ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމަށް ހައްލުކުރުމަށް އދ.އިން ސިޔާސީ ލީޑަރުންނާ ބައްދަލުކޮށް، މަޝްވަރާ ކުރުމަށް ނިންމައިފިއެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ތަރުޖަމާނު ސްޓެފަން ޑުޖެރިކް ވިދާޅުވީ، ލީޑަރުންނާ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ވާހަކަ ދައްކަން ފަށާނެ ކަމަށާއި، އަދި ސިޔާސީ ޕާޓީތަކުގެ މަޝްވަރާކޮށްގެން ހައްލެއް އައުމަކީ ގުޓަރޭޒް ވެސް ގަބޫލު ކުރައްވާ ގޮތް ކަމަސެވެ. އދ. އޮތީ އެކަަމަށް އެހީވުމަށް ތައްޔާރަަށް އިން އެކަމަށް އޭނާ ވިދާޅުވި އެވެ.
މި މަޝްވަރާތައް ކުރިއަށްގެންދިޔުމަށް އދ ނިންމާފައި ވަނީ އިދިކޮޅު ފަރާތްތަކުން އދ އަށް ސިޓީ މެދުވެރިކޮށް އެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލް އަދާކުރުމަށް އެދިފަައިވާދަނޑިވަޅެއްގައެވެ. އެ ނޫން ގޮތަކަށް ސަރުކާރާއެކު މަޝްވަރާ ކުރާކަށް އިދިކޮޅު ޕާޓީތައް ބޭނުމެއް ނުވެއެވެ.
އދ. އިން ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި މަޝްވަރާ ކުރައްވާނީ ވަކިވަކިންނެވެ. ބެލެވޭ ގޮތުގައި އެމަޝްވަރާތަކަކީ ހުރިހާ ފަރާތްތައް ގުޅިގެން ބާއްވާ މަޝްވަރާތަކަކަށް މަގުފަހި ކުރުމެވެ.
އދ މެދުވެރިވެގެން މަޝްވަރާތައް ފެށި ނަމަވެސް އެ މަޝްވަރާތަކުގައި އިދިކޮޅު ޕާޓީތަކުން ބައިވެރިވާނީ އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ދޫކުރުމަށް ސުޕްރީމް ކޯޓުން މިމަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމުން ކަމަށް އެ ޕާޓީތަކުން ބުނެއެވެ.
ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ސަރުކާރު ތަމްސީލް ކުރައްވާ އިސް މަންދޫބަކީ މިނިސްޓަރު ޝައިނިއެވެ. ސަރުކާރުން ވަނީ އެކި ފަހަރު މަތިން މަޝްވަރާ އަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައިފައެވެ. ނަމަވެސް މަޝްވަރާގެ ކުރިން އެއްވެސް ޝަރުތެއް ކަނޑައަޅަން ސަރުކާރުން ދެކޮޅު ހަދައެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި ހުރިހާ ކަމެއް ވެސް ނިންމޭނީ މަޝްވަރާ ކޮށްގެންނެވެ. މަޝްވަރާގެ ކުރިން އެއްވެސް ކަމެއް ނުނިންމޭނެއެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ދަނީ ސަރުކާރާއެކު މަޝްވަރާގައި ބައިވެރިވާނީ ހުކުމް ތަންފީޒު ކުރަމުންދާ އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ފަހު ކަމަށެވެ.
ފަލަސްތީނުގައި ކުޑަކުދިން މަރަނީ. ރޮހިންޔާގައި މުސްލިމުން މަރަނީ. މީހުން މެރުން އދ އަށް އޯކޭ. އދ ވެސް ހިތްހަމަ ނުޖެހެނީ ޔަހޫދީން ދީން ގަބޫލު ނުކުރާ ވެރިއަކު ހުރީމަ. އދ އަކީ ދިވެހިންގެ ތެރޭގައި ތިބި މުސްލިމުން ބަލައިގަނެގެން ނުވާނެ ބައެއް.
