އައިޖީއެމްއެޗްގެ ލެބޯޓްރީ ދެ ޓެކްނީޝަނުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީން ވަނީ އައިޖީއެމްއެޗްގެ ލެބޯޓްރީ ގައި މަސައްކަތް ކުރާ ދެޓެކްނީޝަނުން ކޮވިޑް-19 އަށް ފައްސިވިކަން ކަށަވަރު ކޮށްދެއްވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އެހެން ކޭސްތަކެއްކޭ އެއްގޮތައް އައިޖީއެމްއެޗް ލެބޯޓްރީ ކޭސްއާއި ގުޅިގެން ވެސް ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދާނެ ކަމަށެވެ.
އެހެންކަމުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި އައިޖީއެމްއެޗްގެ ލެބޯޓްރީ ޓެކްނީޝަނުންގެ ޖުމްލަ ވަނީ ތިނަކަށް އަރާފައެވެ.
އައިޖީއެމްއެޗްގެ އައިސީޔޫގައި ވެސް މީގެ ކުރިން ކޮވިޑް-19 ފެތުރި ތިން މީހަކު ނިޔާވެފައި ވެއެވެ. އެކްލަސްޓާ އިން ޖުމްލަ 40 މީހަކު ވަނީ މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައެވެ. އެކްލަސްޓާ އިން އެންމެ ފަހުން މީހަކު ފައްސިވީ މިމަހުގެ 05 ވަނަ ދުވަހު އެވެ.
މިއަދު ރާއްޖެ އިން އިތުރު 116 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 5157 އަށް އަރާފައެވެ.
އެންމެންނަށް އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން. އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ނަމޫނާއެއް. ޢާއިލާތަކަށް ކެތްތެރިކަން ދެއްވާށި. އާމީން
Ahdhe thivy baara ަަayganduly ަadharaadhު gondi ަakahnު y
ޓެސްޓް ކުރީމަތާ ފައްސިވީ. ޓެސްޓް ނުކުރިނަމަ ތިޔަބަޔަކު ދުވަހަކުވެސް ފައްސި ނުވީސްކަން ޔަގީން. މިހާރު ޔަގީންވާ އެންމް ބޮޑު ހަގީގަތަކީ ކޮވިޑަކީ ޓެސްޓް ކިޓް ކަން. ޓެސްޓްކުރިވަރަކަށް ފައްސި. ޓެސްޓް ކުރުން ހުއްޓާލީމް ތިކަން ނިމުނީ. އަދި މިހާތަނަކަށް އެހެންބައްޔެއް ހުރެގެން ނޫންގޮތަކަށް މީހަކަށް ކޮވިޑް ޖެހިގެން ހިލަމެއްވެސް ނުވޭ.