ދިވެހި ދައުލަތް ބަގުރޫޓްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނާގާބިލް ކަމުގެ ސަބަބުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ ދައުލަތް މިހާލަތަށް ވެއްޓުނީ ކުރީ ސަރުކާރުން އަމަލުކޮށްފައި އޮތް ގޮތުން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

އަދުރޭ ވިދާޅުވީ ދިވެހި ދައުލަތް ބަގުރޫޓްވީ އެއް ސަބަބަކީ ރައީސް ޞާލިޙުގެ ނާގާބިލްކަން ކަމަށާއި ދެވަނަ ސަބަބަކީ ދައުލަތުގެ ޚަޒާނާއިން އިންތިހާއަށް ވައްކަން ކުރުން ކަމަށެވެ. އަދި ދިވެހި ދައުލަތައް ބަގުރޫޓްވި ތިން ވަނަ ސަބަބެއްގެ ގޮތުގައި އަދުރޭ ދެއްކެވީ ޑޮލަރުގެ އަގު މައްޗަށް ދިޔުމެވެ. އެއީ އިގްތިޞާދު މެނޭޖްކުރަން ނޭގުމުން ވީގޮތެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީ އެމްޑީޕީއިން ވެރިކަމާ ޙަވާލުވާ ކޮންމެ ފަހަރަކުވެސް ކަން ހިނގާގޮތް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު 12.75 އަށް ހުރި ޑޮލަރުގެ ރަސްމީ ރޭޓް 15.42 އަށް މައްޗަށް ޖެއްސީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި ޑޮލަރު ލިބުން ދަތިވުމުންނެވެ. އަގަށް ގެނައި ބަދަލުގެ ސަބަބުން ޑޮލަރުގެ މައްސަލަ ހައްލު ވާނެ ކަމަށް އޭރު ސަރުކާރުން ވިދާޅުވިއެވެ. ނަމަވެސް ޑޮލަރުގެ އަގަށް ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން ޑޮލަރު ލިބުން އިތުރަށް ދަތިވެގެން ދިޔައެވެ.

މިހާރު އަނެއްކާ ވަނީ ޑޮލަރުގެ އަގު އުފުލިފައެވެ. ގިނަ ވިޔަފާރިން ބުނާ ގޮތުގައި މިހާރު ޑޮލަރު ގަންނަން ލިބެނީ 18 ރުފިޔާއަށް ވުރެ މަތީ ރޭޓެއްގައެވެ. އެހެންކަމުން ތަކެތީގ އަގު އުފުލިގެން ދިއުމުގެ ބިރު މިހާރު އަނެއްކާވެސް ވަނީ ބޮޑުވެފައެވެ. އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 އަށް ފަހު ބޯޑަރު ހުޅުވާލުމުން ޑޮލަރަށް އޮންނަ ޑިމާންޑް އިތުރުވެ އަނެއްކާވެސް ރާއްޖޭގައި ޑޮލަރުގެ އަގު އުފުލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަސްލު

    ރައްޔިތުންވެސް ތިކަން ޤަބޫލުކުރޭ މިވެރިކަ. މިހާރު އޮތު މާއި ނެތުން އޮތީ ރައްޔިތުންގެ އަތްމަތީގައި ރައްޔިތުން ބޭނު މިއްޔާ އޮނާނީ ނޫނީ ނޯންނާނެ ނިންމާނެގޮތެއް އެނގޭނީ ރައްޔިތުނަށް!

    34
    2
    • ހައްވަ

      ނިންމާލަންވީ ވަގުތުން ވަގުތައް

      10
      1
      • Anonymous

        ނިންމާލަންޏާ ނިންމާލުން އަވަސްކުރަންވީ. ގައުމު އެކީ ވިއްކާލާނެ ބޭރުގެ ދަރަނި، ހާއްސަކޮށް ސިކުންތަކު އެއްފަހަރު އިންޑިޔާއިން ނަގާ ލޯނުތައް ދައްކާ ނަމުގައި.

