ކ. ގުޅީފަޅުން ގޯތި ދިނުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ކުރެއްވި ސުވާލަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ޖަވާބާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނުރުހުން ފާޅުކުރައްވައިފިއެވެ.

މިނިސްޓަރު މަޖިލިހަށް ހާޒިރުކޮށްފައި ވަނީ ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ނުފެށި ލަސްވާ މައްސަލައިގައި ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އިއުލާންކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުއެވެ. އޭރުގައި މިނިސްޓަރަކަށް ހުންނެވީ ވެސް އަސްލަމެވެ.

މެމްބަރުންނަށް އިތުރު ސުވާލު ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ ސުވާލު ކުރެއްވީ ގުޅީފަޅުގެ ޕްލޭންއާ ގުޅޭ ގޮތުންނާއި އެ ސަރަހައްދުގައި މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެތޯއެވެ. ނަޝީދު އެންމެ ބޮޑަށް މިއަދު ނުރުހުން ފާޅުކުރެއްވީ އިމްތިޔާޒް ކުރެއްވި ސުވާލަށް މިނިސްޓަރު އަސްލަމް ޖަވާބު ދެއްވި ގޮތަކުންނެވެ.

އަސްލަމް ވިދާޅުވީ، ގުޅީފަޅު ތަރައްގީކުރުމުގެ ޕްލޭން އެކުލަވާލާފައިވާ ކަމަށާއި ޕްލޭން މާލޭގެ ދާއިރާތަކުގެ މެމްބަރުންނާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. މިނިސްޓަރުގެ ވާހަކަ ހުއްޓުވުމަށް ފަހު ނަޝީދު ވިދާޅުވީ ޕްލޭން އޮތީ ކޮންތާކުތޯއެވެ. އަދި ސާފު ޖަވާބެއް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ނަޝީދު ވިދާޅުވީ ގާނޫނުގައި ބުނާ ގޮތުން ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން އަކީ ގެޒެޓް ކުރެވި އާންމު ރައްޔިތުންނަށް ފެންނަ ގޮތަށް އާންމު ކުރެވިފައި އޮންނަ ކަރުދާހެއް ކަމަށެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވާ ލޭންޑް ޔޫސް ޕްލޭނެއް ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ.

"ޕްލޭނެއް އޮތުމަކީ، ޕްލޭނެއް ގެޒެޓް ކުރެވިފައި އޮތުން. ޕްލޭނެއް އޮތުމަކީ އާއްމު ރައްޔިތުންނަށް އެ ޕްްލޭނެއް ފެންނާން އޮތުން. އެހެން ނޫނީ އެ އޮންނަނީ ޑްރާފްޓެއް،" ނަޝީދު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ގުޅިފަޅުގައި 1،200 ގޯތި މާލެ ރައްޔިތުންނަށް ހާއްސަ ކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ މީގެ ކުރިން ވެސް އަސްލަމް މަޖިލީހަށް ހާޒިރުވެ ދެއްކެވި ވާހަކައެއް ކަމަށެވެ.

އަސްލަމްގެ ޖަވާބާ މެދު ހިތްހަމަޖެހިވަޑައިގެން ނަޝީދު ވާހަކަފުޅު ދެއްކެވުމުން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައިގެން އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ޝަރީފް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މިނިސްޓަރުން ދެއްވާ ޖަވާބާ ގުޅިގެން، މަޖިލީހުގެ ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކުން އޮޅުން އަރާ ކަމަށެވެ.

ޝަރީފްގެ ވާހަކަ ނުނިމި އުޅެނިކޮށް، ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ އޭނާގެ ވާހަކަ ހުއްޓަވައިފައެވެ. އަދި ޝަރީފްގެ މައިކް، ކަނޑާލުމާ ގުޅިގެން އޭނާ ވަނީ ނަޝީދަށް އިޝާރާތް ކުރައްވައި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަބަރޭ

    ހަޖަމު ކުރުމުގެ ނިޒާމު ހަލާކުވެފަ ހުރި ކަށްޒާބެއް ތިޔައީ

    30
  2. މާމީ

    ހުސްދޮގު ފުވައްމުލަކުގެ ގިރާސަރަހައްދުގެ އެއްވެސް މަސައްކަތެއް މިސަރުކާރަކުން ނުކުރާނެ ތިހެން ތިވާހަކަދެއްކީ މަކަރުން ކައުންސިލް އިންތިޚާބު ކުރިއައް އޮތީމަ.....

    31
    1
  3. ހަސަންބޭ

    ނަޝީދު އަތްބާނާވަރުން މިގައުމުގަ އެއްވެސް ކަމެއް ކުރެވޭ ވަރެއް ނުވޭ. މަސްވެރިކަމެއްވިޔަސް، ބޭސްވެރިކަމެއް ވިޔަސް، ޝަރުޢީ މައްސަލައަކަށްވިޔަސް ހުރިހާ އެއްޗެއް މިއެގެނީ ނަޝީދަށް. މަޖްލީހުގެ ރިޔާސަތުން ވާހަކަ ދައްކާވަރު މެމްބަރުންނަށް ވުރެން ގިނަ. މަޖްލީހުގައި މިހާކު އިޖްތިހާޖު ކޮއްފިއްޔާ އެމީހަކު އެހެން މެމްބަރުްން ލައްވާ ނެރެލަން ދެއަތް ފުރަގަހަށް ލައިގެން ދެކޮޅަށް ހިގަހިގާ ހުންނަ ސަރުދާރަކީވެސް ނަޝީދު. މިވަރު ތަންކޮޅެއް ބޮޑުވަރު.

    26
  4. ހެހެހޭ

    ކަލެޔައް ކަމަކުނުދޭދޯ ކަލޭމެނެން ސަރުކާރުގެ ވަޒީރުންދައްކާވާހަކަވެސް ދެންރަނގަޅުވާނީ ގޮނޑި ދޫކޮއްލާފަ ކޮންމެސް އެހެންކަމަކާ އުޅުނިއްޔާ

    27
    1
    • ވާގޮތް

      އޭނަގެ މަޤުސަދަކީ ސަރުކާރަށް ކަމެއްވިޔަ ނުދީ ރައްޔިތުންގެ ރުޅިގަނޑުފަޅާލާ އިބޫ ބޭރުކުރުން އަދި ރިޔާސީ ނިޒާމަކަށް ގޮސް ބޮޑުވަޒީރު ހެދިފަ ހުރުން.. އަމިއްލަ އެދުން ބޮޑު ގޮލައެއް ނަމުގަ ޑިމޮކްރެސީ އެކަމު ރައްޔިތުން ހޮވި ރައީސް ސައިޒުކޮށް މުށުތެރެއަށްލައިގެން މީނާ ވެރިކަން ހިންގަނީ އެވަރުންވެސް ނުފުދިގެން އެއުޅެނީ.. ކ އަތޮޅުގަ އޮތް މާލެއާ ނުވެސް ބެހޭ ފަޅެއް ހިއްކައިގެން ހަމައެކަނި މާލޭ މީހުންނަށް ގެދޮރު ހޯދަދޭން މީނާ މި ވަކާލާތުކުރަނީ.. މި ކ އަތޮޅުގަ މާލޭގަ އެކަނިތަ މީހުން އުޅެނީ؟

  5. ގަންޖާބުއި ކަރުދިގުފުޅި މިނިކާރާއްޖެ

    އަސްލަމް ކަލެއަށް ކަމުދޭތަ ކެނެރީގޭ ނަޝީދު އެއުޅޭގޮތް؟؟؟

    32
    1