ބ.ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރެވުނު 19 ބިދޭސީންގެ ވަކީލުންގެ ނަމުގައި ވަކާލާތު ކުރަމުން އަންނަ ވަކީލުންތަކެއްގެ މައްސަލަ ބާކައުންސިލަށް ހުށަހަޅަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ އެވަކީލުން ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ވަކީލުން ކޮށްގެން ނުވާނެކަމަށް ކަނޑައަޅާފައިވާ އެތައް ސުލޫކީ މައްސަލައެއް ފާހަގަކުރެވެމުން އައިސްފައިވާތީއާއި މިވަކީލުންގެ ފަރާތުން ފުލުހުންގެ މަސައްކަތަށް ދަތިކޮށް ހަޤީޤަތާއި ޚިލާފު ވާހަކަ ފަތުރައި ފުލުހުންގެ ތަސައްވުރު ކިލަނބުކުރުމަށް މަސައްކަތްކުރަމުން އައިސްފައިވާތީ ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް އެ ވަކީލުން ކޮށްފައިވާ ކަންކަން ފުލުހުން މޯލްޑިވްސް ބާ ކައުންސިލްއަށް ހުށަހަޅަން މިހާރު ނިންމާފައިވާ ކަމަށެވެ.

ބ.ބޮޑުފިނޮޅުގައި ތަރައްޤީކުރަމުން އަންނަ ރިސޯޓްގެ މަސައްކަތް ކުރުމަށް ރިޒް ކުންފުނީގެ ފަރާތުން އެރަށަށް ގެންގޮސްފައިވާ 198 ބިދޭސީންގެ ތެރެއިން ބަޔަކު ޖުލައި 02 ވަނަ ދުވަހު އެރަށުގައި ހަމަނުޖެހުން ހިންގާ، ބަޔަކު ރަހީނުކޮށް، ފުލުހުންނާ ކުރިމަތިލައި، ފުލުހުންނާ މެދު ލަކުޑިއާއި، ދަގަނޑާއި، ގައު ބޭނުންކޮށްގެން މާރާމާރީ ހިންގައި، ފުލުހުންގެ އުޅަނދަށް ގެއްލުންދީ، އަދި ބޮޑުފިނޮޅުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައާ ގުޅިގެން އެކަމުގައި ޢަމަލީގޮތުން އެންމެ އިސް ސަފުގައި ހަރަކާތްތެރިވި ބަނގްލަދޭޝްގެ 19 މީހުން ހައްޔަރުކުރެވުނު ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރު ކުރެވުނު 19 ބިދޭސީން ހައްޔަރުކޮށް، އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާނީ ޖިނާއީ އިޖުރާތުގެ ޤާނޫނުގައި ކަނޑާއަޅާފައިވާ އިޖުރާތުތަކާއި އެއްގޮތަށް ކޯޓަށް ހުށަހަޅައިގެން ކަމަށާއި މިމައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހުންނަށް އައްޔަންވި ބައެއް ވަކީލުން 19 ބިދޭސީންގެ ނަމުގައި، އެ 19 ބިދޭސީންގެ ވަކީލުން ކަމުގައި ބުނެ ސޯޝަލް މީޑިއާއާއި މީޑިއާގެ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން މިމައްސަލައިގެ ތަޙްޤީޤާއި، ފުލުހުންގެ މުއައްސަސާއާއި، ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅުވައިގެން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ފަތުރައި ފުލުހުންގެ މަސައްކަތަކާއި މެދު ނުބައި ތަސައްވުރެއް އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"މިދެންނެވި 19 ބިދޭސީންގެ ތެރެއިން 5 މީހަކަށް ދައުލަތުން ޢައްޔަންކޮށްފައިވާ ވަކީލުން ހަމަޖެހިފައިވެއެވެ. އަދި 5 މީހަކަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން 5 ވަކީލުން ޢައްޔަންވެފައިވެއެވެ. މިދެންނެވި 19 ބިދޭސީންގެ ވަކީލުންގެ ނަމުގައި ވަކި ވަކީލުންތަކެއް ވާހަކަ ދައްކާ ނޫސް ބަޔާން ނެރެމުންދަނީ މިމައްސަލާއާ ގުޅިގެން ހައްޔަރުކުރެވިފައިވާ 19 ބިދޭސީންގެ ތެރެއިން 10 ބިދޭސީންގެ ވަކީލުންގެ ގޮތުގައި ވަކި ވަކީލުންތަކެއް ޢައްޔަންވެފައިވަނިކޮށް އެ ވަކީލުންނަށް އެނގުމެއް ނެތިކަން މިސަރވިސްއަށް ވަނީ ފާހަގަކުރެވިފައެވެ. އަދި އެ 10 މީހުންނަށް އައްޔަންވެފައިވާ ވަކީލުންގެ ފަރާތުން މަޢުލޫމާތު ސާފުކުރުމެއް ނެތި، އަދި އެވަކީލުންނާ އެއްވެސް މަޢުލޫމާތެއް ޙިއްޞާކުރުމެއް ނެތިކަމަށްވެސް މިސަރވިސްއަށް މައުލޫމާތު ލިބިފައިވެއެވެ." ފުލުހުންގެ ބަޔާނުގައި ވިދާޅުވިއެވެ.