އދ. އިން ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ވަކިވަކިން މަޝްވަރާކުރެވިދާނެއެވެ. އެކަމަކު ޖިނާއީ ކުށެއްގެ ޙުކުމެއްގައިހުރި އެއްވެސް މީހަކާ އދ.އިން ބައްދަލުވުމުގެ ފުރުސަތު ސަރުކާރުންދީގެންނުވަނެއެވެ. ސަބަބަކީ ރައީސް ނަޝީީދުއާއި އިމްރާން އާއި ޤާސިމަކީ ސިޔާސީ ކުށްވެރިންނެއްނޫނެވެ. އެއީ ޖިނާއީ ކުށެެއްކޮށްގެން ސިވިލްކޯޓާއި ހައިކޯޓާއި ސްޕްރީމް ކޯޓުން ޙުކުމުގެ މަރުޙަލާތައްނިމި ޖަލައް ލާފައިވާ ކުށްވެރިންކަމަށްވާތީއެވެ.
އދ އަށް ރައްޖެއިން ކަނޑައަޅާފަ ހުރި ބޭފުޅާ ވާނެނު މި އިދިކޮޅުމީހުންގެ ދޮގު އދ އަށާ އދ ގެ ދާއިމީ މެމްބަރުންނަށް އަންގަން.
ޢދ އިން ވަދެއްޖެ ގައުމެއް ފަނާނުވެ ނުދާނެ
އދ އިން އިހަށްކުރަންވީ ކަމަކީ، އިޒްރޭލާދެކޮޅަށް އދ ގެ ސަލާމަތީ މަޖްލިހުން ފާސްކޮށް އެކަމަކު އެމެރިކާގެ ބާރުގައި ތަންފީޒު ނުކުރެވި ހުރި ގަރާރުތައް ތަންފީޒު ކުރުން. އެއަށްފަހު އެހެންކަންތައް ތަކާ އުޅޭނީ.
23 ފެބްރުއަރީ ގަ ބޮޑުމުޒާހަރާއެއް ބާއްވަންވީ، ރާއްޖޭގެ ހުރިހާ ރަށެއްގައާއި މާލޭގަ. މިމުޒާހަރާގަ ގޮވާލަންވީ، ރާއްޖޭގެ ދާހިލީ ކަންތަކުގެ ތެރެއަށް ބޭރުގެ އެއްވެސް ގައުމަކުން އދ އިން ވަނުމާ ދިވެހިން ދެކޮޅުކަން. މިއީ ވަރަށް މުހިންމު ކަމެއް. މިމީހުން ވަދެއްޖެއްޔާ ޔަމަނާ އީރާގަށް ޖެއްސި ދަންތުރަ ޖައްސާފަ ދާނީ. އދ ގަ ތިބޭނީ މުސްލިމުންގެ ދުޝްމަނުން. އަމުދުން 100 ޕަސެންޓް ކީމަ އެމީހުންގެ ހިތަށް ވަރަށް ައުނދަގޫވާނެ.
.އ.ދ. މެމްބަރުކަމުން ވަކިވީމާ. ޢެވީ. .ރިޔާސީ އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީ ތަކަށް މިދަނީ ވަގުތު ގެއްލެމުން. .ބުނަންވީ މަޝްވަރާ ކުރުން ބޭއްވޭނީ ވޯޓަށްފަހުގައޭ.
އދ އޮއްވާ ދޯ ރޮހިންޔާ މުސްލިމުން އަންދަނީ. އިރާގު ފުނޑާލީ. ލީބިޔާ ކުދިކުދި ކޮއްލީ. މިސުރު އިނދަޖައްސާލީ. އެމެރިކާގަ ސުކޫލު ތަކަށްވަދެ ކުޑަކދިން މަރާ ކަޅު ނަސްލުގެ މީހންނައް އަނިޔާ ކުރަނީ.
