ތ.އަތޮޅު ވޭމަންޑޫގައި ފާރެއް ތެދުކުރުމުގެ މަސައްކަތުގައި އުޅުނު މީހެއްގެ ގައިމައްޗަށް ފާރު ވެއްޓި އޭނާ އަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ޒަހަމްވެފައި ވަނީ މެދުއުމުރުގެ ދިވެހި ފިރިހެނެކެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވޭމަންޑޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ފަތުހީ މިރޭ ވިދާޅުވީ މިއަދު ހެނދުނު 07:00 ކަންހާއިރު ހިނގި ހާދިސާގައި ޒަހަމްވި މީހާ އަށް ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދާ ކަމަށާއި އޭނާ އިތުރު ފަރުވާ އަށް މާލެ ފޮނުވަން ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށެވެ.

"އާސަންދަ ވެސް އޮތީ ހަމަޖެހިފައި. ނަމަވެސް އަދިވެސް މާލެ ގެންދަން ދަތުރުގެ އިންތިޒާމްތައް ހަމަނުޖެހިގެން އުޅެނީ. މިރޭ ފްލައިޓެއްގައި ގެންދެވޭނެ ކަމުގެ މައުލޫމާތެއް ވަނީ ލިބިފައި. ނަމަވެސް ފްލައިޓް އޮންނަ ގަޑިއެއް އަދި މުޅިން ކަށަވަރެއް ނުވޭ." ފަތުހީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޒަހަމްވި މީހާ މާލެ ނުގެންދެވި އެތައް ގަޑިއިރުތަކެއް ވުމުން އާއިލާ އިން ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ކަމަށެވެ.

"ހޮސްޕިޓަލް ކައިރީގައި ވެސް އެބަތިބި އާއިލާ މެންބަރުންނާއި ގާތް މީހުން. އެމީހުން ތިބީ ވަރަށް ކަންބޮޑުވެފައި. ނަމަވެސް މުޒާހަރާކޮށް ހަމަނުޖެހުން ހިންގުން ފަދަ ކަމެއް ނުހިނގާ. މިހައި ގިނައިރު ވެގެން ދިޔައިރު ސީރިއަސް ޒަހަމްތަކެއް ލިބުނު މީހަކު މާލެ ނުގެންދެވި އޮތުމުން ކަންބޮޑުވުންތަކެއް ހުންނާނެ ދެއްތޯ؟." ފަތުހީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިދު

    އެނގުނީސް ތިޔަތާ އަބުދުބެ ހުރިނަމަ . މަޑުން ތިބެނީ އެމްޑީޕީ ބޔަކު ތިބީމަ

  2. ނޫނާ ( އޮސްޓްރޭލިޔާ)

    ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އަރިއަޅާލާފައި ހުންނަ ފާރު ހުންނަތަން ފެނޭ ، ކައުންސިލް ތަކުން ތަންކޮޅެއް ބޮޑަށް މިކަންކަމާމެދުގައި ވިސްނައި ހައްލެއް ހޯދުން ރަނގަޅުވާނެއެވެ. މުސާރަ ކޮޅަށް އެކަނި އޮފީހަށް ޙާޟިރުވުމަކީ ޙައްލެއް ނޫނެވެ.

  3. ރާއީ

    ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އަރިއަޅާލާފައި ހުންނަ ފާރު ހުންނަތަން ފެނޭ ، ކައުންސިލް ތަކުން ތަންކޮޅެއް ބޮޑަށް މިކަންކަމާމެދުގައި ވިސްނައި ހައްލެއް ހޯދުން ރަނގަޅުވާނެއެވެ. މުސާރަ ކޮޅަށް އެކަނި އޮފީހަށް ޙާޟިރުވުމަކީ ޙައްލެއް ނޫނެވެ.