ބޮޑުފިނޮޅުން ހައްޔަރުކުރެވުނު 19 ބިދޭސީންގެ ޤާނޫނީ ވަކީލުންގެ ނަމުގައި މަދު ވަކީލުންތަކެއްގެ ފަރާތުން ތަޙްޤީޤަށް ޤަސްދުގައި ހުރަސްއަޅައި، ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް އުޅޭކަމަށް ބެލެވޭގޮތަށް މައްސަލައާ ގުޅިގެން ބަންދުގައި ތިބި މީހުންނަށް ނޭނގޭ އެތައް ކަމެއް އެމީހުން ލައްވާ ތަޙްޤީޤް ރެކޯޑިންގ ތެރޭގައި ބުނުވަން އުޅުމާއި، އެމީހުންނަށް ލިބެންޖެހޭ މުސާރައާއި ބޮޑުފިނޮޅަށް ގެންދިޔަ ކުންފުނީގެ ވާހަކަ ނުދެއްކުމަށް ބުނެ ބަންދުގައި ތިބި މީހުންނަށް މަޖުބޫރުކުރުވާކަން ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ބޮޑުފިނޮޅުގައި ހިނގާ ދިޔަ ހަމަނުޖެހުމާއި ގުޅޭ ބައެއް މައުލޫމާތުތައް އާންމު ފަރާތްތަކަށް އޮޅޭގޮތަށް މިމައްސަލައިގައި މީޑިޔާގައި ވާހަކަ ދައްކާ ވަކީލުން ބޭނުންވާ ވަކި ގޮތަކަށް ބަޔާންކޮށް ހިނގަމުންދާ ތަޙްޤީޤަށް ނުރަގަޅު އަސަރު ފޯރާގޮތަށް މައްސަލައިގައި މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ޚިލާފަށް ހާމަކޮށް ވަކި ނަތީޖާތަކެއް ނެރުމަށްޓަކައި ފުލުހުންނާއި މިމައްސަލައާއި ގުޅުންހުރި އެހެން ފަރާތްތަކުގެ މައްޗަށް ތަފާތު ތުހުމަތުކޮށް މައުލޫމާތު ހާމަކޮށް އަދި ބޮޑުފިނޮޅުގައި ހިނގާދިޔަ ހާދިސާގައި ހަމަނުޖެހުން ހިންގި ފަރާތުން އެކި ވަރުގެ އަނިޔާދިން ފުލުހުންނަށް ލިބިފައިވާ އަނިޔާއަކީ އެހާދިސާ ހިނގި ދުވަހު ފުލުހުން ބިރުން ދުވަންފެށުމުގެ ތެރޭގައި އެތަނުގައި ހުރި ހޮޅިތަކުގައި ޖެހިގެންނާއި މޫދަށާއި އަދި އެނޫން ތަންތަނަށް ވެއްޓިގެން ލިބުނު އަނިޔާތަކެއްކަމަށް މަލާމާތުގެ ރާގެއްގައި ބަޔާންކޮށް ޖިނާޢީ ތަޙްޤީޤްތަކުގައި ބައިވެރިވާ ވަކީލުން އާންމުކޮށް އަމަލުކުރާ ޕްރޮފެޝަނަލް މިންގަޑުތަކާއި ޚިލާފަށް ތަކުރާރުކޮށް އަމަލުކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިއީ ފުލުހުން ވަކީލުންތަކެއްގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކުރި ފުރަތަމަ ފަހަރެވެ. އަދި ވަކީލުންތަކެއްގެ މައްސަލަ ފުލުހުން ބާ ކައުންސިލަށް ހުށަހަޅަން ނިންމި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަން

