ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހިންގަވާ ސަދަޤާތު ފައުންޑޭޝަނުން ރޯދަ ހަދިޔާގެ ގޮތުގައި ކާޑުގެ ބާވަތްތައް ބަހަން ފަށައިފިއެވެ.

އެކަމުގައި ހަރަކާތްތެރިވަމުން ދަނީ ބައެއް މަޖިލީސް މެންބަރުންނާއި، އާއްމުންނެވެ. އެ ހަރަކާތާއި ގުޅޭގޮތުން މީޑިޔާތަކަށް މައުލޫމާތުދެމުން ސަދަޤާތް ފައުންޑޭޝަނުން ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާ ބެހުމުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ، މި އަހަރުވެސް އެ ފައުންޑޭޝަންގެ ފަރާތުން ކާޑުގެ ބާވަތްތަކާއި، ކަދުރުވެސް ބަހާނެ ކަމަށެވެ. އަދި މި ތަކެތި ބަހާނީ ހާލުގައި ޖެހިފައި ތިބި ނިކަމެތިންނަކަމަށް ޔާމިން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މި ރޯދަމަހުވެސް ސަދަޤާތް ފައުންޑޭޝަނުން ޢާންމުންނަށް ރޯދަވީއްލުމާއި ތަރާވީސް ދިނުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.

ސަދަޤާތް ފައުންޑޭޝަނުން ކޮންމެ އަހަރަކުވެސް ގިނަ ފަރާތްތަކަކަށް ވަރަށް ބޮޑު އެހީތެރިކަމެއް އެކި ކަންކަމުގައި ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަަކަރި ރައޫފު

    ޙަލާލު ފައިސާތަ.

  2. ބޮކި ބޮކި ބޮކި

    ގޯނިގޯނި އުފުލި ސައިފާދޯ...

  3. Anonymous

    މީގެ4 އަހަރުކުރީގަ މިފަންޑުކޮބާ މިހާރު ހާދަފައިސާއެއްލިބިގެންމިއުޅެނީ ކިހިނެތްވާކަމެއްބާ

  4. ކަރީމް

    ޙަލާލު ފައިސާތަ.