އދ. އިން ރާއްޖޭގެ ލީޑަރުންނާ މަޝްވަރާ ކުރަން ނިންމައިފި ނަމަވެސް އަލިފުދާލާއި ބެހޭ ކަމެއް ނޫނޭ ގައުމު ތަކުގެ ދާޚިލީ ކަންކަމަކީ އެއީ އަލިފުދާލުގެ ޗާރޓަރުން ބޭރު ކަމެކޭ އަލިފުދާލަށް ތިޔާ އުޅެނީ ކުޑާ ކޮށް ސައިޒު އޮޅިގެން ނޭ ތަމެންގެ ތެރޭގައި ވަކި މަމެންނަށް ވުރެން މޮޅު އެއްޗެއް ހުރި ނަމަ ކޮއްޅަށް ތެދުވެ މޭގައި އަތް ޖަހާފައި ބުނެބަލަ ތަމެން މޮޅޭ. ތިޔާ އަލިފުދާލު ފީގުދާން ގައި އުޅެފައި އައި މީހަކު މިރާއްޖޭގައި 2 އަހަރު ދުވަހު ވެރިކަން ކުރިއިރު އޭނާ ރިޔާސީ ބަޔާން އިއްވީ އޮޅުއަޅައިގެން މަމެން ނަމަ ސްޕްރީމް ކޯޓުގެ ހުކުމް އަކުން މަޖްލީސް ތެރޭގައި މަޖްލީހުގެ މެމްބަރުން އަޑު ގަދަ ކޮށްގެން ގޮނޑިން ތެދުވެއްޖެނަމަ އެފަދަ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހުކުމެއް ނެރެގެން ވެސް ސްމޫތް ކޮށް ރިޔާސީ ބަޔާން ކޫލް ކޮށް އިއްވީމޭ. ތަމެން އަލިފުދާލު ތިޔާއީ ލޯލެވެލޭ މެންނޭ މަމެން މީ ހައި ލެވެލޭ މެންނޭ.
އދ އިން މިގައުމުގެކަންތައް ތަކާ ނުބެހޭ. ތިއީ ހަމައެކަނި "އިދިކޮޅު" މީހުން ބުނާ ވާހަކަ އަޑުއަހާ އެއްފަރާތައް ބުރަވެފައި އޮތް ޖަމިއްޔާއެއް. ލީގް އޮފް ނޭޝަން އުވިގެން ދިޔަގޮތައް ނުވަތަ ފެއިލްވި ގޮތަށް މިހާރު އދ ވެސް ތިދަނީ ފޭލްވަމުން.
އެންމެފަހަރަކުވެސް ކީއްތޯ ވާނީ މިނިވަން އިންކުއާރީއަކުން ބެލިއްޔާ ރާއްޖޭގައި ހިނގަމުންދާކަންކަން. ކޮރަޕްޝަގެ ފައިސާ ފުރަތަމަ ހިފާފައިވަނީ މަޖްލިސް މެބްރަުން. އެއްވެސް ބަޔަކަށް (އިދިކޮޅު) މަޑު ކޮށްލަން ބޭނުމެއް ނުވޭ 2018 ގެ އިންތިހާބު ބާއްވަންދެން. ކޮންމެ ގޮތެއް ހަދައިގެންނަމަވެސް، މަޖްލިސް މެމްބަރުންކޮޅެއް އެއްފަހަރާ ގަނެލައިގެންނަމަވެސް، ނުވަތަ ފަނޑިޔާރުގެ ކުރިންވެސް ގެނެވިދިޔަގޮތައް ގަނެލައިގެން ނަމަވެސް މިކަންކޮށް ނިންމާލެވޭތޯ އެ މަސައްކަތްކުރަނީ. މިނޫން ހައްލެއް އަންނަން އެބަޖެހޭ. ދެއްތޯ..! ދެން އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރު ވެފައިވަނީ، ހަމަ ކުއްކުރެވުނީމާ ދެއްތޯ...! އެއީ، އެމެރިކާގައި ކުރި ކަމެއްނަމަވެސް އެމީހުންވެސް ހަމަ އަޅާނީ މިކަހަލަ ފިޔަވަޅު ތަކެއް. ހުރިހާ ވެސް މައްސަލައަކީ އަމިއްލެއަށް އިސްތިއުފާ ދީފައި ދިޔަ ލީޑަރެއް 2 ވަނަ ފަހަރަކަށް ކުރިމަތިލައިގެންވެސް ކާމިޔާބު ނުވުމުން، އަދިވެސް ގޮތްދޫކުރަން ބޭނުންނުވެ، ވެރިކަމަށް 3 ވަނަފަހަރަކަށްވެސް އާދެވޭތޯ ކުރާ މަސައްކަތް. އަދި ދިގު 30 އަހަރު ވެރިކަން ކުރި ބޭފުޅާވެސް ވެރިކަމުގެ ބާރުތައް ތިމަންނާގެ އެއްޗެއްކަމަށް ދެކިގެން އެބާރުތައް ކޮންމެ ގޮތަކުންވެސް ހޯދުމަށް ކުރަމުގެންދާ މަސައްކަތުގެ ނަތީޖާ. މިކަންކަން ރަނގަޅަށް ފުންކޮށް ވިސްނާލާ ދިރާސާ ކުރުމަށް ފަހުގައި ނޫނީ، އދ އިން މިކަމާ މެދު ވިސްނަންވެސް ފަށައިގެން ނުވާނެ.