    އަލަށް ވަކިލުކަން ކިޔަވައިގެން އުޅޭ ގްރޫޕް ގަނޑެއް. އެވަރުންވެސް އެކިޔަނީ ބަރ އިމްތިހާނެއްހާ މިންވަރުވެސް ނުހަދާ ހުވާކުރުވަން. ކީކޭ ބުނާނީދެން

    16
    1
  2. ފިލާވާޅު

    ޤާއުމީ ސަލާމަތައް ނުރައްކާވާފަދަ ވާހަކައެއް އަދި އަމަލެއްވެސް ނުކުރެވޭނެ. އެކަމަކު ސަލާމަތީ ކަންކަން ކުރާފަރާތްތަކުގެ އިހުމަލުން ދައުލަތައް ލިބޭގެއްލުމުގެ ޒިންމާ އަދި އެކަމުގެ ފިޔަވަޅު އަޅާނީ ކޮންފަރަތަކައްބާ؟

    10
    2
  3. ޢަލީ

    ތިއީ ވަކީލު ޢަލިީ ސަޢީދު އެކުދިން ލައްވާ ހާވާ ހަޑިއެއް، ޢަލީ ސަޢީދު ކޮންމެ ފަދަކަމެއް ވެސް ކޮށްފާނެ ކަން އޭނަ ދަންނަ ކޮންމެ މީހަކަށް އެނގޭނެ، މި އާކުދިންނަށް ނޭނގުނު ކަން ދެރައީ

    7
    4
  4. ޢާ

    އަލަށް ވަކީލުކަން ކިޔަވައިގެން ހުވާކުރެވުނީމަ ތަންދޮރުނޭގެނީސް މާބޮޑަށް އެގޭކަމަށް ހެދިގެން އުޅޭ ހައެއްކަ މީހުން. ޓިމާމެންނަކީ މާބޮޑަށް އެގޭބަޔަކަށް ހެދިގެން އުޅޭއިރު އިހްތިރާމާއެކު ވާހަކަދަން އެގޭނަމަވެސް ތާހިރުވީސް.

    10
    2
  5. މަގޭ ވާހަކަ

    ޢަލީ ސަޢީދަކީ ރިޒާގެ ވަކީލުވީމަ އޭނަ ބޮލަށް ބިންދާނެ ކަމެއް ނެތް. ތި 19 ވަކީލުންއަކީ ހޭ ބުއްދިނުޖެހޭ ކުޑަކުދިންތޯ؟ މީހެއް ބުނިހާކަމެއް ކުރަން

  6. ފަނީ

    އަލަށް ނިކުންނަ ތިކަހަލަ ވާނުވާނޭގޭ ބައިގަނޑެއް އުޅޭނެ. ސަހަރޯ. ޤާނޫނު އިނގޭ މީހުނަކީ ހަމައެކަނި ތިމާމެންކަމަށްހެދިގެން، މާ ޤާނޫނުވެގެން ޓައި އަޅާފަ ކޯޓުގަނޑު އަތްދަނޑިއަށް އެއްލައިގެން މޭފުއްޕާފަތިއްބަކަސް ހުސް ސެއްޅި ތިޔައީ. މަ ހާދަ ހިނިއާދޭ މި ސެއްޅިތައް ފެނިފަ

    3
    2
  7. ރީޒަން

    ލޯ ކްރާފްޓަކީ ޢަބްދުއްސަލާމް އާރިފާއި ޢަލީ ސަޢީދު. ރިޒާ ތަމްސީލްކުރަނީވެސް މިދެފަރާތް. ހަމަ އެކަނި ޢަލީ ސަޢީދުއޭ ޢަަލީގެ ނަމުގައި ކޮމެންޓްކުރާ ބޭފުޅާ ވިދާޅުވުމުން ވަަރަށް ޒާތީކަން ތީގައި އެކުލެވިފައިވޭ. ދެތިން މީހެއް އަބަދުވެސް އޭނާގެ އަގު ވައްޓަން މަސައްކަތްކުރޭ. އޭގެ ބޭފުޅެއްކަމަށް ލަފާކުރެވޭ

    6
    1
  8. އަސްލު

    މީ ވަރުގަދަ ރިޒް ކުންފުންޏެއްދޯ، ކީއްވެތަ އެ ކުންފުނީގެ ވެރިންނާދޭތެރޭގަ ފިޔަވަޅުނޭޅިގެން މިއުޅެނީ... އެވެސް ރޯޔަލްވީމަތަ...

