގެ ތަފްސީލު އެއީ ނެތް އެއްޗެއް. މީހުން ފައްސިވާ އަދަދޭ އެޑްމިޓް ކުރާ އަދަދޭ ކިޔާފަ އޮޅުވާލެވިދާނެ އެކަމަކު މީހުން މަރުވާ އަދަދު އެހެން އާބާދީ ބޮޑެތި ގައުމުތަކުގަ ހަދާހެން މިރާއްޖޭގަ އޮޅުވައެއް ނުލެވޭނެ އިންޝާﷲ. ޑރ.ޝީނާ ލަފާކުރި ފައްސިވާ އަދަދު އޮޅުވާލެވިދާނެ އެކަމަކު މީހުން މަރުވާއަދަދު ގާތަކަށްވެސް ލަފައެއް ނުކުރެވޭނެ އަދި އޮޅުވައެއް ނުލެވޭނެ.

  10
  2
 3. ޢާދަނު

  ދިގު މުއްދަތަކަށް އަގަކާއިނުލާ ރިސޯޓެއް ދީގެން ނަމަވެސް ރާއްޖޭގެ އެންމެން ޓެްސްޓް ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ. އިންސާނުންގެ ފުރާނަ މާމުހިއްމު..

  11
  4