        5
        1
  2. ކެޔޮޅު

    ވަގުތުން ލައިވުކޮށް ބަނގުރޫޓު ވެއްޖެ ދެން އަންނި ފޭބި ގޮތަށް ގޭމެއްޖައްސައިގެންވެސް ސޯލިހު ވެރިކަމުން ފައިބަންވެއްޖެއެއްނު ބުއްދިވެރިން ހަދާނީ އެހެން ނޫންނަމަ ރަށްޔަތުންނިކުމެ ވަށްޓާލައިފި ނަމަ ޖެހޭނީ ވަގުތުން ޖަލަށްދާން ވިސްނާށޭ ސޯލިހު.

    6
    2
  3. ހަކީމް

    އަދުރޭޓރ ތިޖަހާ ހިސާބު ރައްޔަތުން ބަލައެއް ނުގަންނާނެ.. ޕާޓީ ކުދިންވެސް..

    5
    8
  4. ހަކީމް

    ދެން އަދުރޭ ތިވާހަކަ ދެއްކީމާ ވަރަށް ހުތުރު... 50*4 ކިހާވެރެކޭތަ ބުނީ؟

    6
    6
  5. ބޮކި

    ދިވެހި ދައުލަތް ދަވާލީ ކާކު ؟

    • ސަޓޯ

      އަންނި އާއި އިބުރޭ

  6. ނަައީމް

    ރައްޔިތުންތިބީ ތައްޔާރަށެވެ ނަމަވެސް އަންނިގެ ނުބައިނުލަފާކަން ދައްކާލާނެތީ ބިރުންނެވެ ހަމަ ތެދެކެވެ ޑޮލަރު ގަތީ 18.30 ލާރިއަށެވެ ބައެއތަކެތި މިފަހަރު ލިބުނީ 47ރުފިޔާ ބޮޑުކޮށެވެ އަހާލީމާ ބުނީ ޑޮލަރު އަގުބޮޑުވީމާ މިފަހަރު އެތެރެކުރި މުދަލުގެ އަގުބޮޑުވީކަމުގަ

    3
    1
  7. އިބޫ ބޭބެ@ޓިނު

    ވެރިކަމާއި ހަވާލުވި އިރު ދައުލަތް އޮތީ ބަގުރޫޫޓު ކޮށްލާފައި@ އެކަމުން އަރައި ގަތުމަށް މަދުވެގެން 5 އަހަރު ނަގާނެ ކަމަށް ލަފާ ލިބިފައިވަނީ

    7
    8
    • އަލީ

      ބަނގުރޫޓް ކުރިއްޔާ ކުރީ ރީނދޫ ބައިގަނޑު ވެރިކަމަށް އެރިގޮތަށް... ޕާޓީ ވިޔަސް ތަންކޮޅެއް ބޮޑުވަރު... ހަޤީޤަތް ޤަބޫލު ނުކުރެވޭ މިންވަރަށް ސިޔާސީ ވެފަ......

      • ކޮސް އަލީ

        ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ

  8. ޑޯޒް

    ޙުސް ނުކިޔަވާ މީހުން ތިބި ސަރުކާރެއް ދޯ.. ހުސް ސު މިތް ...ސްލޯލިހް

    8
    3
  9. ޏ

    ރައީސް ސޯލި ހ ހްގެ ނާގާބިލް ކަމަށްވުރެ މަކަރާއި ހީލަތުވެރިޔާގެ އުނދަގުލާއި އޭނާގެ ނޮހޮރުއްޕާން މާބޮޑެވެ އޭނާގެ އަތްދަށުން ސަލާމަތްވާ ވަރަށްގިނަ ބުރަތައް އުފުލަން
    ޖެ ހޭނެއެވެ.

    4
    1
  10. Anonymous

    ޤާނޫނެއް ހަދައިގެން މިގައުމުގައި ބޭރުމީހުން އާބާދުކުރަން ނަޝީދު ބުނުމުން ރައްޔިތުން ރުޅި ގަދަވީމަ މިހާރު މިއުޅެނީ ސަރުކާރު ބޭންކްރަޕްޓް ކޮށްލާފަ ރާއްޖޭގެ ރަށްތަކާ ފަޅުތައް ވިއްކާލައި އެތަންތާނގައި ބޭރުމީހުން އާބާދުކުރަން. ދިވެހިންދެކެ ހާދަ ނަފްރަތެކޭ މި ނަޝީދު މިކުރަނީ!!

    4
    1
  11. ސަޓޯ

    ބަނގުރޫޓުވީކީއެއް ނޫން ބަނޑުއަޅާލީ !!!