  9. Anonymous

    މި ދާއިރާއިން ކިޔަވަންވެސް ފުރުޞަތު ދޭންވީ ޕޮލިސް ރިޕޯރޓާއި ކުށުގެ ރިކޯޑާއި ސްކޫލުގެ އަޚްލާޤީ ރިކޯޑަށްވެސް ބެލުމަށްފަހު. ވަރަށް ދަށު ދަރަޖައިގެ ވަކީލުން އެބަ އުޅެ

  10. ފުރަތަމަ

    ފުރަތަމަ ކަމަކަތް އެމީހުންގެ މަސަކަތުގެ އުޖޫރަދީބަލަ...
    ޢަދި އެއުޖޫރަ އެމީހުންގެ ބިކަވެފާވާ އާއިލާތަލަތް ފޮނުވޭނޭގޮތް އަވަހަށް އިންތިޒާމް ކޮއްބަލަ
    ޢެކަމައް އެންމެން އެކޮއްމަސައްކަތް ކޮއްބަލަ ފުރަތަމަ ކަމަކަތް...
    ކިތައް އާއިލާގެ ކިތައް މީހުންގެ ހައްގުތައް އެގެއްލެނީ...
    ..
    ( ޕޮލިހުންނައްވެސް އެގެން ޖެހޭނެ ކޮންމެ ފަހަރަކު މުޒާހަރާތައް އަނިޔާ ނުވެވެސް ނުހުއްޓިދާނެކަން ... ދެންއެކަމާ ރުޅިއައިސްގެން އެހެންމީހުންގެ ހައްގައް އަރާގަނެ އެމީހުންގެ ހައްގު ގެލިފާވާ ގެލުމައް އިންސާފު ނިހޯދާދީ އެމީހުންގެ މައްޗާއް އެމީހުންނައް ގެލިފާވާ ހައްގު ހޯދާދިނިމުގެ ބަދަލުގާ އެހެންދައުވާތަކެއް އުފުލުމީ އިސްލާމީ އުސޫލުތޯ... އިންސާފުތޯ...
    ޢެމީހުން ކިރިމަސަކަތުގެ އުޖޫރަނުލިބި އެމީހުންނާއި އެމީހުންގެ އަނބިދަރީންނާއި މައިންބަފައިންނާއި އާއިލާތަކަތް ކިހާ ހިތްދަތިކަމެއް ކިހާއަނިޔާއެއް ލިބިޖެތޯ.. ވިސްނާލާ
    އަދި ބައެއްގެ ހައްގައް ތިހެން އަރާގަނެ ގިޔާމަތް ދުވަހުން ﷲ ގެ ހަޒްރަތުގާ ތިމާމެން ދޭނީ ކޮންޖަވާބެއްތޯ... އަދި ދަކާނީ ކޮން ހުޖަތެއްތޯ.. )
    އެހެންކަމުން ވަކީލުންނާ ފުލުހުންނާ ސަރުކާރާ ތޮޅެތޮޅެ ތިބުމުގެ ބަދަލުގާ އެންމެން އެއްކޮއް އެމީހުންނާއި އެމީހުންގެ އާއިލާތަކުގެ ހައްގު ހޯދާދޮނުމައްފަހު ދެން އިތުރައް ބަލަންޖެހޭމަސަލައެއް ވާނަމަ ދެންބަލާ...
    ( އެމީހުން އެތަނާ ތަކައެއްޗައް އެދިން ގެއްލުމުގެ ބަދަލައްވުރެން ބޮޑުވާނެ އެމީހުންނައް މުސާރަނުދީ ލިބުނު ގެލިމުގެ ބަދަލް .. ސަބަބަކީ އެތަކެއްޗަކީ ދިރުމެއްވެސް ނުވާތަކެތި އެތަކެތި ހަލާކުވިޖާ އޭގެބަދަލުގާ އޭގެމަރާމާތުކުރެވޭނޭ އަދި ހަމަ އޭގެ އާތަކެތި ހޯދޭނޭ ތަކެތި.