ބުނަން ކިތައްމެވަރަކަށް ވާހަކަދައްކާ މަޝްވަރާކުރުރަން އަޔަސް މަޝްވަރާ ނުކުރެވޭނެ ކުއްވެރިންނާއެކު.. މިހާރު ހުކުމްކުރެވި ތަހުގީގު މަރުހަލާގަތިބި އެކަކުވެސް ތިމަޝްވަރާއިން ދޫކޮއްގެންނުވާނެ... މިގައުމު މިހާލަތައްވައްޓާލި އެކަކަށްވެސް ލުއިދީގެންނުވާނެ.. މިހާރު ހައްޔަރުގަތިބި ކުއްވެރިންނާ ހުކުމް ތަންފީޒުމަރުހަލާގަތިބި ފިލާއިގެން ބޭރުގަތިބި ކުއްވެރިން ދޫކޮއްގެން ނުވާނެ.. މިގޮތަށް ނުހަދާއިފިނަމަ އަހަރެމެންގެ ތާއިދު ސަރުކާރަށް ކުޑަކުރަންޖެހިދާނެ... ވީމާ އދއަކަސް އއއަކަސް މަޝްވަރާކުރާނެކަމެނެތް... އަބަދަކު ހުރިހާ މޮޅެ އިދިކޮޅުމީހުންބޭނުން ކޮއްމެކަމެވާގޮތަށް އޮވެގެންނުވާނެ.. ވަރަށްސާފު ކުއްވެރިންނަ ޗާންސްދީގެންނުވާނެ..
1 ފެބްރުއަރީ ގައި ސްޕްރިމް ކޯޓުން ކުރި ޙުކުމް ޖެހޭނީ ދަމަހައްޓަން. އެހެން ނޫނިއްޔާ ބުއްދި ވެރި ގޮތަކީ އިސްތިޢުފާ ދީފާ ޤައުމު ދޫކޮއް ދިއުން ކަމަށް ފެނޭ.
އދ.އަށްވުރެ މަތީފަރާތަކުން މަޝްވަރާކުރިއަސް މިގައުމުގެ ޤާނޫނުތަކާއި ޤަވާޢިދުތައް ނައްތާލާފަދަ ޝަރުޠުތަކެއް ކުރިމަތިކުރުވާ އެއްވެސް މަޝްވަރާއެއްގައި ބައިވެރި ނުވުމަށް ދިވެހި ސަރުކާރަށް ގޮވާލަން، މިގައުމުގާ ސިޔާސީ ގައިދީންތަކެއްނެތް، ޤާނޫނީ ކުށެއްގެ ޙުކުމެއް ތަންފީޒު ކުރަންޖެހޭ އެއްވެސް މީހެއް ދޫކޮށްލުމަށް ކުރާޝަރުޠުތަކަށް އަމަލުކުރަންޏާ ޖަލުގަތިބި ހުރިހާ ގައިދީންވެސް މިނިވަންކުރަންޖެހޭނެ، ސުޕްރީމްކޯޓު ފަނޑިޔާރުން ރިޝްވަތުނަގައިގެން ޤާނޫނީ އިމުގެ ބޭރުން ނެރުނު ޢައިރުގާނޫނީ އަމުރުގެ ތަރަހައިގައި މަޝްވަރާ ކުރެވިގެން ނުވާނެކަމަށްވެސް ގޮވާލަން.