ސަރުކާރު ކޯލިޝަންގެ ގާނޫނީ ސައްހަކަމާ މެދުގައި ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު މަޖިލިހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ޖާބިރު، މިފަދަ މައްސަލައެއް ހުށަހެޅުއްވި ކަން އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ ޖާބިރު ދެ މައްސަލައެއް މަޖިލިހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެއް މައްސަލައެއްގެ ގޮތުގައި ޖާބިރު ހުށަހެޅުއްވީ އިއްތިހާދަކުން ސަރުކާރު އުފެއްދުމާއި އިއްތިހާދުގެ ޕާޓީތަކުގެ މެދުގައި ސަރުކާރުގެ ވުޒާރާތައް ބެހުމަކީ ގާނޫނީ ގޮތުން ސައްހަ ކަމެއް ކަން ނުވަތަ ނޫން ކަން ކަނޑައެޅުމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި، ޖާބިރު އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ރައްޔިތުން މަޖިލިހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ.

ނަޝީދު ވަނީ އެ މައްސަލަ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުއްވަން ނިންމަވައިފައެވެ.

މީގެއިތުރުން ޖާބިރުގެ އަމިއްލަ ހަރަދުގައި ގއ. އަތޮޅު ފަރެހުޅުދޫގައި ގާއިމް ކުރަން ނިންމާފައިވާ ޑީކޯ ޗެމްބަރު ބެހެއްޓުމުގެ ހުއްދަ ނުލިބޭ މައްސަލަ ވެސް މަޖިލިހަށް ވަނީ ހުށަހަޅައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑރ.ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ކޯލިޝަން ގައި މައުމޫނު ސޮއެއް ނުކުރޭ. ނަމަވެސް މައުމޫނު ގެ ދަރިފުޅު ޔުމްނާ އަށް، "ޓެއިލަރ މޭޑް" މިނިސްޓްރީ އެއް ހަދާ ރައްޔިތުންގެ ޖީބުން ބޮޑު މުސާރަ އެއް ދެމުން ދަނީ. ކޯލިޝަން ގައި ސޮއި ނުކުރަންޏާ މިވަރުގެ ވޭސްޓެއް ކުރުމަކީ ޤާނޫނާ ހިލާފް ކަމެއް. މައުމޫނު ގެ ދަރިފުޅު ހެޔޮ އަތްއުރާލައިގެން، ހައްދަވައިގެން މަސައްކަތެއް ނުކުރިއަސް. ދިވެހި ސަރުކާރު މިއީ މައުމޫނު ގެ ތަރިކަ މުދާތަ ؟

  2. މުބީނު

    ޒަހާ އަކީ ވެސް މައުމޫނު ގެ ބައްޕަ ޢަބްދުލް ޤައްޔޫމް ސީދީ އަށް މުނިކާފަ ކިޔާ މީހެއް. ސްޓޭޓް މިނިސްޓަރު ކަން ކުރިއިރު އެއްވެސް ނަތީޖާ އެއް ދެއްކުނުމީހެއް ނޫން. ނަތީޖާ ނުދެއްކުނަސް މައުމޫނުގެ ޢާއިލާއަށްވީމާ މިނިސްޓަރުކަން ދިނީމާ ވާގޮތަކީ ގެރިބަކަރިން ލައްވާ މަސައްކަތްކުރުވާހެން މަޖްލިސް މެމްބަރުން މިވަނީ ދެއިރުދެދަޅައަށް މަޖްލިހަށް ހާޒިރުކޮށްގެން މަސައްކަތް ކުރުވަން. "ހަންމުށި" އަޅައިގެން މިނިސްޓަރުން ލައްވާ މަސައްކަތް ކުރުވާކަށް މަޖްލިސް މެމްބަރުންނަކަށް ނުޖެހޭނެ.

  3. ކަލޯ...

    .ކ ކަލޯ ޖާބެ ތި ކުރާ ހިތްވަރަށް ހަމަ ސާބަސް... ޖާބެ އާއި ވެރި ކަށް ހަވާލު ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮ ކުރައްވީ އޭރުން އަޑިންނާ މަތިންނާ . ކޭބަލު ކާރު އަޅާލާނެ ދޯ...