    ޢެކަމަކު އެމީހުންގެ އާއިލާ ބަރުފާސްތުކުރި ހާހޫނާ އުޅުނުހާލު އަބުރާހޯދޭނޭތޯ... އިންސާނުންނައް
    ނަފުސައްލިބޭ ގެއްލުމައްވުރެން މިއަދު އިސްވަނީ ދިރުމެއްނުވާތަކެއްޗައް ލިބޭގެއްލުންތޯ... އަދި އިސްވެ ހައްގު ހޯދަންވީ އިންސާނުންނައް ލިބިނު ގެއްލުންތަކަތްވިރެން އެތަކެއްޗަައް ލިބުނު ގެލުމުގެ ބަދަލުތޯ..
    ޢަދި ކަންތިކުރަނީ ފުރަމަ މަސަލާގެ ބަދަލުގާ ފަހުގެ މަސަލަ ބެލުމަތޯ... މި ޒަމާނުގެ އުސޫލަކީ ފަހުގެ މަސަލަ އިސްވުންތޯ
    އަދި މަސަލާގެ އަސްލު ހަގީމަސަލަ ފޮރުވަންތޯ ފަހުގެ މަސަލަ ތިއިސްކުރަނީ....
    ..
    ގިޔާމަތްދުވަސް ވާކަން ތިބާ ދަނޭ.. އެދުވަހުން އެހެންމީހެއްގެ ކުޑަނަމަވެސް ހައްގަކަތް އެގިގެންވިޔަސް އަދި ނޭގިނަމަވިޔަސް އަރާގަނެވިފާވާނަމަ ތިބާގެފާ ހުރިތަނުން ތިބާގެ ފާ ގުޑުވާވެސް ނިލެވޭނެ ތިބާ އެހައްގު އަދާކޮއްފުމަތް ދާދެންމެނުވީ...
    ފުލުހުންގެ މީހުންވެސް ވަކީލުންގެ މީހުންވެސް ސަރުކާރުގެ މީހުންވެސް ބިރުވެތިވޭ އެހެންމީހެއްގެ އަދި އެހެންމީހުންތަކެއްގެ ހައްގައް އަރާގަނެވިދާނެކަމައް..
    ( ހަމަޔަގީނުންވެސް މުސާރަނުލިބި ފާއިތުވެދާ ކޮންމެދުވަހަކީ އެމީހުންނާއި އެމީހުންގެ އަނބިދަރިންނާއި މައިންބަފާނާއި އާއިލާތަކުގެ އެތައް ގިނަގުނަ ހައްގެއް (އަހަރެމެންނައް ތަދަވަރު ނުވެދާނެ އަދި އަހަރެމެންނައް އެމީހުންގެ އާއިލާތައް އުޅޭބިކަހާލާ ބަނޑުހާހޫނުކަމާއި ކެކުޅުންތަކާވޭންތައް އިހިސާސްނުވެދާނެ) އުނިވެދާނޭ ދުވަހެއް... މިކަންކަމުގެ ބަދަލު އަހަރެމެން ފަހުންދޜނީ ކިހެނެއް... އެދޭންޖެހޭ މުސާރަތައްދީ އަދި އޭގެ އިތުރައް ކިތަމެ ގިނާންދިނަސް އެކަމުގެ ބަދަލު އަދާކުރެވޭނެތައް..
    . ވިސްނާ ދިކުރުކޮއްލާ
    ދެންވެސް އަވަހައް އެއްމެން އެކޮންނަމަވެސް ފުރތަމަ އިސްކަމަކަށް އެމީހުންގެ މުސާރަތައް ހޯދާދީ އެމީހުންގެ އާއިލާތަކަތް ފޮނުވާދޭން އަވަސްވޭ އަދި އެފާސާ ލިބުނިކަން ޔަގީންކުރައްވާ..

    • އަސްލުކިޔާ

      މުސާރަ އަކީ ބަލާ މައްސަލައެއްނު ބަލަމުންދާ އިދާރައިން އެހެންވީމަ ވަނުވާ ބަލާފަ ދިގު ކޮމެންޓް ކުރޭ. ހަމަ ބޮޓެއްތީ